ޚަބަރު / ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2017

މި ވޯޓަކީ ރައްޔިތުން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ

ސަރުކާރުގެ ބިރުދެއްކުމާއި ފިއްތުންތަކާއި ނުފޫޒާ އެކު އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަޔާތުގައި ދިވެހިން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސްރީ ލަންކާގައި ހުންނެވި ނަޝީދު "މިހާރު" އަށް ވިދާޅުވީ އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކުން މި އިންތިހާބަށް ނިކުތީ ސަރުކާރުން ކުރިމަތިކުރިވި ހުރަސްތަކާއި ދަތިތަކަކާ އެކުގައި ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި ހުންނަވައި ހުރިހާ ބާރަކާއި ނުފޫޒެއް ބޭނުންކުރެއްވިއިރު ވެސް އިންތިހާބުގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް ލިބުމަކީ، ނަޝީދު ވިދާޅުވި ގޮތުގައި، ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"ހުރިހާ ދަތިތަކުގެ ތެރެއިން ކާމިޔާބު ހޯދުން މިއީ، މިހާތަނަށް އެމްޑީޕީ އަށް ވެސް ލިބުނު ކާމިޔާބީތަކުގެ ތެރެއިން ބޮޑު ކާމިޔާބީއެއް،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޓީ ކައުންސިލްތަކުގެ ސާފު ޣައުލަބިއްޔަތާއި ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ދިނުމަކީ ރައީސް ޔާމީނަށް ވަރަށް ބޮޑު ތަނުން ރައްޔިތުން "ނޫނެކޭ" ބުނުމެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ވަގުތު ކުޑަތަންވެފައިވާ ކަން ވެސް މި ވޯޓުން ދައްކާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް ޔާމީނާ އެކު ތިބެވެން ނެތް ކަން ވެސް ލޯކަލް އިންތިހާބުގެ ނަތީޖާ އިން ރައްޔިތުން ވަނީ ސާފުކޮށްދީފައި ކަމަށެވެ. އެހެންވެ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް އެމަނިކުފާނު ވަގުތުން ޖަވާބު ދެއްވަން ފެއްޓެވުމަށް ވެސް ނަޝީދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ރައްޔިތުންނާ ދެކޮޅަށް ކުރެއްވި އެކަމަކު ރައްޔިތުން ބަލައި ނުގަތް ކަންކަން ރައީސް ޔާމީނަށް ސާފުވެވަޑައިގަންނަވާނެ އެވެ. އެކަންކަން ރަނގަޅު ނުކުރައްވައި އެންމެ ހިނދުކޮޅަކު ވެސް ވެރިކަމުގައި ދެމިހުންނެވުމުގެ ހައްގެއް އެމަނިކުފާނަށް ލިިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވެރިކަމުގައި ހުންނަވައި ހުރިހާ ބާރުތަކެއް ބޭނުންކުރައްވައިގެން ވެސް މި އިންތިހާބުގައި ރައީސް ޔާމީނަށް ލިބިވަޑައިގަތީ 20-24 ޕަސެންޓުގެ ވޯޓު ކަމަށެވެ. ރާއްޖޭގެ ފުލުހުންނާއި ސިފައިންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކަށް ވެސް މި ނަތީޖާ ބަލައި، ރައްޔިތުން ތިބި ގޮތް ސާފުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ރައްޔިތުން ކަންބޮޑުވާ ކަންކަމާ ގުޅޭ ގޮތުން އަވަހަށް ޖަވާބެއް ދެއްވަން ފައްޓަވާ. އަޅުގަނޑު ދެކޭ ގޮތުގައި މި ވަގުތުން ވަގުތަށް ގާސިމް އިބްރާހިމް ދޫކޮށްލުމަކީ މުހިއްމު ކަމެއް. ހަމައެއާ އެކު ޕާޓީތަކުގެ ލީޑަރުންނާއި ބަންދުކޮށްފައި ތިބި އެހެން ލީޑަރުން ވެސް ދޫކޮށްލަން ޖެހޭ މިއަދު. މި އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެ ނިންމުން ރައީސް ޔާމީން ނިންމަވަން އެބަ ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންނަށް ސުލްހަވެރި ސިޔާސީ ހަރަކާތް ރާއްޖޭގައި ހިންގޭނެ ގޮތަކަށް އިންތިޒާމްތައް އެބަ ހަމަޖައްސަވަން ޖެހޭ، އެއީ ރައީސް ޔާމީން ކޮންމެހެން ކުރަން ޖެހިވަޑައިގަންނަވާ ކަމެއް. އިތުރު ބަހަނާތައް ނުދައްކަވައި އެގޮތަށް އަމަލުކުރައްވަން ޖެހޭ."

