ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވި އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުން. --ފޮޓޯ/ ސޯޝަލް މީޑިއާ
23 ނޮވެމްބަރ 2017 - 23:32
ރައީސް އަބްދުﷲ ޔާމީންގެ އިހްސާންތެރިކަމުގެ އަގު އަދާކުރަން ގޮވަމުންދާއިރު ހުވަދު އަތޮޅުގެ ރައްޔިތުންނަށް މި ސަރުކާރުން ދެނީ ނިކަމެތިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކުން ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ޝާހިދުގެ ވާހަކަ އަމާޒުކުރެއްވީ، މި ޖަލްސާއަށް ނުދާން ތިނަދޫގެ ރައްޔިތުންނަށް ގޮވާލައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ދެއްކެވި ވާހަކައަށެވެ. އޭނާ ވިދާޅުވެފައި ވަނީ، ރައީސް ޔާމީން ތިނަދޫގެ ރައްޔިތުންނަށް ހާއްސަ ގާތްކަމެއް ބަހައްޓަވައިގެން، ވެދެއްވި އިހްސާންތެރި ކަމުގެ އަގު އަދާކުރަން ޖެހޭ ކަމަށެވެ.
ޝާހިދު ވިދާޅުވީ "ޗާބޫކު" ހިފައިގެން ތިބެ، އިހްސާންތެރިކަމުގެ ބަދަލުދޭން އެދެމުން އަންނަނީ ހުވަދު އަތޮޅުގެ ރައްޔިތުންނަށް ނިކަމެތި ހާލު ޖެއްސުމަށް ފަހު ކަމަށެވެ. މި ސަރުކާރު އައި ފަހުން، އެތައް ދަތިތަކެއް ހުވަދޫގެ ރައްޔިތުންނަށް ކުރިމަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު އިއްތިހާދުގެ ޖަލްސާއެއްގައި ޝާހިދު ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ހުވަދު އަތޮޅުގެ ރައްޔިތުން އާމްދަނީ ހޯދަނީ މަސްވެރިކަމުން ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ މަސްވެރިން ބާނާ މަހުން ވެސް ބޮޑު ބައެއް މިހާރު ނުކިރުވޭ ކަމަށެވެ. ސަރުކާރުގެ އިހްސާންތެރި ކަމަކީ މިއީތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އަޅުގަނޑުމެންގެ މި ކަނޑު އޮޅިތަކުގައި ލޭނު އަޅަމުން ދުއްވަނީ. މަސްވެރިންގެ ހީވާގިކަމާ އެކުގައި ގޮސް އަތުލައިގަނެގެން ގެނައިމާ ވެސް އެއް ބަޔަކު ބުނަނީ ނޫނެކޭ ތިއީ ހުއްދަ ދީފައި އޮތް އެއްޗެކޭ. އަނެއް ބަޔަކު ބުނަނީ ނޫނެކޭ ދޮގެކޭ، ހުއްދައެއް ދީފައެއް ނުވެއޭ. އިހްސާންތެރިކަން މިއޮތީ، އަޅުގަނޑުމެންގެ ކަނޑުތައް މި ވިއްކާލަނީ،" ދާދި ފަހުން ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އަތުލައިގަތް ބޭރުގެ މަސްބޯޓުތަކުގެ މައްސަލައަށް އަމާޒުކުރައްވާ ޝާހިދު ވިދާޅުވި އެވެ.
ބޯހިޔާވަހިކަމަށް ބަލާއިރު ވެސް ހުވަދޫ ރައްޔިތުންނަށް އޮތީ ހިތްދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުވަދު އަށް ބޯހިޔާވަހިކަން ހަމަނުޖައްސައި މާލެ އަށް ދިރިއުޅުން ބަދަލުކުރަން ދައުވަތު ދެއްވަނީ، ޝާހިދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އިހްސާންތެރިކަމަކުން ނޫނެވެ. އެ ދައުވަތަކީ، ހުވަދު އަތޮޅު ފަޅުކޮށްލުމުގެ ދައުވަތު ކަމަށް ވިދާޅުވެ އެ ދައުވަތު ގަބޫލުނުކުރަން ޝާހިދު އެދިވަޑައިގަތެވެ.
