ރޭ ދަންވަރު ފަޅާލި އެތްލެޓިކޯ ފިހާރަ: އެ ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަނީ ވަގަށް ނަގާފައި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
15 ނޮވެމްބަރ 2017 - 09:38
މާލޭގައި ރޭ ދަންވަރު ފިހާރައެއް ފަޅާލައި، 42،000ރ. ވަގަށް ނަގައިފި އެވެ.
އަހިވިލާ މަގުން މ. އޭސް ހާޑްވެއާ ކައިރީގައި ހުންނަ، ބޮޑީ ބިލްޑަރުންގެ ފިޓްނަސް އަށް ބޭނުންވާ ސާމާނު ވިއްކާ އެތްލެޓިކާ ފިހާރަ އިން ވައްކަން ކޮށްފައި ވަނީ އެލުމެނިއަމުން ހަދާފައިވާ ދޮރުގެ ތަޅު އިންނަ ބައި ކަފާލައިގެން ކަމަށް އެތަނުގެ ވެރިއަކު މިއަދު ބުންޏެވެ.
އޭނާ ބުނީ މި ވައްކަން ކުރީ ރޭ ދަންވަރު ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ބުންޏެވެ.
މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަމެއް
18 November 2017
އެބަ ހީވޭ ކަމެއް ކައިރިވާހެން!!!!!!!!
ރާއްޖެމީހާ
15 November 2017
ތިވާނީ ބަންގާޅީންގެކަމަކައް
ބަންގާޅުމީހާ
15 November 2017
މީ ރާއްޖެ މީހާ ކަންތައް ހުންނަނީ. ބަންގާޅު މީހާ ނުކުރަނީ.
ފޫޅޫ
15 November 2017
މިހާރު ކުއްވެރިން ރާއްޖޭގައި ނޫޅޭނެ. ހުރިހާ ޓެރަރިސްޓުން ވީ ޖަލުގަ. ދެން ތިބި އެންމެންގެ ކުށް ދޮވެ ސާފުކޮށްފި. އަނެއްކާ ތިޔަކަންކުރީ ކޮން ޤައުމަކުން އައި ބައެއްބާ؟ ދެން ހަތަރެސްފައި ޖަހާ.
ދޮހުއްތު
15 November 2017
މިކަންކަން މިހާރު މިއޮތް ގޮތަށް ތަޢުލީ ނިޒާމު އޮވެގެން ހައްލެއް ނުވާނެއެވެ. އަދި މިހާރު އަލަށް މިގެނައި ބަދަލާއެކު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެއެވެ. އަހިވަކާޖެހި އަހިވަށް ފާވާނެއޭ ބުނެ އުޅުނު ކާބަފައިން އެވާހަކަ އެގޮތަށް ބުނީ ހަމަ ތިބެފައެއް ނޫނެވެ. ރަނގަޅާއި ނުރަނގަޅު ވަކިކޮށް އެބަޔަކަށް ދޭންޖެހޭ ތަރުބިއްޔަތު ދޭން ސްކޫލްތަކުގައި ފަށަންވީއެވެ. ނުރަނގަޅު ކުދިންނަށް ވަކިން ސްކޫލެއް ހަދައިގެން އިޞްލާޙީ ފިޔަވަޅު އަޅައިގެން ކިޔަވައިދީގެން ނޫނީ ހައްލެއް ނުފެންނާނެއެވެ. އެންމެންނަށް ތަޢުލީމޭ ބުންޏެއްކަމަކު އެ ތަޢުލީމު ނިމޭއިރު ވާގޮތް މިހިރަ ފެންނަނީއެވެ. ޔޫރަޕް މީހުން ފިނިހެދުން ލައިގެން އުޅޭތީ އަހަރެމެން ފިނިހެދުން ލައިގެން އުޅެން ދިމާކޮށްފިއްޔާ ލައްކަ ތުރާ ޖެހޭނެއެވެ. މިވަނީ މިހެންނެވެ.
