އުދައްޔުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހުން: އެ ދެ މީހުން މެރުމަށް ވަނީ ހުކުމްކޮށްފައި
16 ޑިސެމްބަރ 2025 - 09:22
ގއ. މާމެންދޫގައި ގްރޫޕަކުން ގޮސް ހަމަލާދީ އަހުމަދު އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ފެބްރުއަރީ، 2021 ގައި މާމެންދޫގައި ހިންގި މާރާމާރީގައި، އުމުރުން 17 އަހަރުގެ އުދައްޔު މަރާލި މައްސަލާގައި، ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެފައިވަނީ ގއ. މާމެންދޫ ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެރަށު ގުލްފާމްގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްވާފައިވާ މަރުގެ ހުކުމް ހައި ކޯޓުގައި އިސްތިއުފުކުރަން ދެ މީހުންގެ ފަރާތުން ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލާގައި ދެން ދައުވާ ލިބުނު އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ކުރިން އޮތީ ނިންމައިފަ އެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުންކޮށްގެން އެހެން މީހަކާ މެދު މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ޝަރަފްގެ މައްޗަށް ސާބިތުވި އެވެ.
ޝަރަފްގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ ހައި ކޯޓުގައި މީގެ ދެ ހަފުތާ ކުރިން އިސްތިއުނާފުކޮށްފަ އެވެ.
މަރުގެ އަދަބު ކަނޑައެޅުމުގެ ކުރިން، އުދައްޔުގެ ވާރިސުންގެ ބަސް ހޯދުމަށް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އުދައްޔުގެ ބައްޕަ ބުނެފައިވަނީ އެ މީހުންނަށް ދޭން ބޭނުންވަނީ އެންމެ ބޮޑު އަދަބެއް ކަމަށެވެ. އެހެންވެ، އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތަށް މަރުގެ އަދަބު ދޭން އޭނާ އެދުނެވެ.
އުދައްޔުގެ މަންމަ ބުނެފައިވަނީ ޝަމީމާއި މާޒިން ކުރި ކަންތައް އެ މީހުން އަމިއްލައަށް ތެދުބަހުން ކިޔައިދީފިނަމަ މައާފް ދޭން ތައްޔާރަށް ހުރި ކަމަށެވެ. އަދި އެ މީހުންނަށް މައާފް ދޭން ބައެއް މީހުން އެދުނަސް، އުދައްޔު މަރާލި ރޭ ހިނގި ކަންކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް ރޮމުން އޭނާގެ މަންމަ ބުންޏެވެ.
އެގޮތުން ދައުވާ ލިބޭ މާޒިން، އެ އަމަލު ހިންގުމަށްފަހު ތިމަންނައަކީ "ކިންގް" ކަމަށް ބުނެ އެރޭ ވާހަކަ ދެއްކިކަން މިހާރު ވެސް ހަނދާނުގައި އެބަހުރި ކަމަށް އުދައްޔުގެ މަންމަ ބުނެފައިވެ އެވެ.
އުދައްޔުގެ މަންމަގެ އެ ވާހަކަތަކާ ގުޅިގެން، ވާހަކަ ދެއްކުމުގެ ފުރުސަތު ޝަމީމާއި މާޒިންއަށް ދިނުމުން ބުނެފައިވަނީ އުދައްޔުއަށް އަނިޔާވާ ފަދަ އެއްވެސް ކަމެއްގައި އެ މީހުން ބައިވެރިނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިންސާފުންބަލާ
16 December 2025
ކުއްވެރިން ސަލާމަތްވިޔަ ނުދޭތި....
ޔޫކޭ
16 December 2025
އިންސާފު ލިބުން ލަސްކުރުމާއި ކުއްތަކުން ކުއްވެރިން ސަލާމަތްކުރަންވެގެން ހަދާފައި ހުންނަ ދަށުކޯޓު ތަކާ މަތި ކޯޓު ތަކެއްމީ، މާފުރިހަމަ ނިޒާމައެއްކަމަށް އެކި ލެވެލްގެ ކޯޓުތައް ހަދައިގެން މިދައްކަނީ، ކޯޓްތަކަކީ ކޮންމެ ކޯތަކުން ކަމުގައިވިޔަސް ގާނޫނަށް ހުކުމްކުރާ އިންސާފުވެރި ކޯޓަކަށް ވީމަ އެންމެ ކޯތަކުންވެސް މައްސަލަ ނިމުނީ
އަސްލުވީ
16 December 2025
އަދިވެސް ދޮގު ހަދައިގެން އަދަބުން ސަލާމަތް ވެވޭތޯ މިއުޅެނީ. ދޫ ނުކުރާތި! ހުކުމް ތަންފީޒު ކުރާތި އެބުނާ "ކިންގް" އަށް އޭރަށް ވިސްނޭނެ!
ހައްގުބަސްބުނޭ
16 December 2025
ހަގީގަތަކީ ތިޔަ ކަމަކީ ދެފަރާތުން ވެސް ކުރި ނޭދެވޭ ކަމެއް. މާރާމާރީ ހިންގުމަށް ފަހު ގައި، މަރުވި ފަރާތުން ތޫނުހަތިޔާރާއި އެކު ބަންދުގައި ތިބި ފަރާތަށް ހަމަލާދިނުމަށް މަރުވި ފަރާތުގެ ބޭބެއާއި އެކު ބަދަލު ހިފަން އައިސް ހަމާލާ ބަދަލު ކުރުމުގެ ތެރެއިން ހިގާދިޔަ ހިތާމަވެރި ކަމެއް.ސެލްފް ޑިފެންސް ގައި ހަމަލާ ބަދަލު ކުރާއިރު ކަންތަށް ވާނެ ގޮތް ސިފަކޮށްލުނީމަ އަސްލު މަންޒަރު ސާފުވާނެ. އުފާވަނީ އަދު މަރުވި ފަރާތުގެ ކިބައިން އެ ރަށުގެ ރައްޔިތުން މިންޖުވީ