އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިޖޫރީތައް ފަޅާލާފައި-- ފޮޓޯ/ ޕޮލިސް
29 މެއި 2017 - 15:05
ސަރުކާރުގެ އޮފީސް ފަދަ ތަންތަނުގެ ސެކިއުރިޓީއަށް މީހުން ހަމަޖައްސާއިރު އެއީ ކާކުކަން ރަނގަޅަށް ބަލައި، ސަމާލު ވުމަށް ފުލުސް އޮފީހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަަން، ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ފަހަކަށް އައިސް ކޮށްފައިވާ ވައްކަންތަކަށް ބަލާއިރު، ތަނުގެ ސެކިއުރިޓީ ބަލަހައްޓަން އިންނަ މީހާގެ ދައުރު ވެސް އޮންނަ ކަމަށެވެ. އެގޮތުން އޭނާ އިހުމާލުވެގެން ހިނގާފައި ހުންނަ ވައްކަންތަކާއި ސީދާ ބައިވެރިވުން ހިމެނޭ ވައްކަންތައް ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"އިހުމާލުވަނީ ވެސް ގިނަ ފަހަރަށް އެކަމުގައި ބައިވެރިވުމުގެ ގޮތުން. ސީދާ އެ މީހުންގެ ބައިވެރިވުމާ އެކު ވެސް ހިނގާފައިވާ ވައްކަންތައް ހުރޭ،" ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މީހުންގެ މުދަލާއި ފައިސާ އަށް ފާރަވެރިވެ، ސެކިއުރިޓީ ބަލަހައްޓަން ތިބޭ މީހުންގެ ފަތިފުށް، އެ މީހުންނަށް ވަޒީފާ ދިނުމުގެ ކުރިން ހޯދަން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން ވެސް އިއްޔެ ފަޅާލައި ފައިސާތަކެއް ނަގާފައިވާއިރު، އެސްޓީއޯ ހޯމް އިމްޕްރޫވުމެންޓް ވެސް މިދިޔަ މަހު ވަނީ ފަޅާލައި ފައިސާތަކެއް ނަގައިފަ އެވެ. އެ ދެ ތަނުން ވެސް ވައްކަން ކޮށްފައިވަނީ ސެކިއުރިޓީ ބަލަހައްޓަން މީހުން ތިއްބަ އެވެ.
ފުލުސް އޮފީހުން ބުނީ އެސްޓީއޯ ފަޅާލި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ވައްކަން އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަ ތެދެއް
30 May 2017
ކޮބާ އެމް.ޕީ އެލް އިން ވަގަށް ބޭރުކުރި ސައިކަލްތަކުގެ ވާހަކަ. އެވާހަކަ އެއްވެސް ނޫހަކުންވެސް ނުފެނޭ. ރޯދަމަސް ފެށުމުގެ ކުރިއަށް އެކަން ނިމި ބައެއް ސެކިއުރިޓީންވެސް ވަކިކުރި.
މުހައްމަދު
30 May 2017
ރާއްޖޭގައި ވަރަށް އަނިޔާވެރި ގޮތަކަށް މީހަކު މެރި މީހަކު ޖަލުން ސަލާމަތްވެގެން ތަނެއްގެ ސެކިއުރިޓީއެއްގެ ވަޒީފާގައި އުޅުނު ވާހަކަ ހަވީރު ނޫހުގައި ލިޔެފައި އޮންނާނެއެވެ. އޭރުއްސުރެ މިކަމާމެދު ވިސްނައި ފިކުރުކުރި މީހުން ނޫސްތަކުގެ މިފަދަ ކޮލަމްތަކުގައި ލައްކަ ވާހަކަ ލިޔެފައި ހުއްޓެވެ. ނަތީޖާގެ ބިރުވެރިކަމުގެ ވާހަކަވެސް ލިޔުނެވެ. އެހެންނަމަވެސް މިރާއްޖެއަކީ ކުށްވެރިންނަށް ސުވަރުގެއެއްފަދަ ތަނަކަށްވާތީ އެވާހަކަތައް އަޑުއަހައި ފިޔަވަޅުއަޅާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބާރުލާފައި ދައްކަން ފެށީ ކުށްވެރިން ކުށްކުރުމާ ދުރުވާނީ ރަނގަޅު ވަޒީފާ ދީގެން ކަމަށެވެ. ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއިއެޅިޔަސް ފޮނިނުވާނެ ވާހަކަވެސް އޮވެއެވެ. މިކަހަލަ ބުއްދިވެރި ވާހަކަތައް ދެއްކި މީހުން ދައްކާފައިވާނީވެސް ލައްކަވަރަކަށް ތަޖުރިބާކޮށް ވިސްނާފައި ކަމުގައި ގަބޫލުކުރުމުގެ ބަދަލުގައި އިދިކޮޅަށް ގަބޫލުކުރަން ފެށީމާ ފެންނަންވީ ނަތީޖާ ތިހިރަ ފެންނަނީއެވެ.