އިދިކޮޅު ޕާޓީތަކުން ތިނަދޫގައި ބޭއްވި ޖަލްސާ: މި ޖަލްސާގައި ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ ތިނަދޫ ރައްޔިތުން ތިބީ އިސްލާހީ މަސައްކަތުގައި ސާބިތުވެ ކަމަށް.
"މަޖިލީހުގެ ރައީސަކަށް އަޅުގަނޑު ހުރިއިރު މި ހުވަދު އަތޮޅަށް ދޮޅުހާސް ހައުސިން ޔުނިޓް އަޅަން ފާސްކުރި. އޭގެ ތެރެއިން 750 ޔުނިޓް، އެ ވިދާޅުވާ އިހްސާންތެރި ސަރުކާރުން ދަމައިގަނެގެން ގެންދިޔައީ،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ހުވަދު އަތޮޅަކީ ވަރަށް ވަރުގަދަ ކިއްލާއެއް ކަމަށެވެ. ހުވަދު އަތޮޅުގައި ތިބީ ސަރުކާރުން ދައްކާ ބިރަށް ފަހަތަށް ޖެހޭނެ ބައެއް ނޫން ކަން މިރޭގެ ސާފުވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުބުލްވަތަން
25 November 2017
އަދަދު ފެނިފަ ލަދުން ހަލާކު އަދިވެސް ބާކީ ޕާޓީ ގަޑެއް އޮތޯބަަލާފަ ހޯދައިގެން ގެންގޮސްގެން ވެސް ތިޔަށް ވުރެ ރަގަޅު ކުރެވޭތޯ ބަލާބަލަ
ސަލާމް
24 November 2017
މަންޑޭލާ. ބުނެލަން އޮތީ ރަށުގެ ރައްޔަތުންގެ އަބުރަށް ބުރޫ އަރާގޮތަށް ކޮމެންޓް ކުރުމުގެ ހައްގެއް އެއްވެސް މީހަކަށްވެސް ނޫހަކަށްވެސް ލިބިގެން ނުވެޢޭ.
ގޮންގް
24 November 2017
އަސްލު ފޮޓޯ ދެކުނިންތަ؟ ލޮލް
ޙަހަހަހަ
24 November 2017
12000 މީހުންގެ އާބާދީހިމެނޭ ތިނަދުއިން ޖަލްސާއަށް ދިޔައީ 500މީހުން. ޢެކަމު މިއީ އެމްޑީޕީ ކިއްލާޔޯ!
ާއަސްހަމް
25 November 2017
12000 އާބާދީ އަކަށް ކީވެތޯ ސިޓީ އެއްގެ ދަރަޖަ ނުލިބި އޮތީ....
ސޮކްތެރެޕީ
24 November 2017
ހަގީގަތުގަ ފުޅާކޯލިށަން ވަރައްނިކަމެތި ރައްރަށުން މީހުންގެނެސްގެން ޖަލްސާބައްވަނީ.
ނަސީމް
24 November 2017
ތިޔަބުނާ ބައިމަތިފުޅާ މުލައްދަނޑި ވަރުގަދަ ސަރުކާރުން ގޭގެއަށް ސަލާންޖަހަމުން ހިނގަންޖެހުނީ މިއިދޮޅު ހަރަކާތުގެ ވަރުގަދަކަމުން. ފިނިކޮޓަރި ދޫކޮށް ރަށްރަށަށް ދުވަންޖެހިފަ ތިއޮތީ. ރަށަކުން މީހަކު ނުގެނަސް ވޭތޯ ބަލާ.
