12 މެއި 2017 - 05:56
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެއްދެވުމަށް މަސައްކަތް ނުކުރައްވާ ނަމަ، ރައީސް އަބްދުﷲ ޔާމީން މަގާމުން ވަކިކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން ގައުމަށް ހެޔޮ އެދިވަޑައިގަންނަވާ ނަމަ، މިހާރުން މިހާރަށް ސިޔާސީ ލީޑަރުން މިނިވަންކޮށް ކުރައްވައި، އިދިކޮޅު ލީޑަރުންނާ އެކު މަޝްވަރާތަކަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.
އަދި 2018 އަންނަންވާ އިރަށް، މިނިވަން އިންސާފުވެރި އިންތިހާބަކަށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނުހައްދަވައިފި ނަމަ، އަޅުގަނޑުމެން ޖެހޭނީ ރައީސް ޔާމީން ވަކިކުރުމަށް ބުރަ މަސައްކަތްތައް އަދިވެސް ކުރިއަށް ގެންދަން. މި ލޯކަލް ކައުންސިލް އިންތިހާބަކީ ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އަޅުގަނޑުމެން ކުރި މަސައްކަތެއް،" މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނު ބޮޑު ކާމިޔާބީ އަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ޔާމީން ދެން ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ނުކުރައްވައިފި ނަމަ، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި އޮތީ އެބޭފުޅާގެ އިމްޕީޗްމަންޓަށް [ވަކިކުރުން] މަސައްކަތް ކުރުން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނެ،"
ނަޝީދު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަނީ ގައުމަށް ހެޔޮ ގޮތް ހޯދުމަށެވެ. ރައްޔިތުންނަށް ހަމަޖެހުން ގެނެސްދީ ފުދުންތެރިކަމާ އެކު އުޅެވޭނެ ގޮތެއް ހޯދަން ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންކަން ނުކުރައްވައިފި ނަމަ، އަޅުގަނޑުމެންނަށް މަޖުބޫރުވެފައި އޮތީ އެބޭފުޅާގެ އިމްޕީޗްމަންޓަށް (ވަކިކުރުން) މަސައްކަތް ކުރުން. އަޅުގަނޑުމެން އެ މަސައްކަތް ކުރާނެ: ނަޝީދު
ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވަރަށް ބޮޑު ހަގީގަތެއް ސާފުވެވަޑައިގެންފައިވާ ކަމަށާއި ސަރުކާރުގެ ފަޅީގައި ތިއްބަވައިގެން ސިޔާސީ ހަޔާތް އެ މެމްބަރުންނަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ދާއިރާތައް ހުރި ގޮތަށް އެ ހުރީ އެމްޑީޕީ އަށް. މި ދާއިރާތަކުން މަޖިލިހަށް އިންތިހާބުވަނީ. އެބޭފުޅުންނަށް ވަރަށް ބޮޑަށް ސާފުވަޑައިގަންނަވާނެ މިހާރު ހުންނެވި ތަނުގައި ސިޔާސީ ހަޔާތް ކުރިއަށް ގެންދެވެން ނެތް ކަން. އަޅުގަނޑުމެން އެ ބޭފުޅުންނާއި ވާހަކަ ދެއްކޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ ވަރަށް ގިނަ މެމްބަރުންނަށް އެ ބޭފުޅުންނަށް އެ އުޅުއްވެނީ ރަނގަޅު ފަޅިއެއްގައި ނޫން ކަން މިހާރު ވަރަށް ރަނގަޅަށް ސާފުވެ ވަޑައިގަންނަވާނެ އެވެ.
