ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަންނަން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސސީންތަކެއް ވެހިކަލަށް އަރުވަނީ.
17 ޑިސެމްބަރ 2025 - 16:31
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުން ދަންވަރުގެ ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ މިރެއިން ފެށިގެން އެ މީހުން ހުއްޓުވައި ސުވާލު ކުރަން ފުލުހުންނާއި ކަމާ ގުޅޭ އިދާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަންގަވައިފި އެވެ.
ރައީސް އެކްސްގައި ދެންމެ ވިދާޅުވީ، ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީ އާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ބައެއް ބިދޭސީން އުޅެމުންދާތީ, ދަންވަރު 12 އިން ހެނދުނު 6 އާ ހަމައަށް އާންމު ތަންތަނުގަ އާއި މަގުމަތީގައި އުޅޭ ބިދޭސީން ހުއްޓުވައި، ސުވާލު ކުރަން އެދިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ، އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރާ މީހުންގެ ފަރާތުން ފާހަގަވާ ކަންކަމާ ގުޅިގެން ގާނޫނީ ގޮތުން ފިޔަވަޅެއް އަޅަންޖެހޭ ނަމަ އެ ފިޔަވަޅެއް އެޅުމަށް ވެސް ދިވެހި ފުލުހުންނާއި ކަމާ ބެހޭ އެހެން އިދާރާތަކަށް ދަންނަވާފައި ވާނެ ކަަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން ސަރުކާރުން ވަނީ ބޮޑެތި މަސައްކަތްތަކެއް ފަށައިފަ އެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންތައް ހޯދައި މި ވަގުތު ވެސް ވަނީ 70 އަށް ވުރެ ގިނަ ތަންތަން ބަންދުކޮށްފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހުގެ 29 އިން ފެށިގެން މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، އެ ޝަކުވާތަކާ ގުޅިގެން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.
މީގެ އިތުރުން ދިވެހިންނަށް ފަހިވާ ގޮތަށް ބިދޭސީން ގެންގުޅުމާ ބެހޭ ގަވާއިދު ވެސް މި ހަފުތާގައި ވަނީ އިސްލާހުކޮށްފަ އެވެ.
އެ ގަވާއިދަށް ގެނައި އިސްލާހުގައި ވަނީ ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެމްސް
17 December 2025
ރޭގަނޑު ނޫނަސް، ކަމެއް ނެތި ރަށު ތެރޭ އެނބުރޭ/މައިޒާންތަކުގަ/ގޮޑުދޮށްތަކުގަ ޖައްސާލައިގެން ތިބޭ ބިދޭސީންގެ ފޮޓޯ ނަގާ/ވޯކްޕިޓް ބަލާ ހަދަން ފެށުމުން ރަަށުތެރެއަށް ގިނަވެގެން އުޅޭ ބިދޭސީން ޖެހިލުންވާން ފަށާނެއެވެ!
ދޭސީ
17 December 2025
ދޭސީއެއް ބިދޭސީއެއް ކިޔާނެކަމެއް ނެތް ދިވެއްސެއް އިނގިރޭސިއަކަށް ވެސް ރޭގަނޑު ކަމެއްނެތި އުޅޭނަމަ ސުވާލު ކުރަންވީ.. ހަމަ ރަނގަލޭ ބުނެވޭނި
އެމްސް
18 December 2025
މިއީ ދިވެހީންގެ ޤައުމެވެ! މިޤައުމުން ބޯހިޔާވަހިކަމާއި/ވަޒީފާއަށް އިސްވާންޖެހެނީ ބިދޭސީންނެއް ނޫނެވެ! ނުވިތާކަށް އަމިއްލަ އަމިއްލައަށް މަސައްކަތް ނަގައިގެން ހިންގާ ބިދޭސީންނާއި، ދިވެހީންގެ ނަންމަތީގަ ޤަވާޢިދާއިޚިލާފަށް ވިޔަފާރިކުރާމީހުންވެސް އެހާގިނައެވެ! ދިވެހީންގެ ކުށަށް ދިވެހީންނަށް އަދަބުދީފަ، ބިދޭސީންގެ ކުށަށްވެސް އަދަބުދޭންޖެހެނީ ދިވެހީންނަަށް ބާވައެވެ؟
ބެރީ
17 December 2025
މީ ތަފާތުކުރުމަކަށް ނުވާނެބާ. ފާސްކުރަންޔާ ދަންވަރު ބޭރުގައުޅޭ ދިވެހިންވެސް ފާސްކުރުން ރަނގަޅުގޮތަކީ.
އެމްސް
17 December 2025
މިއީ ދިވެހީންގެ ރާއްޖެއެވެ! ބިދޭސީންގެ ތަނެއް ނޫނެވެ! މިތަނަށް ގިނަވެފަތިބި ބިދޭސީން ފައްސަން ކުރާކަމެއް ދިވެހީންނަށް ކުރާ ޖެއްސުމަކަަށް ވެގެނެއް ނުވާނެއެވެ!
