ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި ޕީޕީއެމްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
16 ފެބުރުއަރީ 2017 - 23:12
ލޯކަލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެ މީހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް، "ހޭވައްލާ" ނަމުގައި ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި ސަރުކާރާ ދެކޮޅު ކައުންސިލަރުން ރަށްރަށަށް އިންތިހާބު ކުރުމުން އެ ރަށްރަށުގެ ތަރައްގީ އަށް އެޅުނު ހުރަސްތައް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރަށް އެއްބާރުލުން ދިން ކައުންސިލްތައް ހިމެނޭ ރަށްތަކަށް ގެނައި ތަރައްގީ ތަޖުރިބާ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ތަޖުރިބާއާ އެކީގައި އަޅުގަނޑުމެން އިންތިހާބަށް މި ނުކުންނަނީ. ތިޔަބޭފުޅުންނަކީ ރަށަށް ހެޔޮ އެދޭ ބަޔަކުނަމަ، ޕީޕީއެމްގެ ކެންޑިޑޭޓުން އެބަޖެހޭ ހޮވައިދޭން، މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންއާ އެކީގައި ތިޔަބޭފުޅުން އެބަޖެހޭ ކުރިއަށް ދާން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު ހަމަޖެހިފައި އޮތް ގޮތުން ރަށްރަށަށް ތަރައްގީ ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ އެ ރަށެއްގެ ކައުންސިލަރުންނެވެ. ކައުންސިލަރުން ވާން ޖެހޭނީ ސަރުކާރަށް ތާއީދުކޮށް އެއްބާރުލުން ދީގެން ދާއިރާ އަށް ތަރައްގީ ގެންނަން މަސައްކަތް ކުރާ ކައުންސިލަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކާ މެދު ވަރަށް ބޮޑަށް ފާރަވެރިވާން ޖެހޭކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ގައުމަށް ތަރައްގީ އަޔަ ނުދީ، ގައުމުގެ މަސްލަހަތު ނަގައިލަން ކަމަށެވެ. އަދި އެ ފަރާތްތަކަކީ ދީނީ ވަހުދަތު ނަގާލަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މިދިޔަ ތިން އަހަރު ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑުތައް އަޅަން އުޅުމުން އެ ރަށްރަށުގެ ކައުންސިލުން ބިން ނުދީ ގިނަ ދުވަސްތަކެއް ވަންދެން ހިފަހައްޓާފައިވާ ކަމަށެވެ. އެ ގޮތަށް ކަންކަން ވަނީ ކައުންސިލްތަކުގައި އެމްޑީޕީ ކައުންސިލަރުން ތިއްބެވީމަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާ ހިލާފަށް އަޅުގަނޑުމެން (ޕީޕީއެމް) މެޖޯރިޓީ އޮތް ކައުންސިލްތަކުގައި ބޭނުންވާ ހަލުވިމިނެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގޭކަން ވަނީ ތަޖުރިބާ ކުރެވިފައި،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ތައުރީފް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ ގައުމަށް އަންނަ ތަރައްގީ އާއި ގައުމުގެ މަސްލަހަތަށްޓަކައި ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ޖެހޭ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަބޭ
08 May 2017
ވާޖިބު އަދާކޮންފި...ނަތިޖާއާއި ދޭތެރޭ ހިންހަމަޖެހޭތޯ؟
ސަނާ
10 March 2017
ދޮގެއްތީ ކޮބާ އޭދަފުށި އަށް ކަމެއް ހިގާތަ ބުނެބަލަ
ހެއްވާ
19 February 2017
ދީނާއި ޤައުމަށްޓަކައިވީމަ ވާޖިބު ވާނެތާ
ކެޕްޓަން
18 February 2017
ކިހިނެތް ކުރިޔައްދާނި އެންމެފަހުން ބޭއްވިޖަލްސާގަވިސް ހީސްލަވައިގަނެގެން ހަލާކުވިއިރުވިސް ނުނިކުމެވުނު ވަށައިދާޖަހާބައްދާފައޮތީ މީ ބޮޑުވަރު ހަމަ ހިތުންރުހުމުން ގޮސްތިބިމީހުންނޯ ބޯހަލާކް
އިބޫ
18 February 2017
ވާޖިބު ކަންތައް، ހަލާލް ހަރާމް ވެސް އަދުރޭމެން ކަނޑައަޅާ ހިސާބަށް ގައުުމު ދިޔައީމަ ދެން ދޯ ކޮބައިތަ ޝެއިްނޙުންތައް؟؟
ރައުލް
18 February 2017
ތިޔަ ތިބީ ކޮރަޕްޝަނަށް ގޮސް ހުސްވެފަ...ވަގުތު ފާއިތު ނުވަނީސް އިސްލާހްވެބަލަ..ރައްޔިތުންނަށް ބޯގޯސް އަމުރު ނުކޮށް...ބިރު ނުދައްކާ...
