އިދިކޮޅު ޕާޓީތަކުން މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި މެމްބަރުން: މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅެނީ ގާނޫނުއަސާސީއާ ތައާރަޒުވާ އިސްލާހެއް ކަމަށް މެމްބަރުން ވިދާޅުވި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އެޕްރީލް 2017 - 23:17
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރަން މަޖިލީހަށް ހުށަހަޅަން 42 މެމްބަރެއްގެ ސޮއި ހޯދާކަށް ނުޖެހޭނެ ކަމަށާއި ގަވާއިދަށް ގެންނަން އުޅެނީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް އިދިކޮޅު ފަރާތްތަކުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާ އެކު ކަމަށް މަޖިލީހުގެ ގަވާއިދަށް، ސަރުކާރުގެ މެމްބަރުން ކުއްލި ބަދަލެއް މިއަދު ވަނީ ގެނެސްފަ އެވެ. މި ބަދަލު ގެނައީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި އޮއްވަ އެވެ.
މަޖިލިހުގެ ގަވާއިދުގައި މިހާރު އޮންނަ ގޮތުން މަޖިލިހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރުމަށް ހުށަހެޅޭނީ 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާ އެކު އެވެ.
އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ގާނޫނުއަސާސީގައި މިހާރު އޮތް ގޮތުން އެންމެ މެމްބަރެއްގެ ވޯޓުން ވެސް މަޖިލީހުގެ ރިޔާސަތު ވަކިކުރެވިދާނެ ކަމަށެވެ. ސަބަބަކީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ވަކިކުރެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮންނަނީ އެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި އަޣުލަބިއްޔަތުން ކަމަށް ވާތީ ކަމަށް އިބޫ ވިދާޅުވި އެވެ.
"ގާނޫނުއަސާސީގައި ކަނޑައެޅިގެން މިހާ ލުއިކޮށް އޮތް ކަމެއްގައި 42 ސޮއި ހޯދާކަށް މަޖުބޫރެއް ނުކުރެވޭނެ. ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އިސްލާހެއް އެއީ، އެ އިސްލާހު އެޖެންޑާއެއް ވެސް ނުކުރެވޭނެ. ވޯޓަކަށް ވެސް ނޭހޭނެ،" އޭނާ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ހުށަހަޅާއިރު 15 މެމްބަރުންގެ ސޮއި ހޯދަން ގަވާއިދުގައި އޮންނަނީ ގާނޫނުއަސާސީ އަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ. މަޖިލީހުގެ ގަވާއިދަށް މިހާރު ގެންނަ އިސްލާހުތައް ހުދުމުހުތާރު ގައުމުތަކަށް ވުރެ ވެސް ހައްދުފަހަނާޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން 29 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅޭ އިރު މަޖިލީހުގެ ރައީސް ވަކިކުރަން 42 މެމްބަރެއްގެ ސޮއި ހޯދަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.
"މަޖިލީހުގެ ރައީސް ކަމުގައި މަސީހް ހުންނަވަން ދެކޮޅު މެމްބަރުން އެބަ ތިއްބެވި ޕީޕީއެމްގެ ތެރޭގައި. މަސީހް ވަކިކުރަން އެ ބޭފުޅުން ވޯޓު ދެއްވުމުގެ ފުރުސަތު ނުދޭން ގަވާއިދަށް ގެންނަ ބަދަލެއް މިއީ. ހުދުމުހުތާރު ގޮތެއްގައި ނިންންމާ ނިންމުމެއް ކަމަށް އަޅުގަނޑު ދެކެނީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މިއަދު ނިންމީ، އާއްމު ކޮމެޓީގައި ތިއްބެވި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ބަދަލުކުރުމަށް ފަހު އެވެ. އެކަމަކު އެއީ ކޮން މެމްބަރުން ކަމެއް ރިޔާޒް ވިދާޅެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ވިދާޅުވީ މަސީހުގެ ވޯޓާ ގުޅިގެން އެކި ފިއްތުންތަކާ ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދަށް ގެންނަން އުޅޭ ބަދަލަކީ ވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތް ހުއްޓުވަން ހުށަހަޅާ އިސްލާހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.
