އިހުތިޖާޖުކުރި މަސްވެރިން ދަތުރުކުރި ދޯނިތައް މާލެ ކައިރީ އަޅާފައި.
12 ޑިސެމްބަރ 2025 - 23:53
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ޑިމާންޑުކޮށް، ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މަސްދޯނިތަކުގައި މަސްވެރިކަން ނޫން އެހެން ކަންކަން ކުރުމަށް ބިދޭސީން ގެންގުޅުމުގެ ހުއްދަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު ނުވަތަ އޭޕްރީލް 2021 ގައި ދީފައިވީ ނަމަވެސް މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ބޮޑުކަންނެލީގެ މަސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި ސަބަބެއް ފުލުހުން ނުބުނެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ގަވާއިދަށް ގެނައި ބަދަލުގައިވާ ގޮތުން، މަސްވެރި އުޅަނދުފަހަރުގައި ކަމާގުޅޭ އިދާރާތަކުގެ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތް ކުރަން ހޯދާ ވޯކްޕާމިޓެއްގެ ދަށުން ގެންގުޅެވޭނީ ބިދޭސީ ދެ މީހުންނެވެ. މަސްދޯނިތަކުގައި މަސައްކަތް ކުރަން ބިދޭސީންނަށް ހުއްދަ ދެނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ކުރި އިހުތިޖާޖު އިއްޔެގެ މެންދުރުފަހު ފުލުހުން ވަނީ ރޫޅާލައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ތަހުގީގުގެ ބޭނުމަށް ފަސް ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކުރި އެވެ. އެ ތިން މީހުންގެ ތެރޭގަައި ކެންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރު ވެސް ހިމެނެ އެވެ.
މެމްބަރު މައުރޫފަކީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ ވެސް މެ އެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ތިން ދޯންޏެއް ގެންދިޔަ ނަމަވެސް އެ ދޯނިތައް ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިރޭ ބުންޏެވެ.
"ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލާފައިވަނީ އެ ދޯނިތަކުގައި ތިބި ފަރާތްތަކާ ދޯނި ހަވާލުކުރުމަށް ފަހު،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ބޮޑުކަންނެލީގެ މަސްވެރިންގެ އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާ އިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލީ ސުލްހަވެރިކޮށް މަސްވެރިން ތިއްބާ ކަމަށެވެ. އަދި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ފުލުހުން ބުނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް އިހުތިޖާޖުގެ ބައިވެރިން ހުރަސްއެޅި ކަމަށާއި ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށެވެ. އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ރޭ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޗަޕް
13 December 2025
ޓީވީ ތަކުން ފެނުނު ތި ސުލްހަވެރި އިހުތިޖާޖްގައި ހުޅުލެއަށް ދަތުރުކުރާ ފެރީތައް ނެރުން ނުކުތަ ނުދީ ހުރަސްއެޅިތަން. އެފެރީތަކުގައި ދަތުރުކުރަނީ އެކި ޑިޔުޓީތަކަށް އެއަރޕޯޓަށްދާ މީހުން. ފުރަންދާ ބައެއް މީހުންވެސް މަދުމަދުންދޭ. ދެންދަނީ ފްލައިޓްތަކުން އަންނަ މީހުން ބަލައިދާ މީހުން. މިއިން އެއްވެސް ބަޔަކު ދާގަޑިޔަށް ނުދެވި ލަސްވުމަކީ ނުހަނު ބޮޑު ގެއްލުންތަކާ އެމީހުންނަށް ކުރިމަތިލާން ޖެހިދާނެ ކަމެއް. ތި ސުލްހަވެރިންނަށް އެކަން އެނގޭބާ
ކޮރަލް
13 December 2025
ކަންނެލި އަށް ދާން ދިވެހީން ދިޔައީމަ ފުރުސަތު ނުދެ އެވެ. އިސްކަން ދެނީ ބިދޭސީންނަށެވެ.
