ވާރޭގައި މާލޭގެ މަގެއްގައި ފެންބޮޑުވެފައި: ފެންބޮޑުވާ ވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެންމެ އުތުރަށް ވަނީ އޮރެންޖު އެލާޓް ނެރެފައި.-- ފޮޓޯ: މިހާރު
12 އޯގަސްޓް 2024 - 18:13
ފެންބޮޑުވާ ވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އުތުރު އަތޮޅުތަކަށް އޮރެންޖް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިރޭ 7:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް އޮރެންޖް އެލާޓް ނެރެފަ އެވެ. އަދި އެ ހިސާބުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
Orange warning for torrential rain and possible flooding. pic.twitter.com/zhzoXQkwQJ
— Maldives Meteorology (@MetMaldives) August 12, 2024
މެޓް އޮފީހުން މޫސުން ދަރަޖަކޮށްފައި ވަނީ ވައިޓް، ޔެލޯ، އޮރެންޖް، ރެޑް އަދި މޫސުން ރަނގަޅުވުމުން ގްރީން އެލާޓުގެ ގޮތުގަ އެވެ. އޮރެންޖު އެލާޓް ނެރެނީ ގަޑިއިރެއްގެ ތެރޭގައި 90 މިލިމީޓަރުގެ ވާރޭވެހި، ގަޑިއަކު 63 މޭލަށް ވައިގަދަވުމުންނެވެ.
މި ހަފުތާގައި މުޅި ރާއްޖެއަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް މިދިޔަ ހަފުތާގައި ލަފާކޮށްފަ އެވެ.
ކުރިއަށް އޮތް ތިން ދުވަހު މާލެއަށް އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށް އަލްޖަޒީރާއިން ވެސް މިއަދު ވަނީ ބުނެފަ އެވެ. ވިއްސާރަ މޫސުމުގައި އެވްރެޖުކޮށް ރާއްޖޭގެ ރަށްރަށަށް މަހަކު 100-200 މިލިމީޓަރުގެ ވާރޭވެހެ އެވެ.
މޫސުން ގޯސްވެފައި ވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެންޑީއެމްއޭ އާއި ފުލުހުން އަދި ކަމާބެހޭ އެހެން އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރާސ
12 August 2024
1މަސް ވާރޭ ހިސާބު ޖަހައިފައި ވަނީ ކިހިނެއްތޯ؟ އެއްމަސް ދުވަހުގެ ވާރޭ ވިލާތަކުގައި ރައްކާކުރެވިފައިވާ ކަން މެޓް އޮފީހަށް އެނގެނީތޯ..؟ މިރާއްޖެއަށް އެއްމަސް ދުވަހު ހުއްޓާނުލައި ވާރޭ ވެހުނު ކަމުގެ ތާރީޙެއް އޮތްތޯ؟ އެއްމަސް ދުވަހުގެ ވާރޭ އަކީ ކިތައް މިލިލީޓަރ ނޫނީ ލީޓަރ ވާރޭތޯ..؟ މެޓް އޮފީހުން މި ސުވާލުތަކަށް ޖަވާބު ދޭން ޖެހޭ؟
ގެދާނޯމޮސް
12 August 2024
މީ ކާކުހަދައިގެން އުޅޭ އޮރެންޖަކާއި އާފަލެއް ހެއްޔެވެ؟ އޮރެންޖަކީ ފިނި މޫސުމަށް ނުހަނު ފައިދާ ކުރާމޭވާ އެކެވެ.! އެލާރޓް ވަންޏާ އަވަހަށް މިމޭވާ ބަހާށެވެ!