ޔާމީންގެ ބައްޕަ ހުސައިން ރަޝީދު: ޔާމީންގެ އާއިލާއިން މިދިޔަ ހަފުތާގައިވަނީ އިންޑިއާގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާ ބައްދަލުކޮށް، މައުލޫމާތު ދީފައި --ފޮޓޯ/މިހާރު
22 މެއި 2017 - 15:37
އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގަށް އިންޑިއާގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެދި އެ ގައުމުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ކިބައިން ޔާމީންގެ އާއިލާ އިން އެދިއްޖެ އެވެ.
ތޫނު އެއްޗެހިން ހަމަލާދީ ޔާމީން މަރާލި މައްސަލައާ ގުޅިގެން އޭނާގެ އާއިލާ އިން އިންޑިއާގެ އެކި ޖަމާއަތްތަކާ ބައްދަލު ކުރުމަށް ފަހު، އެ އާއިލާ އިން ނެރުނު ބަޔާނެއްގައި ވަނީ ކަން ހިނގާފައިވާ ގޮތުން ދިވެހި ފުލުހުންނަށް އިތުބާރު ކުރަން ދަތި ކަމަށެވެ. ޔާމީން މަރައިލީ އޭނާ އަށް އިންޒާރުތަކެއް ކުރިން ދިނުމަށް ފަހު ކަމަށްވާއިރު އެކަން ހުއްޓުވާފައި ނެތް ކަމަށާއި އެހެންވެ ދިވެހި ފުލުހުންގެ މަސައްކަތާ މެދު އިތުބާރު ކުރަން ދަތި ކަމަށް އެ ބަޔާނުގައިވެ އެވެ.
"އެހެންކަމުން މިހާރު ދިވެހި ފުލުހުން ކުރިއަށް ގެންދަވާ އިންވެސްޓިގޭޝަންސްތަކުގައި އިންޑިއާ އިން ވެސް އެހީތެރިކަން ފޯރުކޮށްދީ ބައިވެރިވުމަށް އަޅުގަނޑު އެދުނީމެވެ،" މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން މިދިޔަ ހޮނިހިރުދުވަހުގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައި އެކި ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުންތަކަށް ފަހު ނެރުނު ބަޔާނުގައިވެ އެވެ.
އޭގައިވާ ގޮތުން ޔާމީން މަރައިލިތާ އެއް މަސް ފާއިތުވެގެން ދާއިރު، އެކަން ކުރި ބަޔަކާއި އެކަން ކުރި ސަބަބު ފުލުހުން ހާމަ ނުކުރާތީ އާއިލާ އިން ކަންބޮޑުވެ އެވެ. އެކަމުގައި ދިވެހި ފުލުހުންގެ ފަރާތުން އެދެވޭ ޖަވާބެއް ބޭނުންވާ ކަމަށާއި އެކަން ކުރި ބަޔަކާއި ރާވައި، ޚަރަދުކުރި ބަޔަކު ހޯދެން ޖެހޭނެ ކަމަށް ދެކޭ ކަމަށް ޔާމީންގެ އާއިލާ އިން ބުނެ އެވެ.
ޔާމީންގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުންދާއިރު އެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށާއި އެކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ފުލުހުން ކުރިން ވަނީ ދީފަ އެވެ. އެ މައްސަލާގައި ހަތް މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ޔާމީނަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
24 May 2017
ހަމަ އެއްވެސް ކަމަކާނުލާ އެއްވެސް ކުށެއް ނެތި ބާ ބަޔަކު މިވަރު ބޮޑު ޖަރީމާ އެއް އެހިންގީ ގަބޫލު ކުރަން ދަތި ތަހުގީގު ނިމުމުން ތިޔަ ހުރިހާކަމެއް އެގޭނެ . އިންސާފު ލިބޭނީ އޭނަ އެބުރި އައީމާތަ ؟ އިންޑިޔާ މީހުނަށް މިކަން އަމުދުން ކުރާކަށެއް ނޭގޭނެ.