ބުހާރީ
13 December 2025
ކޮރަލް ހަދަނީ ދޮގު، މީހުން މަދުވެފައި ތިބެނީ، މަހައްދާން ކޮންމެ މީހަކު އަޔަސް ގެންދޭ
ބުރުގާ
13 December 2025
ތިއައް ކިޔަނީ "ސިޔާސީ ފުރައްސާރަ". ވަކިބަޔަކައް ޓާގެޓުކޮއްފަ ވަކި ބަޔަކު އުފުރާލުން. ފުލުހުންނަކީ ތިހާ ހީވާގި ތެދުވެރި ބައެއްނަމަ، މަގުމަތީ ރޯމާދުވާލު މަސްތުވެގެން ޑުރަގުވިއްކާ މީހުންވެސް ތިހާ ފަސޭހައިން އުފުރާލެވެން ޖެހޭނެ.
މިމިން
13 December 2025
ރާއްޖޭގައި ކޮންމެ ދިމާލަކުން ބެއްޔަސް ބިދޭސީން. މީ ހަމަ މި ސަރުކާރުން ދައްކާ ދަޅައެއް. ކޮންމެ ދުވަހަކު އެތަކެއް ބިދޭސީން އެބަ އެތެރެވޭ. އެމީހުން ތިބޭ ތަނެއް ބަލަކީ ނުން. ގްރީން ޓެކްސް އެއް ދައްކަނީ ކީނޫން. ޓީ ޖީ އެސްޓީ އެއް ދައްކަނީކީނުން. ދެން މި ބުނަނީ 2 މިލިއަން ފަތުރުވެރިން އައިވާހަކަ. ބަލަ ތިހިސާބުގައި ކިތައް ބަންގްލަދޭޝް މީހުން ހިމެނޭތޯ ބަލާބަލަ. އެންމެގިނައިން ފަތުރުވެރިން އައި ގައުމު ތަކުގެ ތެރޭގައި ބަންްގްލަދޭޝް ހިމެނޭނެ.
ކަންނެލި
13 December 2025
2 ބިދޭސީންނަށްވުރެ ގިނަ ބިދޭސީން ތިބޭނެ ތީގެ 90 ޕަސެންޓް ދޯނީގަ. ބައެއް ދޯނި ތަކަކީ އެންމެ ދިވެއްސަކާ 10 ބަންގާޅިން ގޮވައިގެން ދުއްވާ އޮޑި ފަހަރު. ސަރުކާރުން ތެލުގެ ސަބްސިޑީ ތި ދެނީ ބަންގާޅީންނަށް
ފަރީދީ
13 December 2025
ހުސްދޮގޭ ތީ.
ލޯރނސ
13 December 2025
ކިހާވަރެއްދީގެންްތަ މަސައްކަތް ހުއްޓާލައިފަ މިތިބެނީ؟ ފަންޑުކުރާ ބަޔަކު ނެތި އެންމެ ހިނދުކޮޅަކުވެސް ނުތިބޭނެހެން ހީވަނީ
ސަމާލް
13 December 2025
މަސްމާރކޭޓްކުރިމަތީހުރި މާލޭގައި ދުއްވާ ހުރިހާ މަސްވެރި އުޅަނދުތަކެއްގައި ބިދޭސީން އެތިބެނީ..ދޯނީގަ ފެންވަރާ ކައްކާ ހަދަނީވެސް..ފުލުހުންގެ ކުރިމަތީ ހުރިހާކަމެއް ކުރަނީ.މަހަށް ފުރައިގެން ދަނީވެސް..
ޞަލަމް
13 December 2025
ޕީއެންސީގެ ސިޔާސީ ޖަލްސާތަކުގަ ކިތައް ބިދޭސީން ގޮސް ބައިވެރިވޭތޯ ބަލާފަ ހައްޔަރުކުރަން ކެރޭނެބާ؟
އަހަންމާ.
13 December 2025
މެމްބަރު ފަލާހު، މަޖްލިސް މެމްބަރުން މިފަދަ އަމުރަށް ނުކިޔަމަންތެރިވެ، ހައްޔަރު ކުރަން ޖެހިއްޖެނަމަ ގޮޑި ގެއްލޭ ގޮތަށް ބަދަލު ކުރަން ހުށަހެޅުއްވި ޚިޔާލަށް ޢަމަލީ ސިފަގެންނަވާ....
ހިންނަ
13 December 2025
ގެއްުލުވައެއްމނުލެވޭނެ. ގާނޫނުގއި އޮތް އެއްޗެއް އެގިގެން ވާހަކަ ދައްކާ.
ބިންނަ
13 December 2025
ގާނޫނަކީ ބަދަލު ގެނެވޭ އެއްޗެއްކަން ހިންނައަކަށް ނޭގޭދޯ؟