ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރުމަށް މިރޭ ސަލްޓަންޕާކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން އެ މަނިކުފާނު ޕޯޑިއަމަށް ވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
23 ޖޫން 2025 - 22:23
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އިދިކޮޅު އެމްޑީޕީން ނަގާނީ ބޮޑުކޮށް ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެ އިންތިހާބުގައި ނެންގެވޭނީ 20 ޕަސެންޓު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ނަޝީދު އެހެން ވިދާޅުވީ، ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެ މަނިކުފާނު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުން ފާހަގަކުރަން ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގަ އެވެ.
"މި އިންތިހާބު، ކައުންސިލްގެ އިންތިހާބު، މާލޭ ސިޓީ ކައުންސިލަށް ވިޔަސް އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް ކުޅުދުއްފުށީ ކައުންސިލަށް ވިޔަސް ހުވަދު އަށް ވިޔަސް ފުވައްމުލައް ވިޔަސް އަދި ރާއްޖެ އިން އައްޑު އިން ކެލައަކަށް ނޫން، ތުރާކުނުން އައްޑު އަށް ކަމަށް މި އޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލް އަޅުގަނޑުމެން ނަގާން ޖެހިއްޖެ،" ފޯރި އާއި ޖޯޝުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.
"އެމްޑީޕީން އެ ކައުންސިލް ކާމިޔާބު ކުރާން ޖެހިއްޖެ."
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ނަޝީދު ވިދާޅުވިގޮތުގައި، ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހީންނަށް ހޯދައިދޭން ވެއްޖެ އެވެ. ވިދާޅުވީ، ރާއްޖޭގައި ތަނަވަސްކަމާ އެކީ އުޅެވޭނެ މަގެއް ހޯދެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު މި ޕާޓީއާ ގުޅި މި ހުރީ އަޅުގަނޑުގެ މުސްކުޅި ޕާޓީ، އަޅުގަނޑުގެ މުޅި ހަޔާތް އަޅުގަނޑު ހޭދަކުރީ މި ޕާޓީއަށްޓަކައި. އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ މި ޕާޓީއަށް ކާމިޔާބުވުން. އަޅުގަނޑު އަބަދުވެސް އެދޭނީ އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަށް މިއަދު މި ލިބޭ މިންވަރަށް ވުރެ އަދި މާ ފާގަތި މާދަމާއެއް އަޅުގަނޑުމެންނަށް އެންމެންނަށް ވުން،" ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، ފުރަތަމަ ފަހަރަށް އެމްޑީޕީގެ ރީނދޫ ޕޯޑިއަމް ކައިރީގައި މިރޭ ދެއްކެވި ތާރީހީ ވާހަކަފުޅު ނިންމަވައިލައްވަމުން ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުނބޭ
24 June 2025
މަ ހިތަށްއަރަނީ މި ސިޔާސީ މީހުންްގެ ލަދުހަޔާތަކީ ނުލައްވާ އެއްޗަކީ ބާވައޭ. މި މީސްމީހުންނަށް ސަނާކިޔަމުން ދުވާ އާއްމު ރައްޔިތުންގެ ސިކުނޑިއާއި ހިއްސުތައް ނުހުންނަނީ ބާވައޭ. މި މީހުން އެއްދުވަހު ހަމަ މި މީހުންގެ އެއްބަޔަކު އަނެއްބަޔަކަށް ހެއްދެވިހާ އެއްޗެއްކިޔާ، ލެއްވިހާ ތުހުމަތެއްކޮށް، އަނެއްދުވަހު އެކަކުއަނެކަކަށް ތައުރީފުކޮށް، ހުދުކާފޫރުހާ ސާފުބަޔަކަށް ހަދައިގެން ސަނާ ކިޔާއިރު ދެން ރައްޔިތުންގެ ކަަންކަމުގައި ހުންނާނީ ކޮން ތެދުވެރިކަމެއް ބާވައޭ
ޢަލިއ
23 June 2025
ވެދާނެ އަހަރެމެންނަކީ ވަރަށް އަވަހަށް ހަނދާންނެތޭ ބައެއް، އެމީހުންގެ ދެވެރިކަމުގައި ރާއްޖެއަށް ދީފައިހުރި ގެއްލުންތައް، ހަނދާނުން ފުހެވިއްޖެ. ޚާއްސަކޮށް އައްޑޫ ތިނަދޫ މީހުން ހަނދާނެއް ނުހުންނާނެ، އެމީހުންގެ ވެރިކަމުގަ ކުޅުދުއްފުއްޓަށް ލިބުނީ ކޮންކަމެއްތޯ ހޮސްޕިޓަލްވެސް އޮތީ ވިއްކާލާފަ، މިހެންގޮސް ކިޔާނެކަމެއްނެތް އެތައްކަމެއް.
