ޚަބަރު / އެމްއާރްޑީސީ

ވެހިކަލް ގަތުމުގައި އެމްއާރުޑީސީން ހިންގި ބޮޑު "ޚިޔާނާތަކާ" ގުޅޭ އޯޑިއޯއެއް ލީކުވެއްޖެ!

އެމްއާރުޑީސީ އަށް ގެނައި ވެހިކަލްތަކެއް: އެ ކުންފުނިން ވެހިކަލް ގަތުމުގައި ޚިޔާނާތް ހިންގި ކަމަށް އެ ކުންފުނީގެ ބޯޑު ދެ މެމްބަރަކު ވިދާޅުވާ އޯޑިއޯއެއް ވަނީ ލީކުވެފައި.

މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެމްއާރުޑީސީ) އަށް ބޭނުންވާ ވެހިކަލްތަކެއް ގަނެދޭން ހެޔޮ އަގެއް ހުށަހެޅި ކުންފުންޏަށް ވުރެ 2.7 މިލިއަން ޑޮލަރު ބޮޑު އަގެއް ހުށަހެޅި ކުންފުންޏަކަށް އެ މުއާމަލާތް ހަވާލުކުރި ކަމަށް ބެލެވޭ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުކޮށްލައިފި އެވެ.

އެ އޯޑިއޯއިން އެނގޭ ގޮތުގައި، ތައިލެންޑުގެ ޕެރަގަން ނަމަކަށް ކިޔާ ކުންފުންޏަކާ، އަށް މިލިއަން ޑޮލަރު (123 މިލިއަން ރުފިޔާ)ގެ މަޝްރޫއު ހަވާލުކުރީ އެންމެ ހެޔޮ އަގު ހުށަހެޅި ކުންފުންޏަށް ވުރެން 2.7 މިލިއަން ޑޮލަރު (41 މިލިއަަން ރުފިޔާ) ބޮޑު އަގެއްގަ އެވެ.

ވެހިކަލް ގަތުމުގައި ވެސް އެމްއާރުޑީސީން ޚިޔާނާތް ހިންގާފައިވާ ކަމަށް ފޯނުން ވާހަކަ ދައްކަވަނީ، އެ އޯޑިއޯ އިން އެނގޭ ގޮތުގައި، އެ ކުންފުނީގެ ބޯޑުގެ ދެ މެމްބަރެކެވެ. ނަމަވެސް މި ދެ ބޭފުޅުން މި ވާހަކަ ދެއްކެވީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެ އެވެ.

އޯޑިއޯގައި އެ ޚިޔާނާތުގެ ވާހަކަ ފެށުނީ، އެމްއާރުޑީސީގެ ބޯޑު ބައްދަލުވުންތަކަށް ނުދަނީ ކީއްވެތޯ އެކަކު ސުވާލު ކުރެއްވުމުންނެވެ. ޖަވާބުގައި އަނެއް ބޭފުޅާ ވިދާޅުވަނީ، ކުންފުނީގެ ބޯޑުން ނިންމާ ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުން ނުވާތީ ކަމަށެވެ. ވެހިކަލް ގަތުމަށް، އަވަސް އަރުވާލައިގެން ޕެރަގަންއާ ހަވާލުކުރީ ވެސް "ވަރަށް ގޯސް" ކޮށް ކަމަށް އޭނާ ވިދާޅުވެ އެވެ.

"އަހަރެން ލައްވައި ނުވެސް އެނގޭ އެއްޗެހީގައި ސޮއިކުރުވަނީ. ..ކިތަންމެ އެއްޗެއް [ނަން ކަނޑާލާފައި] އެގޮތަށް ގޮސްފި މިހާރު. ނިކުމެ ނިކުމެ އޮއްވައި ވެސް ދަށަށް އެއްޗެހި ލާފައި، ޑަންލާފައި ބުނެދާނެ މީގައި ސޮއިކޮށްލާށޭ މިއީ ވެސް އެއްކަލަ ތަނުން އެއްޗެކޭ. މިހާރު އެކަންތައްގަނޑު ވެސް މާ ބޮޑީ. އެކައްޗެއް އެބަ ފޮނުވާ ތިން ހަތަރު ފަހަރު، ރަނގަޅު ކޮށްފައި،" ކޮރަޕްޝަންގެ އަމަލުތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އޭނާ ވިދާޅުވެ އެވެ.