ޙަވަރު ބެއްޔާ
24 November 2017
ޕިންކީ ކުދިންކޮޅު ކަލަ ގޮވަން ހާދަ މޮޅޭ... ބަލަ ޔާމީންގެ އަމިއްލަ އެންމެ ފައިސާ ފޮއްޗެއް ވެސް ނޯންނާނެ ތިނަދޫއަށް ހަރަދު ކޮށް ފައެއް.. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދު ކުރީ.. ދެން ކަންދިމާވި ގޮތުން ޔާމީން ވެރިއަކަށް ހުރެގެން އެފައިސާ ހަރަދު ކުރުމަކީ ތިނަދޫ ރައްޔިތުން ޔާމީންއަށް ތާއީދުކޮށް ވޯޓް ދޭންޖެހޭ ސަބަބެއް ކަމަށް ނުފެނޭ.... އެެހެން މިބުނީ ނަޝީދު ވެރިކަމުގަ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ކުރެވޭނެ އިންތިޒާމް ހަޖެއްސި... މިހެނޭ ކިޔާފަ ދިވެހި ހުރިހާ ރައްތިތުން ނާޝީދުއަށް ވޯޓް ދޭން ޖެހޭތަ... ކަލޯ މެން ތިނަދޫ ގިނަ ރައްޔިތުން އުޅޭހެން އަޅުވެތި ނުވެ މިނިވަންކަމާއި އެކު އުޅެން ދަސްކޮށް ބަލަ.. މިއީ ވެރިންނަށް ސަޖިދަ ޖެހި ޒަމާނެއް ނޫނޭ...
ފަޅުވެރިން
24 November 2017
ރަނގަޅު ވާހަކައެއް، ރައީސް ޔާމީންގެ އަމިއްލަ ފައިސާއަކު ނޫން ކަންކަން ކުރައްވަނީކީއެއް! ނަމަވެސް ސުވާލަކީ، އޭގެ ކުރީގެ ވެރިކަންތަކުގައި ކަންކަން ކޮށްފައި ނެތް އިރުގައި މިސަރުކާރުން ކަންކަން އެބަކުރެއޭ! 2013 އާ ހަމައަށް ހިނގި ފަންސާސް އަހަރުގައި ނުކުރެވޭހާ ކަންތައް މިސަރުކާރަށް އަދި ފަސް އަހަރު ނުފުރެނީސް ކޮށްފިއޭ! އެހެންވީމާ ﷲ ގެ ނިޢުމަތްތަކަށް ޝުކުރު ކުރަންޖެހެއޭ! ﷲ ގެ ނިޢުމަތްތަކަށް ޝުކުރު ކުރުމަކީ، އެނިޢުމަތްތައް ދެއްވުމުގައި މެދުވެރިކުރައްވާ މީހުންނަށްވެސް ޝުކުރުކުރުމޭ! ދައުލަތަށް އާމްދަނީ އިތުރުކުރާނެ ގޮތުގެ ހަރުދަނާ ވިސްނުމެއް، އަދި ކުޑަ އިންޓަރެސްޓުގައި، ދިގު މުއްދަތަށް ލޯނު ހޯދާނެ ގޮތުގެ ވިސްނުމެއްވެސް ކުރީގެ ސަރުކާރުތަކުގައި ނެތޭ! ނަޝީދު ސަރުކާރުން އާމްދަނީ އިތުރު ކުރުމަށްޓަކައި ކުރި ކަމަކީ، ދައުލަތުގެ ހަރުމުދާތައް ވިއްކާ ހުސްކުރުމޭ! އެއްވެސް އެއްޗެއް ނުވިއްކައި މިސަރުކާރުން މިދަނީ އެސެޓްތައް އުފައްދަމުންނޭ! މިއީ އިޙްތިފާލް ކުރަންޖެހޭ ކަމަކީ! މިއީ މިސަރުކާރު ތަފާތުވާ ތަނަކީ!!
