ޕީޕީއެމްގެ ރައީސް މައުމޫނާއި މެމްބަރު ސައުދު: އޭނާ ވަނީ މައުމޫންގެ އިސްލާހީ މަސައްކަތްތަކާ މިރޭ ގުޅިވަޑައިގެންފައި.
02 އެޕްރީލް 2017 - 23:52
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިވަޑައިގަތްކަން އިއުލާން ކުރެއްވިތާ ގިނަ އިރުތަކެއް ނުވަނީސް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕް (ޕީޖީ) ގެ ވައިބާ ގުރޫޕުން މިރޭ ބޭރުކޮށްލައިފި އެވެ.
ސައުދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އޭނާ ވައިބަ ގުރޫޕުން ބޭރުކުރީ މިރޭ 10 ޖަހާކަންހާއިރު އެވެ.
މައުމޫންގެ އިސްލާހީ މަސައްކަތަކާ ގުޅިވަޑައިގަތްކަން މިރޭ ހަތެއް ޖަހާކަންހާއިރު އިއުލާން ކުރެއްވި ސައުދު ވިދާޅުވީ، އިސްލާހީ ކަމެއްގައި އުޅުއްވުމަކީ ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން އޭނާ ބޭރުކުރަން ޖެހޭ ސަބަބެއް ކަމަށް ދެކެވަޑައިނުގަނަންވާ ކަމަށެވެ.
"އަޅުގަނޑު ނޯންނާނެ ޕާލެމްންޓްރީ ގުރޫޕުން އެޅި ތްރީލައިން ވިޕަކާ ވެސް ޚިލާފުވެފައި. އެހެންވީމާ މިފަދަ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބެއް ނުވިސްނޭ. އިސްލާހީ ކަމެއްގައި ބައިވެރިވެ އެކަމަށް މަސައްކަތް ކުރުމަކީ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ބޭރުކުރަން ޖެހޭ ސަބަބެއް ނޫން. މިއީ ވަރަށް ދެރަ ކަމެއް،" ސައުދު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން އޭނާ މީގެ ކުރިން އަމިއްލަ އަށް ވައިބަ ގުރޫޕުން ނުކުމެވަޑައިގަތެވެ. އެކަމަކު ފަހުން ވަނީ އެ ގުރޫޕަށް ސައުދު ވައްދައިފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ވައިބާ ގުރޫޕުން ސައުދު ބޭރުކުރިއިރު، އޭނާ ވަނީ އިސްލާހީ މަސައްކަތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ ކުރީގެ މެމްބަރުންނާ މިރޭ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ މައުމޫންގެ ދަރިކަލުން ދިއްގަރު ދާއިރާގެ އަހުމަދު ފާރިސް މައުމޫނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އަހުމަދު އަމީތެވެ.
ސައުދު މިރޭ ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ފަޅި ދޫކުރައްވައި މައުމޫންގެ އިސްލާހީ މަސައްކަތާ ގުޅިވަޑައިގަތީ، މައުމޫނާ މެދު ގަބޫލުކުރައްވަން ދަތި އަމަލުތަކެއް ހިންގަމުންދާތީ ކަމަށެވެ.
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި، ކުރިއަށް އޮތް ތަނުގައި އޭނާ ވޯޓު ދެއްވާނީ ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ. ވަކި ބޭފުޅަކު އަންގަވާ ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޕީޕީއެމް ކޯލިޝަނަށް ރައްޔިތުންގެ މަޖިލިހުގައި ސުޕަ މެޖޯރިޓީއެއް އޮތް ނަމަވެސް، ތަފާތު ސަބަބުތަކާ ހެދި އެ ޕާޓީން މެމްބަރުން ވަކިކުރަމުންދާތީ، މެޖޯރިޓީ އަށް ވަނީ ލޮޅުން އަރަން ފަށައިފަ އެވެ. އެންމެ ފަހުން ޕީޕީއެމުން ވަކިކުރި މަޖިލިސް މެމްބަރަކީ މަޑުއްވަރީ ދާއިރާގެ އަމީތެވެ. އޭނާ އެ ޕާޓީން ވަކިކުރީ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލާގައި މަސީހް ސަލާމަތް ކުރުމަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވުމުންނެވެ.