ހަސަންދީ(ލ)
24 June 2025
އާ ހަނދާނެއް ނެތް! މިމީހުންގެ ވެރިކަމުގަ އެންމެނަށް ހިލޭ ބޭސްފަރުވާ ފެށީ، އަޅާލާނެ ދެރަ ނިކަމެތި މުސްކުޅިންނާ އެކަނިވެރި މައިންނަށް އެލަވަންސެއް ދޭންފެށީ، ބޯހިޔާވަހިކަމަކީ އެންމެނަށް އަތްފޯރާ ކަމަކަށް ހެދުމުގެ މަސައްކަތް ފެށީ، ކޮންމެތާކު ހުއްޓަސް ހިލޭ ޑިގްރީއަށް ކިޔެވޭނެގޮތްހަދާ މަތީ ތައުލީމުގެ ލޯނުތައް ފެށީ، އާގ ހަނދާނެއް ނެތް، ސީދާ މަގެ ޖީބަށް ނަގުދު ފައިސާ ނުވަންނާތީ ހަނދާނެއް ނެތް އެކަމަކުވެސް ހަމަ މިހެން ލިޔަން ޖެހުނީ!
ތިގެން
24 June 2025
ތިހެން ކޮމެންޓު ޖެހުމުގެ ބޭނުމެއްނެތް. މިހާރުވެސް މަސްރަހު އޮތްގޮތުން ހޮވޭނީ އެމްޑީޕީކަން ގާތްގަނޑަކަށް ކަށަވަރުވޭ. އެހެންބުނީމަ ފޮޓޯ ނަގަން މިއުޅޭ މަސްރަހު ކިޔާ ސޮރު ފަހަތުން ނުދާތި. ސިޔާސީ ކަންކަމުގަ އަހަރުމެނގެ ތެރޭގަ މިއޮތީ ދެކޮޅަށް ކިރުމުގެ ސަގާފަތް އަށަގަނެފަ. ދެންދައުރަކު އެމްޑީޕީ ހޮވި 2 އަހަރު ފަހުން ކިޔަން ފަށާނެ އެވަރު ނުބައި ސަރުކާރެއް އަދި ނާންނަކަމައް، ކެޔަސް ބޮޑުވަރު ކަމަށް، ދެން އަނެއްކާވެސް ބޭނުންވާނީ އެނޫންގޮތެއ
ހީހީ
24 June 2025
އަސްލުވެސް މާ އަވަހަށް ހަނދާންނެތެނީ.. ހަނދާން ނެތޭވަރުން މަށަް ބުނެދޭން ނޭނގިގެން މިއުޅެނީ މިސަރުކާރުން އައްޑޫ، ތިނަދޫ އަދި ކުޅުދުއްފުށްޓަށް ކޮށްދިނީ ކޮންކަމެއްތޯވެސް. ލައްކަ ފޮނިވާހަކަ ދެއްކި އެކަމަކު ކޮށްދިން ކަމެއް ހަނދާން ނެތިގެން މިއުޅެނީ
އޮނަރަބްލް އަފީފު ދީދީ
23 June 2025
ލޯކަލް ކައުންސިލް އިންތިޙާބަށް ދިއުމުގެކުރިން ޙަޤީގީމާނައިގައި ލާމަރުކަޒީ އުސޫލުން ރާއްޖެހިންގާން ބޭނުންކަން ދެއްކުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގެ ރަށްވެހިންގެތެރެއިން އިންތިޙާބުކުރާ ރައީސަކާއި ނައިބް ރައީސަކު ރީޖަންތަކުގައި ހުންނަވާގޮތަށް ޕާޓީގެ އޮނިގަނޑަށް ބަދަލުގެންނަވާ. އެކަން އަސާސީޤަވާއިދުގައި ލިއުއްވާ.
ބަކުރުު
24 June 2025
ކޮންމެގޮތަކަށްލިޔުނަސް ޗާޓުންބޭރުން ކަންނުކޮށެއް އަންނިއެއް ނުހުންނާނެ. ދެން ލިޔުމުގެ ބޭނުމަކީކޮބާ؟
ޕާރޓީ
24 June 2025
ޑީސެންޓްރަލައިޒް ކޮއްގެން ވާނެ މޮޅެެއްނެތް. 4 ސިޔާސީ ޕާރޓީ އުފެދުނީމަ ލޭގެ ގުޅުން ކެނޑި އެގޮތް މިގޮތް ވެގެން ދިޔަ ބައެއްގެ ތެރޭގައި ލާމަރުކަޒީ ނިޒާމު ފުޅާވިވަރަކަށް ބައިބައިވުން އިތުރުވުން ނޫން ކަމެއް ނުވާނެ. އަތޮޅުވެރިކަމުގެ ނިޒާމަށް ރުޖޫއަވާން ވީ
އޮނަރަބްލް އަފީފު ދީދީ
23 June 2025
ޕާޓީގެ އަސާސީ ޤަވާއިދަށް މަތީގައިދެންނެވި ބަދަލު ގެނައުމުގެ އިތުރުން "ޤާނޫނުއަސާސީގައި ކަޑައަޅާފައިވާ މަޖިލީހާއި އަދި ލޯކަލް ކައުންސިލް އިންތިޙާބުގައި ދާއިރާގެ ރަށްވެހިންނަށް ނޫނީ ޕާޓީ ޓިކެޓްހޯދަން ވާދަނުކުރެވޭގޮތަށް" އެމްޑީޕީގެ އަސާސީ ޤަވާއިދު އިސްލާޙްކޮށް މަޖިލީހުގައި ދާއިރާތަކުގެ ރައްޔިތުން ތަމްސީލުކުރަން ދާއިރާތަކުގެ ރައްޔިތުންނަށް ފުރުސަތު ލިބޭގޮތަށް ހަދާ، އެކަން ކަށަވަރު ކޮށް ދެއްވާ. މިހާރު މަޖިލީހުގައި ތިބެނީ ދާއިރާއަށް ބީރައްޓެހި މީހުން.