ހަޖާމްބެ
17 December 2025
ރައީސް އަންގަވައިފިއްޔާ އެވަރިހަމަ ގާނޫނުއަސާސީޔާ ޚިލާފްވިޔަސް، ފުލުހުންޖެހޭނީ އެކަމެއްކުރަން. މިލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަގޮތުގަހިފާ ރޭގަޑު 1 ޖަހާއިރު ބަންދުކުރާ ކެފޭ ރެސްޓްރަންޓް ތަކުގަ މަސައްކަތްކުރާ އަންހެން ކުދިންތައް ގެއަށްދާ މަގުމަތީގަ ހިފަހައްޓައިގެން ބިރުދައްކާލަންވާނެ.
އެމްސް
18 December 2025
ކެފޭ/ރެސްޓޯރަންޓްވެސް އާބާދީއާއި ނުބައްދަލު ޢަދަދަށް ހުޅުވަނީ ބިދޭސީންނަށް ވަޒީފާ ތަނަވަސްކޮށްދޭން ހެއްޔެވެ؟ ވިޔަފާރިވެރިޔާ ކަމެއްނުކޮށް/ސައިކަލު ބުރުގަ ނޫޅެ، ކައުންޓަރުގަ ހުރެލަންވީ ނޫންތޯއެވެ؟
ކުރަހާ އައްމަޑޭ
17 December 2025
މަހުވާ ބިއްލާހި މިއުޅޭ ބޭރު މީހުންގަނޑު މިހާރު ދަންވަރު ތެޅޭ ވައްތަރުން ލަދުން ބޯހަލާކުވޭ، މީ ހަމަ ހައްލު ކުރަންޖެހޭ ކަމެއް
ގުރައިސާ
17 December 2025
މީ ރަނގަޅު ނިންމުމެއް މިހާރު މިކަން ވަރަށް ބޮޑު ނޮހޮރުއްޕާނަކަށް ވެއްޖެ، ކުރު ސޯޓު ލައިގެން އުޅޭ ބޭރު އަންހެނުން ވަރަށް ގިނަ ވެއްޖެ
ސަރުމީލު
17 December 2025
މީކޮންމެހެންވެސް ކުރަންޖެހޭ ކަމެއް މިކަން ކުރަން މާ ލަސްވެސް ވެއްޖެ، މިކަމަށް ލޮލުން ބޮލުން ތާޢީދު
ހަޖާމްބެ
17 December 2025
އެއްވެސްމީހެއްގެ މެދުގައި ތަފާތުކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ ހިލާފުކަމެކެވެ.އެގޮތުން ގާނޫނުއަސާސީގެ17ވަނަ މާއްދާގެހ.ގައި ބަޔާންކޮށްފައިއޮންނަނީ، ގާނޫނުއަސާސީގެ ދެވަނަބާބުގައި ބަޔާންކޮށްފައިހުރި ހައްގުތައް ހުރިހާއެންމެންނަށް ވެސް ހަމަހަމައަށް ލިބިގެންވާކަމަށެވެ. އަދި،އެ ހައްގުތަކާއި މިނިވަންކަން ލިބުމުގައި އެމީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަމަށް ބަލައިގެން ނުވާނެކަމަށް އެމާއްދާގައި
އެމްސް
18 December 2025
އެޤައުމެއްގެ ރަޢިއްޔަތުންނަށް އޮންނަ ހުރިހާ ޙައްޤެއް ބިދޭސީންނަށް ދީގެނެއް ނުވާނެއެވެ! އެހެނަސް މިދިޔަ ސަރުކާރުން ވަނީ ހުޅުމާލޭގެ ބިންވެސް ބޭރުމީހުނަށް ހިލޭ ބަހާފައެވެ! ދިވެހި އަންހެނަކާއި އިނދެގެން އުޅުމާއި، ޕާޓީ ކެމްޕެއިންގަ އުޅުނީތީއެވެ!
މަންޖެ2.0
17 December 2025
މިނިސްޓަރުންނާއި މުވައްސަސާތަކުގެ ވެރިން ދެންމީ ކީއްކުރާބައެއްތޯ؟ މިވަރުކަމެއްވެސް މިއެނގެނީ ރައީސުލް ޖުމްހޫރިއްޔާއަށް. ރައީސުލް ޖުމްހޫރިއްޔާ އެކަނި ހުރީހަމަ ހުރިހާ އިޝޫސްތަކެއް ހައްލުވާނެ.
އެމްސް
18 December 2025
އެމީހުނަށް އޮތީ: ތަހުނިޔާ ކިޔުމާއި، އަތް ޖެހުމެއް ނޫންބާއެވެ؟
ލަތީ
17 December 2025
އެހެން ކިޔާލަކިޔާލަ ތިބޭ އެހެންގޮތެއްނެއް... މުސީބާތަކަށް ވެއްޖެމިކަން