މިދިޔަ ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ސަމާ އާއި ހާމީން.
01 އޮކްޓޯބަރ 2017 - 15:28
ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ދެ ޒުވާނުގެ މަރުގެ ހަގީގަތް ވީ އެންމެ އަވަހަކަށް އެނގެން ބޭނުންވާ ކަމަށް ދެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިން މިއަދު ބުނެފި އެވެ.
ރަހްމަތްތެރިއެއްގެ އުފަން ދުވަސް ފާހަގަކުރުމުގެ ތެރޭގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ މަރުވެފައިވަނީ ތ. ތިމަރަފުށީ އަހުމަދު ހާމީން، 21، އާއި ދަފްތަރު، ފާތުމަތު ސަމާ، 18، އެވެ.
ފުލުހުން ބުނެފައި ވަނީ ޕާޓީ ބާއްވަން އުޅުނު ސަރަހައްދު ބަލައި ފާސް ކުރިއިރު، ޕާޓީ ޑްރަގްސް ގުޅަތަކެއް ފެނިފައިވާ ކަމަށެވެ.
ހާމީން އާއި ސަމާ މަރުވުމުގެ ކުރިން އެހެން ބަޔަކާ އެކު ތިބި ގެ ---ފޮޓޯތައް: މިހާރު
ދެ ޒުވާނުގެ މަރާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަންހެނަކު ވެސް ހިމެނެ އެވެ. މި މީހުންގެ މައްޗަށް ފުލުހުން 12 ތުހުމަތެއް ކޮށްފައިވާ އިރު އޭގެ ތެރޭގައި ޕާޓީ ޑްރަގްގެ ބާވަތަކާއި މަސްތުވާ އެހެން އެއްޗެހި ގެންގުޅުން ހިމެނެ އެވެ.
ހާމީނާއި ސަމާގެ އާއިލާ އިން ބުނީ ދެ ޒުވާނުންގެ މަރާ ގުޅިގެން ތަފާތު ގޮތް ގޮތަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެހެންވެ، އެކަމުގެ ހަގީގަތް ވީހާވެސް އަވަހަކަށް އާއިލާއަށާއި ރައްޔިތުންނަށް ފުލުހުން ހާމަކޮށް ދިނުމަކީ މުހިންމު ކަމެއް ކަމަށް އެމީހުން ބުންޏެވެ.
ޒުވާނުން މަޖާ ކުރަން ތިބި ކަމަށް ބެލެވޭ ސަރަހައްދު.---ފޮޓޯ: މިހާރު
"ފުލުހުންގެ ތަހުގީގާ މެދު ޝައްކެއް ނުކުރަން. ފުލުހުންނަށް އިތުބާރު ކުރަން. އެކަމަކު ފުލުހުން ޖެހޭނެ ސަމާ އާއި ހާމީން މަރުވީ ކީއްވެކަން ކިޔައި ދޭން،" ހާމީންގެ އާއިލާގެ މީހަކު ބުންޏެވެ.
ދެ ޒުވާނުންގެ އާއިލާގެ މީހުންނާއި އެކުވެރިން ބުނި ގޮތުގައި ސަމާ އާއި ހާމީން މަސްތުވާތަކެތި ބޭނުންކޮށްފާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ގަސްދުގައި ބަޔަކު ސަމާ އާއި ހާމީނަށް ދިން ލަނޑެއް ކަމަށް ބުނުމުގެ ޖާގަ ވަރަށް ބޮޑު ކަމަށް ވެސް ދެ އާއިލާ އިން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރު ކުރި ތިން މީހަކު ނިސްބަތްވަނީ ތ. ތިމަރަފުއްޓަށެވެ. އަނެކަކު ނިސްބަތްވާ ރަށެއް އެނގިފައެއް ނުވެ އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހުޅުމާލެ ބްރާންޗުގައި ވަޒީފާ އަދާކުރަމުން އައި ހާމީނާއި މޯލްޑިވް ގޭސްގެ މުވައްޒަފެއް ކަމަށް ވާ ސަމާ މަރުވީ ބާރުގަދަ ޑްރަގެއް އެނާޖީ ޑްރިންކާ އެއްކޮށް، ބޮއިގެން ތިބެ މަޖާކުރަމުން ދަނިކޮށް ކަމަށް ބެލެވެ އެވެ. އެކަމަކު އާއިލާ އާއި ގާތް ރައްޓެހިން ބުނަނީ އެކަން އެ މީހުން ކުރީ އެނގިގެން ކަން ނުވަތަ ނޭނގި ތިބެކަން ސާފުނުވާ ކަމަށެވެ.
