އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ހުންނަވައިގެން ސަމީރު މިއަދު ވާހަކަ ދައްކަވަނީ: އޭނާ ވަނީ އީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
20 އެޕްރީލް 2017 - 17:37
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އިސްވެރިން ގމިއަދު ހާޒިރުކުރީ މަލާމާތާއި ފުރައްސާރަ ކުރުމަށް ކަމަށް ބުނެ އެ ޕާޓީން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކަމަށް ބުނެ، ޖުމްހޫރީ ޕާޓީގެ އިސްވެރިން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހާޒިރުކޮށްފަ އެވެ.
މި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ކަމާލުއްދީނާއި ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި ރެޖިސްޓްރާ އަހުމަދު ސައުދާއި ސްޕޯކްސްޕާސަން އަލީ ސޯލިހު ބައިވެރިވެވަޑައިގަތެވެ.
އިލެކްޝަންސް ކޮމިޝަންގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ގޮތުން އެ ކޮމިޝަނުން އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބައްދަލުވުމުގައި ދެއްކީ "އެހެން ޒާތެއްގެ" ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އެއީ ކޮން ވާހަކަތަކެއް ކަމެއް އެ ބޭފުޅުން ވިދާޅެއް ނުވެ އެވެ. އަދި މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
"ލޯކަލް ކައުންސިލް އިންތިޚާބުތަކާ ބެހޭ މަޝްވަރާ އަށް ވަރަށް ބޮޑަށް ތައްޔާރުވެގެން އައީ. އެކަމަކު (ދެއްކީ) އެބޭފުޅުންނާ [އިލެކްޝަންސް ކޮމިޝަނާ] ވެސް ގުޅުން ނެތް ވާހަކަތަކެއް،" ސަމީރު ވިދާޅުވި އެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ވަގުތު ގެއްލުވާލައި، މަލާމާތުގެ ގޮތެއްގައި ކުރެއްވި ޒާތުގެ ކަމެކޭ. އެފަދަ މުއައްސަސާއަކުން އެކަން ނުކުރެއްވުމަށް އެދެން،"
އަންނަ މަހު ހައެއްގައި ބާއްވަން ނިންމާފައިވާ ލޯކަލް އިންތިޚާބުގެ ވޯޓާސް ލިސްޓުގައި ސޮއިކުރަން ޖުމްހޫރީ ޕާޓީން ވަނީ ދެކޮޅު ހަދައިފަ އެވެ. އެކަމަކު ލިސްޓުގައި ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންނާއި ސިޔާސީ ޕާޓީތަކުން ސޮއި ނުކުރި ކަމުގައި ވިޔަސް، އެ އިންތިޚާބު ބާއްވަން އެއްވެސް ހުރަހެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިނދަނަ
22 April 2017
ރައްޔަތުންނައް ޖެއްސުންކޮއް ފުރައްސާރަ ނުކުރާ އެއްވެސް މުއައްސަސާ އެއް ނެތް. ކޮންމެ ބަޔަކުވެސް ކުރަނީ ފުރައްސާރަ. ޕޯޗްގީޒުންގެ ވެރިކަމުގައި ވެސް އެކަން އޮތީ އެހެން ނޫންތޯ. މިއީ ހަމަ އެ ދުވަސް ނޫންތޯ
ކާފަ
20 April 2017
ދެއްކިވާހަކަ ބުނަންވެސް ނޭގޭނެ އިލެކްސަން ކޮމިޝަން އެއީ ކީއްކުރާތަނެއްކަން ނޭގޭ ގަމާރުބަޔަކު ދިޔައީމައި
ފާތުމަ
20 April 2017
އިލެކްޝަންކޮމިސަނުގަތިބެނީ ވެރިޔާ އަންގާގޮތަށް ކަންކުރަންތިބޭމީހުން
ގަމާރު
21 April 2017
ކޮންމެތަނަކަށް ވެރިއަކު ލާފާހުންނަނީ އަމުރުކުރަންކަމެއްނޭގޭތަ؟
މަރިޔަބު
21 April 2017
ފާތުމަ ބުނި އެއްޗެއް ގަމާރަށް ފަހުމްނުވާކަން އެގެނީ އަކުރަށް ބަލައިގެން ރައްދު ދީފައި އެވަނީ.
ބާބާ
20 April 2017
އީސީއަށް ގެންދިޔައީ އީގޯ ގެ ސައިޒް މާބޮޑުހެން ހީވާތީ ޓެސްޓް ކޮށްލަން. އެތަނަށް ގޮސް ކޮންމެވެސް އެހެންވާހަކަ އެއް ދައްކާލާފަ ގެއަށް ފޮނުވާލީމަ ހުންނާނީ ހަމައަކަށް އެޅިފައި.
ރީތިރަށް
21 April 2017
ހިނި އަތުވެއްޖެ...
ޕޮގުބާ
20 April 2017
ސަރުކާރުހިންގާޕާޓީއަށް ބާރު އޮންނާނެކަމެއް ނުވިސްނެދޯ ގަޅިވެއްޖެއިންޔާވެސް އެއީ ގަމާރުކަމެ
♛ ރަސްގެފާނު
20 April 2017
ޕީޕީއެއްމް މީހުން ސޮއެއް ނުކޮއްފިއްޔާ އިންތިހާބެއް ނުބޭއްވޭނެ.. އެއީ މުޖައްރިބު ކަމެއް... އެއްމެ ފަހުންވެސް އިންތިހާބުގައި ވޯޓުލާން ޖެހުނީ ސްޕްރީމް ކޯޓުން.. އެމީހުން ވޯޓު ދީގެން ހޮވި ސަރުކާރެއް މިއޮތީ..
