އާޓިފިޝަލްބީޗުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއެއްގައި އެ ޕާޓީގެ އިސް ބޭފުޅުންނާއި އާއްމު މެމްބަރުން. --ފޮޓޯ: އެމްޑީޕީ
07 މާޗް 2017 - 10:28
އިންތިހާބުތަކުގައި ވާދަކުރާ އަންހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް އިދިކޮޅު އެމްޑީޕީން މާލީ އެހީ ދޭން ނިންމައިފި އެވެ.
މާދަމާ ފާހަގަކުރާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން އެ ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެމްޕޭންތަކުގައި ވާދަކުރަން މާލީ އެހީތެރިކަން ނުލިބުމަކީ އިންތިހާބީ މަގާމްތަކަށް އަންހެނުން ވާދަކުރަން ކުރިމަތިވެފައި އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަންހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް ފައިސާ ދޭން ނިންމީ ދައުލަތުގެ އިސް މަގާމުތަކާއި އިންތިހާބުކުރާ މަގާމްތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރަން މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
އެ ޕާޓީން ބުނީ ދިވެހި ދައުލަތުގެ ކޮންމެ މުއައްސަސާއެއްގައި ވެސް އެންމެ ހަރަކާތްތެރި އަދި އެންމެ މަސައްކަތްތެރި ބަޔަކީ އަންހެނުން ކަމަށް ވިއަސް، ކަންކަން ނިންމާ ފެންވަރުގަ އާއި އިންތިހާބީ މަގާމުތައް ތަމްސީލްކުރާ އަންހެނުން މަދު ކަމަށެވެ.
"ދިވެހިރާއްޖޭގެ އަންހެނުންނަށް މިފަދަ މަގާމުތަކުގައި ވާދަކުރުމަށާއި އިންތިހާބުތަކުގައި ބައިވެރިވުމަށް ތަފާތު އެކި ގޮންޖެހުންތައް ހުރި ކަން ފާހަގަކުރަމެވެ. ރައްޔިތުންގެ މަޖިލީހާއި ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ އެކި މަގާމްތައް ތަމްސީލްކުރާ އަންހެނުންގެ ނިސްބަތް ފަސް އިންސައްތަ އަށް ވުރެ ވެސް ދަށެވެ،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
ދިރާސާތަކާ ހަވާލާދީ އެ ޕާޓީން ބުނި ގޮތުގައި އިސް މަގާމުތަކުގައި އަންހެނުންގެ ހިއްސާ ދަށްވަނީ އަންހެނުންނާ މެދު މުޖުތަމައުން ދެކޭ ގޮތާއި އާއިލީ ޒިންމާތަކުގެ ސަބަބުންނެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލާދީ އެ ބަޔާނުގައި ބުނީ އެމްޑީޕީގައި ހަމަހަމަ ފުރުސަތުތަކެއް އުފައްދައި ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާކުރުމުގައި އަންހެނުންގެ ދައުރު ބޮޑުކުރާނެ ކަމަށެވެ. އެމްޑީޕީ މެމްބަރުންގެ 50 ޕަސެންޓް ހިއްސާ ކުރަނީ އަންހެނުން ކަން ފާހަގަކުރައްވައި އެ ޕާޓީގެ އަންހެނުންގެ ރޫހަކީ އަގު ނުކުރެވޭ ފަދަ މަސައްކަތްތަކެއް ކުރާ ގުނަވަނެއް ކަމަށް ވިދާޅުވި އެވެ.
އަންހެނުންގެ ރޫހުގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވީ އެ ޕާޓީގެ އަންހެން މެމްބަރުންނަކީ ކޮންމެ ދުވަހަކު ވެސް އެންމެންގެ ހައްގުގައި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި އެމްޑީޕީގެ އަންހެނުންނަކީ އަނިޔާވެރިކަމާއި ބޭއިންސާފާއި ބިރު ފަހަނައަޅައި އިންސާނީ ހައްގުތައް ދިފާއު ކުރުމުގައި އެންމެ ކުރީ ސަފުގައި މަސައްކަތް ކުރާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނި ގޮތުގައި އެ ޕާޓީގެ އަންހެނުންގެ ރޫހަކީ ޕާޓީ އަށް ވަރަށް މުހިއްމު ގުނަވަނެއް ކަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ފާހަގަކުރައްވަ އެވެ.