ދެ ޒުވާނުންގެ ގާތް އެކުވެރިން ބުނި ގޮތުގައި ސަމާ އާއި ހާމީން މަރުވިކަން އެނގުމުން އެ ތަނުން ދެ މީހަކު ފިލި ކަމަށެވެ. އެ ދުވަހުގެ ހަވީރުއްސުރެ އެ މީހުން އުޅުނީ ސަމާ އާއި ހާމީންނާ އެކު ކަމަށް ވެސް ބައެއް އެކުވެރިން ބުނެ އެވެ.
މިހާރު ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ފިލި ދެ މީހުން ވެސް ހިމެނެ އެވެ.
"ދެ މީހަކު ފިލުމަކީ ވެސް މިކަމުގައި ޝައްކުތަކެއް އުފެދޭ ކަމެއް. އެހެންވީމަ އެކަމުން ވެސް އެބަ އެނގޭ މި ކަމުގައި ކަންތައްގަނޑެއް ހިނގައިފިކަން،" ދެ ޒުވާނުންގެ ގާތް އެކުވެރިއަކު ކިޔައިދިނެވެ.
ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ. އެމީހުންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރުމާއި ކެނަބިސް ބޭނުން ކުރުމާއި އެތަކެތި ޓްރެފިކް ކުރުމާއި ޕެޑަލް ކުރުމުގެ އިތުރުން އެއިން މުއާމަލާތު ކުރުން ހިމެނެ އެވެ.
އޭގެ އިތުރުން އެހެން މީހަކު އަމިއްލައަށް މަރުވުމަށް އެދުމުގެ ކުށާއި އެހެން މީހަކު މަރުވުމަށް އެހީތެރިވެދިނުމުގެ ކުށާއި އަމިއްލައަށް މަރުވާން އުޅުމުގެ ކުށުގެ ތުހުމަތު ވެސް ކުރެ އެވެ. އެ މީހުންގެ މައްޗަށް އެ ހުރިހާ ތުހުމަތުތަކެއް ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްތަފާ
03 October 2017
މިކަހަލަ ކަންތައްތަކާހެދިއޭ މައިންބަފައިން ކުދިން ގޭގައި ބޮޑުކުރަނީ.. މެހެން ހެދުމުން ކުދިންނަކަށް ނޭންގޭ ބޭރުތެރޭ އުޅޭކަށް، ދެންއުޅޭނީ މާ ޔޫރަޕްނޫނީ އެމެރިކާ ހެދިގެން ނޫނީ ބޭރަށް ނިކުންނައިރަށް ހާބީ ގުރޫޕް ބޮލަށްއެރިފަ ޖިހާދަށްފޮނުވާލަނީ... މިކަންތަށް އެބަޖެހޭ ހައްލުކުރަން
ހުސެން
02 October 2017
ކޮންމެ މީހަކަށްވެސް އެމީހެއްގެ އަމިއްލަ ދަރި ދޮންފުތުވާނެ، ގެސްޓްހައުސްއެއްގެ ކޮޓަރިކުއްޔަށް ހިފައިގެން ޕާޓީބާއްވާ ބަޔަކު އެހެންކަމެއްވެސް ނުކުރާނެޔޭ ބުނެވޭނެ ސަބަބެއްނެއް، މިތާންގެ ފުލުހުން ނުވަތަ ގަހުގީގުކުރާމީހުން މިފަދަ ކަންކަމުގެ ހަގީގަތް ނުހޯދާ ގިނަފަހަރު މައްސަލަ އޮއްބާލަނީ، ތަހުގީގުތައް އެހާ ޕުރޮފެޝަނަލްއެއްނޫން،
މަރުގެ ހަގީގަތް
02 October 2017
ހަގީގަތަކީ ތިޔަ ދެމީހުން ހަމަ މަސްތުވެލާހިތުން ނެގުނު އެއްޗަކުން އޯވާޑޯޒްވީ، މިކަން މިއީ ހިތާމަ ހުރިކަމެއް އެކަމަކު ދެން ވެނިމިފައި މިއޮތީ. އެހެންވީމާ އެކަން ގަބޫލު ކުރުން އާއިލާގެ މައްޗައް އެންމެ އެކަށީގެން ވަނީ.
