ޝައިނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
28 ޖެނުއަރީ 2018 - 13:34
ގާނޫނަށް ވުރެ މަތީގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ނުހުންނެވޭނެ ކަން އެމަނިކުފާނު ގަބޫލުފުޅު ކުރައްވަންވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
މ. އެންދެރިމާގެ އަށް ފުލުހުން ވަދެ، ބަލައި ފާސްކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައި، މައުމޫން ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޝައިނީ ވިދާޅުވީ ކުރީގެ ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުން ވިޔަސް، ގާނޫނުތަކަށާއި ކޯޓުތަކުން ނެރޭ އަމުރުތަކަށް ފިއްލަވައިގެން ނޫޅުއްވޭނެ ކަމަށެވެ.
މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި އަނބިކަލުން ނުވަތަ ފިރިކަލުންނަށް ހިމާޔަތާއި ރައްކާތެރިކަން އެމްއެންޑީއެފުން ހަމަޖައްސައިދޭން ވާނެ ކަމަށެވެ.
ފުލުހުން ބޭނުންހާ ވަގުތަކު، އެމަނިކުފާނުގެ ގެކޮޅަށް ވަދެ އާއިލާގެ ސަލާމަތަށް ނުރައްކާވިޔަ ދެނީ ކީއްވެތޯ މައުމޫން ސުވާލުކުރެއްވި އެވެ.
ޝައިނީގެ ޓްވީޓާ ގުޅިގެން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ "މިހާރު" އަށް ވިދާޅުވީ އެއްވެސް ބޭފުޅަކަށް ގާނޫނަށް ވުރެ މަތީގައި ނުހުރެވޭނެ ކަން ހުރިހާ ރައްޔިތުން ވެސް ގަބޫލުކުރަން ވެއްޖެ ކަމަށެވެ. އަދި މައުމޫނަށް ހިމާޔަތާއި ރައްކާތެރިކަން ދެނީ އެމަނިކުފާނަކީ ދައުލަތަށް އެތައް ހިދުމަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
Even Ex-Presidents cannot hide behind the law or defy court orders n laws. Does law 2/2009 allow your Excellency to call for a coup as well? No one is above the law. Time to realize “Ex”.
— Mohamed Shainee (@mshainee) January 28, 2018
މައުމޫން ކުރެއްވި ޓުވީޓަށް ޝައިނީ ދެއްވި ރައްދު.
"ބަޣާވާތެއް ގެނައުމަށް ގާނޫނުން މަނިކުފާނަށް (މައުމޫނަށް) ފުރުސަތު ލިބޭތޯ؟ އެއްވެސް މީހަކަށް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެ. އެކަން ދަންނަން އެބަ ޖެހޭ،" ޝައިނީ ވިދާޅުވި އެވެ.
އޭނާ ވަނީ އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަން ދޭހަވާ ގޮތަށް، މައުމޫން ދެއްކެވި ވާހަކަފުޅަށް ވެސް ރައްދު ދެއްވައިފަ އެވެ. ޝައިނީ ވިދާޅުވީ ވެރިކަން ވައްޓާލަން ގޮވާލައްވާ ބޭފުޅުން ވެސް ގާނޫނަށް ވުރެ މަތީގައި ނުހުންނެވޭނެ ކަމަށެވެ.
މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ އަށް ފުލުހުން ވަދެ ރޭ ފާސްކުރީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަލުން ހައްޔަރުކުރުމަށް ފަހު އެވެ. ފުލުހުން ވަނީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯޒަށް ވެސް ވަދެ ފާސްކޮށްފަ އެވެ.
ހަ މަސް ދުވަހު ޖަލުގައި ހުންނެވި ފަހުން ދޫކޮށްލިތާ ދެ ދުވަސް ފަހުން އަލުން އޭނާ ހައްޔަރުކުރީ މަޖިލީހުގެ މެމްބަރުތަކަކަށް ފައިސާ ބެހި ކަމަށާއި މަޖިލީހުގެ މެމްބަރުންތަކަކާ ގުޅިގެން ވެރިކަން ވައްޓާލަން ގާނޫނާ ހިލާފަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގަ އެވެ.
މައުމޫން ވިދާޅުވެފައި ވަނީ ފާރިސްއާ ގުޅުން ހުރި ތަނެއް އެންދެރިމާގޭގައި ނުހުންނާނެ ކަމަށެވެ. އަދި ފުލުހުން އެންދެރިމާގެއަށް "ވަދެގަތީ" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރަށް މައުމޫން އެއްބާރުލުން ނުދެއްވި ކަމަށް ދޭހަވާ ގޮތަށް ވެސް ޝައިނީ ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ ކޯޓު އަމުރުގައި ވަކި ގެއެއް ފާސްކުރަން ބުނެފައި އޮތް ނަމަ، އެގޭގެ ވެރިފަރާތުން ފުލުހުންނަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ.
ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރާ މައްސަލައާ ގުޅުން ހުރި އެއްވެސް ހެއްކެއް އެންދެރިމާގެއިން ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރެ އިން ފެށިގެން ފުލުހުން ގެންދަނީ އެންދެރިމާގެ ހުންނަ ސަރަހައްދުގެ ފޯރިމަރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞައްދާމު
29 January 2018
ކިތަންމެ މޮޅު ކެޔޮޅަކަސް، ޤާނޫނާއި ޤަވާޢިދު އަދި ދިވެހިބަސް ނޭގި ހިގައިދާނެއެވެ..... އެއީ ދިވެހިރާއްޖޭގައި އުފެދުނު އެންމެ މޮޅު ހިސާބު ޢިލްމު ވެރިޔާ ކަމުގައިވާ "އިސްމާޢީލް ކަލޭފާނުގެ ތުއްތު" އަށް ވެސް މަސްވެރިކަމުގެ "ފީނާ ބޯދި" ނަގާކަށް ނޭގެއެވެ. މިކަމަށް ހަމަ އެންމެ މޮޅީ ފާދިއްޕޮޅު ނައިފަރު މީހުންނެވެ! "ބަހުގެ އަދީބުން" ބުނާ ބަސްބަސް ކެޔޮޅަކަށް ތަރުޖަމާ ކުރާކަށް ނޭގޭނެއެވެ!.... #ލައްކަވާހަކަ
ނަނަ ތަކުރު1
29 January 2018
އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގަ ނުހުރެވޭނެ ސައިނީއަކަށްވެސް ޤާނޫނަށްވުރެ މަތީ ނުހުރެވޭނެ ސައިނީއާވެސް ޤާނޫނު އަރާ ހަމަކުރާ ދުވަސް އަދި އަންނާނެ ކޮބާތަ ތެޔޮވަޅު 5 އަހަރުގެ ދައުރު ނިމެނީ ރައްޔިތުން ގުނބޯހައްދައިގެން މިއޮށް ހޭލުންތެރި ޒަމާނުގަ ލައްކަ ސަކަރާތް އެބަ ޖަހަމެއްނު ކޮބާ މަސްވެރިންގެ އިނާޔަތު ސައިނީ އަނގަ ހުޅުވަން މާ ތާހިރެއްނޫން ޤާނޫނާ ހަވާލާ ދޭނީ ޤާނޫނު އެނގިގެން އަމިއްލަޔަށް އޮރިޔާންވާއިރުވެސްނޭނގޭ
ތެޔޮވަޅު
29 January 2018
ސައިނީ ކޮބައިތަ ތެޔޮވަޅު
މުސްތަފާ މުހައްމަދު
29 January 2018
ޤާނޫނަށްވުރެ، ހުރިހާ މުއައްސަސާތަކަށްވުރެ އަދި އެންމެހާ ދިވެހި ރައްޔިތުންނަށްވުރެ މާމަތީގަ ޔާމީނު ކިޔާ މީހަކު ހުރިކަން މި މިނިސްޓަރަށް ހަމަ ރަނގަޅަށް އެނގިލައްވާނެ.
Thhhk
29 January 2018
މައުމޫނު ޖަލަށް ލާކަށް ރޔ ނުކެރޭނެ .ހެހެ
ދާންދޫ
29 January 2018
މި މިނިސްޓަރ މިހުންނެވީ މާބޮޑަށް އެއްކޮޅަށް ޖެހިފަ. މި މަނިކުފާނަކަށް އެގިވަޑައެއްނުގަނޭ ރާއްޖެއަށް ވަގު ފައިސާ އެތެރ ކޮށްގެން ކާރގެ ޑިކީ ގައި ބަންޑެލި ޖަހައިގެން ދުއްވޭ ނަމަ އެހުރެވެނީ ޤާނޫނަށް ވުރެން މަތީގަ ކަން. މި މަނިކުފާނަށް އެކަން ނޭގުނަސް ދިވެހި ހުރިހާ އާއްމުރައްޔިތުން އެކަން ދަންނާތީވެ ހުރިހާ އާއްމު ރައްޔިތުން މިހާރު އުޅެނީ ޤާނޫނަށްވުރެން މަތީގަ. އެމް.އެމް.ޕީ.އާރް.ސީ ގެފައިސާ ގޭގެ ވަލުދޮރޯށިން ގެއަށް ވަން ކަމަށް އަމިއްލަޔަށް އިޢުތިރާފު ވެފައި ވުމާއެކު ވެސް އެމައްސަލަ ބަލަން ފުލުހުންނަށް ނުކެރޭތީވެ އެއްމެނަށް އެބައެގޭ އެހެން ބުނި މީހާވެސް އެ އުޅެނީ ޤޤާނޫނަށް ވުރެން މަތީގައިކަން. ވީއިރު މައުމޫނަށް ޤާނޫނަށް ވުރެން މަތީގައި ނޫޅެވެންވީ ކީއްވެ. އެކަކު ޤާނޫނަށް ވުރެން މަތީގައި އުޅެންޏާ އެހެންމީހުންވެސް އުޅޭނީ ޤާނޫނަށްވުރެން މަތީގައި.
ޢަބްދުﷲނާފިޒު
29 January 2018
ގާނޫނަށް ވުރެ މަތީގައި ޔާމީނު ހުއްޓަސް މައުމޫނަކަށް ނުހުރެވޭނެކަން ގަބޫލުކުރަން ވެއްޖެ: ޝައިނީ
މެހި އަންނަނީ
29 January 2018
މިހާރުވެސް އެ ހުންނަނީ ގާނޫނަށް ވުރެ މަތީގަ އެއްނޫންތޯ؟ މައުމޫނަކާ ނުކުޅެވޭނެ ހަމަ ތިހެން ކިޔަކިޔާ ހުންނަން ޖެހެނީ. ގަނޫނުގެ މައްޗަށް ކޮޅައްވެސް އަރާނެ؟
އުނބުށެން
29 January 2018
އުރައްޕެއް ނެތް މީހުންނަށް އަބަދުވެސް ޖެހޭނީ ވައިޖެހޭކޮޅަކަށް ދުއްވާށެވެ. ތިކަން ހުއްޓާފައި ތިމާގެ ޒިންމާ އުފުލޭތޯ ނިކަންބަލާށެވެ. އަނގައި ބުނާއިރަށް އަމިއްލައަށް ބޮލާފޮށާއެޅޭއިރުވެސް ނޭނގޭ މީހަކު މިނޫނީ އުޅޭބާވައެވެ.
އަޝްރަފް
29 January 2018
ފެނުނަސް މިހާރު ރުޅިއާދޭ!