ހުޅުމާލޭގައި ހިންގާ ކެފޭއެއްގެ ބޭރު: ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ވަނީ ބަންދުކޮށްފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ޑިސެމްބަރ 2025 - 20:28
ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގާ 74 ވިޔަފާރިއެއް ސަރުކާރުން ބަންދުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރި ފާސްކުރުމަށް ހިންގި ހަރަކާތުގައި މިދިޔަ މަހު 29 އިން ފެށިގެން އިއްޔެގެ ނިޔަލަށް 74 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމަށް ބުނެ 252 ޝަކުވާއެއް އެ މުއްދަތުގައި ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން މިނިސްޓްރީން ވަނީ 98 ވިޔަފާރިއެއް ބަލައި ފާސްކޮށްފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އޭގެ ތެރެއިން 37 ވިޔަފާރިއެއް ބަންދުކުރި އިރު، މިނިސްޓްރީއާ ގުޅޭ ގާނޫނުތަކާ ހިލާފުވެގެން 25 ވިޔަފާރިއެއް އަދި އެހެނިހެން ގާނޫނުތަކާ ހިލާފުވެގެން ބަންދުކުރި 12 ވިޔަފާރިއަކާ އެކު ޖުމްލަ 74 ވިޔަފާރިއެއް ބަންދުކޮށްފައިވެ އެވެ.
އެ މުއްދަތުގައި ބަންދުކުރި ވިޔަފާރިތަކުގެ ތެރެއިން އަލުން ހުޅުވަން ހުއްދަ ދިނީ އެންމެ 8 ވިޔަފާރިއަކަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ނަމަވެސް، ވަކިވަކި ވިޔަފާރިތަކުގެ ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ގަވާއިދާ ހިލާފަށް ހިންގާ ގިނަ ވިޔަފާރިތަކެއް ބަންދުކުރި އިރު، ރާއްޖޭގައި އުޅޭ ބިދޭސީން ގަވާއިދާ ހިލާފަށް ކުރާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފުލުހުންނާއި އިމިގްރޭޝަން އަދި ކަމާ ބެހޭ އެހެން އިދާރާތައް ގުޅިގެން އަންނަނީ ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
17 December 2025
ޓިކްޓޮކް - ފޭސްބްކް - އިން ހިންގާ ފޮޅާސާފު ކުރުމާއި އޭސީ- ފްރިޖް- މަރާމާތު ކުރުމާއި ކަރަންޓް މަސައްކަތް ކުރާ ތަންތަނުގެ މައުލޫމާތު ނަންގަވާ މިތަންތަން ޗެކްކުރައްވާ! ޙުވާކުރަން ކެރިދާނޭ 60 ޕަސެންޓް ތަންތަކީ ކުޑައަގެއް ނަގައިގެން ބިދޭސީން ހިންގާ އެމީހުންގެ އަމިއްލަ ވިޔަފާރި. ދެން ދިވެހިން ކުރާނީ ކޮން މަސައްކަތެއް ތޯ ؟ވިދާޅުވޭ...
އެމްސް
17 December 2025
ދިވެހީން ކުރާ ނުވަތަ ދިވެހިންނަށް ކުރެވޭ ކަންކަން ބޭރުމީހުނަށް ކުރެވިގެނެއް ނުވާނެއެވެ! ސްކިލްޑް މީހުނަށް ނޫނީ ދިގުމުއްދަތަށް ވިސާނުދިނުމީވެސް ތިކަމަށް އެޅިދާނެ ފިޔަވަޅެކެވެ!
ޕުރޯމިސް
17 December 2025
ރާޖޫ ނަމަކަށް ކިޔާ އިންޑިޔާ މީހަކު ޕުރޯމިކުސް ކިރު ވިއްކާށޭ ކިޔަގެން އެތައް ވިޔަފާރިޔެއް ކުރާނެ. އޭނާ ހުއްޓުވާދީބަ!
އެމްސް
17 December 2025
ޢާއްމު ވިޔަފާރިތައް/ދިވެހީންނަށްވެސް ކުރެވޭ ކަންކަން ބޭރުމީހުނަށް ކުރެވިގެނެއް ނުވާނެއެވެ!
މަދެއްނުވޭ
17 December 2025
މަޖީދިއްޔާ މައިދޮރާއްޓާއި ދިމާލަށް އޮންނަ މަގުގައި އެކޮމޮޑޭޝަނާއި ފިހާރަތަކާއި ކެފޭތައް އަދިވެސް އެބަހިންގާ.
އެމްސް
17 December 2025
ރާއްޖޭގެ ހުރިހާ ރަށެއްގަވެސް ތިކަންކަން ޢާއްމުއެވެ! ތިއީ ވަގުތުން ހުއްޓުވާލިޔަސް ޤައުމަށް ގެއްލުމެއް ވާނެ ކަންކަމެއް/ޤައުމަށް އާމްދަނީއެއް ވައްދާ ތަންތަނެއް ނޫނެވެ!
ނާސިރާ
17 December 2025
ހ. ހާޖަރާގެ އިންނަ ގޯޅި ބަލާ ފާސްކޮށްދީބަލާ ޕްލީޒް، މުޅިގޯޅީގައި ބިދޭސީންގެ ވިޔަފާރިތައް، ކަންމަތީ ބޯކޮށާ ތަނާ ލައިގެން، ބޯކޮށާ ތަނަކު ނުހުރޭ އެއްވެސް ހުއްދައެއްވެސް.