އޯވާޑޯޒް
03 October 2017
އެލް.އެސް.ޑީ އަކީ އޯވާޑޯޒްވާއެއްޗޭއްނޫން. ފަހަރުގައި އެލް.އެސް.ޑީ ނަމުގައި އެހެން އެއްޗެއް އޮޅުވާލަފަ ނަމަވެސް ދިނީ ކަމަށްވެސް ވެދާނެ.
ޕޮގުބާ
02 October 2017
ހިތްދަތިމަރެއް
ޜަޕެ
02 October 2017
ފިރިހެނުން ތަކެއްވެގެން އެކުއްޖާ ރޭޕުކުރަން މަސަތްކަތް ކުރިތޯބަލަން ޖެހޭ!
އަހްމަދު
03 October 2017
ހަމަ ވަރަށް ރަނގަޅުވަހަކަ އެއް...
ވޯލް
02 October 2017
ހަމަ މީހަކު ތާކުހުއްޓާ މިކަހަލަ ކަމެއް ނުވާނެ. އެކުގައި އުޅޭމީހުންގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތް. އެއީ ކުޑަކުދިންނެއް ނޫން, ރާއްޖޭގައި މީހުން ގިނަ ފަހަރަށް ބުރުގާ އަޅަނީ މަޖުބޫރުން ނުވަތަ އިރެއްގައި މީހަކު ދޭ ނަސޭހަތަކުން.
މަރިއަމް
03 October 2017
އެއުމުރުގިނަ މީހުންނަކީ ކުޑަކުދިން. ބޮޑުވާއިރު ވާނުވާ ނޭންނގޭ. ސްކޫލް ފޮތްކުގައި ހުންނައެއްޗެއް އެކަނި އިނގެނީ.. މައިބަފައިން ކިރިޔާވެސް ދޫކޮށްލާއިރަށް މިދެވެނީ ވާނުވާނެންގި އެކިގޮތްގޮތަށް... ދީނީ ގޮތުން އެކަންޏެއްނޫން ތަރުބިއްޔަތުކުރަންޖެހޭނީ..
ބުނެލީ
02 October 2017
މީގެ ދުވަސްކޮޅެއް ކުރިން އަހަރެމެން ދުށިން ހަމަތިގޮތަށް އެހެންމީހުންގެ ބޮލުގަ ބޮޑެތި އިލްޒާމު އަޅުވަމުން ރައުދާގެ އާއިލާ ދުވިތަންވެސް. ކޮންތާކު ޖެހުނީ؟ އިތުރަށް ބޭޒާރުވުންނޫން ފިޔަވާ އެއްވެސް ކަމެއް ނުވި
ބުރޯ ހެން އުޅެބަލަ
03 October 2017
ބުރޯ އޭރު ފުލުހުން އެމައްސަލަ ބޮޑަށް ތަހުގީގު ވެސް ނުކުރީ އެއްނު ދޯ؟.... ބޭޒާރެއްވާނީ ރަނގަޅު ގޮތައް ތަހުގީގު ވެސް ކުރެވިގެނެއްނު...... އަދި މިމައްސަލައިގަ ސަމާ އާ ހާމިން ގެ އާއިލާ އިން އެބުނަނީ ކަން ހިނގާދިޔަގޮތް އެނގެން ބޭނުންވެޔޭ ދޯ....... ރީޑް ދަ އާޓިކަލް ކެއަރފުލީ ވަންސ އަގެއިން......
