އައިޖީއެމްއެޗުގެ އާ އިމާރާތް: އެ އިމާރާތަށް ބަޖެޓުގައި 818 މިލިއަން ރުފިޔާ ވަނީ ހިމަނާފައި.
15 ނޮވެމްބަރ 2017 - 13:10
އައިޖީއެމްއެޗުގެ ދެކުނުން އޮތް ބިމުގައި ހަދަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި 818 މިލިއަން ރުފިޔާ ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށްފައިވާ 27.9 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ 25 ބުރީގެ އާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި އެތަނުން އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށާނެ ކަމަށެވެ. އެ ހޮސްޕިޓަލްގެ ޚިދުމަތް ފެށުމަށް 818 މިލިއަން ރުފިޔާ ކަނޑައެޅީ، ބޭނުންވާ މެޝިނަރީޒް އާއި އެހެނިހެން ތަކެތި ހޯދަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ތަކެތި ހޯދައި ކުއްލި ފަރުވާގެ ހިދުމަތް ގާއިމްކުރަން ވެސް އަންނަ އަހަރުގެ ބަޖެޓުން ހޭދަކުރާނެ އެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު ފެށި 25 ބުރީގެ އިމާރާތުގެ ކޮންކްރީޓް މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ ޖުލައި 26 އަށް އެތަން ހުޅުވުމެވެ.
އެ ހޮސްޕިޓަލާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް ހީނުކުރާ ވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ސަރުކާރުން ހޭދަކޮށްގެން ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ އަގު ބޮޑު އިމާރާތެވެ. އެތަނަށް 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ހޭދަކުރާއިރު، އެއީ އެފަދަ އިމާރާތަކާ އަޅާ ބަލާއިރު ދެ ގުނަ ބޮޑު އަދަދެއް ކަމަށް ބުނެ ފާޑުކިއުން ވަނީ އަމާޒުވެފަ އެވެ. އެތަން އިމާރާތް ކުރަން، ބިޑް ކުރުމެއް ނެތި ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި މައްސަލާގައި ވެސް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯނުއެދުރު
08 April 2018
ކޮންމެމީހަކީ ރިޕޯޓަރެއް ރޯނުއެދުރެއް.
ޔަގީން18
11 January 2018
މިބިލްޑިންގް އަގުހަތަރުގުންބޮޑުވީ އެތަނަށް ބޭނުންވާ ސާމާނާއެކު ފުރިހަމަ ޚިދްމަތް ދެވޭނެ ގިތަށް ހަދާތީއޭ ކުރިން ބުނީ. މިހާރު އަނެއްކާ ބަޖެޓުގަ ހިމަނާފަ ތިއޮތީ 818މިލިޔަން.
އެއްފިރި
16 November 2017
ބައިތުލްމާލު އެކި ނަންނަމުގަ ދަވާލަނީ
ހިޔާލް
15 November 2017
ކުޑަ ތަންކޮޅެއް 25 ބުރިއައް ނަަހަދާ މުޅި އައި.ޖީ.އެމް.އެޗް 10 ބުރިއައް ހެދިނަމަ މާ ރަނގަޅުވީސް...
ހަހަހަހާ
15 November 2017
އަނެއއް 50 މިލިއަން ޑޮލަރު ސާބަހޭ،،، ދަތްހުރިދުވަހު ކާށި ކެވޭނީ ކާލާ، ދަތްހުރިދުވަހު ދަތްއެޅޭނީ އަޅާލާ، ބާރުހުރިދުވަހު ބާރު ދައްކާލެވޭނީ ދައްކާލާ، އަތް ހުރިދުވަހު އަތްޖެހޭނީ ޖަހާލަ، އެމްއެންޑީއެފް ހަބޭސް. ދެން އަތްޖަހާ. ލާރި ލާރި ޔެސް ސަރ
މެންޓަލިސްޓް
15 November 2017
