15 ނޮވެމްބަރ 2025 - 21:52
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ ބައްދަލުކުރި ރާއްޖޭގެ ކުރީގެ ރައީސަކީ ޑރ. މުހައްމަދު ވަހީދު ކަމާއި އެ މަނިކުފާނު އެޕްސްޓީންއާ އެކު ގާތް ގުޅުމެއް ބާއްވަވާފައިކަން ހާމަވެއްޖެ އެވެ.
ހެކަރުންގެ ބަޔަކު ކުރިން ވެސް ލީކު ކޮށްލާފައިވާ އީމެއިލް މުއާމަލާތުގައި ޝާމިލުވާ ރާއްޖޭގެ ކުރީގެ ރައީސަކީ ވަހީދުކަން ހާމަވީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" އިން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި، އީމެއިލް އެޑްރެސްތަކާ އެކު އެ މައުލޫމާތު ހާމަވުމުންނެވެ.
އާއްމުކޮށްފައިވާ އީމެއިލް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ އެޕްސްޓީންއާ އެކު ގާތްގުޅުމެއް ބާއްވަވައި، އޭނާ އަކީ ބޮޑެތި ކަންކަމުގައި އިރުޝާދު ހޯއްދަވާ ވަރުގެ ގާތް މީހެއްގެ ގޮތުގައި ގެންގުޅުއްވައިފަ އެވެ.
އެ މުއާމަލާތްތަކުގައިވާ ގޮތުން ވަހީދު، އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ބޮޑެތި ކަންްތައްތަކުގެ ތެރޭގައި ރާއްޖޭގެ މާލީ ކަންކަމާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ސްޓެރެޓެޖީ ހިމެނެ އެވެ.
އެ އީމެއިލްތަކުން އެނގޭ ގޮތުގައި އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި އެވެ. އޭގެ ފަހުން އެ މަނިކުފާނު އެޕްސްޓީންގެ އިރުޝާދު ހޯއްދެވި ފުރަތަމަ ކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރައިފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރު އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.
ވަހީދު އެޕްސްޓީންއާ އެކު، ކުރައްވާފައިވާ އީމެއިލް މުއާމަލާތްތަކުގެ ތެރެއިން އެންމެ ހައިރާން ކުރުވަނިވި ވާހަކަތަކެއް އޮތީ ޖެނުއަރީ 2013 ގައި ކުރައްވާފައިވާ މެއިލްތަކަކާއި އެ މެއިލްތަކުގެ ޖަވާބުގައި އެޕްސްޓީން ފޮނުވާފައިވާ މެއިލްތަކުގަ އެވެ.
އޭގެ ފުރަތަމަ މެއިލްގައި ވަހީދު އެދިވަޑައިގެންފައި އޮތީ އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު، ޝައްކު އުފެދޭ ގޮތަކަށް ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރުގެ މާލީ ޕްރޮޕޯސަލަކާ މެދު އަމަލުު ކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ.
"އަޅުގަނޑަކަށް އިހުސާސެއް ނުކުރެވޭ މިކަމާ ބެހޭ ގޮތުން އެކަށީގެންވާ މައުލޫމާތު ހުރި ކަމަކަށް. އެ މީހުން [ހަތަރު ބިލިއަން ޑޮލަރު ދޭން ބުނާ މީހުން] އަަބަދުވެސް ބޭނުންވަނީ ބެންކޮކް ނުވަތަ ބޭރު އެހެންތަނެއްގައި ފިނޭންސް މިނިސްޓަރާ ވަކިން ބައްދަލުކުރަން،" މިހާރު އާއްމުވެފައިވާ މެއިލްގައި ވަހީދު ވިދާޅުވެފައި އޮތެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ނެތިފައި ދަރަނި އެހާ ބޮޑުކޮށް އޮއްވައި އެހާ ގިނަ ފައިސާ ޖަމާކުރަން އެއްވެސް މީހަކު ބޭނުންވާންވީ ކީއްވެތޯ ވެސް އެ މެއިލްގައި ވަހީދު އެޕްސްޓީންއާ ސުވާލުކުރައްވާފައި އޮތެވެ.
އީމެއިލް މުއާމަލާތުން އެނގޭ ގޮތުގައި ހަތަރު ބިލިއަން ޑޮލަރުގެ އެ ޕްރޮޕޯސަލް އަކީ ސްކޭމެއްކަން އެޕްސްޓީން ވަގުތުން ދެނެގަނެ އެވެ، އޭގައި ކުރިއަށް ދާ ނަމަ ސްކޭމަރުން ދެން ކަންތައް ކުރާނެ ގޮތް ވެސް އޭނާ ކިޔައިދިނެވެ.