ޕީޕީއެމުން ވަކިކޮށްފައިވާ މަޖިލިސް މެމްބަރުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ ފާރިސް އާއި ލޯޔަރު ވައްޑެ އެވެ. ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ، ރައީސް ޔާމީންގެ ފެކްޝަން ދޫކުރައްވައި މައުމޫންގެ ފެކްޝަންގެ ބޭފުޅުންނާ އެކު އުޅުއްވި ނަމަވެސް އޭނާ ޕީޕީއެމުން ވަތްކެއް ނުކުރެ އެވެ. އެކަމަކު މުސްތަފާ ގެންދަވަނީ ޕީޕީއެމްގެ ނިންމުންތަކާ ދެކޮޅަށް މަޖިލިހުގައި ވޯޓު ދެއްވަމުންނެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް އޭނާ ފާޑުވިދާޅުވެ އެވެ.
މި ބޭފުޅުންގެ އިތުރުން ޕީޕީއެމްގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭގެ މެމްބަރު އަދި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް ވެސް ވަނީ އެ ޕާޓީން ވަކިކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބީބް
03 April 2017
ސައުދު ހައްޔަރު ނުވެ ނުދާނެ! ރައީސް ނަޝީދުގެ ބޭނުމަކީ އެމް.ޑީ.ޕީ އަށް އެތިވަރު ގޮވާ އަނިޔާ ދިން ހުރިހާ ފަރާތްތައް މި ދައުރުގައި ޖަލަށްލުން. މިސާލް: މުހުތާޒް، ނާޒިމް، ޢަބްދުﷲ ރިޔާޒް، ޤާސިމް، މައުމޫން. އެންމެ ފަހުން މިހާރު ސައުދު! ސައުވީސް ގަޑިއިރު ނުވަނީސް ޒަމާން ދިއުން އެކަށީގެންވޭ!
ޕަޕެޓް
03 April 2017
މި އެންމެންނަކީވެސް އަމިއްލަ އެދުމާއިގެން އުޅޭމީހުން. ވަކި ޕާޓީއެއް ވަކިމީހެއް ނެތް ރަނގަޅު.
ސާބަހޭ
03 April 2017
ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތަކުގައި، ކުރިއަށް އޮތް ތަނުގައި އޭނާ ވޯޓު ދެއްވާނީ ފެނިވަޑައިގަންނަވާ އެންމެ ރަނގަޅު ގޮތަކަށް ކަމަށެވެ. ވަކި ބޭފުޅަކު އަންގަވާ ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ރައްޔުތުން މެމްބަރަކަށް ސައުދުހޮވި މަޤްޞަދަކީވެސް ތިޔައީ ، މިނިވަން ކަމަކީވެސް ތިޔައީ . ޝުކުރިއްޔާ ސައުދު
އުފާ
03 April 2017
ސާބަހޭ ސަޢުދޫ ތިޔައީ ދިވެހި ވަންތަ ދިވެހި ލޭހިނގާ ދިވެހި ދަރިންނަކީ. ޤައުމު ހަލާކުގެ ތެރެއަށްދާވަގުތު ހަށިފޮޅާ ތެދުވެ ޤައުމު ހިމާޔަތްކުރުމަކީ ކޮންފަދަ ބޮޑު މަސައްކަތެއް. ސާބަސް ... ސާބަސް. . އެކަމަކާ ކުޑަކޮށްވެސް ދެރަވާނެކަމެއް. އަބަދުވެސް ޤައުމީ ބަޠަލުން އުފަންވާނެ.
