މޮނިކޮން އމަުރުގެ ދަށުން މީހެއްގެ ފައިގަ ޓެގް އަޅުވާފައި: 16 މީހެއްގެ ފައިގައި ޓެގް އަޅުވަން އެދިފައިވާ ކަމަށް ފުލުހުން ބުނޭ-- ފޮޓޯ/ޕޮލިސް
27 ސެޕްޓެމްބަރ 2017 - 18:25
މޮނިކޮން އަމުރުގެ ދަށުން، ބޮޑެތި ތުހުމަތު ކުރެވޭ 16 މީހެއްގެ ފައިގައި ޓެގު އަޅުވައި ދިނުމަށް ކަމާ ބެހޭ ފަރާތްތަކުގައި އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މާލޭގެ ތެރޭގައި ގުރޫޕް މާރާމާރީތަކުގައި މީހުން މެރުން އިތުރުވެފައިވާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނީޓާ ކުރުމުގެ އަމުރު [މޮނިކޮން އަމުރު] ގެ ދަށުން މީހުންގެ ފައިގައި ޓެގް އެޅުވުމުގެ މަސައްކަތް އަލުން ފަށްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 16 މީހެއްގެ ފައިގައި ޓެގް އަޅުވަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މާދަމާ އިން ފެށިގެން ޓެގް އަޅުވާނެ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށް ޝިފާން ވިދާޅުވިޔަސް ޓެގް އަޅުވަން އެދިފައިވަނީ ކޮން ތުހުމަތުތަކެއް ކުރެވޭ ބައެއްގެ ފައިގައި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
"ކުށުގެ ވެށީގައި އުޅޭ މީހުން. އެ މީހުންގެ ތެރެއިން ޖިނާއީ ދައުވާއެއް ކުރެވި ނުވަތަ ހައްޔަރުގައި ނުބޭތިއްބޭ ފަރާތްތައް އަޅުގަނޑުމެން ބަލައި، އަޅުގަނޑުމެންގެ ބެލުމުގެ ދަށުގައި ތިބެންޖެެހޭ ކަމަށް ގަބޫލުކުރާ 16 ފަރާތެއްގެ މައުލޫމާތު ވާނީ ޕްރޮސެސްއާ ހަވާލު ކޮށްފައި. އަޅުގަނޑުމެންގެ ފަރާތުން ފޮނުވަންޖެހޭ ލިޔުންތައް މިހާރު ވާނީ ފޮނުވިފައި. އިރާދަކުރެއްވިއްޔާ މާދަމާ އެ ހިސާބަށް ދެވޭނެ." ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޓެގް އެޅުވުމަކީ ކުށްކުރުން އާންމުވެފައިވާ މިފަދަ ދަނޑިވަޅެއްގައި ކުށް މަދު ކުރުމަށް ފުލުހުންނަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ނެރޭ މޮނިކޮން އަމުރަކީ ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރަން ނެރޭ އަމުރެކެވެ. އެ އަމުރަކީ ހޯމް މިނިސްޓަރު ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް ހައި ކޯޓުން ނެރޭ އަމުރެކެވެ. އެ އަމުރާ ޚިލާފްވެއްޖެ ނަމަ އެއީ ދޮޅު އަހަރުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު، ބޮޑެތި ކުށްތަކުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވާފައިވެ އެވެ. އޭނާގެ އިސްނެގުމަށް އެކަން ތައާރަފުކޮށް، ބައެއް ކުށްވެރިންގެ ފައިގައި ޓެގް އެޅުވުމާ ގުޅިގެން ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކާ ވެސް އޭރު އުމަރަށް ކުރިމަތިވި އެވެ. އަދި އުމަރު ޖޫން 21، 2016 ގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ކުށްވެރިންގެ ފައިގައި ޓެގް އެޅުވުން އޮތީ މިހާތަނަށް ހުއްޓިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޥެށި
28 September 2017
ކުށުގެ ވެއްޓޭ ބުނާއިރު މި ސިޔާސީ ޖަގަހަ ތަކަކީ އެފަަދަ ވެށި . ޢެހެނީ ޤައުމަށް އެންމެ ނުރައްކާވަނީ އެތަންތާނގެ ޕޯޑިއަމް އަށް އަރާ ދައްކާ ވާހަކަތަކުން. ޢެހެންވީމާ އެފަދަ ވެށިތަކުން ފެންނަ އެންމެންގެ ޓެގް އަޅުވަން ފެނޭ. ޢެކަމަކު ހައްޔަރުގަތިބޭ އަންހެނުންނަށް ދެރަގޮތެއް ނުހަދައްޗޭ. ޢެމީހުންގެ ބަނޑުގައިވާ ދަރިންނަށް ގެއްލުމެއް ލިބިދާނެ.?