އެމްސް
17 December 2025
ބޯކޮށާ/ފަހާތަންތަނަކީ ވަގުތުން ހުއްޓުވާލިޔަސް . . ! ކޮވިޑްގެ 2 އަހަރުވެސް ތިޔަ ތަންތަނެއް ނެތެވެ! އެކަމަކު ބޯނުކޮށިގެން، ލާނެ ހެދުމެއް ނެތިގެން އުޅުނުމީހަކުވެސް ނުވެއެވެ!
ނަން ބަދަލު
17 December 2025
ދެން ނަން ބަދަލު ކޮއްލައިގެން ހަމަ އެތާގަ އެވިޔަފާރި އަލުން ހުޅުވާނެ.
އެމްސް
17 December 2025
ޢާއްމު ވިޔަފާރިތަކުގަ %100 ބިދޭސީން ތިބެގެން ކުރުން މަނާކުރަނިކޮށްވެސް ރާއްޖޭގަ އެތަންމިތާ ހުރި ބިދޭސީންގެ އެތައް ވަގުވިޔަފާރިއެއް ހުއްޓުވުނީއެވެ! ލޯކަލް މާކެޓްގަ ބިދޭސީންނަށް އެއްގޮތަކަށްވެސް ތިބެވިގެނެއް ނުވާނެއެވެ!
އިހްސާސް
17 December 2025
ފުރުޓް ޓުރީ ފިހާރަތަކަކީ ސީދާ އިންޑިޔާ މީހުން ހިންގާ ވިޔަފާރި. ރަޖިސްޓުރީ ދިވެއްސެއްގެ ނަމުގަ.. ހަމަ އޯކޭ..
ފަޅުމަސް
16 December 2025
ކައުންޓަރުގައި ބިދޭސީން ބައިތިއްބައިގެން ހިންގާ ގިނަ ވިޔަފާރިތަކަކީ ދިވެއްސެއްގެ ނަމުގައި ބޭރު މީހުން ކުރާ ވިޔަފާރި.. ގިނަ ފިހާރަތަކުން ޖީއެސްޓީއަށްވެސް މަކަރު ހަދަނީ.. ބިދޭސީ ސޭޓުން ޑީޕޯޓު ކުރޭ.. އަވަސް އަވަސް.. އެއީ މަނާކަމެއް.. އެކަން ހުއްޓުވާދީ.. ދިވެހިންނަށް އެ ވަޒީފާތައް ހޯދަދީ..
އެމްސް
17 December 2025
ޢާއްމުވިޔަފާރިތައް ތެރޭގަ ބިދޭސީން ތިބުން ހުއްދަވެސް ކުރެވިގެނެއް ނުވާނެއެވެ! އެކަން ހުއްޓުވޭނެ ފަސޭހަގޮތަކީ %75 ނުވަތަ %50 ދިވެހީންނާއި ނުލާ އެއްވެސް ލޯކަލް ވިޔަފާރިއެއް ކުރުން މަނާކުރެމެވެ!
ކޮރަލް
16 December 2025
ވަތްގަނޑުގަ ހުންނަ ބިދޭސީ މީހާ ބޭރު ނުކޮށް ތިޔަ މައްސަލަ އަށް ހައްލެއް ނުލިބޭނެ އެވެ. އެއީ ވިޔަފާރީގެ ވެރި މީހާ އެވެ. އޭނަ އެތަ ދޫކޮށް ދުރަށް ނުދާނެ އެވެ.
އެމްސް
17 December 2025
75% ނުވަތަ %50 ދިވެހީންނާއި ނުލާ ޢާއްމުވިޔަފާރިތައް ކުރުން ހުއްޓުވާލާއިރަށް ތިޔަކަންކަން ހަމަޔަކަށް . . !
ޖަގޭ
16 December 2025
ދިލްބަހާރު މަގުގެ އެއްކޮޅުން އަނެއް ކޮޅައް އެހިންގަނީ ސީދާ އެމީހުންގެ ވިޔަފާރި އޭގެތެރޭގައި ރެޑީމޭޑް ގާރމެންޓްސް، މޮބައިލް ފޯނާއި އޭގެ އެސެސަރީސް ސެލޫން، ޓެއިލަރ، މިނީމާޓް، އަދި މީގެ އިތުރަށް ހޮޓާ ކެފޭތައްވެސް ހިމެނޭ ...
އެމްސް
17 December 2025
މިޤައުމުގަ ނުވަތަ މީހުން ދިރިއުޅޭ ރަށްރަށުގަ: އާބާދީގެ %20 ނުވަތަ %25 އަށްވުރެ ގިނައިން ބިދޭސީންނަށް ނުތިބެވޭގޮތަށް ހެދިޔަސް ލައްކަ ކަންކަން ޙައްލުވެގެން ދާނެއެވެ!
ޖީހުން
17 December 2025
އިތުރު ކޮށްލާނަން. ދެ ކޮންޕިޔުޓަރ ބައިންދާގެން، އެޔަރ ލައިންޓިކެޓިންގ، ހޮޓެލްސް ބުކިންގ، ޓްރެވަލް އެޖެންސީވެސް ހިންގާ