ލޯކަލް ކައުންސިލް އިނތިްހާބުގެ ވޯޓުލުން ނިންމާލި ވޯޓު ފޮއްޓެއްގެ ވޯޓު ގުނަމުންދާއިރު، މޮނީޓަރުންނާއި އޮބްޒާވަރުން މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި އިންތިހާބާ ހަމައަށް ދިޔައިރު މުޅި ލާމަރުކަޒީ ނިޒާމުގެ ބާރު އޮތީ ކަނޑުވާލައިފަ އެވެ. މިއީ އެކަށީގެންވާ ނިޒާމެއް ނޫން ކަމަށާއި ހުރިހާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާގެ މުށުތެރޭގައި އޮންނަ ނިޒާމަކަށް ހަދަން ރައީސް ޔާމީން ގާނޫނުތަކަށް އިސްލާހު ގެނައުމާއި އެ ނޫން ގޮތްގޮތުން ވެސް އެތައް މަސައްކަތްޕުޅެއް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

ލޯކަލް އިންތިހާބުގެ ވޯޓުލުން ބޭއްވިއިރު ރާއްޖޭގެ ހާލަތު ސިފަކޮށްދެއްވަމުން ނަޝީދު ވިދާޅުވީ ސިޔާސީ ހުރިހާ ލީޑަރުން ތިއްބެވީ ނުހައްގުން ބަންދުކޮށްފައި ކަމަށެވެ. އެއާއެކު އެއްވެއުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިމަތިކުރުވި ހުރަސްތަކާއި ސިޔާސީ ހަރަކާތް ހިންގަން ޖާގަ ނުދިނުމާއި އިދިކޮޅު ކެމްޕޭންތަކަށް ހުރަސްއެޅުން ފަދަ އެތައް ދައްޗެއް ކުރިމަތިކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީންގެ އިގްތިސާދީ އެއްވެސް ސިޔާސަތެއް ނެތް ކަމަށާއި ދަރަނި އިންތިހާ އަށް ބޮޑުވުމާއި އާމްދަނީ އިތުރުނުވެ ކޮރަޕްޝަނާއި މަނީލޯންޑެރިންގެ އަމަލުތައް ހިންގުން ފަދަ ކަންކަން ރައްޔިތުންނަށް ފެނި، އެ ކަންކަމަށް ނޫނެކޭ ބުނެފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވައި އެ ނިޒާމް ގަޑުބަޑުކޮށްފައިވާ މިންވަރަށް ވެސް މި ވޯޓުގައި ރައްޔިތުންގެ ބަސް އިއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ސޯޝަލް މީޑީއާ އެކްޓިވިސްޓު ޔާމީން ރަޝީދު މަރަށް އިންސާފު ހޯދައި ނުދޭ މަންޒަރު ވެސް މި ވޯޓާ ހަމައަށް ރައްޔިތުން ތިބީ ބަލަން ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން، ބޭރުގެ ފަރާތްތައް ބައިވެރިކޮށްގެން ޔާމީން ރަޝީދުގެ މަރުގެ މިނިވަން ތަހުގީގެއް ރައީސް ޔާމީން ހިންގަވަން ޖެހޭ ކަމަށެވެ. އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމާއި ލާމަރުކަޒީ ގާނޫނާއި ސިޔާސީީ ނިޒާމް ހަލާލުކޮށްލަން ގެނައި ބަދަލުތައް ވެސް ވަގުތުން އިސްލާހުކުރަން ނަޝީދު ގޮވާލެއްވި އެވެ.

58 ކޮމެންޓް, 255 ރިއެކްޝަންސް

icon happy icon happy 82%
icon sad icon sad 2%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެޑަމް

08 May 2017

މަނިކުފާނުގެ ހިތްވަރު ފުޅަށް އައްސަރިބަހާއި ސާބަސް. އެއްގޮތުން ނުވެގެން އަނެއްގޮތުންވެސް މަނިކުފާނު ބަލި ކުރާނަމޭހިތާ ޔާން ކުރާ މަސައްކަތް ނާކާމިޔާބުވަމުން މިދަނީ މަނިކުފާނުގެ ވަރަށް ބޮޑު ހިތްވަރަކުން ކަމަށް ޤަބޫލުކުރެވޭ. މިހާރު ސިފަ ކުރެވެނީ މިޤައުމަށް މަނިކުފާނު އެނބުރި ވަޑައިގަންނަވާދުވަހު މަނިކުފާނަށް މަރުޙަބާ ކިޔުމަށްޓަކައި އެއްވާނެ މީހުންތައް. އިންޝާﷲ އެދުވަސް ވަރަށް ކައިރި ވެއްޖެ.

The name is already taken The name is available. Register?

ސަރުކާނު

08 May 2017

ރައްޔިތުން އަބަދުވެސް ހިތްވަރު ދައްކައޭ. މަނިކުފާނަށޭ ހިތްވަރު ނުދެއްކުނީ. އިސްތިއުފާދީފަ ފިލީ. އަމިއްލައަށް އަރުވާ ލެވިގެން ތިހިރީ. ވާއެއްޗެއްވާން ޖަލުގަ ހުރިނަމަ ތާ ބުނެވޭނީ ހިތްވަރުގަދައޭ.

The name is already taken The name is available. Register?