ދޯބު
30 May 2017
ކޮމެންޓުކުރައްވާ ބޭފުޅުންނަށް މަފްހޫމު އޮޅިގެން އުޅުއްވާ ކަހަލަ. ނުވަތަ ފުލުހުންވީމަ ގަސްތުގަ އޮޅިގަންނަނީ. މިފަހަކަށް އައިސް ހިނގާ ގިނަވައްކަންތަކުގަ އެތެރޭގެ މައުލޫމާތު ލީކުކޮށް ވައްކަން ޕްލޭންކުރުމުގަ ސެކިއުރިޓީން އުޅެފަ ހުރީމަ އެވާހަކަ އެދައްކަނީ. ކިތަންމެވަރަކަށް ޓްރެއިން ދިނަސް ގަސްތުގަ ކުރާކަމެއް ނުއެއް ހުއްޓުވޭނެދޯ އެ ވައްދާ މީހާ އަކީކާކު ކަން، ކޮންތާކުން އައި ކިހިނެއްވާ ކޮންކަހަލަ ބެކްގުރައުނޑެއްގެ މީހެއްކަންބަލާ ވީ މިންވަރަކުން އެ ކަންކަމަށް ލޯހުޅުވިގެން ނޫނީ ނުވާނެ.
މޫސަ
30 May 2017
ޢަނެއްކާ ވެސްއެއްޗެއް ބުނަން ޖެހުނީ ދޯ!!! ސުޕްރިނޑެންޓްން ފަދަ މީހުންން ވާހަކަދައްކާއިރު މިއީ ވޮޗަރުން އެކަނި ޒިންމާނެގޭ ވަރުގެ ކަންތަކެއް ނޫން ދޯ!!! މީގެ އަސްލަކީ އެކަނި މާލޭގެ ސެކިއުރިޓީ ނުވަތަ ރައްކާތެރި ތަނަކަށް ނެހެދި އުޅޭއިރު ފުލުހުން ގެ މިފަދަ ޒިންމާދާރު ކަމެއްނެތް އުސޫލަކުން ވޮޗަރުންގެ ބޮލަށް ބިނދާލުމަކުން ރަނގަޅެއް ނުވާނެ ދޯ ބާރެއްނެތި ތިބިބަޔަކަށް ބަލާ މާލޭ އާ ރާއްޖެތެރޭ އޮފީސްތަކާ ގެދޮރު ބަލަހައްޓަނީ ސެކިއުރިޓީން ކަމަށް ވިއަސް ބޮޑެތި އޮފީސް ތަކުން ފަރުދާގެ ފުރަގަހުގައި ހިނގާއެއްވެސް ކަމެއް ވޮޗަރުންނަކަށް ނޭނގޭނެކަން ކަށަވަރު. ޢެއީ މުސްކުޅި އަކަށްވިއަސް ޒުވާނަކަށްވިއަސް. ޥޮޗަރުހިމެނިގެން ހިނގާ ކަމަށް ބުނާ ވައްކަންތަކަކީ ސުލްހަ ބަލަހައްޓަން ޖެހޭ ފަރާތްތަކުގެ އިހުމާލުން މާލެ ތެރެ ނުބެލެހެއްޓި ވަގުން ތަންތަނަށް ވަދެ ވަޅިންބިރު ދައްކަު ހަތަރެސްފައި ބަނދެ ޓޭޕް އަޅާ ހެދީމަ ދެންވެސް ބުނެވޭނެތަ ވޮޗަރުން ހިމެނިގެނޭ ވައްކަން ކުރަނީ. ފުލުހުންވެސް ވައްކަމުގެ ތުހުމަތު ތައް ކުރެވިފަ އެބަހުރި ދޯ .... ވީމާ މިފަދަ ވައްކަން ތައް ހުއްޓުވަާލެވޭނީ ފުލުހުންގެ ގާބިލްކަން ހުރެގެން ދެވޭތަމްރީނަކީ ރަޔަޓް ޓްރޭނިން ކުށްތައް ހުއްޓުވޭނީ އެކަމުގަ ހިމެނޭ ޕޮލިހުން ޕްރޮފެޝަނަލް ވެގެން. ޥޮޗަރަކަށް ހުންނަ މީހާ މަރާލާފަ ދިޔަސް އެކަންކުރިބަކުވެސް ހޯދާނުލެވޭ ފެންވަރަށް ދިޔާމަ ދެންކީއް ކުރާނީ... ވޮޗަރުން ގެންގުޅޭ ކުންފުނިތަކުން ވެސް މިކަމަށް ސަމާލްވެ ލިބެންޖެހޭ ބާރުތައް ޢަދި ހައްގު ހޯދުން ރަނގަޅު.....
