ކުރީގެ ރައީސް ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މި އަހަރުގެ ޖޫން 23 ވަނަ ދުވަހުގެ ރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ އޭރުގެ ޗެއާޕާސަން ފައްޔާޒާ ސަލާން ކުރައްވަނީ.---ފޮޓޯ: ފަޔުާޒު މޫސާ| މިހާރު
09 ޑިސެމްބަރ 2025 - 22:34
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އެމްޑީޕީ އަށް ކާމިޔާބު ކޮށްދޭން ހުރިހާ އެއްބާރުލުން ދެއްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ އިންތިހާބު ކުރުމާ ގުޅިގެން އޭނާ އަށް މަރުހަބާ ދަންނަވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ "ޕާޓީގެ ޔުނިޓީ" އޮބަހައްޓަވާނެ ކަަމަށެވެ.
"... ކުރިއަށް މި އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކާމިޔާބަށް ވާސިލް ވާން ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުގެ ހުރިހާ އެއްބާރުލުމެއް ލިބޭނެ،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަންގެ މަގާމު ފުރުއްވި އަދި އެ ޕާޓީގެ ކާމިޔާބީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ބޭފުޅުންގެ ލިސްޓުގައި އުޅުއްވާ ނަޝީދު ވިދާޅުވި އެވެ.
ދެ އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މި އަހަރުގެ ޖޫން 23 ވަނަ ދުވަހު އެވެ. އެ މަނިކުފާނު އެ ޕާޓީއާ އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ހާއްސަ ޖަލްސާގައި ވިދާޅުވެފައި ވަނީ އެމްޑީޕީން ލޯކަލް ކައުންސިލް އިންތިހާބު ނަގާނީ ބޮޑުކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓު ކަމަށެވެ.
އަންނަ އަހަރުގެ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ނަޝީދުގެ ތާއީދު އެމްޑީޕީ އަށް އޮންނާނެ ކަމަށް ނަޝީދު ވިދާޅުވިއިރު އެ ޕާޓީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދި ސިޔާސީ ނުތަވަސްކަން އުފެދުނެވެ. ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންގެ ކޯޅުމުގެ ކަންކަން އެންމެ ފަހުން ފެނުނީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަން މިދިޔަ ދެ ހަފުތާއެއްހާ ދުވަހު ކުރި މަސައްކަތްތަކުގަ އެވެ.
ނަމަވެސް ވަގުތީ ޗެއާޕާސަނަކަށް އެމްޑީޕީގެ ގައުމީ މަޖިލިހުން ޣަފޫރު އިންތިހާބުކުރީ ހިޔާލު އެއްގޮތްކޮށް ދެ ފެކްޝަނުން އެއްގަލަކަށް އަރައިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
15 December 2025
މިހާ ބޮޑަށް ޒާތީވެ އެމް.ޑީ.ޕީ އަށް ދެރަ ގޮތް ހެދި މީހެއް ރާއްޖެއަކު ނެތް. ދެންވެސް ވެރިކަމަށް ފައި ނުނަގާ އެމް.ޑީ.ޕީގައި ހުރެވޭތޯ ބަލާބަލަ.
ޥިޓަމިން
10 December 2025
އެމްޑީޕީޔަ ވޯޓް ދެވޭކަށް ނެތޭ. ގައުމައް ގައްދާރުވާ މީހުން ގިނަބައެއް ތިބި ޕާތީއެއް.
ގިޑއ
10 December 2025
ސާބަހޭ ރައީސް
ރަމަ
10 December 2025
ބަލަމާ ހިގާ އެގިދާނެތާ! އެއްބައިވަންތަ ކަމާއިއެކު ގުޅިގެން މަސައްކަތް ކޮށްފިއްޔާމު ކާމިޔާބުވާނެ. ވަކިވެ ގަތުމީ ނިކަމެތިކަމެއް އެކަން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މަޖްލިސް އިންތިޚާބުން ފެނިގެން ހިގައްޖެ!
ރޯސް.
10 December 2025
ބުނެދޭކަން ނޭންގޭ. ނަމަވެސް އެމްޑީޕީ ދެކެވާ ފޫއްސަކަށް ބަދަލެއް ނާދޭ.