ވެހިކަލް ގަތުމަށް ޕެރަގަންއާ ހަވާލުކުރަން ނިންމި، ބޯޑު ބައްދަލުވުމަށް އޭނާ ވަޑައިނުގަތީ ގަސްތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ އަގުހެޔޮ މީހުންނާ، މި މީހުން [ޕެރަގަން] އާ ދޭތެރޭގައި ތަފާތު އެބަ އޮތް 2.7 މިލިއަން ޑޮލަރު. [އެ ތަފާތު] އުޅޭއިރުގައި، ޕްލަސް އެ ވަރު ބޮޑު ކަމެއް ނިމުނުއިރު އެމްއާރުޑީސީގެ ޓޮޕް ލެވެލް މެނޭޖްމަންޓާ ޑިސްކަސްކުރެވިފައެއް ވެސް ނެތް،" އޭނާ ވިދާޅުވެ އެވެ.

އެ މެމްބަރު އެގޮތަށް ވިދާޅުވުމާ އެކު އަނެއް ބޭފުޅާ "މަށަކަށް ވެސް އެނގިފައެއް ނެތް" ކަމަށް ވިދާޅުވި އެވެ.

ވެހިކަލް ގަންނަން ބަޔަކާ ހަވާލުކުރީ އިއުލާންކުރުމެއް ވެސް އަދި ބިޑް ކުރުމެއް ނެތި ކަމަށާއި އެ ކަންކަމާ ގުޅޭ ގޮތުން ސުވާލު އަންނާނެ ކަމަށް ވިދާޅުވެ އޭނާ ކަންބޮޑުވުން ވެސް ފާޅުކުރެއްވި އެވެ. އެމްއާރުޑީސީ މެދުވެރިކޮށް މި ގޮތަށް ޚިޔާނާތް ހިންގައިގެން ފައިދާ ނަގަން ބޭނުންވަނީ އެހެން ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއާރުޑީސީން ޚިޔާނާތަށް މަގުފަހިވާ ގޮތަށް ކަންކަން ކުރަނީ، ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅަކު އަންގަވައިގެން ކަމަށާއި އެފަދަ އެއްބަސްވުންތަކުގެ ފައިދާ ވެސް ލިބެނީ ވަކި ބަޔަކަށް ކަމަށް އެ އޯޑިއޯގައި ތުހުމަތުކުރެ އެވެ.

އެމްއެމްއާރުޑީސީގައި އޮޑިޓް ކޮމެޓީއެއް އޮންނައިރު ވެސް އެތަނުގައި ތިއްބަވާ ބޭފުޅުން "ތަނެއް ދޮރެއް ނުބަލާ" ކަމުގެ ތުހުމަތު ވެސް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ކުރެއްވި އެވެ. ވެހިކަލްތައް ގެނައުމުގެ އެއްބަސްވުން ހަވާލުކުރީ ވެސް އެއްވެސް ވަރަކަށް ނުބަލައި ކަމަށް ވިދާޅުވި އެވެ.

މި އޯޑިއޯގައި ވާހަކަ ދައްކަވާ ކަމަށް ބެލެވޭ އެމްއާރުޑީސީގެ ބޯޑުގެ އެއް މެމްބަރަކާ ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

67 ކޮމެންޓް, 285 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 4%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަބޫ

11 August 2017

މިސަރުކާރުން އުފެއްދި ކުންފުނި ތަކުގެ ތެރޭން އެމް.އެމް.ޕީ.އާރު.ސީ، އެމް.އާރު.ޑީސީ، ވެމްކޯ މިތަންތަނުގެ ބޭނުންކޮށްގެން ކޮރަޕްޝަން އިންތިހާޔަށްކުރަނީ. އެކަމު ރައީސްވިދާޅުވާނެ އަދީބާ ހަމައިން ހުރިހާ ކޮރަޕްޝަނެއް މިސަރުކާރުގެ ނިމިގެން ދިޔައީޔޭ.