"...އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ބޮޑު ފަޅިއަކީ ކޮބައިކަން،"
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅަށް "އަތްބައި ހަމަވާނެ" ކަމުގެ ޔަގީންކަން އޮތަސް، މިވަގުތު އަތްބައި ހުޅުވައިފި ނަމަ "ޑިގު ނުގޮވިދާނެ" އެވެ. އަދި މަޖިލިހުގެ މަސައްކަތްތައް ފެށިގެން ދިއުމާ އެކު އިސްލާހީ ބަދަލުތައް ވަރަށް އަވަހަށް ފެނިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަތް ބައި ދެއްކީމަ، އަޅުގަނޑުމެންނަށް ޑިގު ހަމަނުވެދާނެ. އެހެންވީމަ އަޅުގަނޑުގެ ނަޒަރުގައި މިއީކީ އަދި އަތްބައި ފަތުރާލަންވީ ވަގުތެއް ނޫން،" މަޖިލިހުގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޗުއްޓީ އަށް ފަހު މަޖިލިހުގެ ޖަލްސާތައް ފެށުމާއެކު، އިދިކޮޅު ފަރާތްތަކަށް ހަމަވާނީ 42 މެމްބަރުންނެއް ނޫނެވެ. އިދިކޮޅު ފަރާތްތަކަށް 57 މެމްބަރުން ހަމަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ސަރުކާރުގެ ފަޅީގައި ތިއްބެވި މެމްބަރުން ސަރުކާރަށް ތާއީދު ކުރެއްވުން ހުއްޓާލައްވައި، އިދިކޮޅު ޕާޓީތަކާ ގުޅިގެން އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް، 13 އަހަރަށް ޖަލަށް ލާފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވާފައިވާ ނަޝީދު ވިދާޅުވީ ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އުމުރުގެ ބާކީ އޮތް ދުވަސްތައް އެއްކޮށް ރާއްޖޭން ބޭރުގައި ހޭދަނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވާ ވާހަކަ އެ މަނިކުފާނު ތަކުރާރުކުރެއްވި އެވެ.
ސަރުކާރުގެ ބިރުދެއްކުމާއި ފިއްތުންތަކާއި ނުފޫޒާ އެކު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ދިވެހިން މިހާތަނަށް ދެއްކި އެންމެ ބޮޑު ހިތްވަރު ކަމަށް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ސިފަ ކުރެއްވި ގޮތުގައި މިއީ އެމްޑީޕީއަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤައުމީ ލޯބި
13 May 2017
ޤައުމަށް ފިލައި ހުރެ ޑިގޭ ޑިގޭ ކިޔާނެކަމެއްނެތް، ބޭރުޤައުމެއްގެ އަތްދަށަށް ދާކަށް ބޭނުމެއްނޫން ! ނިކަން އައިސްބަލަ، .......... ތީ މިތަކުގެ ޤާނޫނަށް ބޯ ނުލަނބާ މީހެއްނު.
އިބްރާހިމް
13 May 2017
ހަމަ އައީ ޖަލައްލީ. އަޅެ ނިކަން އައިސްބަލަ.
މޫސާބޭ
13 May 2017
ނަޝީދަށް އެންމެން ނޫނެކޭ ބުނަން ޖެހިއްޖެ. މުސްލިމުނޫން ދީންތަކަށް ސަޕޯރޓްކޮށް ދީނީ މިނިވަންކަމަށް ގޮވާ މީހަކަށް ވެރިކަން ދޭން ހެޔޮނުވާނެ.
ހަސަންބެ
13 May 2017
ދެން މިގައުމުގައި ދީންނުވިއްކޭނެ އެދުވަސް މާޒީއާއިއެކުވެ ގޮއްސި ތިކަންހުއްޓާލާފަ އެހެން މޮޅުއެއްޗެއް ކިޔޭތޯބަލާ
އަހުން
13 May 2017
އަނެއްކާ މިސްރުމިދައްކަނީ ރާއްޖެ ހިފަން އަންނަވާހަކަބާ؟ އެހެންވެސް ވެދާނެ.. ވެރިކަމައް ބޫޗިގަނެފަ ވިއްޔަ ހުންނަނީ
ސައްޕު
13 May 2017
ވަރަށް ބޮޑު ތެދެއް! ތަޤުދީރުގައި ތިޔަ ވިދާޅުވިގޮތަށް ވާންހުރިނަމަ ތިހެން ވާނެ! އެކަމަކު، ތިޔަ ހުރިހާ ވާހަކައެއް ދެއްކެވިރު "އިރާދަ" ކުރެއްވިއްޔާއޭ އެއް ފަހަރުވެސް ވިދާޅުނުވުން ވަރަށް ފާހަގަވިއެވެ! ކިތަންމެ އާރަކާ ބާރަކާ އެކު ކަމެއް ތަދުބީރު ކުރިޔަސް، ތަޤުދީރުގައި އެކަމެއް ވާންނުވާނަމަ، ހިލާ އެ ކަމެއް ނުވާނެ އިނގޭތޯ!