"އެއީ ސްކޭމެއް. އެމީހުން ތިޔަ ބޭފުޅުން ގާތު ދެން ބުނާނެ ވާހަކަ އަކީ އެ މީހުން ބޭނުންވަނީ ހަމަ އެކަނި އެކައުންޓަކާއި ވެހިކަލެއް [އިންވެސްޓްކުރާނެ ވަސީލަތެއް] ހަމަޖައްސަން ކަމަށް. އެއީ އެކަން ކުރުމުގައި ރިސްކެއް ނެތް ކަމެއް ކަމަށް،" އެ މައްސަލައިގައި ދިން އިރުޝާދުގައި އެޕްސްޓީން ބުނެފައި އޮތެވެ.
މި ފައިސާ ގެނައުމަށް ބޭނުންކުރާނެ ވަސީލަތެއްގެ ގޮތުގައި، އެ މެއިލްތަކުގައި ބުނެފައިވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏެއް އުފެއްދުމެވެ.
އެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ ކަންތައް ހަމަަޖައްސަން އެޕްސްޓީން ދިން އިރުޝާދުގައި ބުނީ އެ ޕްރޮޕޯސަލްއާ ބެހޭ ތަފްސީލު ދޭން ފިނޭންސް މިނިސްޓަރަށް އެންގެވުމަށެވެ.
"ޝުކުރިއްޔާ. ތިޔައީ އަހަރެން ސަލާމަތްކުރާ މީހާ، ހަމަ ސީދާ ތިޔަ ބުނި ގޮތަށް ކަންތައް ކުރާނަން،" އެޕްސްޓީންގެ އިރުޝާދަށް ޖަވާބު ދެއްވަން ފޮނުއްވި މެއިލްގައި ވަހީދު ވިދާޅުވައި އޮތެވެ.
އާއްމުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އެހީތެރިކަން ދޭނެ މޮޅު މީހުން ހޯދައިދޭން ވެސް އެޕްސްޓީން އެހީތެރިވި އެވެ، އެގޮތުން ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމުކުރުވަން ސްވިޑެންގެ ޑިޕްލޮމޭޓަކު ގެންނަން އެޕްސްޓީން ހުށަހެޅި އެވެ،
އެގޮތުން ހުށަހެޅި މާހިރަކީ އޭނާގެ އެކުވެރިއެއް ކަން ވެސް އެޕްސްޓީންގެ މެއިލް އިން އެނގެ އެވެ.
އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަން 2005 ވަނަ އަހަރު ހައްޔަރުކުރި އެވެ.
އަދި ފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރި އެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފަ އެވެ.
އޭގެ ފަހުން ވަނީ، އެޕްސްޓީންގެ ޖަރީމާތަކަށް އެހީވި ކަމުގެ ކުށުގައި އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލައިން މެކްސްވެލް ހައްޔަރުކޮށް އަދި ކުށް ސާބިތުވެ 20 އަހަރަށް ޖަލަށް ލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މޮންސްޓަރ
17 November 2025
މީގައި ނެތެއްނޫންތޯ ނަޝީދު ގޮތަށް މިރާއްޖޭގައި ބިރަކާނުލާ މަޖާ ކުރަން މަސައްކަތް ކޮއްފައި. މީހެއްގެ އެހީ އާއި ލަފާ ހޯދާފައިވަނީ. ވަހީދު އަކީ ރޯލްމޮޑެލް އެކޭ ނޫން.
ްއެޕްސްފައިލްސް
17 November 2025
މި ވާހަކަ މީގެ ދުވަސް ކޮޅެއް ކުރިން "ރާއްޖޭގެ ކުރީގެ ރައީސްއެއް" ކަން އެގޭ ގޮތަށް މި ނޫހުގައި ރިޕޯޓްކޮށްފައި އޮތް ތަން ދުށިން. އެކަމާއި ގުޅިގެން ވަރަށް ގިނަ މީހުން ހީކުރީ އަދި ކޮމެންޓް ކޮއްފައި އޮތީ އެެވާނީ ހަމަގައިމުވެސް އަންނިއަށޭ! އަހަރެން ހިތައް އަރަނީ ތިމާކުރި ކަމެއްގެ ބަދުނާމު އެހެން މީޙެއްގެ ބޮލުގައި އެޅިގެން ދާއިރު އެކަން އެނގިހުރެ ކަހާލާތަން ހިރުވާވެސްނުލާ ނޭނގޭ ކަމަށް ހެދިގެން ހުންނާނީ ވަރަށް ގޮތްކުޑަ ވިޔާނުދާ މީހެއްވީމައޭ.!
ރޯމާދުވާލު
16 November 2025
ކުށްކުށުގަ ޖަލަށްލި ނަޝީދުވެސް މައުމޫނުވެސް އޭގެ މާނައަކީ އެމީހުންގެ އިލްމީ ލަފާ ނުހޯދާށޭތަ. ކުއްކުރެވޭ ހުރިހާ އިންސާނުންނަށްވެސް.
