ޕީޕީއެމުން ތިނަދޫގައި އިއްޔެ ބޭއްވި ސައިކަލް ބުރު ކުރިއަށް ގެންދަނީ.
25 ނޮވެމްބަރ 2017 - 15:38
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ގދ. ތިނަދޫގައި މިރޭ ބާއްވާ ޖަލްސާ އަކީ މާލެ ފިޔަވައި އެހެން ރަށެއްގައި މިހާތަނަށް އެންމެ ގިނަ މީހުން ފެންނާނެ ޖަލްސާއަކަށް ވާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު އަދި ތިނަދު އަށް އުފަން ނިހާން ވިދާޅުވީ ޕީޕީއެމުން އެ ރަށުގައި ބާއްވާ ޖަލްސާގައި، އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަށް ވުރެ މާގިނަ މީހުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން ނިހާން އަންދާޒާ ކުރައްވާ ގޮތުގައި މިރޭގެ ޖަލްސާގައި 3،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ.
"މިއީ ރާއްޖޭގެ އެއް ރަށެއްގައި ބާއްވާ އެންމެ ބޮޑު ޖަލްސާ އަށް ވެގެން ދާނެ. ގިނަ އަދަދެއްގެ ބަޔަކު ތިނަދޫ އިން ޖަލްސާ އަށް ދާނެ. ފަހަރެއްގަ ކައިރި ރަށްރަށުން ވެސް މީހުން އަތުވެދާނެ،" މިވަގުތު ތިނަދޫގައި ހުންނެވި ނިހާން ވިދާޅުވި އެވެ.
ޕީޕީއެމުން ތިނަދޫގައި އިއްޔެ ބޭއްވި ސައިކަލް ބުރުގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.
ނިހާން ވިދާޅުވި ގޮތުގައި، ތިނަދޫ ރައްޔިތުން ތިބީ ރައީސް އަބްދުﷲ ޔާމީން ގެންނަމުން އަންނަ ތަރައްގީއާ އެކު ކަން މިރޭ އެނގޭނެ އެވެ. އަދި ވިދާޅުވީ މިއީ ސިޔާސީ ޕާޓީއަކުން ތިނަދޫގެ ގޭގެ އަށް ވަކިވަކިން ޒިޔާރަތްކޮށް ޖަލްސާ އަށް މީހުން ދާނެ ފުރަތަމަ ފަހަރު ކަމަށް ވާނެ ކަމަށެވެ.
ޕީޕީއެމުން ތިނަދޫގައި މިރޭ ޖަލްސާއެއް މި ބާއްވަނީ، ތިނަދު އަށް އިސްކަން ދެއްވައިގެން ރައީސް ޔާމީން ކޮށްދެއްވި ކަންކަމާ މެދު އެ ރަށުގެ ރައްޔިތުން ވިސްނުން ނުގެންގުޅޭ ނަމަ "ވިސްނުން ބަދަލުކުރަން ޖެހިދާނެ" ކަމަށް ވިދާޅުވެ، ނިހާން ވާހަކަ ދެއްކެވުމުން އެ މައްސަލަ ވެސް ހޫނުވެފައި ވަނިކޮށެވެ.
ޕީޕީއެމްގެ "ރުމާލު 2" ގައި މިދިޔަ ހަފުތާގައި ބޭއްވި ޖަލްސާގައި ނިހާން ދެއްކެވި ވާހަކަތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ހޫނު ރައްދެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދީފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗއިނާމީހާ
06 December 2017
ރޭޑިއޯއިންނާއި ޓީޥީ ގޮތްވިވަރެތް!!! ދެންއައްޖަހާ ހުރިހާއެންމެންވެސް!!
ބޮޑު ހަސަންބެ
26 November 2017
މަޖުބޫރު ކުރުވައިގެން ގެނދިޔާމަ ގިނަވާނެ. ނިކަން ދާންބޭނުންތޯ ފެންނަ ނުފެންނަ ވޯޓެއް ނަގާބަލަ. ގިނަ މީހުން ބޭނުންނުވަނެ ދާން. ވަޒީފަގެ ބިރަށް މަޖުބޫރުވާނެ ދޯ ދާން
ތުއްތޫ
26 November 2017
މުގާބޭ ވެސް އުޅުނު ރެކޯރޑު ހަދަމުން
ކެޓަލޯނިޔާ
25 November 2017
ކައުންސިލް އިންތިޚާބުގަ 7-0 ވީމަ އެއީ ރެކޯޑް އަދަދެކޭތޯ!!
ސާކިރު
25 November 2017
މިރޭ ޕީޕީއެމު ޖަލުސާއައދިޔައީ 13000 މީހުނ
ގައްދޫ ދޮންދީީދީ
25 November 2017
ބަލަ އެމްޑީޕީން ތިނަދޫގައި ބޭއްވި ބައްދަލުވުމަށް ގައްދޫން އެކަނިވެސް ދިޔަ 100 ވަރަކަށް މީހުން.
ހާސަރު
25 November 2017
ނިހާންމެންނަށް އެކަމެއްނުވިޔޯ! 5 ފޫޓުން ގޮނޑި ޖަހައިގެން ފޯއްމުލަކުންވެސް މީހުންގެނެސްގެން ވެސް ކުރީރޭގެ ދެބައިކުޅައެއްބައިވެސް ނުވި! ދެންވެސް ހަމަ އަތްޖަހަންވީތަ!؟
މޮގާބެ
25 November 2017
ކުޅުދުއްފުއްޓަށް ތިއަ ކުރީ މަލާމާތާއި ފުރސާރައަށް ވޯޓުން ޖަވާބު ދޭނަނަން.
ޒަރީނާ
25 November 2017
ވިލިނގިލިންނާ، ކޮލަމާފުށިން 500 މީހުންނާ މުޅި ދެއަތޮޅުން ގަދަކަމުން މަޖުބޫރުން ވަޒީފާގެ ބިރު ދައްކައިން ކުރާކަމެއް.ތިޔައް ކިޔަނީ ގުނބޯ ހެއްދުން.ބޮދު މަންޒަރު ދައްކާނީ ވޯޓުން އިރާދަކުރެއްވިއްޔާ
ސަޓަނި
25 November 2017
ރެކޯޑް އަދަދަކަށް ރަށުން ބޭރު މީހުން ބައިވެރިވާ ޖަލްސާއެއް. ރެކޯރޑް އަދަދަކަށް ގިނަ ކަނޑު އުޅަނދުތަށް ތިނަދޫ ބަނދަރުގަ އޮންނާނެ ޖަލްސާއްއް. ރެކޯރޑް އަދަދަކަށް ގިނަ ސަރުކާރު މުވައްޒަފުން ބައިވެރިވާނެ ޖަލްސާއެއް. ވަރަށް ގިނަ ރެކޯރޑް ދެއްތޯ.. ޖަލްސާ މެދުތެރޭންވެސް ރެކޯރޑެއް ހަދާނެ ސަޅި.. އެއީ ޖަލްސާ ނުނިމެނީސް އެންމެ ގިނަމީހުން ރައްކާވާ ރެކޯރޑް. ދެން އަތްޖަހާ