ގަބަޔޮމީ
23 May 2017
މިތަނުގައި މާ ވަރު ދައްކާފަ ކޮމެންޓް މި ކުރަނީ ހާދަ ތަނެއްދޮރެއް ނުދަންނަ ބައެކޭ..ބަލަގަ އެތައް ވަގުތަކާއި ހުރަސްތައް ގިރާކުރުމަށްފަހު،ލޮލުގެ ކޮއެ ފަަދައިން،އެހާ ލޯބިން ގެންގުޅެ ބޮޑު ކުރާ،ބަސްއަހާ ކިޔަމަންތެރި ދަރިއަކު، ބައެއްގެ އަނިޔާވެރި ވަކިތަކުގެ ދަށުވެ،މި ދުނިޔެއާއި އަލްވަދާއު ކިޔާދިޔުމުން މައިންބަފައިންނަށް ކުރެވޭ ހިތާމައާއި އަޅާ ވޭން އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެ..އެކަން އިހުސާސް ކުރެވޭނީ ތިމާގެ އަމިއްލަ ދަރިއަށް މިކަހަލަ ކަމެއް ދިމާވެ،މިކަހަލަ ހިތާމައެއް އުފުލަން ޖެހުމުން..ކޮންމެ ގޮތެއް ވިޔަސް ޔާމީން ރަޝީދަށް އިންސާފު ލިބެން ޖެހޭނެ..ސިޔާސީ ކުރަނީވެސް އެއްވެސް ބެލުމެއް ނެތި ކޮމެންޓް ކުރާ މީހުންހެން ހީވަނީ
ޓީޓީ
22 May 2017
އިންޑިޔާ އިން މިމައްސަލަ ބަލައިފިނަމަ، ކްރައިމް ޕެޓްރޯލް އިން ދައްކާނެ. އެއީ ރާއްޖެ އިޝްތިހާރުވެ، ޓްވަރިޒަމް ކުރިއަރާނެ ކަމެއް.
މާމަ
22 May 2017
ތީ ފުކެއް ބޮޑުވަރު .... ސިޔާސީ ކޮށްފަ ނުކުރާނީ ކޮންކަމެއް...
އާއިޝާ
23 May 2017
ކަލޭގެ ދަރިޔަކު މަރާފަ މިހެން ކަންތައްވީނަމަ އެނގޭނީ މީ ސިޔާސީ ކަމެއްތޯ ނުވަތަ ނޫންތޯ ކިޔަން ..
އަލީ
22 May 2017
ދިވެހި ފުލުހުންނަށް އިތުބާރު ނުކުރާއިރު ހަމައެކަނި ހުރި އަމިއްލަ ދަރިފުޅު އެ މުއައްސަސާގައި ބަހައްޓަނީ ކީތްވެބާ
ޔާމީން
22 May 2017
ތީތިޔަބުނާ އެއްވެސް ކަމެއްވެގެންނެތް ނޫން. ތިޔައީ ހަމަ ސިޔާސީ ކުރަން ކުރާ މަސައްކަތް. ޢެމްޑީޕީ ކިހާވަރެއް ތިކަމަށް ދިންތ
މަރީ
22 May 2017
އިންޑިޔާގައި ދުވާލެއްގެ މައްޗަށް އެތައް އަންހެން ކުދިންނެއް ރޭޕްކޮށް މަރާލާ ؛ އެތައް ޒުވާނުންގެ މޫނަށް އެސިޑް ޖަހާ އަންދާލާ ، އެތައްކުޑަކުދިންނެއް ކިޑްނެޕްކޮށް ވަގަށް ނަގާ ، މިވަރުގެ ބައެއްގެ ކިބައިން މިއެދެނީ ޔާމީނުގެ މަރުގެ މައްސަލަ ބަލާދޭން ، ހީވަނީ މިކަލޭގެ މިއުޅެނީ އަނެއްކާވެސް ފަންޑު ފޮއްޓެއް ބަހައްޓާގެން ފައިސާ ކޮޅެއް ލިބޭތޯ ހެން
ޢަބްދުﷲނާފިޒު
22 May 2017
ދިވެހި ފުލުހުންގެ މަސައްކަތްތަކަށް އިތުބާރު ނުކުރާތީ ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމަށް އެދުނު ވާޙަކަ ނޫންބާ އެއޮތީ ބުނެފަ، ދިވެހި ފުލުހުންގެ މަސައްކަތްތަކަށް މަރީ އިތުބާރު ކުރިނަމަވެސް ޔާމީނުގެ އާއިލާއަށް އެކަން ޤަބޫލުނުކުރެވެންޏާ އެކަން އެގޮތަށް ކުރަން ޖެހޭ ނޫންބާ! އަނެއްކާ މަރީވެސް ތީ.........މާބޮޑަށް ރުންކުރުވެގެން އުޅެގަތީމަ ހަމަ އަހާލީ.