The name is already taken The name is available. Register?

އިބިރިހިންބެއްޔާ

11 August 2017

2008 ންފެށިގެން ތިފާޑުގެ ކުންފުނި ހަދންފެށީވެސް ތިމަޤްސަދުގައި. ނަޝީދު، ވަހީދު އަދި ޔާމީނުގެ ވެރިކަމުގައިވެސް ހަމަ ތިކަން. ތިޔަޚިދުމަތުގެ އެންމެ ކުރީގައި ފެން، މަގު، އެޗްޑީސީ ހިމެނޭ. ހިތަށް އަރާ އެމްޓީސީސީ އާއި ސްޓެލްކޯގެ ނަންވެސް.

The name is already taken The name is available. Register?

ާޑަރު

11 August 2017

ވަގަކަށް ހާސް ދުވަސް. ވެރިއަކަށް އެއްދުވަސް.

The name is already taken The name is available. Register?

ޔާމީން208

11 August 2017

ތިމައްސަލައަކީ ހިނގިކަމަކަށްވިޔަސް ނުހިނގާކަމެއްގެ ގޮތުގައި ނިންމުގެ ފުރުސަތު އޮތީ އެންޓި ކޮރަޕްޝަން އަށް.

The name is already taken The name is available. Register?

ޔާމީން208

11 August 2017

މިއުޅޭ އިދިކޮޅު މީހުންނަށް ގައުމު ފަސާދަ ކުރުންނޫންކަމެށް ނުކުރޭ.

The name is already taken The name is available. Register?

ވީ

11 August 2017

ހައްލަކީ އުމަރު އެއްވެސް ޕާޓީއަކާ ނުގުޅި ވެރިކަމަށް އައުން.

The name is already taken The name is available. Register?

ސުވާދީބު ރާނީ

11 August 2017

އުމަރު އެއީ ވެރިކަމަށް ކުފޫ ހަމަވާ މީހެއްނޫން

The name is already taken The name is available. Register?

ސުންދާ

11 August 2017

އެމް.ޢާރު.ޑީ.ސީ ގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ!!! ކޮރްޕަސްންގެ ހާއްޔއް.

The name is already taken The name is available. Register?

އިޙްސާންތެރިޔާ

11 August 2017

މިސަރުކާރު އެކަންޏެއް ނޫން. މައުމޫނުގެ ވެރިކަމުން ފެށިގެންވެސް ތިވާހަކަ އަހުރެން އަޑުއަހަމު. ވީމާ މިސަރުކާރޭ ވަކި ކިޔާނެކަމެއްނެތް.

The name is already taken The name is available. Register?

މުރީދު

11 August 2017

މި ކަހަލަ ފިކުރު ގެންގުޅޭތީއޭ މިގައުމު ހަމައަކަށް ނޭޅިގެން މިއުޅެނީ.. ކުރިން ބަޔަކު ގޯސްކޮށް ކުރީތީއޭ ކިޔާފަ އަލުން ހަމަ އެފަދަ ގޯސް ކަންތައްކުރުން އެއީ އެންްމެ ރަނގަޅުކަމެއް ކަމުގައި ދެކެންޏާ ދެން ދުވަހަކުވެސް މިރާއްޖެ އަކަށް ސަލާމަތެއް ނެތެއްނު؟ ކޮންމެވެސް ހިސާބަކުން މިކަންތައް ހުއްޓުވަންވެސް ޖެހޭނެއެވެ. އަދި އިރާދަކުރެއްވިއްޔާ ވާނެވެސް މެއެވެ.

The name is already taken The name is available. Register?

އަތު ބަޑި

11 August 2017

އަތުގަ ފޮޅު ނަގާ ވަރައް އަތް ޖަހާ ވަރުކެއްމީ.! ދެން އަތް ޖަހާ.

The name is already taken The name is available. Register?

އަހުމަދު

11 August 2017

ހިޔާނާތަކީ މިސަރުކާރުގެ ހަކަތަ، ހަކަތަ ހުރެގެންތާ ހިންގޭނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454