މަޖިލީހުގެ ގަވާއިދު އޮތް ގޮތް، މިދިޔަ މަހުގެ 27 އާ ހަމައަށް ވެސް ކަމުދާ ކަމަށާއި ކުއްލިއަކަށް އެކަން ކަމުނުދާ ކަމަށް ބުނެ މުޅިން އާ ޝަރުތުތަކެއް ކުރިމަތިކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ފާރިސް ވިދާޅުވި އެވެ.
"ގަވާއިދާ އެއްގޮތަށް މައްސަލަ ހުށަހެޅިފައި ވަނިކޮށް ވަކި ނަތީޖާއެއް ނެރެން ގަވާއިދު ބަދަލެއް ނުކުރެވޭނެ،" ފާރިސް ވިދާޅުވި އެވެ.
"މުޅިން ތަފާތު އާ ޝަރުތުތަކެއް ކިތަންމެ ގޮތަކަށް ކުރިމަތިކުރިޔަސް، 42، ނުވަތަ 85 ޖައްސަވާ، މިކަން ހުއްޓާކަށް ނެތިން އަޅުގަނޑުމެން."
އޭނާ ވިދާޅުވި ގޮތުގައި މާދަމާ މަޖިލީހުގެ ޖަލްސާ ޝެޑިއުލްކޮށްފައި އޮތް ނަމަވެސް ގަވާއިދަށް ގެންނަން އުޅޭ މައްސަލަ އެޖެންޑާކޮށް ގޮތެއް ނުނިންމޭނެ އެވެ. ގަވާއިދަށް ގެންނަން އުޅޭ އިސްލާހަކީ މަސީހާއި މޫސާ މަނިކުގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ މަޖިލިހުގެ ރިޔާސަތާ މެދު ވެސް މިހާރު ސުވާލު އުފެދޭ ކަމަށް ފާރިސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ މާޙިރު
10 April 2017
ޤާނޫނު އަސާސީއަށް ފައިން އަރާ މީހުންނަށް އޮންނާނީ ކޮން ޤާނޫނު އަސާސީއެއްތޯ؟
ބްލޫފިން
10 April 2017
އަގްލަބިއްޔަތުގެ ސޮޔާއިއެކު ހުށަހަޅަން ޖެހޭގޮތަށް އޮންނަ ވޯޓަކީ ވޯޓަކަށް ނުވާނެއެވެ. އެގޮތަށް ނަގާ ވޯޓަކީ ސައްހަ ވޯޓަކަށް ވެސްނުވާނެއެވެ. ބުއްދީގެ ހަމަތަކުން ބަލާއިރުވެސް ހަމަޖެހޭކަމެއްނޫނެވެ. ނިޔަތާމެދުވެސް ސުވާލު އުފެދެއެވެ. ނުބާކަމެއް ވާނީ ނުބާކަމަކަށެވެ. ގޯސްކަމެއް ވާނީ ހަމަ ގޯސްކަމަކަށެވެ.
މުންކޮ
10 April 2017
އަބަދުވެސް ނިމެނީ ނިމެނީ، ވެއްޓެނީ ވެއްޓެނީ، ނުވެސް ނިމޭނެ ނުވެސް ވެއްޓޭނެ، މިފެންނަ ތަރައްގީ ނަޝީދު ދައުރުގަ ނުގެނެވުމަކީ އިއްޒަތްތެރި ރައީސް ޔާމީންގެ ކުށެއްނޫން އިނގޭތޯ!!!!!
އާދަނު
10 April 2017
ޤާނޫނު އަސާސީ އާއި ޚިލާފަށް ނޫން ގޮތަކަށް މިސަރުކާރުން ކުރާކަމެއް ނޯޥޭ. ބަޣާވާތަކީ ހާދަހާވާ ނުބައި ކަމެކޭ!
