ޚަބަރު / ފުލުހުން

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާގެ އެމްޑީޕީ އެކްޓިވިސްޓު ތޮއްޔިބު. ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ތޮއްޔިބު ހައްޔަރު ކުރީ ރޭގެ ވަގުތެއްގައި.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ތޮއްޔިބު ޝަހީމް ރޭ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝިލަކު ވިދާޅުވި ގޮތުގައި ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ހައްޔަރު ކުރީ ރޭ ދަންވަރު 12 ޖަހާކަންހާއިރު ކަމަށެވެ.

ނަމަވެސް ތޮއްޔިބު ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި ތޮއްޔިބު ހައްޔަރުކުރީ މާލޭގެ ހޮޓަލެއްގެ ތެރޭގައި ކާން އިންދަ އެވެ.

ތޮއްޔިބަކީ ޓުވިޓާގައި ސަރުކާރަށް ފާޑު ކިޔައި، ސަރުކާރުން ހިންގާ އެކިއެކި ކަންކަމާއި ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރަމުން އަންނަ މީހެކެވެ. އޭނާ ހައްޔަރުކުރީ ފ. އަތޮޅުގައި ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަކުން ހިންގަން އުޅޭ މަޝްރޫއާ ބެހޭ މައުލޫމާތުތައް ހާމަކުރަމުން ދަނިކޮށެވެ.

އެގޮތުން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާ އަށް ފ. އަތޮޅު ވިއްކާލުމާ ގުޅޭ ގޮތުން، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ބަޔަކާ އެކު ދެއްކެވި ވާހަކަތައް ހިމެނޭ އޯޑިއޯއެއް ލީކް ކުރީ ވެސް ތޮއްޔިބެވެ.

ތޮއްޔިބު ހައްޔަރު ކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި، ތޮއްޔިބު ހައްޔަރު ކުރީ މިދިޔަ ބުދަ ދުވަހު ހެލިކޮޕްޓަރުތަކެއްގައި ގެނައި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު، އެމްއެމްއޭއަށް ވެއްދި ކަމަށް ތުޙުމަތުކޮށް ޓްވީޓްތަކެއް ކުރި ފަހުންނެވެ.

އެހެންވެ، ނަޝީދު ވަނީ ސަރުކާރުން ހިންގަމުން އަންނަ މަނީ ލޯންޑްރިންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ތޮއްޔިބު ވަގުތުން ދޫކޮށްލުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

30 ކޮމެންޓް, 90 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 0%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުށޭ

19 March 2017

އޭނަ އަދި ކުށްވެރިއެއް ނުވެއެއްނު؟ ކިހިނެއްވެގެން އޭނަ ހީރޯއަކަށް ހަދައިގެން ތިއުޅެނީ؟ އެއްބަޔަކަށް އޭނަ ކުރިކަންތައް ރަނގަޅުނުވެދާނެ. އަނެއްބަޔަކަށް ހީރޯއަކަށްވެދާނެ؟ ދެކޭގޮތްދޯ؟ މައްސަލައަކީ މިއީ. ރަނގަޅު މޮޅުމީހަކަށް މިހާރުވަނީ، ތަނެއް ހަަބޮލިކޮށްލާމީހާ؟ އެހެޔޮ ކޮންމެފަދަ ވާހަކައެއް ދެއްކިޔަސް.

The name is already taken The name is available. Register?

ކަނޑު ކޮސްބެ

17 March 2017

ދެވަނަ ފަހަރު އަންނި ބުނާނީ އެހެންއެއްޗެކެވެ.ހަމަ ކަނޑު ކޮހެކެވެ

The name is already taken The name is available. Register?

Maldives

17 March 2017

ތައްތިބު ކުށަކީ ސްވައިންފުލޫ އުޅޭކަން ސިއްރުކޮށްފައިވަނިކޮށް ފަޅާއަރުވާލުންތަ..؟

The name is already taken The name is available. Register?

މަންސޫރު

17 March 2017

އާދެ. ރައްޔިތުންނަށް ނުރައްކަލެއް އޮތް ރޯގާއެއްގެ ވާހަކަ ރައްޔިތުންގެ ސަމާލުކަމަށް ގެނެސްގެން ނުވާނެތާ! ރައްޔިތުން ތިބެންޖެހޭނީ ގަޅި ހެދިފައެއްނު ދެއްތޮ؟ ރައްޔިތުން އަޑުއަހަން ޖެހޭނީ ސަރުކާރުން ބުނާއެއްޗެއް ނޫނީ ސައުދީ އެމްބަސީން ބުނާ އެއްޗެއްތާ އެކަނިތާ!

The name is already taken The name is available. Register?

ކާކުކީކެ

17 March 2017

ކުއްވެރިންތާ ހިމާޔަތް ކުރަން ތިބޭނީ ބޯސަލާމަތުން ހުރި މީހަކު އެމްޑީޕީއަކަށް ތާއީދެއްނުކުރެވީއްޔަ އެމްޑީޕީއަށް އަބަދުޖެހޭނީ ކޮންމެވެސްމީހަކު ނޫނީބަޔަކު ދޫކުރަންގޮވާހާ އިތުރުކަމެއްކުރެވޭބައެއްނޫނެ ކުރަންއެގޭބައެއްވެސްނޫނެ އަބަދުވެސްކޮންމެވެސް ކުއްވެރިއެއް ފަހަތުން ދުވަނިކޮންނެ ޔާމީނު މިހިރަ 5އަހަރުގެ ވެރިކަމެއްނިންމަނީ ކުރަންއުޅުނު އެއްކަމެއްވެސްނުވި ވެރިކަމެއްވައްޓައެއްސް ނުލެވުނު މުޒާހަރާއެއްވެސް ނުކުރެވުނު މުޒާހަރާ ކުރަންހަދާނެގޮތެއްކީކުރަން ބަޔަކުވެސްނުވި ކަމެއްކުރީޔަކުރެވުނުކަމެއް ގޮވީއަަށް ހިއްދަތިވާނެ ދޯ

The name is already taken The name is available. Register?