މަހަށްްދޭބަލަ
20 April 2017
ޕީޕީއެމް އިން ބޭނުން ގޮތެއް ހަދާނީ. ތަމެން ޖެހޭނީ ހަމަ މަހަށް ދާން ޕީޕީއެމް އާއި ވާދަ ކުރަން ބޭނުން ނަމަ އިނގޭ. މަހަށް ދޭބަލަ ދެން. މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން.
ލަބީދް އެންޑް ކަބީރް
20 April 2017
ގާސިމަށް ފުރައްސާރަނުކުރޭ. އޭނާ ބިރެއްނުގަންނާނެ އޭނައާދިމާއަށް އޭކޭ 47އެއް ދިއްކޮށްލިޔަސް.
އަގަ ގަދަ މިތުރު
20 April 2017
އެއީ ތެދެއް! އެކަމަކު ގާސިމަށް ޔަގީންވާންޖެހޭނެ ދިއްކުރާ އޭކޭ 47 ގައި ވަޒަންނެތްކަން!
ރޮނގުދޯ
20 April 2017
އިލެކްޝަންސް ކޮމިޝަނަށް ގެންދިޔައީ ފުރައްސާރަ ކުރަން ކަމަށް ޖޭޕީން އެދައްކާ ވާހަކަ އަކީ އެއީ ޕްރޮޕެގެންޑާ އެވެ. އެއީ ޖޭޕީ އަށް މިހާރު ޔަގީންވޭ އެމެން އަދި ރަންރީނދުލޭ މެން އިންތިޚާބުގައި ވާދަ ކޮށްފިނަމަ ދާނީ ޗޮކުން ކަން. ސަބަބަކީ މިއަދު މަމެން މިއަގު ހެޔޮ ކުރީ ކާޑާއި އަދި ތެޔޮ. ދެން މިއަންނަ ހަފްތާގައި މާލެ ސަރަހައްދުގައި 1 ލައްކަ ލަގްޒަރީ ހައުސިންގް ޔުނިޓްސް އެޅުމަށް ޓަކައި އެމްޓީސީސީ އާއި ބީއެމްއެލް ގުޅިގެން ކޮންޓްރެކްޓް އެއް ހަދާ މި ދެ ފަރާތް ގުޅިގެން މާލެ ވިލިގިލީގައި 1 ލައްކަ ހައުސިންގް ޔުނިޓްސް ހިމެނޭ ފްލެޓްސް ތައް އަޅަން ފަށާ ގޮތަށް އިއުލާން ކުރުުމުން ދެން އެމެންގެ ޓްވިޓަރޭ މެން އިށީނދެގެން ތިބި ގޮނޑިން ވެއްޓޭނެއޭ މަމެން ބުނަން ނެތީމު ދޯ. އެހެންވެ އޭ ޖޭޕީން ވެސް ދެން ކޮންމެވެސް ޕްރޮފޭ އެއް އެފަތުރަނީ. އެމެން އެ ޒާތަށް ދައްކާ ވާހަކަ ތަކަކީ އެއީ ކަނޑުގައި އަޅާލާ ރޮނގު ތައް ދޯ.
ސައުދީ
20 April 2017
ދސ ދައްކާ ވާހަކަ އަކުރާ ފިއްޔާ ދިމާވޓޯ ބެލުން ރަގަޅު. މިވަރުގެ ރޯނު އެދުރުން މި އަރަނީ. ދެން އެހެރީ އސ. ހަމަ އެއްވަރުގެ މީހުން. ޕަކާސް!
ތަމެން
20 April 2017
ޓަމެންނަށް އެޅޭނީ 100000 ލަގްޒަރީ ޔުނިޓެއްވެސްނޫން. ޢެކަމަކުekamaku ތަމެންނަށް 100000 ހައުސިން ޔުނިޓްވެސް ވަގަށް ނެގިދާނެ.
ވެލާ
20 April 2017
އެބަ ހޭއަރާ ދިވެހިން. ޝުކުރިއްޔާ ގައުމު.
މުގާބޭ
20 April 2017
ހޭއަރުވާލީމާ ހޭއަރާނެދޯ.
މިއްތު33
20 April 2017
އިލެކްޝަން ކޮމިޝަންއަކީ މިހާރު އުވާލަން ވެފައިވާ ތަނެއް މިހެން މިދެންނެވި ލޯކަލް ކައުންސިލް ގެ ދައުރުހަވަގެން ދިޔައިރުވެސް އިލެކްޝަން ބާއްވާފައި ނުވާތީ އާއި ތިޔަ އިލެކްޝަން ކޮމިޝަން މިނިވަން ކަމާއި އެކު މަސައްކަތް ނުކުރާތީއެވެ. އަދި ކޮމިޝަން ފެނިގެންދަނީ ސިޔާސީ ކުލަޖެހިފައިވާ ދަރުބާރުފެކްޝަންގެ ގޮތްޕެއްގެ ގޮތުގައި ކަމަށް ވާތީއެވެ. ޕީޕީއެމް ދަރުބާރުފެކްޝަންނަށް 2000ހުން ފޯމްތައް ކޮންމެދުވަހަކުވައްދާއިރުވެސް އެހެން ޕާޓީ ތަކުން މީހުން ނުވަތަ މެމްބަރުއުނިނުވާކަން ފާހަގަކުރެވެއެވެ. 3 ލައްކައެއްހާ އާބާދީ އެއް އޮންނަ މިރާއްޖޭގައި 3 މިލިއަން ރައްޔިތުން މިހާރު އުޅެނީ ކަމަށް ވެސް ބެލެވެއެވެ. ޝުކުރިއްޔާ ރައްޔިތުން ވޯޓް ދޭނީ އަނިޔާ އާއި ބޭ އިންސާފާއި ދެކޮޅަށް އިނގޭ