ޚަބަރު / މޫސުން

ކުރިއަށް އޮތް ތިން ދުވަހު މާލެ އަށް އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވޭ: ވެދާ ރިޕޯޓް

ވާރޭވެހި ފެންބޮޑުވެފައި އޮތް މާލޭގެ މަގަކުން ފެންގަނޑަށް އެރިގެން ބަޔަކު ހިނގާފައި ދަނީ: ކުރިއަށް އޮތް ތިން ދުވަހު މާލެއަށް އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ކުރިއަށް އޮތް ތިން ދުވަހު މާލެ އަށް އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށް އަލްޖަޒީރާގެ އިންޓަނޭޝަނަލް ވެދާ ރިޕޯޓިންގައި މިއަދު ބުނެފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގެ މޫސުން ލަފާކޮށް، އަލްޖަޒީރާ އިން ގެނެސްދިން ވެދާ ރިޕޯޓުގައި ބުނީ، ރާއްޖޭގެ ވެރިރަށް މާލެ އަށް ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެއް މަސްދުވަހުގެ ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ވިއްސާރަ މޫސުމުގައި އެވްރެޖުކޮށް ރާއްޖެއަށް މަހަކު 100-200 މިލިމީޓަރުގެ ވާރޭވެހެ އެވެ.

މި ހަފުތާގައި މުޅި ރާއްޖެ އަށް މޫސުން ވަރަށް ގޯސްވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވެސް ވަނީ މިދިޔަ ހަފުތާގައި ލަފާކޮށްފަ އެވެ.

މެޓް އޮފީހުން އާންމުކޮށްފައިވާ ހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެއަށް ވަނީ 30.8 މިލިމީޓަރު ވާރޭވެހިފަ އެވެ. ހުޅުލެއަށް 59.4 މިލިމީޓަރުގެ ވާރޭ އަދި ހުޅުމާލެއަށް 31.5 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

މި އަހަރުގެ ހުޅަނގު މޫސުމުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މިދިޔަ މެއި މަހު ލަފާކޮށްފަ އެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހާއި އޮގަސްޓް މަސް އަދި ސެޕްޓެމްބަރު މަހުގައި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ އިތުރަށް ވާރޭވެހުން އެކަށީގެންވެ އެވެ. އެކަމަކު، ރާއްޖޭގެ ދެކުނަށް އެ ދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މަދުންނެވެ.

މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 9:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެ އެވެ.

ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލަށް ވައި ބާރުވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

މި ހަފުތާގައި މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެންޑީއެމްއޭ އާއި ފުލުހުން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖެއަށް ހުޅަނގު މޫސުން ފެށޭނީ މެއި މަހުގެ މެދުތެރޭގަ އެވެ. އަދި ހުޅަނގު މޫސުން ނިމި އިރުވައި ފެށެނީ ޖެނުއަރީގަ އެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 43%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 29%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަކުރުު

12 August 2024

މަހަކު މާލެއަށް ވެހެނީ ކިހާ ވާރެއެއްތޯ؟ ނޫނީ މަހަކު މާލެއަށް ވެހެންޖެހޭނީ ކިހާ ވާރެއެއްތޯ؟

The name is already taken The name is available. Register?

ހުޅަނގު މޫސުމުގެ ފުޅަނގި

12 August 2024

އޭ މެޓު ކައިރީ އަހާލަދީބަލަ މިރަށަށް 1 އަހަރުދުވަހުގެ ވާރޭ ވެހޭނީ ކޮންދުވަހަކުތޯ. އޭރަށްތާ ވެހޭތާ ފެން ނެގޭނީ.

The name is already taken The name is available. Register?

ސަމަރޭ

12 August 2024

ﷲޔާ މިވެހޭ ވާރޭ އަކީ އަޅަމެންނަށް ރައްކާތެރި އެއްޗެއް ކަމުގައި ލައްވާ މުސީބާތްތަކާ ދަތިތަކުން އެންމެން މިންޖު ކުރައްވާނދޭވެ.. އާމީން..

The name is already taken The name is available. Register?

‫އަންތަރީސް

12 August 2024

‫الله ނޫން ފަރާތަކަށް ގައިބެއް ނޭގޭނެ، ވަރަށް ސަލާމް

The name is already taken The name is available. Register?

ސުހާނާ

12 August 2024

"ގައިބެއް" ނޫން ކިޔަނީ. "ޣައިބެއް" މިހެން ކިޔަނީ.

The name is already taken The name is available. Register?

ކައުންސެލަރު..

12 August 2024

ބްރަދާ ތިކަމާ ދެކޮޅު ހަދަނީކީ އެއްގޮތަކަށްވެސް އަދި ތިކަމަށް ސަތޭކަ ޕަސެންޓް ތާއީދުވެސްމެ. އެކަމަކު ސުރުޚީގަ އެއޮތީ ލަފައެއް ކޮށްފަ. ޔަގީން ކަށަވަރު ވާހަކައެއްނޫން. އަދި ސަތޭކަ ޕަސެންޓް ދިމައެއްވެސް ނުވާނެ. އެހެނެއްކަމަކު ހަދާފަ ހުންނަ ވެދަ މޮޑިއުލްތަކުގެ އެހީގަ ލަފާކުރާވާހަކަ އެބުނަނީ. އަދި އެކަންކަން އެއްކޮށް ނޫނަސް ގާތްގަނޑަކަށް ތިންބައިކުޅަ ދެބަޔަށްވުރެވެސްބޮޑަށް ދިމާވާހެން ހީވަނީ. ﷲ އަކުބަރު

The name is already taken The name is available. Register?

ބޮކި

12 August 2024

ސާބަސް..އެއީ ލަފާކޮށްފަ ބުނެފަ އޮތް ބުނުމެއް..ސީދާ ވެހޭނެޔެކޭ ނެތް ބުނެފައެއް..މޫސުމަކީ އަބަދުވެސް ލަފާކޮށްފަ ބުނާ އެއްޗެއް..ލަފާކޮށްފަ ބުނާ އެތި ބައެއް ފަހަރު ދިމާވޭ އަދި އަނެއް ބައި ފަހަރު ދިމަލެއް ނުވޭ..ހަނދުމަހުގެ ކަލަންޑަރުވެސް ހަދަނީ އެއްނުން ދޯ.އެވެސް ބައެއް ފަހަރު ދިމާވާނެ އަނެއް ބައިފަހަރު ދިމަލެއް ނުވާނެ..މީ ކޮންމެހެން ޤައިބު އެނގޭކަމަށް ދައުވާކުރާތީ ކުރާ ކަންކަމެއް ނޫން.

The name is already taken The name is available. Register?

އަންތަރީސްވެއްޖެ

12 August 2024

އެއީ ގައިބު އެނގުމެއްނޫން.. އެއީ ލަފާކުރުން.

The name is already taken The name is available. Register?

ާަބަންތިރީސް

12 August 2024

ގައިބު އެގޭވާހަކަ ލިޔެފަ އެބައިންތަ އެކަށީގެން ވާވާހަކަ އިނީ

The name is already taken The name is available. Register?

ފެންނަގޮތް

12 August 2024

ހުޅަނގު ވިއްސާރައަށް ފެން ހިންދަން ވެސްޓްޕަރކްގައި ހަދަންފެށި ކާނުގަނޑުގެ ހަބަރަކީ ކޮބާބާ؟ އެ ނިމިފަ ހުރިއްޔާ ފެންބޮޑުވާނެތީ ވިސްނަން ނުޖެހޭނެކަމަށް މިބަލަނީ..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454