ހަސަންބެ
10 April 2017
މަޖިލީހުގެ ގަވާއިދުގެ 175 ވަނަ މާއްދާގައި މިހާރު ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅޭނީ މަދުވެގެން 15 މެމްބަރުންގެ ސޮއި އާ އެކު ކަމަށެވެ. އެހްނވީމާ އެ އަދަދު 42 އަށްވެސް ބަދަލުކުރެވޭނެނު. 15 އަށް އަދަދު ކަނޑައެޅީވެސް މަޖިލީހުންނޫންތޯ. އެހެންވީމާ 42 އަށްވެސް އަދި އެނޫން އަދަދަކަށްވެސް ބަދަލުކުރެވިދާނެ. އެއީ ޤާނޫނީގޮތުން ކުރެވޭނެކަމެއް. ގާނޫނުއަސާސީއާ ހިލާފުކަމެއްނޫން
ބެންތެޔޮ
10 April 2017
ބަލަ އިބްރާހީމާ. އެންމެ މެމްބަރަކު ގޮސްގެން ޖަލްސާ ބޭއްވޭތަ؟ ކޯރަމްވެސްހަމަވާން ނުޖެހެނީތަ؟ ވެރިކަމާހެދި މަ ހަމަ ޑިޕްރެސްވަނީ.
ދދދދ
10 April 2017
ޔާމީނުގެ އިތުބާރު ނެތްކަމަށް ހުށަހަޅާށޭ. އެއީ 29 ވޯޓޭ. އަވަސްކުރޭ.
މީމިއަދުގެ ހާލު
10 April 2017
އަހަރެމެން ކުޑައިރު ނިދާގަނޑީގައި މަންމަ ވާހަކަކިޔައިދޭއިރު ބުނޭ ޖަންގަލީގައި ވެސް ޤާނޫނު އޮންނަވާހަކަ. އެ ޤާނޫނަކީ ޖަންގަލީގެ ހުރިހާ ޖަނަވާރުތައް ހެދި އަދި ރުހޭ ޤާނޫނެއްނޫން. އެ ޤާނޫނަކީ ބޮޑު ބާރުހުރި ޖަނަވާރުތައް ހިތައްއަރާގޮތަކަށް ކަންކުރުމުން ކުދި ނުވަތަ ބާރުދެރަ ޖަނަވާރުތަކަށް ކުރެވޭނެކަމެއްނެތް ގޮތަށް ހެދިފައިވާ ގާނޫނެއް. އެ ޤާނޫނުގެ ދަށުން ބޮޑެތި އެތި ނުކުމެ ކުޑަ އެތީގެ ހާލި ހަލާކޮށް އޭތީގެ މަންމަ ކާލާފާ ދިއުމުންވެސް ކުރެވޭނެ މާބޮޑުކަމެއްނޯވޭ. ކުޑަ އެތި ޖެހެނީ ސަލާމަތްކަންހޯދުމަށް އެ ހިސާބުދޫކޮށް ދާން. ބޮޑު އެތި ބަޑުފުރައިގެން ހިތްއުފާކުރާނީ. ކިހާފައްކާދޯ؟
ޓިކޫ
10 April 2017
" މި ކަން މި އޮތީ ނިމިފައި، ޝައްކެއް ނެތް " އިބޫ މިހެން ބުނި ހަނދާން އެބަ ހުރިތަ ؟ ދުވާލަކު އެއްފަހަރު ތިޔަފަދަ ވޯޓު ލާން ހުށަހެޅުމަކީ ގާނޫނުއަސާސީގެ ރޫހާ ހިލާފު ކަމެއްތޯ، ފާރިސް؟
އައި
10 April 2017
ގޮންމުށުގެ ބާރު ދެއްކުމަކީ ދުނިޔެ ފެށުނީއްސުރެ އޮންނަ ކަމެއް. ދެން މަސީހުވެސް އަމިއްލަ އަށް ގޮތެއް ނިންމަން އެބަ ޖެހޭ، ހަމަ ގައިމުވެސް ފުދޭވަރަކަށް އެބަތިބި އޭނަ އެ މަޤާމް ގަ ނުހުންނަށް ބޭނުންވާ މެމްބަރުން. މަސްލަހަތަށް ވިސްނާނަމަ މަސީހު އަމިއްލަ އަށް އެބަ ޖެހޭ އެކަހެރިވާން.