އަލި
15 November 2017
ހުރިހާ ސޭލްސް ކާޑުން ކަނޑާބަލަ. މިއޮއް ތަރައްގީ ޒަމާނުގަ ހެޔޮނުވާނެ ނަގުދު ފައިސާ ގެންގުޅެން. ލާރި ގެންގުޅެންވީ ބޭންކުގަ. އެއްވެސް ކަމަކަށް ނަގާނެކަމެއް ނެތް. ކާޑު ނޫނީ ފޯނުން އެއްޗެހި ގަންނަންވީ ދެން
މަޒް
15 November 2017
އަދި ދޫކޮއްލާ 20
ހާސަރު
15 November 2017
ފުލުހުންނޭ އިތުރަށް ކުށުގެ ރެކޯޑް ސާފުކޮށްލާ ! އޭރުން ފެޅުމާއި ފޭރުމާއި ވަޅިހެރުން އިތުރުވެ ސިޔާސީ ވާހަކަ ދެއްކުން މަދުވެދާނެ. މިއޮތީ ވާޒަމާނެއް!
ނެއިބަރ
15 November 2017
ތިފިހާރަ ފަަޅާލި 2 ވަނަ ފަހަރު ތީ....
ގުއި ސައްޕެ
15 November 2017
ތިޔައީ އަތާ ފަޔާ ބާރަށް ޖަހާ ވަރުގެ ކަމެއް
ހޭލާ
15 November 2017
15،000 އަށް ވުރެ ގިނަ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދީފި. 20 ގައިދީއަކަށް ރައީސް ޔާމީން އަދަބު ލުއިކޮށް ދެއްވައިފި. ބީއެމްއެލްގެ އޭޓީއެމްއަކަށް ޖަމާނުވެ ހުރި ފައިސާ ނެގި މީހަކު ހޯދަނީ. ވަޅި ހަރައި ޒަހަމްކޮށްލި އެކަކު ސީރިއަސް ހާލަތުގައި. ލ. ގަމުގައި 17 އަހަރުގެ ކުއްޖަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި. އަނަސް މަރާލަން ހަމަލާދިނީ އޮޅުމަކުން: ޕޮލިސް. ހުޅުމާލޭގައި މީހަކު މަރާލައިފި، މާލޭގައި ވެސް މާރާމާރީ. މިއީ ވޭތުވެތިޔަ ދެތިން ހަފްތާގެ މިޒާތުގެ ހަބަރުތަކުގެ ބައެއް ސުރުހީ ތަކެވެ. އެކަމަކު މި ރައީސް ވިދާޅުވަނީ މީހުން ގައިގައި ކަޓަރު އެޅުމާއި މަގުމަތީގެ އަމާންކަން ގެއްލި މުޅި ރާއްޖެއަކީ ބިރުވެރި ތަނަކަށް ބަދަލުވެގެން ދިޔައީ ބަދަލަކަށް ވޯޓް ދީގެން 2008 ގައި ގެނައި ސަރުކާރުގެ 3 އަހަރުގެ ތެރޭގައިކަމަށް.
ރަދީފް
15 November 2017
ހޭލާގެ ކޮމެންޓަށް ތާއީދުކުރަން.ޑިސިޕްލިން ކިޔަވަދޭންވީ ސްކޫލްތަކުގަ ސަބްޖެކްޓެއްގެ ގޮތުގަ.ރަދީފްމެން ކުޑައިރު މިސްކިތަށްގޮސް ތިބޭ އިރު އުމުރުން ދުވަސްވީ މީހަކު ފެންނަންހުރިނަމަ ނުކެރޭ ހިރިލަންވެސް ، ނަމަވެސް މިހާރު މިސްކިތްތަކަށްދާ ކުދީންގެ ކަންތައް ހުންނަގޮތް ނުބުންޏަސް އެންމެންނަސް އިނގޭނެ.އިސްލާމީ އަހްލާގް އަދި ދީން ކިޔަވަދޭންވީ.ޓީވީ ޗެނަލްތަކުންވެސް މިފަދަ ކަންތައް ކުރަންޖެހޭ.ޕީއެސްއެމް ކިޔާ ޗެނަލް އިން 24 ގައިޑި އިރު ވަކި ''މީހަކު'' ޕްރޮމޯޓް ކޮށްފަ ''ދެންތިބިހާބަޔަކު'' އެއީ ކުނި ގޮނޑުކަމަށް ދައްކަން އެކުރާ ހުތުރު މަސައްކަތް މަދުކޮށް މިޖެނެރޭޝަން ސަލާމަތްވެވޭތޯ މަސައްކަތްކުރާނަމަ އެއީ ވަރަށް ބޮޑު ގައުމީ މަސައްކަތެއްކަމުގަ ނޫނީ ނުވާނެ.ވ.ވެދުން