މަރުވި ޒުވާނުން ޕާޓީއާ ގުޅޭ މަޝްވަރާކުރަން ތިބި ގެސްޓްހައުސް
30 ސެޕްޓެމްބަރ 2017 - 13:45
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުގެ މަރާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ މައްޗަށް 12 ތުހުމަތެއް ފުލުހުން ކޮށްފި އެވެ.
ޕާޓީއެއް ބާއްވަން އުޅުމުގެ ތެރެއިން ކުއްލި ގޮތަކަށް މަރުވި ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އަދި ދަފްތަރު، ފާތުމަތު ސަމާ، 18،ގެ މަރުގެ މައްސަލައިގައި ހައްޔުކުރީ އިއްޔެ ރޭ އެ މީހުންނާ އެކު އުޅުނު ހަތަރު އެކުވެރިންނެވެ.
އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފަ އެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން އެ މީހުންގެ މައްޗަށް 12 ތުހުމަތެއް ކުރެ އެވެ.
އޭގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރުމާއި ކެނަބިސް ބޭނުން ކުރުމާއި އެތަކެތި ޓްރެފިކް ކުރުމާއި ޕެޑަލް ކުރުމުގެ އިތުރުން އެއިން މުއާމަލާތު ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމުގެ ކުށާއި އެހެން މީހަކު މަރުވުމަށް އެހީތެރިވެދިނުމުގެ ކުށާއި އަމިއްލައަށް މަރުވާން އުޅުމުގެ ކުށުގެ ތުހުމަތު ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ.
އިއްޔެ ރޭ މި އެންމެން ތިބި ކަމަށް ބެލެވޭ ސަރަހައްދު ބަލައި ފާސްކުރިއިރު، ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީދީ
01 October 2017
ތިޔަ ތަކެތި ވިއްކި މީހަކު އެތެރެ ކުރިމީހަކު ދުވަހަކުވެސް ނުހޯދޭނެދޯ؟
ޏަގޫ
01 October 2017
ހަމައެއް ލަމައެއް ޢަދުލްލެއް އިންސާފެއް ނެތީމާ ވާނެގޮތް މިއޮތީ ވެނިމިފާ ކިތަމްމެވަރަކައް އޮލުވާލަން އުލުނަސް ވާނީހަމަ ފަޅީހަތްވެބޭޒާރު.
މާނާ
30 September 2017
މި ހަބަރުގެ 06 ގަދިއިރުފަސް.... ރޭގެ މާރާމާރީގައި ހައްޔަރުކުރި 4 ކުދިން ދޫކޮށްލައިފި 4 hours ago
ޢެމްއާރ
30 September 2017
ކިތައްމެ ގިނަ ތުހުމަތުތަކެއް އުފުލިޔަސް ތިދިމާވި ހާދިސާއާއި އެކަން ހިނގިގޮތަށް ބަލާއިރު ގާނުނީ ހުއްޖަތްތަކެއް އުފުލި ތުހުމަތުތަކުގައި ނެތް
ރާއްޖެ
30 September 2017
މީހުން މަރާ، މަސްތުވާތަކެތީގެ މައްސަލަތަކުގެ ޚަބަރު ކޮމެންޓްތަކުން ވަރަށް އަޚުލާގު ރަގަޅު ދިވެހިން ފެންނާނެ.
ފަރުހާދު
30 September 2017
މައުލޫ އަކީ އެނަރޖީ ޑްރިންކްސްއަކާ ތި ޑްރަގެއް ނޫން. ތިމާގެ ޒަރޫރީ އެދުން ފުއްދުމަށް ވުރެން ގިނައިން މީހުން މިއުޅެނީ ހަވާ ނަފްސް ހިތްހަމަ ޖައްސަން. ކަނީ ވެސް ގުށް ކިޔާފަ. ހަވީރު ސަޔަށް ވެސް ބުފޭ. މޯބައިލަކުން އަތް ދޫނުވޭ. ހަމަ ހިމޭނުން ތަނެއްގެ އިނދެވެނީ އަކީ ނޫން. ފޭސްބުކްގެ ލައިކްތަކަށް އެޑިކްޓް ވެފަ....މިހެން ގޮސް.
ފާރިސް
30 September 2017
މަސްތުވާ އެއްޗެހީގެ ވާހަކަ ބާއްވާފަ ތިމާގެ ރޫހު ކިލަނބު ނުކުރުމަށް ބާރު އަޅަންވީ. އެއީ މަސްތުވާ އެއްޗިއްސާ ދުރުވު، ކެއުން ބުއިމުގެ އާދަކާދަ ރަގަޅުކޮށް، ޖުމްލަކޮށް މުޅި މީހާ އަށް ގެންނަން ޖެހޭ ބަދަލެއް. މިއީ ދީނުގެ އިރުޝާދު. ދީނުގެ މި އިލްމް މިއަދުގެ އިލްމްވެރިންގެ ކިބައަކު ނެތް. ޔައުނީ ތިމާގެ ރޫހު ބަލަހައްޓާނެ ވައްޓަފާޅި ކިޔާދޭކަށް އެމީހުންނަކަށް ނޭނގެ.
ޕިއްލޭ
30 September 2017
އެމީހުން އަަތަކުން އެއްޗެއް ނުފެނޭ. އެމީހުން ތިބި ސަރަހައްދުން ތިއެއްޗެއް ފެނުނީ އެހެންވީމާ ސަރަހައްދު ކުއްވެރި ވާނީ. އެމީހުންނެއް ނޫން.
ހަސަން
30 September 2017
ފުލުހުންގެ މުއައްސަސާ އަކީ ބޮޑު ޖޯކެއް......
ކޮސްބެ
30 September 2017
ފުލުހުންގެ މުއައްސަސާ އަކީ ބޮޑު ޖޯކަކަށްހެދީ ކޮންބައެއްތޯ؟
ވޯލް
30 September 2017
ތީގެން އެކަކުގެ މައްޗަށްވެސް ނިކަން ކުށްސާބިތު ކޮށްލަބަލަ. އެއީކީ މިޤައުމުގައި މިއޮތް ޖުޑިޝަރީއަށް ކުރެވޭނެ ވަރުގެ ކަމެއް ނޫން.