މައި ޓެކް ކޯނާ. އެ ތަން ރޭ ފަޅާލައި ލައްކައަކަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފައި.
23 ނޮވެމްބަރ 2017 - 10:22
މާލޭގައި ރޭ ފަތިހު ފިހާރައެއް ފަޅާލައި، ވަގަށް ގެންދިޔަ މުދަލާއި ތަނަށް ލިބުނު ގެއްލުމުގެ އަގު ދެ ލައްކައަށް ވުރެ މަތިވާނެ ކަމަށް އެ ފިހާރަ އިން މިއަދު ބުނެފި އެވެ.
އަހިވިލާ މަގުން މ. އޭސް ހާޑްވެއާ ކައިރީގައި ހުންނަ، މައި ޓެކް "މޮބައިލް ކޯނާ" ފިހާރަ އިން ވާހަކަ ދެއްކި މީހަކު ބުނީ އެ ތަނުން ވައްކަން ކުރީ ފިހާރައިގައި އަޅުވާފައި ހުރި ތިން ތަޅުގެ ތެރެއިން ދެ ތަޅު ހަލާކުކޮށްލައި، ބިއްލޫރިގަނޑު ތަޅާލުމަށް ފަހު ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި އެ ފިހާރަ ފަޅާލައި ވައްކަން ކުރިކަމުގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4 ޖަހާކަން ހާއިރު އެވެ.
ނަމަވެސް ވައްކަމާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
"ވަގުން އެކަން ކުރީ ވަރަށް ބޮޑަށް ހަމަޖެހިލައިގެން ކަމަށް ބެލެވެނީ. މިއީ ވަރަށް ބޮޑަށް ރޭވިގެން ކުރި ކަމެއް ކަމަށް ބެލެވެނީ،" ފިހާރަ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ވަގުން އެ ފިހާރަ އަށް ވަދެ، ފޯނާއި ފޯނާ ގުޅޭ އެކި ސާމާނު ގެންދިޔަ އެވެ. އަދި ފިހާރައިގެ ވަތްގަނޑުގައި ހުރި 6000ރ. ވެސް ވަގަށް ނެގި ކަމަށް ބުންޏެވެ.
ވައްކަން ކުރުމުގެ އިތުރުން، އޭނާ ބުނީ، ފިހާރައިގައި ހުރި ބައެއް މެޝިނަރީޒްތަކަށް ގެއްލުން ވެސް ދީފައިވާ ކަމަށެވެ.
އެ ސަރަހައްދުގައި ހުންނަ ބޮޑީ ބިލްޑަރުންގެ ފިޓްނަސް އަށް ބޭނުންވާ ސާމާނު ވިއްކާ އެތްލެޓިކާ ފިހާރަ ފަޅާލައި، މި މަހު 15 ވަނަ ދުވަހު ވަނީ 42،000ރ. ވަގަށް ނަގައިފަ އެވެ. އެ މައްސަލައާ ގުޅިގެން ވެސް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮބިން
23 November 2017
އަވަހަށް ތިޔަ ފޯންތަކުގެ 16 ޖިޓިޓް ނަމްބަރ ފުލުހުންނަށް އަންގަ ދުވަހެއްގެ ކޮޅުންވެސް ތީގެން ފޯނަކަށް ސިމްއެއް ލައްވައިިފިޔާ އަތުލައިގަނެވޭނެ
ހަސަން
23 November 2017
ދޫކޮއްލި ވަގުންނަށް މިއޮތީ ބަޙާރު މޫސުން އައިސްފަ ...
އަލީ.
23 November 2017
އައްދޭ ވަގުންނައް ފިޔަވަޅެއް ނާޅާނެ ސިޔާސީމީހުން ވަރައް އަވަހައް ހައްޔަރުކުރާނެ
ޑޯން
23 November 2017
ބައެއް ގައިދީންނަށް ހާއްސަ ފުރުސަތެއް ދިނުމަށް ރައީސް ނިންމައިފި......ދެންކީކޭބުނާނީ
ޝާފީ
23 November 2017
އޯ މައި ގޯޑް. މަގޭ ފޯނުވީ ތިތަނަށް ހަދަން ގެންގޮސްފައި. ސިމްކާޑުވެސް ހަނދާންނެތި ނުނެގި އިންނާނީ. ދެން ކިހިނެއް ހެދޭނީ؟؟؟؟؟؟؟ :'(
ވާލުސޮރު
23 November 2017
މާލެ ސަރަހައްދު ތޮއްޖެއްސުމާ ދެކޮޅުހަދަންޖެހޭ އެއްސަބަބު ތިތައީވެސް. މުޅި ސިޓީތެރޭ ކުލަކުލައިގެ ޔުނީފޯމް އެޅި ސަރުކާރުގެ ތަންފީޒީ އިދާރާތަކުގެ މުއައްޒަފުން ކެނޑިނޭޅި ދައުލަތުގެ ވެހިކަލްތަކުގަ ބުރުޖަހާލަ ޖަހާލަ. އެކަމަކު ވަގުން ހަމަޖެހިލައިގެން ތަންތަން ފެޅުމުގަ އަވަދިނެތި. މަށަށްހީވަނީ މިކަމުގަ ވަރަށްބޮޑު ގޯހެއް އެބައުޅޭހެން.
އިސްލާ
23 November 2017
ހައިސޭލުން ބޭންކަށް ފޮނުވި ބައިމިލިއަން ރުފިޔާ ގެންދިއަމީހާ ބަޔަކާއި ގުޅިގެން ހިންގި ވައްކަމުގެ މައްސަލަ ވަނީ ވަޅުޖަހައިފައެވެ. ޖަރީމާ ހިންގީ 2016 އޭޕްރީލް 24 ގައެވެ. އެންމެ ލާރިއެއްވެސް ނުހޯދުނުތާނގައި ފިހާރައިން ބޭންކަށްދިޔަމީހާ ބަންދުކޮށްފައިވެސްނުވޭ.
ހާސަރު
23 November 2017
ޔާމީންގެ ޕީޕީއެމް ސަރުކާރުން ކުއްވެރިންނަށް މިއޮތީ ބަހާރު މޫސުމް ގެނެސްދީފަ! ދެން އަތްޖަހާ
ގަޓް
23 November 2017
ހަތަރު ސަތޭކަ އެތައް ޒުވާނުންނެއް ޖަލުން މިނިވަންކޮށްފިން. އެކުދިންގެ ހައްޤު ބޮޑުވާނެ ދެންތިބި މީހުންނަށްވުރެ. ދެން ނިކަމެތިކަމުގައި ތިބޭ.
ޔާމީން 2018
23 November 2017
ދިވެހިން ދިވެހިންގެ ގޮތުގަައި