އޮނަރަބްލް އަފީފު ދީދީ
23 June 2025
ލާމަރުކަޒުކޮށް ޕާޓީހިންގަން ޖާގަދިނުމަށްފަހު މަޖިލީހާއި ކައުންސިލް އިންތިޙާބުގައިވެސް "ދާއިރާގެ ރަށްވެހިންނޫންބަޔަކަށް ޕާޓީ އެތެރޭގެއިންތިޙާބުގައި ވާދަނުކުރެވޭގޮތް ހަދާފައި" 2028 ގައި ވެރިކަންލިބިއްޖެނަމަ، މިހާރުއޮތް ކައުންސިލްތަކުގެބަދަލުގައި ރާއްޖެ އިދާރީ ޤާނޫނީ 3 ރީޖަނެއްގެމައްޗަށް ހިންގުމަށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު ރީޖަން، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަން ކަމުގައި ކަޑައަލުއްވާ.
އޮނަރަބްލް އަފީފު ދީދީ
23 June 2025
މަތީގައިދެންނެވި ބަދަލާއިއެކު މަޖިލީހުގެ މެންބަރުންގެއަދަދަކީވެސް ޖުމްލަ 90 މެންބަރުންކަމަށް ހެދުމަށާއި، ކޮންމެރީޖަނެއް ތަމްސީލުކުރަންވެސް މަޖިލީހުގައިތިއްބަވާނީ އެދާއިރާގެ ރަށްވެހިންގެތެރެއިން އިންތިޙާބުގައި ވާދަކޮށް އެންމެގިނަ ވޯޓްހޯދާ 30 މެންބަރުންކަމަށް ޤާނޫނުގައި ކަޑައަޅާ އިދާރީގޮތުން ރީޖަންހިންގުމަށް ހުންނަވާނީ މޭޔަރެއްގެބަދަލުގައި ރީޖަންގެ ރަށްވެހިންގެތެރެއިން އިންތިޙާބުކުރާ ޤަވަރުނަރު ކަމަށް ވައުދުވެ ޕާޓީގެ ސިޔާސަތު އެގޮތަށް ކަޑައަޅުއްވާ.
ބަޑިތަކުރު
24 June 2025
މީނާގެ ވާހަކައިން ހީވަނީ މިހާތަނަށް އެއްވެސް ވަރަކަށް ޚިޔާލު ތަފާތުވުމެއްނެތް ޔުނިޓަރީ ދައުލަތެއްގެ ސިފަ ރާއްޖެއިން ނައްތާލައި ފެޑެރަލް ނިޒާމަކަށް ބަދަލުކުރަން ބޭނުންވާހެން. ލާމަރުކަޒީ ނިޒާމަކީވެސް ޔުނިޓަރީ ދައުލަތަކާ ބީރައްޓެހި ނިޒާމެއް. އަދި ފެޑެރަލް ނިޒާމަކަށް ދައުލަތުގެ ނިޒާމް ބަދަލުކުރުމަކީ ރާއްޖެއަށް އެކަށީގެންވެސް ވާނެކަމެއް ނޫން. މިހާރު އޮތް ނިޒާމާ ގުޅިގެން ޚަރަދު ދެގުނަ ވީއިރު ތިޔަބުނާ ނިޒާމުން ޚަރަދު އެތައް ގުނައެއް އިތުރުވާނެ.
މުންދަރަ.
24 June 2025
ބަޑިތަކުރު އައްޑޫ ހުވަދޫ މީހުންގެ ވިސްނުން ހުންނާނީ އަބަދުވެސް ވަކިވެގަންނަން. މިހާރު މިމީހުން އެކަން ރައްޖޭހެ ހުރިހާ ހިސާބަކަށް ފަތުރައިފި. ރައްޖެ ބައިބައިވެ ނިމިއްޖެ.
އަހައްމަދޫ
23 June 2025
އޭގެ ކުރިން ތިމީހުންތައް ރޫޅޭނެ
ސަސި.
23 June 2025
ނިކަން ބޮޑުކޮށް ނަގާތި.
ރޫޅުން
23 June 2025
ރޫޅާލާނަން! ރޫޅާލާނަން! ރޫޅާލާނަން!
މަބުނީ
23 June 2025
އަދި މިހާތަނަށް ލޯކަލްކައުންސިލް ބައިއިލެކްޝަނެވެސް ނެތް ލިބިފައެއް 1ޕަސެންޓްވެސް.