ދަރުމަވަންތަ ހޮސްޕިޓަލް: އެ މީހާއަށް ފަރުވާ ދެމުން ދިޔައީ އައިޖީއެމްއެޗްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ފެބުރުއަރީ 2024 - 14:38
ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ ނުވަ ވަނަ ބުރިން މިއަދު ހެނދުނު ވެއްޓުނު ބިދޭސީމީހާ އަށް ފަރުވާ ދެމުން އަންނަނިކޮށް މަރުވެއްޖެ އެވެ.
އިންޑިއާގެ އުމުރުން 20 އަހަރުގެ އެ ފިރިހެންމީހާ ވެއްޓުނީ އޭސީއެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރަން އުޅެނިކޮށް އެ އިމާރާތުގެ ނުވަ ވަނަ ބުރީގެ ސިޑި ގޮޅިން ބިންމައްޗަށެވެ.
ފުލުހުން ކުރިން ބުނީ، ހެނދުނު 10 ޖަހާކަންހާއިރު އެ މީހާ ވެއްޓި، އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާ މަރުވީ ފަރުވާ ދެމުން އަންނަނިކޮށް މެންދުރު 1:30 ހާއިރު ކަމަށް އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެފަދަ ހާދިސާއެއް ހިނގާފައި ވާއިރު، މީގެ ކުރިން އިމާރާތުން ވެއްޓި މީހުން މަރުވެފައިވެސް ވެ އެވެ. ހާއްސަކޮށް މަސައްކަތުގައި އުޅޭ ބިދޭސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
13 February 2024
ދުނިޔޭގެ ގައުމުތަކުގައި މިބާވަތުގެ މަސައްކަތެއް ކުރެވެނީ އެކަމަށް ކަނޑަ އަޅާފައިވާ ކޯހެއް ފުރިހަމަކޮށް ( އޯ އެޗް އެސް މޮޑުލް އާއިއެކު) ކަމާއި ބެހޭ ފަރާތުން ހުއްދައެއް ލިބިގެން. މިގައުމުގައި މި ގާނޫނު ހަަދަން ތިބީ ވެސް މަހުޖަނުން ދެން މިކަން ކުރާނެތޯ؟ ޢޭސީ ހަރުކުރަން އޭސީ މައްޗަށް އަރާ ތިއްބާ ވެއްޓި މަރުވެގެން ކުރީ ކޮންކަމެއް ތޯ؟ ބިދޭސީން ބޭނުން ގޮތަކަށް ބޭނުން މަސައްކަތެއް ކުރުމުގެ ނަތީޖާގެ ތަންކޮޅެއް ތިފެންނަނީ. ފެއިލްޑް ސްޓޭޓް!
ރަދީފްއޮފިޝަލް
14 February 2024
ބަނާނާ ތެބެނީ ހެއުކޮށް. ވ.ވެދުން
މަސީ
13 February 2024
މަސީ އަކީ ޖަނާ، ޖަނާ އަކީ މަސީ އެވެ. ދެން ސުވާލަކީ ، މަސީ އަށް ކޮންސްޓްރަކްސަން އިންޑަސްޓްރީ އަށް ކޮށްދެވުނީ ކޮންކަމެއްތޯ އެވެ ؟
އަހަންމާކަލޯ
13 February 2024
ސޭފްޓީ ބެލްޓް އަޅައިގެން ހުރިނަމަ ނުވެއްޓުނީސް ކަން ޔަގީންނެވެ. ދެން ދެތިން ދުވަހު މާލޭ ސިޓީ ކައުންސިލާ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުން ބުރެއް ޖަހާލާ މީޑިއާއަށް ފޮޓޯކޮޅެއް ދޭނެއެވެ. އިސްތިހާރު ވެލާށެވެ. އެޓް އެނީ ގިވަން ޓައިމް މާލޭގައި ހަދާ އުސް އިމާރާތް ތާކުގައި ގަވައިދާ ހިލާފަށް މީހުން ރޯމާ ދުވާލު މަސައްކަތް ކުރާތަން ފެންނާނެއެވެ. އަދި މަޖްލިސްއަށް ގަރާރެއްލާ ބަހުސް ކޮށްލީމާ ނިމުނީއެވެ. އަނެއްކާ އަނެއް މީހާ ވެއްޓި މަރުވަންދެންނެވެ.
އުދުހޭ
13 February 2024
އެސީ ހައުކޮށްފަ ހުންނަ ބްރެކެޓާ ފާރުގެ ފެންވަރު ބެލުމެއްނެތި ހަރުކުރާ އެސީ މަގުމަތިންދާ މީހާގެ ބޮލަށް ވެއްޓިގެން އެވާހަކަ ޚަބަރަށް އަރާތަން ފެންނާނެކަމަށް ވިސްނޭ.
