ހަތިޔާރާ އެކު ދިވެހި ސިފައިން އަސްކަރީ ތަމްރީނެއްގައި ހަރަކާތްތެރިވަނީ--ފޮޓޯ/މިހާރު
13 ފެބުރުއަރީ 2018 - 16:44
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި ކަންކަން ހައްލު ކުރުމަށް އިންޑިއާގެ އަސްކަރިއްޔާ ރާއްޖެ އަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އިންޑިއާ މެދުވެރިކޮށް، ރާއްޖެ އަށް އަސްކަރީ ފިޔަވަޅުތަކެއް އެޅުމަށް ނުވަތަ އެ ގައުމުގެ ސިފައިން ރާއްޖެ ގެނައުމަށް ބާރުއަޅައި ރާއްޖޭގެ އިދިކޮޅު ސިޔާސީ ބައެއް މީހުންގެ އިތުރުން އިންޑިއާގެ ސިޔާސީ ބައެއް މީހުން ދައްކާ ވާހަކަތަކާ ގުޅިގެން، ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެގޮތަށް ވާހަކަ ދައްކަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތް އޮތް ގުޅުމާ މެދު ސުވާލު އުފައްދުމުގެ ނިޔަތުގައި ކަމަށެވެ. އެހެންވެ، އެފަދަ ވާހަކަތައް ނުދެއްކުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
އެ މިނިސްޓްރީން ބުނިގޮތުގައި، އެއްވެސް ގައުމެއްގެ އަސްކަރީ އެހީތެރި ކަމަކަށް އެއްވެސް އިރެއްގައި ދިވެހި ސަރުކާރަކުން އެދިފައެއް ނުވާނެ އެވެ.
"އެހެން ކަމާއެކު، ދިވެހިރާއްޖެއާ ދެކޮޅަށް ބޭރު ގައުމެއްގެ ސިފައިން އަތުވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމުގައި ދަންނަވަމެވެ. އަދި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް ގެއްލުން ވެދާނެ ކުޑަވެސް ކަމަކަށް ދިވެހި ސަރުކާރުން ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ބަޔާނުގައި ވެ އެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން، ޗައިނާގެ އަސްކަރިއްޔާގެ އެހީތެރިކަމަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންނެވި ކަމަށް ބުނެ، އިންޑިއާގެ ބައެއް ނޫސްތަކުން ކުރި ރިޕޯޓު ވެސް މީގެ ކުރިން ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.
އިންޑިޔާގެ ވެރިކަން ކުރާ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ލީޑަރު ޔަޝްވަންތު ސިންހަ މިދިޔަ އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށެވެ.
އިންޑިއާގެ ނޫސްވެރިންނާ ބައްދަލުކުރައްވައި ޔަޝްވަންތު ވިދާޅުވީ އެ ފުރުސަތު އޮތް ނަމަވެސް، ރާއްޖޭއާ މެދު އަމަލުކުރެވިދާނެ ގޮތްތަކުގެ ތެރެއިން ގޮތެއް ސަރުކާރުން އިޚްތިޔާރު ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާ އެކުގައި ކަމަށެވެ. ނަމަވެސް އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ އިންޑިޔާ އިން ހަރަކާތްތެރިވާން ފަށާ އިރު ވަގުތު ފާއިތުވެދާނެތީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަކުޑި ހަމީދު
14 February 2018
ދިވެހިން އަދި އަޅުވެތިކަމުން ސަލާމަތެއް ނުވޭ. ހޮޅިން، ޕޯޗުގީޒުން، އިގެރޭސިން، މައުމޫނު، ޔާމީނު، ކޮންމެސް އަލުވެތި ކަމެއްގަ އަބަދުވެސް ...
އަރަރެން201896
14 February 2018
މިހާރުވެސް މިއުޅެނީ އަޅުވެތި ކަމެއްގަ އަދި ވާނުވާ ނޭގުމެއްގެ ތެރޭގައި މިގައުމުގެ %98 މީހުން ހާސްވެ ކަންބޯދުވެފައި މާޔޫސްކަމެއްގެ ތެރޭގައި
ޢަހުމަދު
14 February 2018
މިހާރުވެސް މިއުޅެނީ އަޅުވެތި ކަމެއްގަ
ފަޅޯ ދަނޑު
13 February 2018
ޜާއްޖެއަށް ބޭރުގެ އަސްކަރީ ބާރު ގެންނަން މަސައްކަތް ކުރި ޚާއިނުންގެ ކިބައިން މި ލޮބުވެތި ވަތަން ސަލާމަތްކުރައްވާނދޭވެ.
