ފިނޭންސް މިނިސްޓަރު މުނައްވަރު މިއަހަރަށް ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވަނީ.
02 ޖުލައި 2017 - 11:30
މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ ލިބުނު އިރު ކުރި ހަރަދު ހަތް ބިލިއަން ރުފިޔާ އަށް އަރައިފި އެވެ.
ފިނޭންސް މިނިސްޓްރީން ދާދި ފަހުން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ލިބުނު އާމްދަނީން ކުރި ހަރަދު ކެނޑުމުން 1.7 ބިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ރިކަރަންޓް ހަރަދުތަކަށެވެ. އެގޮތުން ޖުމްލަ 5.5 ބިލިއަން ހަރަދު ކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެ މިނިސްޓްރީން މަހަކު އެއް ފަހަރު އާއްމުކުރާ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު އެކަނި ވެސް މުސާރަ އާއި އިނާޔަތާއި ޕެންޝަނުގެ ގޮތުގައި 788 މިލިއަން ރުފިޔާ ހޭދަ ކުރި އިރު ހިންގުމާއި އެހެނިހެން ހަރަދުތަކަށް 441 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެގޮތުން ޖުމްލަ 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ޖުމްލަ 260.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ފިނޭންސް އިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހު ދައުލަތަށް 1.7 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބުނުއިރު ހަރަދުގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ބަޖެޓްގައިވަނީ އާމްދަނީގެ ގޮތުގައި 21.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. އަދި ހަރަދުގެ ގޮތުގައި 22.2 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތައްބެ
02 July 2017
އިކޮނަމިސްޓް ކިހިނެއްމިވަނީ؟
އިބޫ
02 July 2017
އާންމުދަނީ ކިޔަ އިރު، ބީއެމްއެލް އިން ނެގި 800މިލިއަން ރުފިޔާގެ ލޯން އަދި ބޭންކު ތަކަށް ވިއްކި ޓީބިލް ތަކުން ލިބުނު ބިލިއަން ތައް ވެސް ހިމެނޭނެ. ދެނޯ؟؟؟
ގަމާރު
02 July 2017
ދެން ކިހިނެއްތަމިވީ..
Gaathun balaa meehaa
02 July 2017
ހުސް ދޮގު. މިއޮތީ އޮޅުވާލާފަ!
އަދ
02 July 2017
ސިޔާސީ މީހުންގެ މުސާރައާ ނުލާ ތިއަދު ހާމަކޮށްބަލަ މިނިސްޓަރޫޫޫޫޫޫޫޫޫޫޫޫު