ކަލޭގެސަން
17 November 2025
ކަލޭ ހަމަތަ؟ އެޕްސްޓީން ކުރި ކަންތައް ނޭނގެނީތަ؟
ޢަލިކޮއެ/ޙުޅުމާލެ
16 November 2025
މިކަލޭގެ މުޅިން އުޅެނީ މިހެން. މިހާރު ސައުދީގައި އެގައުމުގެ ސަރުކާރުން ރާއްޖެ ގޮތަށް ރިސޯޓުހަދަން އެޑުވައިޒަރަކީ މީނާ. ޜާއްޖެ ވައްޓާލަން ހަދާ ތަނެއް އެއީ.
ޝަޖޫ
16 November 2025
މީގެންވެސް އިނގެނީ ރާާއްޖޭގަ ރައީސްކަން ކުރާ މީހުންނާ މިނިސްޓަރުންގެ ފެންވަރު ދަށްކަން. ދުނިޔޭގަ ހިނގާ މިފަދަ ސްކޭމްތައް ހިންގާތޮތް ކުޑަކޮށްވެސް ނޭނގޭކަން. ނަސީބެއްނު ޖިހާދު ބައިތުލްމާލު ހިފައިގެން ނައިޖީރިއާ ޕްރިންސްއަކާ ބައްދަލުކުރަން ނުދިޔަކަން! ދެން އޮތީ އެޕްސްޓީން އާ ވަހީދުގެ ވާހަކަ. ދުނިޔޭގަ ބޮޑެތި މާލީ އިދާރާތައް ހިލޭ ފަންނީ އެހީ ދޭން އޮތްވާ ގައުމެއްގެ ރައީސެއް ކީއްކުރަން އެމެރިކާގެ ލޯކަލް ފައިނޭންސަރެއް ކައިރިން އެޑްވައިޒް ހޯދަނީ؟
ހައްޕު
16 November 2025
ވަހީދު މިހާގާތްވެގެން މިއުޅެނީ މިކަމުން ސަލާމަތްވާންތާ! މަބުނާނީ ދެން ޖެހިގެން ހުރި ގޮނޑީގައި ނުބައިންދާނޭ. ދެން ހުންނާނީ އެއްކަލަ " ހުސްގޮނޑި" ކަމަށްވެސް ވެދާނެ.
ރައުޔު
16 November 2025
އެޕްސްޓީން ވަޙީދު ހޯއްދަވާފައި އެވަނީ ފަންނީ ލަފާ ދެއްތޯ؟
ބަބުރު
16 November 2025
ތަނެއްގަ ނުބައި މީހަކު ހުރިއްޔާ މި ވަހީދު ވަރަށް ގާތްވާނެ!
ޑރ ވާންޗޯ
16 November 2025
މިތަނުގަ ވަހީދުއާ ދިމާލަށް އެއްޗެހިގޮވާއެންމެންނަކީ އެމީހުންދަންނަ އެކުގަކޮފީއަށްދާ ރައްޓެހިންނަކީ ކުރިޔަށްއޮތްތަނުގަ އެފަދަކުށެއްގަ ނުބެދޭނެކަން އެނގޭމީހުންތަ؟.
މަހުނު
16 November 2025
ބަލަގަ ކުށްސާބިތުވެފަ ޖަލަށް ހުކުމް ކޮށްފަ ހުއްޓާ ކޮންމެސް ސަބަބަކާހެދި ޖަލުން ނިކުމެގެން އުޅެނިކޮށްށޭ މި މުއާމަލާތްތަށް ކުރީ (ވަހީދު އޭނަޔާ އެކޮށް ކޮފީއަށް އެރީ)
ލޯޔަރު
16 November 2025
ކުށް ސާބިތުވެގެން ޖަލަށްލާފައި ހުރި މީހަކު ކޮންމެސް ސަބަބަކާހުރެ ޖަލުން ނުކުމެގެން ނޫޅެވޭނެ
ލިޓިގޭޓް
16 November 2025
2005 ގަ 14 އަހަރުގެ ކުއްޖަކާ ބެހިގެން ހުކުންކޮށްފަ ޖަލަށް ލީ، އޭރުގަ (އެމެރިކާ) ސަރުކާރާ އެކޮށް ހެދި ޑީލްއެއްގަ ޖަލުން ދޫކޮށްލީ... ލޯޔަރުނަށް ޖަލަށް ހުކުން ކޮށްފަ ތިބޭމީހުންއާއި ޑީލްހަދާކަން ދޫކުރާ ގޮތް ވަރަށް ރަންގަޅަށް އިނގޭނެ
މަ ބުނީ
16 November 2025
މަ ބުނީ މި ހާރު ނޫހުން މިކަށް ހާމަކޮށްފައި ވަނިކޮށް އެކޮނޮމިކު މާމޮޅު އެޑްވައިޒަރަކަށް ހަދައި އޭނަ ކުރާހާ ދަތުރެންގެ ހުރިހާޙަރަދެން ދައުލަތުން އެއުފުލަނީ ،އަނެއްކާ ރައީސްގެ ހާލަކީ ކޮބައިބާ !