ރަން އަމާރީ
13 February 2018
އީންޑީޔާއީން ރާއްޖެ ފޮނުވާނީ ޓުއަރީސްޓުންނާއީ ފީލުމުސްޓާރުން..
އެޔާފޯސް
13 February 2018
އިންޑިޔާއިން ބުނީ ހުރަވީ މަނަވަރަށް ތެޔޮއަޅާދެވޭކަށް ނެތޯ މިދުވަސްވަރު!
ވެރިކަން
13 February 2018
ވެރިކަން ބަދަލުވާދުވަހު މިއަދު ގައުމަށް ގައްދާރުވީ މީހުންނާ ފިޔަވަޅު ނާޅާނަމޭ ބުނާ މީހަކަށްވެސް ދުވަހަކު މައާފެއް ނުކުރާނަން، ގައުމު ހަލާކުގެތެރެއަށް ވައްޓާލި އެންމެން ހައްޔަރުކުރަންޖެހޭ!
ރައްޒާން
13 February 2018
އިންޑިޔާ ސިފައިންނޭ، ކީކޭތަ މިކިޔަނީ އިންޑިޔާ ސިފައިން ތިބެބަލަ އިންޑިޔާގަ، ރާއްޖޭގަ އުޅޭނެ ރާއްޖެ ސިފައިން، މިތަނަށް ބޭނެން ހަދާނެކަމެއްނެތް، މިތަނަށް އަރައުފިއްޔާ ގައުމު ހިފަން އައި ސިފައިން ގޮތަށް އަހަރުންވެސް ޓްރީޓް ކުރާނީ ދައްކާލާނަން ކުޅިވަރު ދައުލަތް ވިއްކާލާފަ އަހަރުންނަށްވެސް މިލިޓަރީ ގެނެވޭނެ ފަޅުތަކާހެދި ޗައިނާ ރަޝިޔާމީހުންވެސް އެތިބީ ހޭބަލިވެފަ،
ޢަލީ77777
13 February 2018
މިގައުމް ބޭރުގެ ބާރުތަކުން ސަލާމަތްކުރަން ހުވާކޮށްގެންތިބި ބަޔަކު އިންޑިއާ ސިފައިން ހެޔޮނުވާނޭ ނާންނަންޗޭ ބުނާހެން ހީވާކަހަލަ. ތިއީ ފިނޑިއަމަލެއް. ތިފޯސް ތައްޔާރުވެފަނެތްކަން ދޭހަވިކަމެއް. ބުނަންޖެހޭނީ ފަހުނޭވައަށް ދަންދެން ކޮންމެ ބަޔަކު އެރިއަސް މި ގައުމް ސަލާމަތްކުރާނަމޭ. ސޭޑް.
ހަސަނު78666
13 February 2018
އަހަރެން ކޮންމެ ދުވަހަކު އޮފީހަށް ދާޢިރު ރައީސް އޮފީހާ ދައުލަތުގެ ހުރިހަ ބޮޑެތި ތަންތަނެއް ކުރިމަތިން ހިނގާފައި ދަނީ. ދަމުން ކިއަނީ އަބަދުވެސް އިސްރާ ސޫރަތުގެ 81 ވަނަ އާޔަތް. އަހަރެެންނަކީ އާރެއް އިޔާރެއް ބާރެއް ކުރެވޭނެ ކަމެއް ނެތްމީހެކޭ މަށަށް ވާނީ މިވަރޭ ކިޔާ. މިހެން ކިޔާތާ މިހާރު 2 ތިން އަހަރު ވެދާނެ. މިހާރު މަށަށް ވިސްނޭ މުއުމިނުންގެ އެންމެ ބޮޑު ހަތިޔާރަކީ ދުޢާކަން. ﷲ އަކްބަރު.