ދޮންތުއްތު
26 November 2017
އެހެންދޯ. މުސްކުޅިންނަށް 2000 ރުފިޔާއެއް ދެވޭ ކަމަށް ހީކޮށް ހޭބަލިވަނީ އެއީ ކެނެރީގޭ ވަޅުން ނަގާ އެއްޗަކަށް ވީމާތަ. ނޫނީ ގާނޫނެއްގަ މާ ކުރިން މަތިކޮށް ވަކި ތާރީޚަކުން ފެށިގެން ދޭ ގޮތަށް ހަމަޖެހިފަ އޮތް އެއްޗެއް ވީމަ ދޭން ޖެހުނީތަ؟ ނޫނީ ރައީސް ވަހީދު ދެއްވާ 300 އާއި ރައީސް ޔާމީން ދެއްވާ 2700 އާ ކުރެން ގިނައީ ކޮން އެއްޗެއްކަން ނޭގެނީ ބަޖެޓް ހަދަނީ ހިސާބު އަކުރުން ނޭގޭ ފަދައިންތަ؟
ފަޟީލް
24 November 2017
"އިހުސާންތެރިކަން" ޒަމާނާއެކު މި ބަސްބަސް އަލުން މާނަކުރަން އެބަޖެހޭ.
ޙްމް
24 November 2017
ވަރަށް ހިކްމަތްތެެރި ބަސްކޮޅެއް. ތިނަދޫ ކުދިން ވަރަަށް ހިތްވަރު ގަދަ.
ސުއްކަތުރާ
24 November 2017
މި ފަދަ މަންޒަރު އާންމު ދިވެހި ރައްޔިތު މީހާއަށް ފެނިދާނެތީ ސަރުކާރުގެ ވެރިން މޭކަރަނީ، ބަޓް ނޯ ވަން ކޭން ކޮންޓްރޯލް އެވްރީތިންގ.
ދޮގެއްތަ؟
26 November 2017
އެހެންވީމަތާ އިސްތިއުފާ ދީފަ ފިލަން ޖެހުނީވެސް. އެކަމުގަ މީހަކު ކުރާނީ ފަހެ ކީއް؟
ފަޅުވެރިން
24 November 2017
ފުޅާ ކޯލިޝަނުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން، ބޮޑު ޖަލްސާ، ބޮޑު ޖަލްސާ ބާއްވަން އުޅެއުޅެ ކޮންމެ ފަހަރަކުމެ ބޮލާ ފޮށާ އެޅި، ބޮޑުތަނުން ނާކާމިޔާބު ވަމުންދާތީ އެންމެފަހުން ހުވަދޫ އަތޮޅަށް އަރާފައި މަރަށް ފުރާނައަށް ހިފާލައިގެން އެތަނުގައި ތިބި ބިދޭސީ އަޚުންނަށް ރުފިޔާ ބަހައިގެން، އަދި މާލެއިން ވެސް ސަތޭކައެއްހާ މީހުން ގޮސްގެން، ޖުމްލަ ފަސް ސަތޭކައެއްހާ މީހުން އެއްކޮށްލެވުނީމާ އެއީ ދެން އަތްޖަހަން ޖެހޭ ވަރުގެ ކަމެއް ނޫނޭ އިނގޭ!! ފުޅާ ކޯލިޝަން މިހާރު ތިޔައޮތީ ބޮޑުތަނުން ފޭލްވެ، ނޭވާ ހޮޅިއަށް އެޅިފައޭ އިނގޭ! އެހެން ނޫންނަމަކަ ފޭލްވެފައި ތިބި މީހުން، ހަމަ ފޭލްވެފައި ތިބި މީހުން ކައިރިއަށް ގޮސްގެން އާދޭސް ކުރާކަށް ފުރަފުރައިގެން ތަންތަނަށް ދާކަށް ނުޖެހޭނެއޭ އިނގޭ! ފޭލްވެފައި ހުރި ޤާސިމް ކައިރިއަށް ގޮސް، ފޭލްވެފައި ހުރި މައުމޫން އާދޭސްކުރަނީ! ފޭލްވެފައި ހުރި ޢުމަރު ނަޞީރު ގޮސް، ފޭލްވެފައި ހުރި ޖަމީލު ކައިރީ އާދޭސް ކުރަނީ! ހާދަހާވާ ހުތުރު މޫނުތަކެކޭ! ހާދަހާވާ ނިކަމެތި މީހުންތަކެކޭ!