ފަނޑިޔާރު ޝުޖާއު
05 އެޕްރީލް 2017 - 12:19
ހައި ކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ހަމަލާދޭން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ސ. މީދޫގައި ގާއިމްކޮށްފައިވާ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރު ޝުޖާއު އަށް ބަޔަކު ހަމަލާދޭން އުޅުނު މައްސަލައެއް ބަލަމުން އަންނަ ކަން ފުލުހުން ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އެކަމަކު އެ މައްސަލާގައި ބަޔަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ. އެއީ ކޮން އިރަކު ހިނގި ހާދިސާއެއް ކަމެއް އަދި މައްސަލައިގެ އިތުރު ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.
ކުރިން މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރެއްވި ޝުޖާއު ދެކުނު ގޮތްޕަށް ބަދަލުކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ހައި ކޯޓު ފަނޑިޔާރު ކަމަށް ވަޑައިގަތުމުގެ ކުރިން އޭނާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީކަމާއި މެޖިސްޓްރޭޓް ކަން ވެސް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމާ
05 April 2017
މިފަހަރު ތިޔަ ރަށުގެ މެމްބަރު ސަލާމަތްވާނެ ބާ؟
ދޮންތު
05 April 2017
ވައްތަރީ ރާވާ ގޭސް ގަޑަކާ ބަޔަކު ފްރޭމް ކުރަން ކުޅޭ ޑްރާމާ އެއް.
ކޮލަމާފުށި
05 April 2017
ކޮންމެވެސް ރާޅެއް ނަގަން އުޅޭހެން ހީވަނީ...ﷲ އާއި ވަކީލު.
ފޫހި
05 April 2017
އެއްޗެއް ބުނާކަށްނެތިން. ތިޔަމައްސަލައިގެ ޙަޤީޤަތް މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ.
ކާފަ
05 April 2017
ތިކަން ކުރިބަޔަކު ހިފާހައްޔަރު ކުރޭ ،