ޚަބަރު / ސިވިލް ކޯޓް

ނާޒިމްގެ އާއިލީ ކުންފުންޏަށް ދެ މިލިއަން ދައްކަން މައުމޫންގެ ހަތަރު ބޭޭފުޅުންގެ މައްޗަށް ހުކުމްކޮށްފި

މައުމޫންގެ ހަތަރު ބޭފުޅުން: ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ދައްކަން ކޯޓުން ހުކުމްކުރީ އިމާރާތުގެ އަގެއް ނުދެއްކި މައްސަލާގައި --ފޮޓޯ/މިހާރު

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ ކުންފުންޏަށް 2.1 މިލިއަން ރުފިޔާ ދައްކަން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

ނާޒިމްގެ އާއިލީ ކުންފުނި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އަށް 2.1 މިލިއަން ދައްކަން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫނާއި އަހުމަދު ފާރިސް މައުމޫން އަދި ޣައްސާން މައުމޫންގެ މައްޗަށް ހުކުމްކުރީ ޗާންދަނީމަގުގައި އެ ހަތަރު ބޭފުޅުންގެ ނަމުގައި އޮތް ބިމެއްގައި ހަތް ބުރީގެ އިމާރާތެއް ކުރުވުމަށް ފަހު، އާރްސީސީ އަށް ދައްކަން ޖެހޭ ފައިސާ ނުދެއްކި ކަމަށް ބުނެ އެ ކުންފުނިން ދައުވާ ކުރުމުންނެވެ.

ހުކުމުގައިވަނީ އެއީ މައުމޫންގެ ހަތަރު ބޭފުޅުން ދައްކަން ޖެހޭ ފައިސާކަން ސާބިތުވާ ކަމަށާއި އެހެންވެ 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ކޯޓަށް ދެއްކުމަށެވެ.

އެ ދައުވާ އަށް އިންކާރުކޮށް، އެ ހަތަރު ބޭފުޅުންގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ އިމާރާތުގެ ފެންވަރު ދަށްކަމުން އިތުރު މަރާމާތުތައް ކުރަން ޖެހުނު ކަމަށާއި އެކަންކަން ރަނގަޅު ކުރަން ހޭދަވި މުއްދަތުގައި ވެސް 2.1 މިލިއަންގެ ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެތަން އިމާރާތް ކޮށްފައި ހުރީ އެއްބަސްވުމާ އެއްގޮތަށް ނޫން ކަމަށް އެ ބޭފުޅުންގެ ފަރާތުން ބުނެފައިވެ އެވެ.

އެކަމަކު ކޯޓުގެ ހުކުމުގައި ވަނީ އިމާރާތް ނިންމައި، އެ ބޭފުޅުންނާ ހަވާލު ކުރުމުން އިމާރާތާ ހަވާލުވެ، އެކަމުގެ ލިޔުން އާރްސީސީއަށް ދީފައިވާ ކަމަށެވެ. އެ ފައިސާ ނުލިބިގެން ފައިސާ ދައުވާ ކުރުމުން އެތަނުގެ ހާލަތާ މެދު މިހާރު ސުވާލު އުފެއްދިޔަސް އެއީ އާރްސީސީ އަށް ލިބެންޖެހޭ ފައިސާ ނުދީ ހިފަހައްޓަން އޮތް އުޒުރެއް ކަމަށް ނުބެލެވޭ ކަމަށް ގާޒީ އަބްދުއްނާސިރު ޝަފީގު ކުރެއްވި ހުކުމުގައިވެ އެވެ.

އިމާރާތުގެ މަސައްކަތް ހިނގިއިރު ދުންޔާ އާއި ޔުމްނާ އާއި ފާރިސް އަދި ޣައްސާންގެ ފަރާތުުން އެތަން މޮނީޓާ ކުރި ކަން އެނގޭ ކަމަށް ވެސް ހުކުމުގައި ވެ އެވެ.

27 ކޮމެންޓް, 162 ރިއެކްޝަންސް

icon happy icon happy 76%
icon sad icon sad 13%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވައްލަ

23 November 2017

ތިޔަމީހުން އަތުގައި އެވަރަށް ފައިސާ ހުންނާނެ އެއްކޮށްފަ، އެ ހެޔޯ އުމުރު ދުވަހު އެއްވެސް މަސައްކަތެއް ނުކޮށް ތިއްބަސް، އަވަހަށް ފައިސާ ދައްކާ

The name is already taken The name is available. Register?

ސާފު

22 November 2017

އަދުލު އިންސާފުގެ އިރު އުދަރެހުން އަރަންއުޅޭހެން އެބަހީވޭ.