އިޚްލާޞް
22 May 2017
މީނައާއާ މީނާގެ ފަހަތުގަ ތިބި އިދިކޮޅު ފަރާތްތަކުގެ އަމަލުތައް ހުރިގޮތުން ޔާމީން ގެ މަރުގެ މައްސަލަ ބަލާފާނެތީ އެކަމާ ބިރުން އުޅޭހެން އެބަ ހީވެއެވެ. ސިޔާސީ ވެރިން ނަކީ ސިޔާސީ ފައިދާ އެއް ހޯދުމަށް ކޮންމެފަދަ ކަމެއްވެސް ކޮއްލާނެ ބައެކެވެ.
މަރުޖާނު
22 May 2017
މަހިތަށް އަރަނީ ތިޔަހެން ހަމަ އެދޭ އިރަށް ސަރުކާރުގެ ހުއްދަ އެއްނެތި އެމީހުނަށް އެކަން ކުރެވިދާނެބާވަޔޭ ކުރެވޭ ގޮތް ވެއްޖެ ނަމަ ކިތައްމެހާވެސް ރަގަޅު
GAN Island
22 May 2017
މާލޭގައި ފަހަކަށް އައިސް މީހުން މަރާ މީހުން ވަގަށް ނަގާ ބަޔަކު ދާދިފަހުން ތުތިމަހަށް ކޮށާ އެއްލާލި އައްޑޫ ސިޓީގެ ތޫނުފިލި ޒުވާނާ ޔާމީން ރަޝީދުގެ ބައްޕައަކީ އައްޑޫ ސިޓީ ގެ ރަށްވެއްސަކަށް ވިޔަސް އެބޭފުޅާ އަކީ އިންޑިޔާގަ ރައްވެހިކަމުގެ ދަރަޖަ ލިބި ހަމަ އެކަނި ވޯޓުލުން ނޫން އެހެން ހުރިހާ ޙައްޤު ތަކެއް އިންޑިޔާއިން ލިބިފައިވާ މީހެއް. . . . . އެހެން ކަމުން އޭނާގެ އުފަން ދަރިއެއް އަނިޔާވެރި ގޮތަކަށް ޤަތުލު ކޮށްލުމުން ''އެމައްސަލަ ރާއްޖޭގެ ފުލުހުންނަށް ބެލިދާނެ ކަމާއި މެދު ޝައްކު އުފެދިއްޖެނަމަ'' އެކަމުގައި އިންޑިޔާ ފަދަ ޤާބިލް ކަން ލިބިފައިވާ ޤައުމެއްގެ އެހީތެރިކަމަށް އެދުމަކީ އެއްވެސް މައްސަލައެއްނޫން. . . . އަދި ''އިންޑިޔާ ސަރުކާރާއި އިންޑިޔާގެ ފުލުހުން އަދި ވަކިން ޙާއްސަކޮށް އިންޑިޔާގެ އިންޓެލިޖަންސް މިކަމުގައި އެހީތެރިވެދޭން ތިބިނަމަ މިއީ ދިވެހި ފުލުހުންނަށް ވެސް ލިބިގެންދާނެ ރަނުގެ ފުރުސަތެއް'' ކަން ޤަބޫލުކޮށް ދިވެހި ފުލުހުންނާއި ފުލުހުންގެ މުއައްސަސާ އަދި ޔާމީން ރަޝީދުގެ ޤަތުލުގެ މައްސަލަ ބަަލަން އިސްކޮށްފައިވާ ފުލުހުން މިކަން ހެޔޮހިތުން ބަލައިގަންނާނެ ޖެހޭ.
މރ. ހަދާނެއް ނުނެތޭ.
22 May 2017
ޑިސްލައިކް ކުރާ މީހުންނަކީ، ޔާމީނުގެ މަރުގެ ޙަޤީޤަތް އެއްގޮތަކަށްވެސް ހާމަވާން ބޭނުން ނުވާމީހުންކަމަށް ވެދާނެ، އެކަމަކުވެސް ހެޔޮ، މިކަން ދެން ނުހުއްޓުވޭނެ، ކިތަންމެ ދެންމިއަސް ހެޔޮ ﷲގެ އިރާދަފުޅުން ކޮޅެއްގަ ޖައްސާނަން، އަނިޔާވެރިންނަށް މިދުނިޔެމަތީގަ ޙައްޤުއަދަބު ލިބޭނެ، ހުރަސް އަޅަން އުޅޭނެކަމެއްނެތް.