ޖާދޫ
14 February 2024
މަޖީދީމަގަށްވާގޮތަށް (ޗަންޕާމަގާ މަޖީދީމަގު ގުޅޭކަންމަތީ) ހުންނަގެ، (މަޖްލިސް މެމްބަރު އިބްރާހިމް ޝަރީފް، “މަވޯޓާ ޝަރީފް”) ގެ ހަތަރުވަނަ ފުލޯގައި ހުރި އޭސީ އައުޓުޑޯ ޔުނިޓް ހުރީ ވަރަށްބޮޑަށް ދަބަރު ޖަހާ ހަލާކުވެފައި ކޮންމެ ވަގުތަކުވެސް މަގުމައްޗަށް ވެއްޓިދާނެ ފަދަހާލަތެއްގައި ހުރީ، މީތިހުރި ތަނުންގަ ހުރި ޒިބްރާ ކްރޮސްއިން މީހުން މަގުހުރަސް ކުރަންޖެހެނީ، ޕޮލިހުން އަދި ސިޓީ ކައުންސިލަކަށް ނުފެނޭ މީ ހަކަށް އަނިޔާނުވަނީސް މީތި ނަގަން ގޮވާލަން
އަފްރާސިޔާބު
13 February 2024
މީހެއްގެ ފުރާނަ އަކީ މިގައުމުގައި މާ އަގުބޮޑު އެއްޗެއްނޫން. މަސައްކަތް ކުރުމާ ފަރާތުން ވެސް އަދި މަސައްކަތް ކުރާ ފަރާތުންވެސް ސަރުކާރުންވެސް. ސަރުކާރު އުޅެނީ ރައްޔިތުންގެ ކިބައިން ސަލާމަތް ނުވެވިގެން. ރައްޔިތުން އުޅެނީ ސަރުކާރުގެ ކިބައިން ސަލާމަތް ނުވެވިގެން.
ޓެރޭސްސް
13 February 2024
ރައްކާތެރި ކަމެއް ނެތި މަސައްކަތް ކުރަނި ކޮށް މަރުވި މީހާގެ ބަދަލުގައި އެމަސައްކަތަށް އެހެން މީހަކު ނެގީމަ ނިމުނީ... މަރުވި މީހާގެ އާއިލާ ހިތާމައިގައި ދުވަސްތައް ގުނާނީ. ކޮމްޕަނީއަށް ނެތް ގެއްލުމެއް. އަދުގެ ހާލަތު
މަހާރަދުން
13 February 2024
ބެދޭސީން އަމިއްލަ ހާއްސަކޮން ބަންގާޅީން ހިންގާ ސާވިސް ދޭ ކުންފުނި ، ފިހާރަތައް އެބަހުރި ..އެމީހުން ބުނަނީ ،ކޮން ރެގުލޭސނެއްހޭ...އަހަރެމެން ބޭނުމީ ފައިސާއޭ...ދިވެހިން ނަށް މަސައްކަތް ކުރާކަށް ނުކެރެޔޭ...
ސުން
13 February 2024
އެހެންތާ ވާނީ ހުރެދާނެ ފީ އިލޮއްޓެއްގެ މަތީގަވެސް.
ރަދީފްއޮފިޝަލް
13 February 2024
އަސްލު މަގުމަތިން ލޭބަރުން ތަކެއް ނަގާފަ ކޮންމެވެސް ޗައްކަރެއް ޖަހައިގެން އޭސީ ހަރުކޮށް މަރާމާތުކުރުމުގެ ހިދްމަތްދޭތަންތަން މާލޭގަ ގިނަވެއްޖެ. ބަލާނެ ބަޔަކު ނެތް ، އަހަރުމެން ކަހަލަ ނިކަމެތި މީހުން ބާވެފަ އޮންނަ ގަމީސް ، ފައިވާން ލައިގެން ބާ ސައިކަލެއްގަ ޕަޓަ ޕަޓަ ކިޔަމުން ދާ އިރު ފުލުހުން ހުއްޓުވާފަ ސުވާލުކުރޭ.މިއީ މިއަދުގެ ހާލަތު.
ބާބޫޖީ
13 February 2024
ޒިންމާވާނެ މީހަކު ނުވާނެ. މިއޮތީވާ ގައުމެއް. ސިމެންތި ބަސްތާ ވެއްޓިގެން ދައުވާކުރިއަޑުއިވުނު ދެން ވީގޮތެއް ނޭނގޭ ...