The name is already taken The name is available. Register?

މުޤާބޭ

22 November 2017

އެބޭފުޅުންވެސް ހީކުރީ މާބޮޑުހުކުމެއް އންނާނެކަމަށް، މިވަރު އަދަދެއްވީމާ އެބޭފުޅުން އެތިބީ ހެވިފަ 2މ، މިއީ ކޯންޗެއް؟؟؟ ކުޑަވާ އިންގިލީގެ ފުއްޓައްކެކުން މިދީބަލަ.!

The name is already taken The name is available. Register?

އަހަންމާ

21 November 2017

ތިދެންމާބޮޑުއެއްޗެއްނޫނެންނު ގުޅިފައިވާޕާޓީތަކުން ތިކަންހަމަޖައްސަދޭނެ ހާއްސަކޮށް ގާސިމްބެ

The name is already taken The name is available. Register?

އަށްޑޫ މީހާ

21 November 2017

ތި ކޯންޗެއް. އެންމެ ފޯނުކޯލަކުން ތިކަން ނިމިއްޖެ.

The name is already taken The name is available. Register?

އަފިހުން ގޮއްޔެ

21 November 2017

ހުކުމުގައިވަނީ "އެއީ މައުމޫންގެ ހަތަރު ބޭފުޅުން ދައްކަން ޖެހޭ ފައިސާކަން ސާބިތުވާ ކަމަށާއި އެހެންވެ 30 ދުވަހުގެ ތެރޭގައި އެ ފައިސާ އެއްކޮށް ކޯޓަށް ދެއްކުމަށެވެ" ސަރުޢީ ކޯޓުތަކުން ކުރާ ހުކުމް އުތަ، ލަދުން ދެފައި ގާތްކޮށްލަން ނުކެރެ. މިޒާތުގެ ހުކުމަށް ކިޔާނީ ސިޔާސީ ހުކުމް ނޫން ދެން ހުކުމެއްބާ!

The name is already taken The name is available. Register?

ރާއްޖެ

22 November 2017

އެއީ ހުކުމުގެ ކޯޓޭޝަނެއް ނަމަ އޮންނާނީ ކޮމާކޯޅި " " އެއް ތެރޭގަ. ވާނުވާ ނޭނގުނަސް ކޮމެންޓްކުރާތި. މީހާގެ ވިސްނުން ތިހުންނަނީ ސިޔާސީވެ އަރާ އާސްމާނުގަ.

The name is already taken The name is available. Register?

5522221

21 November 2017

މިސަރުކާރު ކިހާއިންސާފުވެރި، ސަރުކާރުގެ އިސްމަގާމެއްގައި ހުރި އަދި ކުރީގެ ފޮރިންމިނިސްޓަރަށް ނުބަލާ ދައުވާ އެކުރީ، ރައީސް ޔާމީން 2018.

The name is already taken The name is available. Register?

މރ. ހަނދާނެއް ނުނެތޭ

21 November 2017

މިސަރުކާރު، ދެހަޅަ ޖަހާ ވައި އުތުރަށް އަރާނެކަމަށް އުއްމީދުކުރަން.

The name is already taken The name is available. Register?

ޑާޑާޑާޑާ

21 November 2017

ތިހެން އަޑިއަޑިން އޭރަކުކަިރީގައުޅޭ ސިޔާސީމީހުންނައް ކޮންޓްރެކްޓްދެންޏާ ވާނެގޮތް

The name is already taken The name is available. Register?

ބޯގޯސްބޯއި

21 November 2017

މިހެންވެގެންނޭ މައުމޫނު ވިދާޅުވަނީ ތިމަންނާއަތުގައި ލޯލާރިއެއްވެސް ނޯންނާނޭ.

The name is already taken The name is available. Register?

ތީހަމަ ތިނަމުގެވެރިޔާ

21 November 2017

ދެމިލިޔަނުގެ ކޮންޓްރެކްޓެއް ހަދައިގެން ބިލްޑިންގ އެއް އަޅާ ކޮނަމެ މީހަކީ އަތުގައި 2 މިލިޔަނުން ދިޔައި ފައިސާ ހުރެގެން އުޅޭ މީހެއް ނޫން. 4 މަސްދުވަހު ސަފީރުކަން ކޮށްލީމާ އެތިބެ ޔޫކޭ ތަންތަނުން ގެ ގަނެލެވެނީ

The name is already taken The name is available. Register?

މަގޭވޯޓް

21 November 2017

މި4 ބޭފުޅުންނަށް މީކޯޗެއް 2 މިލިޔަން ރުފިޔާއަކީ 2 ބިލިޔަންވެސް ހުންނާނެ މިމީހުންއަތުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454