ތިޔައީ މިހާތަނަށް ދުނިޔޭގައި ނުހަނދާފެންވަރުގެ ހޮސްޕިޓަލްއެއް ،،، އެއީ އެތަނުގެ ބޭރުވެސް އެހަނދަނީ ޓައިޓޭނިއަމްބޭނުންކޮއްގެން ،،، އަދި އެތެރޭގައި އެޖަހަނީވެސް ސަންގުމަރުމަރު ހިލަ ،،،، ބިއްލޫރިވެސް އެޖަހަނީ ފައިޓަރޖެޓްގެ ކޮކްޕިޓްގައި ބޭނުންކުރާ ވައްތަރުގެ ބިއްލޫރި ،،، އެހެންވެ 25 ބުރީގެ ހޮސްޕިޓަލްއަށް 140މ ޑޮލަރު އެއަރަނީ ،،،، އަދި ތިޔައޮތި ޕްރީއޯޕަނިންގއަށް 800މ ރުފިޔާ ޙަރަދުކުރާގޮތަށް ،،،، ތިޔަކަމުގެ ހިސާބުކިތާބު ބަލަންއެނގޭނީވެސް ވަރަށްމަދުބަޔަކަށް ،،، އެއީ ގިނަހިސާބުތަކުގައި ބޭނުންކޮއްެފައިހުރީ ކުއަންޓަމް ފިޒިކްސްގެ ފޯރމިއުލާތަށްވީމައި ،،،، ވަރަށްވެދުން
ހާސަރު
15 November 2017
މިހޮސްޕިޓަލް މީ ޕީޕީއެމް ކިރުފެލާ ގެރިއެއްތާ!؟ މިތަން ދައްކާފަ 140 މިލއަން ޑޮލަރ ޚަރަދުކޮށްލީ އެންމެން ހަޅޭއްލަވަލަވާ ތިއްބާ 140 މިލިއަން ޑޮލަރަށް ވީމަ އެއިމާރާތުގެ އެންމެ ބުރިއެއްގެ އަގު 86 މިލިއަން ރުފިޔާ! ކޮންމެ މީހަކަށް ވެސް އެގޭނެ ދޯ މީގައި ވަރަށް ބޮޑުގޯހެއް އެބައުޅޭކަން! ރައްޔިތުން ޓެކްސްގެ ގޮތުގައި ދައްކާ ފައިސާ ހިސާބުނުދައްކާ މިހެން ހަބޭހަށް ޚަރަދު ކުރެވިގެން ނުވާނެ! މެޝިނަރީޒް އަށޭ ކިޔާފަ އަނެއް 800 މިލިއަން ރުފިޔާ ހެޔޮވާނީ ކިހިނެއް މިހެން ހޭދަކުރަން. ހޮސްޕިޓަލް ބޭނުން އެކަމަކު އެއާއި ނުބައްދަލު އަގެއް ރައްޔިތުން ކިބައިން ތިއަތުލަނީ.
ފެނޭދޯ
15 November 2017
ދަރުމަވަންތަ ހޮސްޕިޓަލުގެ ޚިދުމަތް ފެށުމަށް 818 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިފި ނަމަ ދެން ކޮބާތޭ މައްސަލަ އަކީ. މައްސަލަ އެއް ނެތެއް ނޫންތޭ. ހަމަ ތެޅި ތެޅި ތިބެން ޖެހޭނީ ރަންރީނދުލޭ މެން ދޯ. މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މަމެން ބޭނުން ގޮތެއް ހަދާލާނީ ދޯ. ނެހެދޭނެއޭ އެހެން ޕިންކީން ބޭނުން ގޮތެއް. އެހެންތޭ ކޯއްޗެކޭ ތިޔާ ބުނީ އަދި އެއް ފަހަރު ބުނެބަލަ. މިބުނީ ހަމަ ރަނގަޅޭ 800 މިލިއަން ރުފިޔާ ދަރުމަވަންތަ ހޮސްޕިޓަލަށް އިނގޭތޭ ތަމެން ޕިންކީން ނަށް. އޯކޭ ގުޑް ގުޑް ގެޓް ދަ ޕޮއިންޓް..
ޔާގޫތު ތިނަދޫ
15 November 2017
80،000 މީހުން ގެދޮރުވެރިކުރަން 500 މިލިއަން. 25 ބުރީގެ އެންމެ ޢިމާރާތަކަށް 800 މިލިއަން. އަދި އެވެސް އެތެރޭގެ އިކުއިޕްމަންޓް ނުލާ ހަމައެކަނި ޢިމާރާތަށް. #ދެން އަތްޖަހާ. #ސާބަހޭ ޔާމީން
ދާއޫދު ދާންދޫ
15 November 2017
ހާދަވަރެކޭދޯ ތިވަނީ. އަބަދު ގެދޮރު ވާހަކަ. ހެޔޯ ނުކައި ނުބޮއެ އުނުއޮރިޔާން ނިވާ ނުވިޔަސް. ޝުކުރުނުކުރިއަސް ބޮޑުވަރު....
އަލީ_
15 November 2017
ކޮންމެވެސް ބައެއްގެ ޖީބުތައް ފުރެމުން މިހިރަދަނީ!
ބިލްޑިންގ
15 November 2017
ތިޔަ އިމާރާތަކީ ހާދަ ބައިވަރު ފައިސާއަކުން އެޅޭ ތަނެކޭދޯ؟ ހީވަނީ ފައުންޑޭޝަން އެޅީފެސް ހުސްނޫޓުންހެން. ތިޔަތަނަށް ކިޔަން އެންމެ އެކަށޭނެނަމަކީ "އެންމެ އަގުބޮޑު ބިލްޑިން" މިއީ މުޅިދުނިޔޭގައިވެސް ނިސްބަތުން އެންމެ އަގު ބޮޑު ބިލްޑިންގ އަށް ވާނެކަމީ އެއްވެސް ޝައްކެއް އޮތްކަމެއްނޫން.