ޚަބަރު / އެމްޑީޕީ

މާލޭގެ ކަންކަން ހައްލުކުރަން މުއިއްޒު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދުކުރަން: ނަޝީދު

ނަޝީދު ވިދާޅުވީ، މާލެ ފިޔަވައި ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދީ އެ މަނިކުފާނުގެ އެމްޑީޕީން ކަމަށް.

އެމްޑީޕީން ކުރިން ބޭއްވި މީޑިއާ ބްރީފިން އެއްގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ މާލޭގެ މޭޔަރަކަށް އިންތިހާބުވި މުއިއްޒަށް އެއްބާރުލުން ދެއްވާނެކަމަށް. ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/މިހާރު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބު ކުރައްވައި މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެންނެވި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އެމްޑީޕީން މެޖޯރިޓީ ނަގަމުން އައި ބޮޑެތި ބައެއް ތަަންތަނުން ކުރިމަތިވި ބޮޑު ނާކާމިޔާބީ އަށް ފަހު، ނަޝީދު ކުރެއްވި ޓްވީޓުތަކެއްގައި އިދިކޮޅު ޕީޕީއެމްގެ މުއިއްޒަށް މަރުހަބާ ވިދާޅުވުމުގެ އިތުރުން އެމްޑީޕީގެ ކާމިޔާބީ ވެސް ފާހަގަ ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެމްޑީޕީން ވަނީ މާލެ ފިޔަވައި އެހެން ގިނަ ކައުންސިލްތަކުގެ އަޣުލަބިއްޔަތު ހޯދާފައިވާ ކަަމަށެވެ.

"މާލޭގެ މޭޔަރުކަމަށް ހޮވުނު، ޑރ. މުހައްމަދު މުއިއްޒު އަށް މަރުހަބާ. އަޅުގަނޑު އުއްމީދުކުރަނީ މާލޭގެ ކަންކަން ހައްލުކުރުމުގައި މަނިކުފާނު ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށް. އަޅުގަނޑުގެ ފަރާތުން މަނިކުފާނަށް ދޭން ޖެހޭ އެއްބާރުލުން ދޭނަން،" ނަޝީދުގެ ޓްވީޓުގައި ވިދާޅުވި އެވެ.

ނަޝީދުގެ ޓްވީޓްތައް. އެ މަނިކުފާނު ވިދާޅުވީ މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް.

މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު އެ މަނިކުފާނަކީ ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރެއްވީއްސުރެ މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދެވި ބޭފުޅުކެވެ. އަދި ފާޅުގައި މުއިއްޒާ ދެކޮޅަށް އެންޓި ކެމްޕެއިން ވެސް ކުރެއްވި އެވެ.

ޖުމުލަކޮށް ގިނަ ގޮނޑިތަކެއް އެމްޑީޕީން މި ފަހަރުގެ ކައުންސިލް އިންތިހާބުގައި ނެގި ކަމަށް ނަޝީދު ވިދާޅުވިޔަސް ފެށުނީއްސުރެ "ގަދަބާރު" ދައްކަމުން އައި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު އެ ޕާޓީ އަށް ގެއްލި، މޭޔަރުކަމުގެ ގޮނޑި ވެސް އިދިކޮޅަށް އަނބުރައިލުމަކީ އެމްޑީޕީ "ނިކަމެތިވަމުން" ދިއުން ކަމަށް ބުނެ މިހާރު ވަނީ ފާޑުކިޔަން ފަށައިފަ އެވެ. ހާއްސަކޮށް އިންތިހާބު ކައިރިވަމުން އައިއިރު، ސަރުކާރުން ކުއްލި ގޮތަކަށް ތަރައްގީގެ މަޝްރޫއުތައް އިއުލާންކޮށް، ސޮއިކުރުން އިތުރުކޮށް، ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ގުރުއަތުލުން ކުއްލި ގޮތަކަށް އަވަަސްކުރުން ފަދަ ކަންކަމާއެކު ވެސް ސަރުކާރާއި އެމްޑީޕީ އަށް މިއީ އާދައިގެ ބައްޔެއް ނޫނެވެ.

މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން ވެސް މިހާތަނަށް 12 ގޮނޑިއެއް ފަސޭހަކަމާއެކު ނެގީ ޕީޕީއެމުންނެވެ.

މާލެ ނޫނަސް އައްޑު އާއި މުހިންމު ބައެއް އެހެން ސަރަހައްދުތަކުގައި ވެސް ކުރިން އެމްޑީޕީ ކައުންސިލްތަކުގައި އޮތް ބާރުވެރިކަން ހަނިވެ، ސުޕަ މެޖޯރިޓީ ވެސް ވަނީ ގެއްލިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ "ހާއްޔެއް" ކަމަށް ބަލާ އައްޑޫ ސިޓީ ކައުންސިލް ވެސް ހިމެނެ އެވެ. އަދި އަބަދުވެސް އެމްޑީޕީ އަށް "މަރުދޭ" އިހަވަންދޫ ކައުންސިލްގެ ހަތް ގޮނޑި ވެސް ނެގީ އިދިކޮޅު ޕީޕީއެމެވެ. އަދި ގދ. ތިނަދޫ ކައުންސިލަށް ވެސް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން ވަނީ މި އިންތިހާބުގައި ހޮވައިފަ އެވެ.

48 ކޮމެންޓް, 28 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 4%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސޭ

12 April 2021

އބުނީ ނުދޭނެ ވާހަކަ. މީނަ ބުނާ ކޮންމެ އެއްޗަކީ އިދިކޮޅައް އަމަލުކުރާނެ އެއްޗެއްކަން އަދިވެސް ދިވެހިންނައް ހަމަ ނޭގެނީތަ؟

The name is already taken The name is available. Register?

ސެލެކްސް

12 April 2021

އެލެކްސް ގެ ނަމުގައި ލިޔެވިފައިވާ ޓްވީޓެއް ކިޔާލާ ހިތުން ނިދި ނައިސްގެން މިއުޅެނީ

The name is already taken The name is available. Register?

ނަޝީދު.

12 April 2021

ދަފްތަރު ދިރުވާލައިގެން މާލޭ މޭޔަރުކަން ހޯދީ މާލޭ މީހުންގެ ވޯޓާ ނުލާ. ޝިފާއަށް ވީވަރުވެސް ނުވާނެ. ބަލަންތިބޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 April 2021

ބައްލަވާ. ތިވީ ކިހިނެއްތޯ؟ ކުރިން ވިދާޅުވީ މޭޔަރުކަމާއި ކައުންސިލް ދީގެންނޭ ސަރުކާރަށް ތަރައްޤީގެ ކަންކަން ކުރިއަށް ގެންދެވޭނީ. # މާލޭ މީހުން ކައުންސިލާއި މޭޔަރުކަން ނުދިނީމާވެސް "މާލެ ތަރައްޤީ ކުރާންޖެހޭތީ" ކީހާޅެން ފަރިއްސައަށް ބަދަލުކޮށް މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީދިން އައްޑޫސިޓީ، މުލައް އަދި ކުޅުދުއްފުށި މަތިން މުޅިން ހަދާން ނައްތާލާފައި އެއްކަލަ "އެއްރަށްދައުލަތް ސިޔާސަތު" ތަންފީޒުކުރާން ތެދުވުމަކީ ބަހާއި އަމަލު ދިމާނުވުން ނޫންތޯ؟

The name is already taken The name is available. Register?

ދިޔާނާ.