ކަޅުކޮއެ

17 March 2017

މިހިރީ މިވެރިން އަމބުރާ ގޭސް

The name is already taken The name is available. Register?

وِلِ احمد

17 March 2017

އޭ ﷲ މި "ޡައްޔިބުގެ" ދުލާއި އަތުގެ ނުބައިކަމުން އަޅަމެން ނާއި އަޅަމެންގެ މި މުސްލިމުވެރިޔާ عبدالله ޔާމީން ސަލާމަތް ކުރައްވާ ރައްކާތެރި ކުރައްވާނދޭވެ. އަދި އަޅަމެންގެ މި ވެރިޔާ عبدالله ޔާމީނަށް ޘާބިތުކަމާއި ކެތްތެރިކަން އިބަ ﷲ މިންވަރުކޮއްދެއްވާ ހިދާޔާތާއި ތަައުފީޤު ދެއްވާ ހެޔޮރަޙްމަތް ލައްވާނދޭވެ. أمين.

The name is already taken The name is available. Register?

ފަރުދާ

17 March 2017

ވަގުނގެ އަތްވެސް ކަޑަންވީ

The name is already taken The name is available. Register?

GAN Island

17 March 2017

ދިވެހި ފުލުހުންނަކީ ހާއްސަކޮށް ފުލުހުންގެ ތެރޭގައި ތިއްބެވި އިސް އޮފިސަރުންނަކީ Canada އާއި Australia އަދި Thailand ފަދަ ދުނިޔޭގެ ފެންވަރުން ވެސް ''ރަގަޅު ފުލުހުން'' ތިބި ޤައުމު ތަކާއި އެ ޤައުމު ތަކުގެ އެންމެ މަތީދަރަޖަ ތަކުގެ Police Training Institute ތަކުން ކިޔަވާ ވިދާޅުވެ ތަމްރީނު ހޯއްދަވާ އެއްވަނަ ދަރަޖައިގެ ސެޓިފިކޭޓް ތައް ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުން. . . . . އެހެން ނަމަވެސް ދައުލަތުގެ ހަރަދުގައި (ރައްޔިތުންގެ ފައިސާއިން) ކިޔަވާވިދާޅުގެ ތަމްރީނު ހޯއްދަވައިގެން ރާއްޖެވަޑައިގެން މަސައްކަތް ކުރައްވާތަން ފެންނަނީ މުޅިންވެސް ''ކިޔެވި އެއްޗަކާއި ހެއްދެވި ތަމްރީމް ތަކާއި ދިމާ އިދިކޮޅަށް'' ކަމުގައި ހީވޭ. . . . . ފުލުހުންނާއި ސިފައިންނަކީ ހަމަ އެކަނި އޭރުގައި އޮންނަ ސަރުކާރެއް ދަމަހައްޓަން އެސަރުކާރަކުން އަންގާ ކޮންމެގޮތަކަށް އަމަލު ކުރާންޖެހޭ ބައެއްނޫން. . . ވަކިޤާނޫނު ތަކަތާއި ވަކި ހުވައެްކޮށްގެން ތިއްބަވާ ފުލުހުންނާއި ސަފައިން ޤައުމީ މަސައްލަހަތަށް އިސްކަންދެއްވާ ''ރައްޔިތުންނަށް ހިމާޔަތް ދޭންޖެހޭކަން'' ޤަބޫލުކޮށް ޤާނޫނީ އިމުގެ ބޭރުން ރައްޔިތުންނާއި ދެކޮޅަށް ނުވަތަ އެންމެ ރައްޔިތަކާއި ދެކޮޅަށް ކަމުގައި ވިޔަސް ސަރުކާރުން ފިޔަވަޅު އަޅާން ބުނި ކަމުގައި ވިޔަސް އެފިޔަވަޅެއް އެޅުމުގެ ކުރިން ޤާނޫނު ތަކަށް ތަބާވާން ޖެހޭނެ

The name is already taken The name is available. Register?

މަރީ

17 March 2017

ކޮންމެ ކުއްވެރިޔަކަށް އެމްޑީޕީން ސަޖިދަ ޖަހާނެ.

The name is already taken The name is available. Register?

ޕޮކަންޑިތޭޗޭ

17 March 2017

ހަހަހަހައްހާ. އަސްލު ކުއްވެރިން އެތިބީ ޓައި ބައްދައިގެން ބޮޑު މުސާރަ ނަގައިގެން ގައުމު ސޭލްއަޅުވައިގެން. ތިއުޅެނީ އޮޅިގެން.

The name is already taken The name is available. Register?

ވޯލް

17 March 2017

މީހަކު ލިޔައެއްޗަކުން ނޫނީ ފާޅުކުރާ ހިޔާލަކުން އެއީ ކުށްވެެރިއެއްކަމަށް ދެކެންޏާ އެއީ ތިބާގެ ހުރި ނާތަހުޒަިބުކަން. ޕޕމ ގެ މެޖޯރިޓީ ކީޑަރަކުން ވެސް މިކަހަލަ ހިޔަލުތައއ ފާޅުކޮށް މުޒާހިރާތައް ބާވާ، ބެރިކޭޑުމަތިން ފުންމަ. އެކަމަކު އެއީ ކުށެއްވެސްނޫން.

The name is already taken The name is available. Register?

ޥަރުދާ

17 March 2017

ފަސާދަ އުފައްދާ މީހުންނަށް ދީނުގައި ކަނޑައަޅާފައިވާ އަދަބު ދޭންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454