މައްކާގައި މިއަދު އޮތް އީދު ނަމާދަށް ފަހު، ރާއްޖޭގެ ކުރީގެ ރައީސް ވަހީދު، ސައޫދީގެ ރަސްގެފާނު ސަލްމާންއާ ސަލާމް ކުރައްވައި އީދު ތަހުނިއްޔާ ދަންނަވަނީ.
25 ޖޫން 2017 - 23:51
ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ މައްކާގައި މިއަދު ބައްދަލުކުރައްވައިފި އެވެ.
އުމްރާގެ އަޅުކަމަށް މިހާރު ސައޫދީ އަށް ވަޑައިގެން އުޅުއްވާ ވަހީދާއި ސަލްމާން ރަސްގެފާނު ބައްދަލުކުރެއްވީ މިއަދުގެ އީދު ނަމާދަށް ފަހު ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގަ އެވެ.
ވަހީދު ވަނީ މައްކާގައި މިއަދު ކުރި އީދު ނަމާދުގައި ސަލްމާން ރަސްގެފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފަ އެވެ.
މައްކާގައި ކުރި މި އަހަރުގެ ފިތުރު އީދު ނަމާދުގައި، އެ ގައުމުގެ ރަސްގެފާނު ސަލްމާންގެ އަރިހުގައި ރާއްޖޭގެ ކުރީގެ ރައީސް ވަހީދު ބައިވެރިވެވަޑައިގަންނަވަނީ.
ކޮންމެ އަހަރަކު ވެސް މައްކާ އަށް އުމްރާގެ އަޅުކަމަށް ވަޑައިގެން ތިއްބަވާ އެކި ގައުމުތަކުގެ އިސްވެރިންނާއި ކުރީގެ ރައީސުންނަށް ރަސްގެފާނާ އެކު އީދު ނަމާދުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަބަދުވެސް ދެއްވަ އެވެ. އަދި އެ ބޭފުޅުންނަށް ގަނޑުވަރަށް ދައުވަތު ދެއްވަ އެވެ.
ވަހީދު "މިހާރު" އަށް ވިދާޅުވީ ސައޫދީ ރަސްގެފާނާ އެކު އޮތީ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށެވެ.
"ރަސްގެފާނަށް އީދު ތަހުނިއްޔާ ދަންނަވައި އެމަނިކުފާނާ ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބުނު،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް މިވަގުތު ގޮސް ތިބި ގިނަ އަދަދެއްގެ ދިވެހިންނާ އެކު ވެސް ވަގުތު ހޭދަކުރައްވައި އެ މީހުންގެ ހާލު އޮޅުން ފިލުއްވައި ހައްދަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާބޮޑޭ
26 June 2017
ރައީސްވަހީދަށް އިޙްތިރާމްހައްގުވަނީ ރައްޔިތުންގެ 5 ޕަސެންޓް ތާއީދު ލިބުމުންހެއްޔެވެ. ނޫނީ ނައިބު ރައިސަކަށްހުރެ ބަޣާވާތް ކުރީމަހެއްޔެވެ ؟
ބާ
26 June 2017
މިސްރުގެ ރަށްތަށް ލިބުނީމަ ރާއްޖޭގެ ޑީލް އަވަސް ކުރުވަން ވާހަކަ ދައްކަން ކަންނޭނގެ. މި ޑީލް ފުރަތަމަ ހެދީވެސް ވަހީދުގެ ދުވަސްވަރު.
އަހުމަދު
26 June 2017
ބަޢާވަތުގެ ރައީސް ހަބރެއްނުވެ ނޫސްތަކުން ޖާގައެއްހޯދީތަ.
އިބޫ
26 June 2017
ފ. ހިމެންދީ ޑީލް އަކީ ވަހީދުގެ ދުވަސް ވަރު ޖެއްސި އެއްޗެއް އަދިވެސް އެރަށް ވިއްކާ ލުމާއި އެކަމުން މަންފާ ހޯދުމަށް އެއުޅެނީ...
އަހްމަދު
26 June 2017
2018 ޔަގީން އިންޝާﷲ
އަނިޔާއާވައްކަމާ ހަސަދައަށްވެސް ނޯ
26 June 2017
ރައީސް ވަހީދަކީ އިޙްތިރާމު ހައްގު ވެރިކަމެއް ކުރެއްވި ބޭފުޅެއް. ވެރިކަން ކުރަން ނޭނގުނު މީހެއްގެ ޒާތީ އައުވާނުންގެ ދުއްޕާނާ އަމިއްލަ އެދުމުގެ މުނާފިކުން ކަނޑާފައި މިގައުމުގައި ހެޔޮލަފާ ގިނަބަޔަކު ތިބޭނެ ދުވަހަކުން މިނޫން ހާލަތެއް މިގައުމަށްވެސް މާތްﷲ މެދުވެރި ކުރައްވާނެ. ރައީސް ވަހީދު އިތުރަށް ސިޔާސީ ކަންކަމުގައި ނޫޅުން އަންޑަސްޓޭންޑްވޭ. އެކަމަކު ރައީސް މައުމޫނު އެކުރައްވާ މަސައްކަތް މާ ރަނގަޅު. އެމަނިކުފާނުގެ ޒިންމާވެސް އެބައޮތް މި ސަރުކާރުގެ ނުބައިން ގައުމު ސަލާމަތް ކުރުމުގައި.
އަލީ
26 June 2017
ލަނޑައާ ވާނީ ލަނޑަޔާ
ޖެފްރީ
26 June 2017
ވަަހީދަކަށް އިތުބާރެއް ންެތްު ކޮންމަެފަދަ ޥަދގުތެއްގަ ވެްސް ބަގާވަަތް ކށްފާނެ
އިބްރާހިމް
26 June 2017
ތިއުޅެނީ އޮޅިގެނެވެ، ބަޤާވާތް ކުރި މީހުން ތިތިބީ ތިބޭފުޅުންނާއެކުގައެވެ.
އަލީ
26 June 2017
މިސްރުގެ ރައީސް ސީސީ އާވެސް ސަލްމާން ވަރަށް ގާތްވާނެ.
ފޭކް
26 June 2017
ދައުރު ހަމަ ކޮށް 7 ދުވަސް ވީއިރު ވެސް ވައްާލަނީ ވައްޓާލަނީ ވައްޒާލަނީ އޭ ކިޔަކިޔާ ތިވެން ޖެހުނީ.