ހީވޭ
30 May 2017
ފުލުހުން ސެކިއުރިޓީ އަދާކުރަން ބައިތިއްބަލަ، އޭރުން މާ ހިތަށް ފަސޭހަ ވާނެ...
ފުލުސް
30 May 2017
ވަޒީފާ ދެނީ ފުލުހުންދޭ ކުށުގެ ރެކޯރޑަށް ބަލައި ދޭ ލިޔުމަކަށް ބިނާކޮށް
މުހައްމަދު
30 May 2017
ފުލުސް އޮފީހުން ކުށުގެ ރެކޯޑް ސާފުކޮށްފައި ދޭއިރު ހުރިހާ ކުށެއް ފޮހެލާފައި އޮތީމާ އެއީ ކޮން ވައްތަރެއްގެ މީހެއްކަން ހޯދާނީ ކިހިނެތްބާ!
GAN Island
29 May 2017
އަމިއްލަ މީސް މީހުންގެ ވިޔަފާރިތަކާއި އެމީސް މީހުންގެ ގޯތި ގެދޮރުގައި ސެކިއުރިޓީ ޤާޑުން ބައިތިއްބުމުގެ ޤަވާއިދަކީ ވެސް ފުލުހުން ބޭނުންވާ ގޮތަކަށް ފަރުމާ ކުރެވޭނެ ޤަވާއިދު ތަކެއް. އަދި ޔޫނިފޯމް އެޅި ސެކިއުރިޓީންނަށް ތަމްރީމް ދިނުމާއި އެފަދަ މީހުންގެ ސައްޙަ މައުލޫމާތު އެއީ ފުލުހުންނަށް އިގެންޖެހޭ ކަމެއް. . . . ހިތަށް އަރާ ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން އަށް އެގިނުލައްވަނީތޯ މިދައުލަތުގެ އެންމެ ބޮޑެތި ތަންތަނާއި އެތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުމަށް ބޭރު ބައެއް ޤައުމު ތަކުގެ ބިދޭސީން ތިބޭ އިރު އުމުރުން 70 އަހަރަށް ވުރެން ގިނަ ދުވަސްވެފައިވާ އަދި ހަށިގަނޑުގެ ގޮތުން ވަރަށް ނިކަމެތިކޮށް ތިބޭ ''މުސްކުޅިން'' ޔޫނިފޯމް ލެއްވުމަށް ފަހު ޕްލާސްޓިކް ގޮނޑިތަކުގައި ނިދާފައި ތިބޭ ކަން. . . . އެހެން މީހުންގެ ވާހަކަ އާއި އެހެން މީހުންގެ ބޮލަށް ކަންކަން ކަޑާލުމުގެ ކުރިން ޤާނޫނީ ގޮތުން ތިމާމެން އަދާ ކުރާންޖެހޭ ''ޤާނޫނީ ޒިންމާ'' އަދާ ކުރާންޖެހޭ.
މެކުސް
29 May 2017
ސެކިއުރިޓީ ވަޒީފާގަ އުޅޭ ދިވެހިން ވަޒީފާއިން ބޭރުކޮއް ބަންގާޅީންނައް ވަޒީފާދީފަ އެތަންތަނުން ވައްކަންކުރީމަ އަދިވެސް ދިވެހިން ބޮލައް ކަންޑާލަނީ
ސޯޓް
29 May 2017
ބައެއްކަންކަން ހިނގައިފައި ވަނީ ފުލުހުންގެ ފާރަވެރިކަމުގައި....
ތުއްތުބޭބެ
29 May 2017
ތިޖޫރީ ހުރިތަން ތަންނުގައި ވަޅުގަނޑެއް ނޫންއެއްޗެއްނެތިދިއުމުގެ މޫސުން އަންނަނީ.ވޮޗަރުގެ ބޮލަށް ކަނޑާލާއިރު އެތެރޭގައި ހިނގާކަމެއް އޭނާއަށް ނޭގިވެސްދާނެ. ޤާނޫނީ ހުކުމެއް ހަމަޖައްސަން ކޯޓް ހުޅުވާށެވެ.އޭރުން ޤާނީނާ ޚިލާފު ނުވާނެ. ބޭނުންނަމަ މިވެނިމީހަކަށް އަދަބުކަނޑައެޅުމުގެ ޤާނޫން ލިޔޭ.؟؟؟؟؟