ހައްޕު
13 May 2017
އެމީހެއްގެ ހިތާއި ނިޔަތް މާތްﷲއަށް ޚަލާސް ކުރީމަ އެނިމުނީ ކޮންމެހެން މީހުންނަށް އާރޓް ދައްކަން ދީނޭ ވަހުދަތޭ ގައުމޭ ކިއުމުގެ މާނަޔެއްނެތް އޭގެ ފުރިހަމަ މިސާލު މިދަނީފެންނަމުން ޕޯޑިއަމްތަކަށް އަރާ ކޮންމެ އަދި ކޮމެންޓްތަކުގައި ކޮންމެމީހަކުވެސް ވަރަށްބާރަށް ދީނަށްގޮވާނެ ބައެއްމީހުން ވާހަކަދައްކާއިރު އިރާދަ ކުރެއްވިއްޔާއޭ ނުބުނެގެން އެމީހަކަު ލާދީނީ މީހަކަށްވެސްހަދާނެ އެކަމަކު ދީންވެރިންކަމުގައި ދެއްކެން އުޅޭމީހުންގެ އަސްލު ބަލާއިރު ދުވަހަކުވެސް މިސްކިތް ލޮލުންނުދެކޭނެ މީހަގީގަތް
ގޯނިބެ
13 May 2017
ފިލާއޮވެގެން ކުރެވޭ ވަރުކަމެއްނޫން ވެރިކަމަކީ ދޮންކަލޯ
އަޙްމަދު
12 May 2017
ކެނެރީގެ ނަޝީދު ވެރިކަމައް އައްނަން އުޅެ ނާދެވި (5)ފަސް އަހަރުވިއްޔޯ. މިކަމާ އަހަރެން ވާ އުފަލެއްގެ ބޮޑުކަމުން މަ ހީހީހީހީހީހީހީހީހީހީ ވެސް ފަސްއަހަރު ފުރިއްޖެ.
ސީޢަޢިޑީހުސް
12 May 2017
އެއްކަލަ މޮޔަކެނެރީގެ އަނގަފެޅީދޯ
ޖަމަލުފޮޑި
12 May 2017
ނަޝީދު ކޮންކަމެއް ކޮށްގެން އިންތިޚާބު އެމްޑީޕީން ކާމިޔާބުކުރީ. ހަރާން އެއްކަމެއްވެސް ނުކުރޭ. އެކަމަކު ފޮނިކެނޑުމުގެ އައްޕަ. މިހާރު ނަންވަނީ މީނަ ހުރިހާކަމެއް ކުރިކަމަށް. އެހެންބުނި އަބުދުﷲ ގާޒީއާ ދިމާއަށްވެސް. ކުޅަދާނައެއްނޫނޭ 100 ފޫޓާގާތަށް ކޯޓަށް ކައިރިވާކަށް. މިހާރުވެސް އެހެރީ ކޯޓުގަ. ކަލެއަށް ތިހިރީ ލަގާ ލިބިފަ. އަދި ބިރުން ފިލާ ތިހިރީ. ތިހެން މީހުންނަށް އިންޒާރުދީފަ އުޅޭ މީހުންނަށް ވާގޮތް ފެނޭތަ؟ ފުރަތަމަވެސް ކަލޭ ބޮޑިބުއީ. ދެންވެސް އަގަމަޑުންލައިގެން ހިފިނުހުރެވިގެެން ތިއުޅެނީ ހަމަ ވެރިކަމުގެ ދަހިވެތިކަމުގަ.
ޔ ގނޑ
12 May 2017
މިއަދު މިހެންދިމާވަނީ އެފަދަ ފަނޑިޔާރުންގެ ކިބައިން ގައުމު ސަލާމަތް ނުކުރެވުނީތީ އެއްވެސް އިންސާފެއްނުލިބޭ މީހުންމަރާވައްޓާލަނީ ހިތްހަމަނުޖެހޭއިރައް ދެންއުފެދޭ އެމްޑީޕީ ވެރިކަމާއެކު މުޅިތަން ސާފުކުރާނެ އިންޝާﷲ
އަހައްމަދު އަހައްމަދޭ
12 May 2017
ކޮންއިރަކުބާ މަސައްކަތް ނުކުރަނީ ޔާމީނު ހުވާ ކުރި ދުވަހުންފެށިގެން އެންމެ ބަރައް ތިބޭފުޅުންފެއްޓެވި އެއް މަސައްކަތަކީ އެބޭފުލާ ކޮންމެގަޮތަކުން ނަމަވެސް ވެރިކަމުން ދުރުކުރުން އެކަމެއްނުވެ ގޮސް 2018 އައި ކުރިމަތި ލާނީ ، ހޭވައްލާ ރައީސް ނަށީދު ކަންކުރެއްވިގޮތް ރަނގަޅުވިނަމަ މިއަދަކު މިސަކަރާތް ޖަހާކައް ރައްޔަތުންނަކަށް ނުޖެހުނު،