"މި ޕާޓީ އުފެދުނީއްސުރެ ވެސް ޕާޓީ ކުރިއަރުވައި، ކޮންމެ ހިނދަކު ވެސް ޕާޓީ އަށް ދިރުންދެނީ އަންހެނުން. ދިވެހިރާއްޖެ އާއި ޕާޓީގެ އެންމެ އިސް މަގާމުތަކުގައި ތިބުމަށް އަޅުގަނޑުމެން އެދެނީ އަންހެނުން،" ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަމް
08 March 2017
އެކަނިވެރި މާތްނަށްވެސް އެހީލިބޭ ނަމަވެސް އެކަނިވެރި ބަފައިންނަށް އެހީ އެއްނުިލިބޭ..!
ބ.މޫސާ
07 March 2017
ތިގޮތަށް ފައިސާދޭން ބުނި މުޒާހަރާގައި ބަންދުވާ މީހުންނަށްވެސް އެކަމަކު ހަރާމުން ހަރާން ދިންއެއްޗެއް..
ހަމަހަމަ ޑިމޮކްރަސީ
07 March 2017
އަންހެން ފިރިހެން ހަމަހަމަ ކުރުން. އަންހެނުންނަށް ފައިސާ ދީފައި ފިރިހެނުންނަށް ފައިސާ ނުދިނުން... :)
ޝެލަރީ
07 March 2017
ޢެހެންތާވާނީ އެމްޑީޕީ ކުރީސަފުގާ ތިބީހުސް ނަޝީދުގެ ގޭ ކުދިންނާ ތިމާގެ ކުދިން ބަގުޑިބައްދައިގެން ނަންވާނީ މައުމޫން، ނިކަން ހިއްވރެއް ހުރިއްޔާ ޕާޓީއަށާ މިޤައުމަށް ހެވެއް އެދެންޏާ ނަޝީދުވެސް މަންޑޭލާ ހެދިފާ ރިޔާސީރޭހަށް މިހަކުނެރެދީބަލަ ނަޝީދު ނޫނަސް ވެރިކަން ކުރެވޭވަރުގެ މީހުން އެމްޑީޕީގަ އެބަތިބި ހެޔޮނުވާނެ ނަޝީދު އަށް ޓަކާޤައުމުވިއްކާން ވޯޓް ވެސްދެވިއްޖެ ދެއްތޯ އަހަރެމެން ވަރުބަލިވެއްޖެ ނަޝީދު އޭ 18 އަންނަނީ އަޑުއަހާބަ ރިޔާސީ ކެނޑިޑޭޓެއް ހޮވާން ފުރުސަތުދީބަލަ މިކޮމެންޓް ޖަހާލަދިނިއްޔާ ވަރަށް ރަނގަޅު ޝުކުރިއްޔާ
ރައިވެރިބެ
07 March 2017
މި ނުވޭބާ އަންހެނުންނާ ފިރިހެނުންމާ ދެމެދު ގެންގުޅެވޭ ތަފާތަކަށް؟ ކުރިމަތިލަނީ އެއްކަމަކަށް އެކަމަކު ލިބޭ އެހީތެރިކަން ތަފާތުވިމާ ވާނީ ތަފާތަކަށް ނޫންބާ؟
ޔަގީނޭ
07 March 2017
މީ ޔަޤީން ޓްވިޓަރޭގެ ކަމެއްކަން.
ފަޒީލް
07 March 2017
އެްމް.ޑީ.ޕީ ގެ އެންމެހާ އަންހެން މެމްބަރުންންނަށް އަށްސަރިބަހާއި ސާބަސް
އަންހެނުން
07 March 2017
މާލީ އެހީ ފިރިހެން ކެނޑިޑޭޓުންނަށްވެސް ދޭންޖެހޭ... ދައުލަތުން ޕާޓީތަކަށް ފައިސާދެނީކީ ވަކި ބަޔަކަށް ހަރުދުކުރާކަށެއްނޫން... މިފަހަރު އިންތިހާބުގައި ޕާޓީއިން ކޮއްދެނީކޮންކަމެއްބާ؟
ކޮލަމާފުށި
07 March 2017
ރަނގަޅު ނިނމުމެއް...