ޝިފާން
28 September 2017
ޝިފާން ވިދާޅުވީ "ޕްރޮސެސް" އާ ލިޔުންތައް ޙަވާލުކުރި ވާހަކަ. ޕްރޮސެސް އެއީ ކާކުތަ ނުވަތަ ކޮން މުއައްސަސަާ އެއްބާ! ކޮންމެއަކަސް އަހަރެމެންގެ އުއްމީދަކީ ޕްރޮސެސް އެއީ ކޮންމެ ފަރާތަކަށް ވިއަސް މިކަން އަވަސްކޮށް ނުރައްކާތެރި މީހުން ކިބައިން ރައްޔިތުން ރައްކާތެރި ކުރުން
ތަރަބޫޒް
27 September 2017
މަޤާމް ގެއްލޭ ވަރުގެ މީހެއްގެ ނަން އަނެއްކާ ތި ލިސްޓްގަ ނެތްބާ؟
??
27 September 2017
?? ???????? ?
މެންޓަލިސްޓް
27 September 2017
ކުރީޒަމާނުގައި ރާއްޖޭގައި ބުޅާ ވިހާވަރުން ފިރިހެން ބުޅާ ފޯޖާކޮށްއުޅޭ ،،، އޭރުން އެޖޯޑްދެން ނުވިހާ ،،، އެގޮތަށް ޓެގްއަޅުވައިގެން މީހުން މައިތިރިކުރަނީދޯ ،،،، އޭރުން އަލަށް ތިޔަދާޢިރާއަށް ނުކުންނަމީހުންނަށް ވާނީ ކިހިނަކަުންތޯ ؟؟ ބުއްދިވެރިގޮތަކީ މައްސަލާގެ އަސްލަށް ރުޖޫއަވެ އެކަމަށް ފަރުވާއެއްދިނުން ،،، އޭރުން މުޖްތަމައުއިން ޒާތްޒާތުގެ ޖަރީމާހިންގުން މަދުވާނީ ،،، އެނޫން ސޮލުއިޝަނެއްނޯންނާނެ ،،، ވަރަށްވެދުން
ކެޓަލިސްޓު
27 September 2017
ފޯޖާ އެއްނޫން ހޯޖާ.
2ފުޅި
27 September 2017
ސިރުކާރަށް ތާއީދު ކުރާ ގޭންގު ކުދިންގެ ފައުގަ ތިޔަ ޓެގު ނޭޅުވޭނެ އެވެ.
2 ދަޅު
28 September 2017
އެމީހުންގެ ފައިގަ އަޅުވާނީ. އެރުން އެމީހުން ކުށްކުރާތަނަށް ނުގޮސް ކުޅިބަލަން ތިބެވޭނީ...
ޝޮކް
27 September 2017
ހުރިހާބޭފުޅުންވެސް މިއަދު ގަބޫލުކުރާ ހަގީގަތަކީ މާލެތެރެ އަމާން ކުރުމަށް އިހުލާސްތެރި މަސަތްކަތެއް ހަމައެކަނި ކުރި މީހަކީ އުމަރު ކަން ...އުމަރަށް ސެލިއުޓް އުމަަރު ގެމަސަތްކަތް ހަމަމީ