އިދިކޮޅު މެމްބަރުން މިއަދު އިހްތިޖާޖްގައި. - ފޮޓޯ: ނިހާނު ޓުވިޓާ
06 ނޮވެމްބަރ 2017 - 10:26
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ތަޅުމުގައި އިހްތިޖާޖު ކުރައްވަމުން ގެންދަވަނިކޮށް، ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ރިޕޯޓު މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ އެޖެންޑާގައި ހަމައެކަނި އޮތީ ކިގާލީ އެމެންޑްމަންޓް ތަސްދީގު ކުރަން ފެނޭތޯ ވޯޓަށް އެހުމެވެ.
ގާތްގަނޑަކަށް 13 މިނެޓަށް ދިގު ދެމިގެން ދިޔަ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ވަނީ މި ހަފްތާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގެ މަސައްކަތް ފަށާނެކަން އިއުލާން ކުރައްވައިފަ އެވެ.
އޯޒޯން ފަށަލަ ހިމާޔަތްކުރަން 1986 ގައި އެކުލަވާލި މުއާހަދާއަށް އިތުރުކުރި އިސްލާހު ރާއްޖެ އިން ތަސްދީގު ކުރުމާ މެދު މަޖިލީހުގެ ރުހުން ހޯދަން ސަރުކާރުން ފޮނުވި މައްސަލަ ގައުމީ ސަލާމަތުގެ ކޮމެޓީން ދިރާސާކޮށް ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ 28 މެމްބަރުންގެ އިއްތިފާގުންނެވެ.
ކިގާލީ އެމެންޑްމަންޓް ތަސްދީގު ކުރުމަށް ވަޒީރުންގެ މަޖިލީހުން މިދިޔަ މަހުގެ ވަނީ ނިންމައިފަ އެވެ.
ކިގާލީ އެމެންޑްމަންޓަކީ ޖައްވު ހޫނުވުމަށް މެދުވެރިވާ ގޭހެއް ކަމަށްވާ އެޗްސީއެފްސީ ގޭސް މަދުކޮށް، ކޮންޓްރޯލް ކުރުމަށް ގެނައި އިސްލާހެކެވެ. ކިގާލީ އިސްލާހުގެ ދަށުން 2019 އިން ފެށިގެން އެޗްސީއެފްސީ މާއްދާތައް މަދުކުރަން މަސައްކަތް ފަށަން ޖެހެ އެވެ.
މީގެ ކުރިން ބޭއްވި ޖަލްސާތަކެކޭ އެއްގޮތަށް އިދިކޮޅު މެމްބަރުން މިއަދު ވެސް ވަނީ މަސީހުގެ ރިޔާސަތުގައި މަޖިލިސް ކުރިއަށް ގެންދަން ދެކޮޅުހަދައި އަޑުގަދަކުރައްވައިފަ އެވެ.
މިއީ ސަޕްލިމެންޓްރީ ބަޖެޓާ ގުޅޭ ކަންކަން ވޭތުވެދިޔަ ތިން ޖަލްސާގައި ހިނގަމުން ދަނިކޮށް، އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓް ކުރެއްވި ފަހުން، މެމްބަރުން އިހްތިޖާޖްތައް ފެއްޓެވި ފުރަތަމަ ފަހަރެވެ.
އެގޮތުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ 10 މެމްބަރަކު އިދާރީ މޭޒު ކުރިމަތީގައި ހުންނަ "ލަކުޑި ބޮޑު ފާރު" ކައިރީގައި ތިއްބަވައިގެން މަސީހްއާ ދެކޮޅަށް އަޑު އުފުއްލެވި އެވެ. ނަމަވެސް މަސީހު ވަނީ ޖަލްސާ ހުއްޓަވައި ނުލައްވައި ކުރިއަށް ގެންގޮސް ނިންމާލައްވައިފަ އެވެ.
ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ މައްޗަށް އަމަލު ކުރަންވާނީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުވާނެއޭ
06 November 2017
އިދިކޮޅު މެމްބަރުން އިހްތިޖާޖްގައި 13 މިނިޓް ޖަލްސާ އަށް ވެ ޖަލްސާ ބާއްވާ ނިމިއްޖެނަމަ ރަނގަޅު ދިމާވޭ 13 އަހަރުގެ ޕެކޭޖް އާއި ވަރަށް ރަނގަޅަށް. ކެނެރީގެ ނަޝީދު ޖެހޭނީ މަހަށް ދާން މަމެންގެ ވެރިކަމުގައި. މަމެން ޕިންކީންގެ ވެރިކަމުގައި އޭނާ ބޭނުން އެއްގޮތެއް ވެސް މަޖްލީހަކު ވެސް އަދި ރާއްޖޭގެ ސިޔާސީ އެއްވެސް ދާއިރާ އެއްގައި ވިޔަ ނުދޭނަމެވެ. އަދި އެމެންގެ ހަރުގެ ވެސް ކުނޫޒު ކިއްލާ ވެސް ބަންދުވާނެއެވެ. އެހެން އެކަން ނުވާނަމަ މަމެން ލޮނު ލައިގެން ބަތެއް ނުކާނަމެވެ.
އިކުލީލު
06 November 2017
މިފަހަރު މަޖިލީހަށް މަސީހު ދެއްވަންވާނެ 99.99% އިނގޭ. 96% މާކުޑަ ތިހާ ބުރަކޮށް މަސައްކަތްކުރައްވާއިރު ދެއްތޯ.
އައްޑޫ
06 November 2017
އެއީ ނިހާނުގެ ހިތްވަރު އެންމެ 13 މިނެޓް ޖަލްސާގައި ހިފަހައްޓާލެވުން
ސަލާމް
06 November 2017
ސާބަސް މަސީހުމެންނަށް ގައުމާއިގެން ކުރިޔަށް ގައުމު ދިރުވާލަން މަސައްކަތް ކުރާމީހުން އަބަދުވެސް އުޅޭނީ ހަމަ އެފަދަ ހާލެއްގައި ދިވެހިރައްޔިތުންބޭނުމީ ތަރައްގީ މުޅިގައުމުގައި ހާޖާނު ހައްދާނެ ބައެއްނޫން
އައިޖޭ
06 November 2017
މިއަދުވެސް ޖަލސާ އެއް ބޭއްވި ކަމަށް މަޖލިްސް އިން ބުނާނެ ދީ؟
ބަކުރު
06 November 2017
ތިމާވެށީގެ ބައްޕަކަމަށް ދައުވާކުރާ ޕާރޓީމީހުންގެ އުޅުންފެނިއްޖެ، ވަރަށްސަލާމް..ހިނި ހިނި ކަމިންގް
ކުޅުދުއްފުށީ ސީޕްލޭން ބޭސް
06 November 2017
އޯޒޯނުގައި އެއަރޕޯޓެއް އަޅާބަލަ. 21 އެއަރޕޯޓު. ކީއްކުރާ އޯޒޯނެއްތަ. ތިޔަ އެއްޗެއް އޮންނަތާ ބިލިއަން އަހަރުވީއިރުވީއިރުވެސް ތިޔަ ވިއްކައިގެން ލިބުނު ފައިދާއެއްނެތް. ނުވިއްކޭ ކޮންމެ އެއްޗަކީ ނައްތާލަން ޖެހޭ އެއްޗެއް.
އހާ--
06 November 2017
މީތި ގެޓް ނުވާ އެއް ޖުހާ އެބައުޅޭ!
ކުޅުދުއްފުށީ ސީޕްލޭން ބޭސް
06 November 2017
ދިވެހިންނަކީ އިންޓެލިޖެންޓް ބައެއް ކަން އެނގިއްޖެ! 97 އިންސައްތަ. އަނެއް 3 ޑޫޑްސް އޯޒޯނަށް ފޮނުވާ! ބަޓު ދެން ކީއްވެބާ ސިޔާސީ 2 އުޅިއެއްނުވާ ޕްރިމޭޓްސްއަށް ދިވެހިން ހެއްދެނީ؟ ހެއްދެނީބާ ނޫނީ އެހެންގޮތެއް ފެންނަން ނެތި މާޔޫސްވެފައި ތިބީމާ ވާގޮތެއްބާ؟ ކަލޯމެން ލިއަންވީނު މިކަމާ!