ތަކުރުބެ

08 May 2017

މަނިކުފާނު ހިތްވަރު ކުރަންވީ ގަޑީގަ އޮންނަނީ ފިލާ ނުވަތަ ޤައުމުން ބޭރުގަ

The name is already taken The name is available. Register?

މިނިވަން ހިޔާލު

08 May 2017

މިއީކީ މޑޕ އަށް ދިން ވޯޓެއް ނޫން ވ.ބޮޑަށް މާފު ކުރާތި

The name is already taken The name is available. Register?

ބަލާމީހާ

08 May 2017

ޢަލަތު ކާވަންޔަށް ބިންކޮޅެއް ލިބުނު ދެމެފިރިން އުމުރު ދެބާވީ އިރުވެސް ގެހަދާ ނުނިމުނު ގޮތަށް ޢަލަތު ކާވެންޔަށް ފުލެޓް ލިބުނު ދެމެފިރިން އުމުރު ދެބާވާ އިރުވެސް ފައިސާދައްކަން ޖެހިފައި. ފުލެޓް ދޮންބެގެ ޕޮލިސީ.

The name is already taken The name is available. Register?

ސޮކްތެރެޕީ

08 May 2017

އަހަރެން އެމްޑީޕީއައް ވޯޓުލީ ނަޝީދުއަކައްނުން މިސަރުކާރުން ކަރަންޓު ބިލްބޮޑުކޮއް ފުއްހަޑޫ އަަަގުބޯޑުކުރީމާ.

The name is already taken The name is available. Register?

ރީތި މޫސަ

07 May 2017

ނޫން ހީވެސްނުކުރަން ޕީޕީއެމްއަށް އެއްވެސްގޮޑިއެއްލިބިދާނެ ކަމަކަށް މުޅިޕީޕީއެމް ރޫޅާލާ އެންމެންއެއްބައިވެ ނުވިތާކަށް މައުމޫނުގެބޯކާލާ ޕާޓީއާދެކޮޅުކުރުވާ ޔާމީން އެކަހެރިކުރީމަވެސް ހަތަރުބައިމީހުނަށް ލިބުނުވަރަށްވުރެ ގިނަގޮނޑި ޔާމީނުހޯދައިފި މީގެންފެނިގެންދިޔައީ އަމިއްލަލޮލުން ތަރަށްޤީ ފެންނަމީހުންތިބީ ޔާމީނާއެކުގަކަށް މީ 2018 ޔަމީނަށް ކަށަވަރު ވެގެންދިޔަ އިންތިޚާބެއް ނަޝީދު ކޮންމެއެއްޗެއްކިޔަސް ދެނެއްނަޝީދަކަށް މިޤައުމުގެ ވެރިކަން ލިބޭނެގޮތެއްނެތް މިދާގޮތަށްދަންޏާ 2018 އަންނައިރު މައުމޫނުވެސް ހުންނަނީ ޔާމިނާއެކު އެމްޑީޕީ އޮންނާނީ ދެބުޅަލު އަރާރުމްށްވެފަ ބައިބައިވެ ފޮތިވެފަ މިމަގޭޚިޔާލު

The name is already taken The name is available. Register?

ކްރިޓިކަލް

07 May 2017

ޙީކުރެވުނު ވަރައް ވުރެއް ރައީސް ނަޝީދުގެ ނުފޫޒު މާ ގަދަ... ސަރުކާރުން ދެކޮޅު ޖެހޭ ވާހަަކައެއް ދައްކާނަމަ، އިންޓާރޕޯލް ރެޑް ނޯޓިސްއެއް ރައީސް ނަޝީދުގެ މައްޗައް ނުނެރެވޭންވީ ސަބަބެއް ނެތް...

The name is already taken The name is available. Register?

ޙުދދރ

08 May 2017

އޭނަގެ ހީކުރާ ވަރަށްވުރެ ހޔތ ކުޑައީ.....

The name is already taken The name is available. Register?

magie

07 May 2017

ތީގެން ދައްކުވައިދިނީ ސަރުކާރުން ވޯޓަށް ނުފޫޒު ނުފޯރުވާކަން. އިދިކޮޅުމީހުން މީހުން ހައްދަން ސަރުކާރުން ނުފޫޒާ އަނެކައްޗެކޭ މީއްޗެކޭ ކިޔަނީ.

The name is already taken The name is available. Register?

މާރިޔާ

07 May 2017

ނުފޫޒު ފޯރުވުނު ވަރަކުން ފޯރުވައިގެން ތިޔަ ލިބުނު ވޯޓެއްވެސް ލިބުނީ. އެނޫންނަމަ %2 ވެސް ނުލިބޭނެ :ޕީ

The name is already taken The name is available. Register?

ނިދިން ހޭލާ

07 May 2017

ދެރަވޭ މިހެން ބުނަން އެކަމުވެސް އައްޑޫހާ މޮޔަބަޔަކު ނުދެކެން އަދިވެސް ސޯބެމެނަށް ވޯޓް ދީގެން ތިބީ ވީކަމެއް ހަރާން 10 އަހަރު ޕޮއް ... އަދިވެސް އަދުވެސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454