ރަދީފުގެ
10 December 2025
އެދުމެއްނެތި ވެދުމެއް ނުކުރާނެ!
ކޮރަލް
10 December 2025
ޕާޓީ ހަލާކު ކޮށްލި މީހާ އެވެ. އިބޫ އަށް އިތުރު ދައުރެއް ނުލިބެނޫ މީނަ އާ ހެދި އެވެ. އަނެއްކާ އެއުޅެނީ ވެރި ކަމާ ހެދި އެވެ. މިހާރު ކެމްޕޭން ފަށައިފި އެވެ.
ނިމޭއިރު
10 December 2025
ރީކޯ މޫސައާ އަލްހާން ކަހަލަ މީހުން ޕާޓީއަށް ވަންނަން އައިމާ ދެމިލިއަން ޑޮަލަރު ދައްކާ 500 މީހުންގެ ސޮއި ހޯދާ ، މާފަށް އެދި ނޫސްބަޔާނެއް ނެރޭށޭ ކިޔާފައި ބޭރުކޮށްލީ، އަންނި ޕާޓީ ރޫޅާލައި ރިޔާސީ އިންތިޚާބު ފޭލިކޮށްލީމަވެސް ސިއްރު ސިއްރުން ވަލުދޮރާށިން ޕާޓީއަށް ވައްދާފައި އެެހެރީ މިއީ އެންޑީޕީގައި އޮންނަ ޑިމޮކްރަސީއަކީ،، ފަށާއިރުގައާއި ނިމޭއިރުވެސް ދައްކަންވީ މިވަހަކަ، ފުރަތަަމަ އަމިއްލަ ޕާޓީ އިސިލާހުވެފައި ދެން ދޯ އެހެންވާހަކަދެއްކޭނީ.
ސުންދަރޭ
10 December 2025
އެމްޑީޕީއަކީ ޑިމޮކްރަސީއާ ބީރައްޓެހި ޕާޓީއަކަށް މަޑުމަޑުން ބަދަލުވެއްޖެ، ރައްޔިތުންގެ ބަހެއް ހޯދާ، އިންތިޚާބެއް ބާއްވަންޖެހޭ ހުރިހާ ކަމެއް މިދަނީ ފަސްކުރަމުން، 40 ހާސް މެންބަރުންގެ ހައްގު ގެއްލުވާލާފައި 40 އަކަށް މީހުން ބޭނުންވާ ގޮތަށް ކަންކަން ނިންމަމުން ވެރިން ހަމަޖައްސަމުން މިދަނީ، މިއަށް އެންޑީޕީގެ ބަހުރުވައިން ކިޔަނީ ބަޣާވާތް، ރައީސް ވަހީދު ބާޣީއަކަށް ވީހެން އިންތިޚާބަކާ ނުލާ މިއަންނަ އެންމެނަކީ ބާޣީން
އަހުމަދުބޭ
10 December 2025
އެމް ޑީ ޕީ އެއްދެނެއް ނޯންނާނެއެވެ، ޑީ އާރ ޕީ އުވިދިޔަހެން އެމް ޑީ ޕީ ވެސް މާލަސްނުކޮއް އުވިހިނގައިދާނެއެވެ، ނަސީދަކީ މިހާރު ޕާޓީއަށް ގެނެސްގެން ވޯޓް އިތުރު ކުރެވޭނެ މީހެއްނޫނެވެ، މައުމޫނެކޭ އެއްގޮތަށް ނަސީދު ގެ ޕޮޕިލާރޓީގެ ބަރުދަނަކީ ރާއްޖޭގައި 2 ހާހެއްހައި މީހުންނެވެ. ނަސީދު އެމްޑީޕީއަށް ގެނެސްގެން އިތުރު ކުރެވޭނެ ވޯޓެއް މިހާރަކު ނެތެވެ. އެއީ ނަސީދަކީ އިޚްލާސްތެރިކަމެއް ތެދުވެރިކަމެއް ނެތި އަމިއްލަ އެދުން އިސްކުރާމީހެއްކަމަށް ރައްޔިތުން ގަބޫލް