ރަބަރު
02 October 2017
ސަމާ އަކީ ފެންނަފެނުމަށް ވަރަށް ރަނގަޅު ކުއްޖެކެވެ. ހިތްހެޔޮ ކުއްޖެކެވެ. މިހެން މިބުނީ އެކުއްޖާ ރީތިވީމައެއް ނޫނެވެ. އެކުއްޖާ ގެ ކަންތައް ހުންނަގޮތް އެނގޭތީއެވެ. އަދި ހަމަ މިވަގުތު އެއީ ޒުވާން އަންހެންކުއްޖެއްކަމާ އެފަދަ ޕާޓީތައް ޝައިޠާނާ ވަރަށް ގާތުން ބަލަމުންދާނެކަންވެސް ގަބޫލުކުރަމެވެ. އެހެންނަމަވެސް ތަހުގީގުކޮށް ނިމި ފުލުހުން އެމަރުގެ ހާދިސާގެ ހަގީގަތް ހާމަކުރަންދެން ކޮމެންޓްކުރާ ފަރާތްތަކުން އެކުއްޖާއާމެދު ނުބައި ހީތައްކޮށް ކޮމެންޓް ނުކުރުމަކީ އަހަރެން ވަރަށް އެދޭކަމެކެވެ. އަދި އަނެއްހެން މިފަދަ ވާހަކަ ފެތުރުމަކީ ފާފައެއްވެސްމެއެވެ. އަހަރެން އެކުއްޖާ ދަންނަމެވެ. އެކުއްޖާއަށް ހެޔޮއެދެމެވެ. އާއިލީ ގުޅުމެއްނެތަސް ކޮމެންޓްކުރާމީހުން ލިޔާއެއްޗެހިން ދެރަވެއެވެ. މިއަދަކީ އެއްޗެހި ކިޔަންވީ ދުވަހެއްނޫނެވެ އެކުދިންގެ ފާފަ ފުއްސެވުންއެދި ދުޢާކުރަންވީދުވަހެވެ. ދިރިތިބި ޒުވާނުން އިބްރަތް ލިބިގަންނަންވީދުވަހެވެ. މާތް ﷲ އެދެކުދިންގެ ފާފަފުއްސަވައި އެކަލާގެ ވަސީޢު ރަޙްމަތުގެ ތެރޭ ލައްވާށި.
މަރީމަރ
02 October 2017
ހެޔޮ އެދެންޏާ ސަމާއަށް އެއްޗެހި ނުކިޔުމަށް އެކަނި ކީއްވެ ލިޔުނީ. ދެކުދިންނާ މެދު ވެސް ހަޤީޤަތް ނޭނގި ވާހަކަ ދައްކައިގެން ނުވާނެއެވެ.
އިބްރާ
02 October 2017
ރާއްޖޭގައި މިވަގުތު ކަންތަށްހުރިގޮތުން އަޅުގަނޑު ދަންނަވާނީ ތިޔަ މައްސަލާގައި ކުއްވެރިވާ ދެމީހުން އެތިބީ މަރުވެފައޭ. އަދި އެދެމީހުންގެވެސް މަސްތުވާތަކެއްޗަށް ޝަރީއަތެއް ކޮށްފިނަމަ އެދެމީހުން ސަލާމަތްވާނެއޭ.
ބުރޯ ހެން އުޅެބަލަ
03 October 2017
ބުރޯ މިކަހަލަ ކަންކަންވެސް ސިޔާސީ ކުރުމުގަ ..... ކައެގެ އާއިލާ މީހަކަށް މިހެންވިނަމަވިޔަސް ތިހެން ސިޔާސީ ކުރާނަން ދޯ؟..... ބަލަ މިއުޅެނީ 2 މީހުން މަރުވެގެނޭ ...... މަރުވީމަ އޮންނާނީ މައްޔިތާގެ މައްޗަށް ހެޔޮ ދުއާ ކުރުން.... ކޮއްބެޔަ އެކަންތައް އޭރުން ތިމީހަކަށްވެސް ސަވާބެށް އޮންނާނެ
އަބްދު
02 October 2017
ތިހާ ގާތް އެކުވެރިން އެރޭ އެމީހުންނާ އެކީ ނެތީ ކީއްވެބާ؟ ތިބުނާ ދުރު ބަޔަކާ އެކު ޕާޓީއެއް ރާވަން އުޅެން ޖެހުނީ ކީއްވެ؟ ޕާޓީއެއް ބާއްވަން ގެސްޓް ހައުސް އެއް ހިފީ ކީއްވެ ހެނދުނުއްސުރެ ޕާޓީ ޕްލޭން ކުރަނީބާ ނުވަތަ ޕާޓީ ކުރީބާ؟
ކޮމެންޓު
02 October 2017
ދިވެހި ލިޔަން އިނގޭތީ ކޮންމެވެސް އެއްޗެއް ކިޔާލީދޯ...