ހުސެން ކޯޑިނޭޓަރ
03 April 2017
ރައިސް މައުމޫން އާއި ގުޅުމަކީ އުފާވެރި ނިންމުމެއް. ރައީސް މައުމޫނަށް ރައީސް ޔާމީން ކުރައްވާ ކޮންމެ ކަމަކަށް ޔެސްއޭބުނެ ހުރެލަން ކިހާ ފަސޭހަވާނެހެއްޔެވެ. އޭރުން ގައުމުގެ ހުރިހާ ޓީވީ އަދި ރޭޑިޔޯ ޗެނަލްތަކުން ތައުރީފްގެ ބަސްތައް އިވޭނެ، އަބްދުއްރަހީމްގެ އަސަރުގަދަ ޅެންތަކުން ސަނާ ކިޔާނެ، ނިހާންއާ އެހެން މެމްބަރުން ރަން 30 އަހަރުގެ ވާހަކަ ކޮންމެ ދުވަhަކު ކިޔާނެ، ކޮންމެ މަހަކު އެކި ހަފްލާތަކުގައި ރައީސް މައުމޫންގެ ކަރުގައި ލަގަބުގެ މެޑަލްތައް އެޅުވޭނެ، ބޭނުން ގައުމަކަށް ބޭނުން ވަގުތަކު ފުރޭނެ، ފުރުވަންވެސް ދައުލަތުގެ އިސްވެރީން ދާނެ، މިހުރިހާ އުފަލަކާ އަރާމެއް ދޫކޮށް މުސްކުޅިވި ދުވަސްކޮޅު އަރާމު ކުރުމެއްނެތި ސިކުނޑީގެ ވަރުބަލިކަމާ މިކުރިމަތިލީ ކީއްވެ؟ އަޅުގަނޑު ގަބޫލްކުރާހިތް އޮތީ ގައުމަށް ކޮންމެ ގޮތެއްވާން ރައީސް މައުމޫން ނޭދޭނެކަން. އެއަށްވުރެ ގައުމާ ރައްޔިތުންދެކެ ލޯބިވާ ބޭފުޅެއް އެއީ، ކޮފީގައި ތިބެ ސައިކަލް ޑީލް ނިންމާގޮތަށް ގައުމުގެ ފަޅުތަކާއި ރަށްތައް ވިއްކާލަން ނޭދޭނެ. ކޯޓްތަކުން ބޭނުންހާ ގޮތަކަށް ހުކުމްތައް ނެރެ ރައްޔިތުން ބިކަހާލުގައި ޖެހެން ނޭދޭނެކަން. ކާޑާއި ފެނާ ކަރަންޓާ އަސާސީ ޚިދުމަތުގެ އަގު ބޮޑުވެ، ޓެކްސްތައް އިތުރުވެ ރައްޔިތުންނަށްލިބޭ އާމްދަނީ ދަށްވީމަ، މައުމޫން ޔެސްކިޔާފަ ނުހުންނަވާނެ. ގައުމަށް ގެއްލުންވަންޏާ ރައީސް މައުމޫން މަޑުން ނުހުންނަވާނެ،ކަން ޔަޤީންކުރަމެވެ. އެއީ ހަމަ ޤައުމް ފަޚްރުވެރިވާ ޒަޢީމެވެ.
ސިންތިލީ ވޫމް
03 April 2017
ދެން އިވޭނީ ޕާޓީން ވަކިކުރި ޙަބަރު. އެއާ އެކު ފުލުދާން ޗިޓް އަން ނާނީ. ކުޅިވަރެއް މީ އިގޭ.
ހުސޭނުބެ
03 April 2017
ކޮރަޕްޝަންގެ މައްސަލަތައް އެބަހުރި ރެޑީގަ!!
ރަދީފް
03 April 2017
ވަރުގަދަ ވައިބަރ ގްރޫޕެއްތާ. ކާކުތަ އެޑްމިންއަކީ؟؟
ޓީމް ޔޫކޭ.
03 April 2017
މީ ދެން ކާކު؟ މި ޓީމް ވެސް ބާކީ ކޮއްލާފަ ވާނީ.
ކުރެކަސިމާ
03 April 2017
މައުމޫނަކީ ވިލިގިލީ ހަރުދަނާ މައެއްގެ ދަރި އެއް ، ގައުމަށް ވަފަތެރި އެއް ، ގައުމު ފަޚުރުވެރި ވަ ދަރިއެއް ޗަކޮއެ ކުޅިލެބަލަ މައުމޫނާ ވާގޮތެއް ބަލާލަން .....
ބައްސާރު
03 April 2017
ތިޔަހެން ބޭރުކުރަމުން ކުރަމުން ގޮސް ދެން ހުންނާނީ ރަހީމްބެ އެކަނި އަދި ކުރިޔަށް އޮތްތާވެސް ބޭރުކުރަން ޖެހޭ މީހުން ވާނީ އިތުރު ރައްޔިތުންގެ ފަޅި ހެދި ބޮޑުވާލެއް ހައުދަހާ އަވަހޭ