މާބުރު
18 February 2017
ކަމެއް ވާޖިބުވަނީ އެކަމެއްގައި ކޮންސިފަތަކެއް ހުރެގެންކަން ނޭނގޭމީހަކަށް ވާޖިބުކަމަށް ހުކުމެއް ނުކުރެވޭނެ. ފުރަތަމަ ކަމެއްގެ ވަޖިބު ޝަރުތުތައް ބުނެދީބަލަ . އޭރުން އެނގޭނީ ވާޖިބު އަރައިފިކަން
ޢަހޫ
18 February 2017
މިމީހުންނަށް. މިތިބީ. ދީނާއި. ވާޖިބާއި. ހަރާންކަންތައްތައްވެސް. އޮޅިފަ.
ވާޖިބުހަމަ
18 February 2017
ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓް ދިނުމަކީ އެއީ ގައުމީ ވާޖިބެއް ކަމަށް އަދުރޭ ބުނުމުން ދެން ކޮބާތޭ މައްސަލަ އަކީ. އަސްލަށް ބަލާނަމަ އެއްވެސް މައްސަލަ އެއް ނެތެވެ. މަމެން ޕިންކޭން އަތުގައި މާލެ ސިޓީ ކައުންސިލު އޮތް ނަމަ މާލޭގައި ދިިރިއުޅޭ ގެދޮރު ނެތް އެންމެންނަށް މިހާރު ހުންނާނީ އެނޫން ނަމަމާލެ ސަރަހައްދުން ފްލެޓްސް ދީފައެވެ. މަމެން މިއުޅެނީ ރިއަލް އެސްޓޭޓް ޑިވެލޮޕް ކުރުމަށް ޓަކައި ސަރުކާރުން އެމްޓީސީސީ އާއި ވިޔަފާރި އުސޫލުން ރިއަލް އެސްޓޭޓް ވިޔަފާރީގެ ތެރެއަށް ވައްދަން ބީއެމްއެލްއާއި ގުޅިގެން. އެއިރުން ލޯން ލިބޭނެ 80 އަހަރަށް ބަހާލައިގެން ދައްކާ ގޮތަށް. އެގޮތުން މާލެ ވިލިގިލީގައި އޮތް ފުޓްބޯޅަ ދަނޑު ގައި 25 ބުރީގެ ފްލެޓްސް އިމާރާތެއް 5000 ހައުސިންގް ޔުނިޓްސް ހިމެނޭނެ އުސޫލުން އެމަސައްކަތް ފަށަން މިއުޅެނީ މަމެން ޕިންކީން. އެކަން ކުރެވޭނީ މަމެން ޕިންކީންގެ ކައުންސިލެއް މާލެ ސިޓީ ކައުންސިލުގެ ގޮތުގައި އޮވެގެން ކަން އެއީ ވާޖިބު އެވާ ގޮތަކީ އިނގޭ.
ދޭނަން
18 February 2017
ވެރިކަން ކުރާ ޕާރޓީ އަތް ދަށުގައި ހުރިހާ ލޯކަލް ކައުންސިލު ތަކާއި އަދި މުޅި މަޖްލީސް އޮތުން އެއީ ހަމަ ޑިމޮކްރަސީގެ ތެރޭގައި ހިމެނޭ ގުޑް ގަވަރނެންސް ގެ ކޯރޑް ބުނާ ގޮތުން ވާޖިބު ކަމެކެވެ. އެކޯރޑް ނަމްބަރަކީ ވެސް 7671 އެވެ. ކަން މިހެން ހުރުމުން ބައިނަލް އަގްވާމީ ހަމަތަކަށް ބޯލެނބުމުގެ ގޮތުން އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުން އެމެން އަމިއްލަ އަށް ފެނިގެން އައިސް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރާއި ގުޅިގެން ބަލަންވީ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލު ކުރެވޭތޯ އެވެ. އެއިރުން ކޮން ކުއްޖަކަށް މާލެ ސަރަހައްދުން 4 ކޮޓަރީގެ އެޕާރޓްމަންޓް ހިމެނޭ ފްލެޓެއް ދޭނަން މަމެން ޕިންކީން އިނގޭ.