ޖުމްހޫރީ ޕާޓީން ކުނޫޒުގައި ބޭއްވި ބައްދަލުވުމެއްގައި ގިނަ ބަޔަކު ބައިވެރިވަނީ: ރިޝްވަތުގެ ތުހުމަތުގައި އެ ޕާޓީގެ މެމްބަރަކު ވަނީ ހައްޔަރުކޮށްފައި --ފޮޓޯ/މިހާރު
05 ޖުލައި 2017 - 11:42
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި އިއްޔެ ރޭ ހައްޔަރު ކުރި، ޖުމްހޫރީ ޕާޓީގެ އެކްޓިވިސްޓު، އަހުމަދު ޝާފިއުގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ފަސް ދުވަސް އިތުރު ކޮށްފި އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޝާފިއު ހައްޔަރު ކުރީ އިއްޔެ ރޭ ކުނޫޒްގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާ އަށް ފަހު، އެ ސަރަހައްދުންނެވެ.
ޖުމްހޫރީ ޕާޓީން ބުނި ގޮތުގައި ފުލުހުން އިއްޔެ ކޯޓުގައި އެދުނީ އޭނާގެ ބަންދަށް 15 ދުވަސް އިތުރު ކޮށްދިނުމަށެވެ. އެކަމަކު ގާޒީ ނިންމީ ފަސް ދުވަހަށް ބަންދު ކޮށްފައި ބެހެއްޓުމަށް ކަމަށް އެ ޕާޓީން ބުންޏެވެ.
މެމްބަރުުންނަށް ރިޝްވަތު ދޭން އުޅުމުގެ ތުހުމަތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރި އަހުމަދު ސޮފްވާން ވެސް ފުލުހުން އަންނަނީ ހޯދަމުންނެވެ.
މައުމޫންގެ ޕާސަނަލް އެސިސްޓެންޓްގެ ގޮތުގައި މަސައްކަތް ކުރި ސޮފްވާން ތަހުގީގަށް ހާޒިރުނުވި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް މިހާރު ވަނީ ފޮނުވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
05 July 2017
ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގަ މީހަކު ހިފާ ހައްޔަރުކޮށް ބަންދަށް ފަސްދުވަސް، ރިޝްވަތު ދިންކަމުގެ ހެއްކާ ގަރީނާ ލިބިފަ ވާއިރުވެސް އެމީހަކު ހިފާ ހައްޔަރު ކުރާކަށް ނުކެރުނު އުތަ، ތިޔަހަރަ ޤާބިލުކަމަކަށް ހަމަ ސަލާމް.