11 April 2021

ވަރަށް ރަނގަޅު ވާހަކައެއް. މާލޭގެ މެޖޯރިތީ ގެއްލުނު ކަމުގައިވިޔަސް މާލެއަށް ކަންކަން ކުރާންޖެހޭތީ މިހާރު މުޅިން ވާހަކަ ބަދަލުކޮށްފި ؟؟!! މިއީ އެމްޑީޕީގެ ޖޯކަ ކަމަކީ. އައްޑޫ މީޙުން މޭޔަރުކަމާއި ކައުންސިލް މެޖޯރިޓީ ދިނީމަވެސް ވީކަމެއްނެތް. ހުރިހާ ގޮނޑިއެއް ޕީޕީއެމްއަށް ދިން މާލޭ ކައުންސިލް ދޮންފުތު ވެއްޖެ. މަޖާދޯ ؟؟

The name is already taken The name is available. Register?

ދަރަނި ދަންތުރަ

11 April 2021

ތިޔަބުނީ ދުވާލަކު 10 ފަހަރު މުއިއްޒު ޕޮލިހަށް ގެންދާނަމޭތަ ؟

The name is already taken The name is available. Register?

އަސްލީ މާނަ

11 April 2021

އަސްލުބުނަން އުޅުނީ މުޢިއްޒުއަށް އެއްބާރު ދޭނަމޭ. އެއީ މުޢިއްޒު މިނިސްޓަރަކަށް ހުރެ ސިޓީކައުންސިލަށް އޮތީ ވިހާ މަރުވާ މީހުންގެ ރެކޯޑް ބެލެހެއްޓުމުގެ ބާރު އެކަނި. އެހެންވީމަ މުޢިއްޒުއަށް ލިބެންއޮތީ އެބާރު އެކަނި.

The name is already taken The name is available. Register?

ދެން

11 April 2021

އެއްބާރު ލުން ނުދީއެއް ފަރަކު ނުޖެހޭނެ ކަލޯ،ނުދީފިނަމަަ ރައްޔިތުން ބަދަލު ކުރަން ނުކުންނާނެ ކަމުގެ ހެކި ފެންނިގެން އެދިޔައީ،އެކަމާދެން ރޯނެކަމެއްނެތް،ރައްޔިތުން ބޭނުމެއް ނޫން މިހާރަކު މި ވަގުންގެ ވެރިކަމެއް، ވީ އެންމެ އަވަހަކަށް މިގައުމު ހަލަބޮލި ނުކޮށް ޔޫކޭ އަށް ނައްޓާލާ،ގޮސް އެތަނުގެ ރައްޔިތުން ގުބޯ ހައްދައިގެން އުޅޭ،

The name is already taken The name is available. Register?

ކުޑަދޫ

11 April 2021

މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެންގެ އިސް ބޭނުމަކީ ގެދޮރުގެ ތަނަވަސްކަން. މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފުރުމުން ކޮންމެސް ވަރެއްގެ އުންމީދެއް ލިބެން އޮތް ގުޅިފަޅު މި ސަރުކާރުގެ ކޮށި ވިސްނުމަށް ނުވަތަ އަމިއްލައެދުމަށް ޕޯރޓެއް ހަދައި އެތަނުގެ ބިން ގެއްލުވާލުން ބަލައެއްނުގަނެވޭ. ތިލަފުޅީގެ ބޮޑުބައެއް އަދިވެސް ހިއްކައި ތިޔަބުނާ ޕޯޓަށް ބޭނުންކުރެވެން އޮތް އިރު ދިވެހިންނަށް މިމީހުން ކުރަނީ ޖެއްސުން. ހުވަދޫ އަސްލަމް ލަދުކޮބާ

The name is already taken The name is available. Register?

ބޮޑުވަޒީރު

11 April 2021

މޭޔަރަކަށް ބޭނުމެއް ނުވާނެ، މަޖިލިސް ރައީސްއެއްގެ ެ. އެއްބާރުލުމެއް، ތަންކޮޅެއްހަމަޖެހެ ވާހަކަ ދައްކަބަލަ

The name is already taken The name is available. Register?

1828

11 April 2021

ޑރ.މުއިއްޒު އަކީ އެމްޑީޕީހެން ނާޗަރަންގީ ކުޅޭނެ އަދި ކުޅެން އުޅޭނެ މީހެއްނޫން. އެއީ އެއަށްވުރެއް ޒިންމާދާރު މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454