ޕީޕީއެމްގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
27 ފެބުރުއަރީ 2018 - 17:23
ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއަކީ ސައޫދީ އަރަބިއްޔާގެ ސަރުކާރުން ހިންގަން އުޅުނު މަޝްރޫއެއް ކަމަށާއި އެ މަޝްރޫއު ހުއްޓުވީ އިދިކޮޅު ފަރާތްތަކުން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނިލަންދޫ އެއާޕޯޓްގެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހަދަން އޮތް އެއާޕޯޓެއް ނޫން ކަމަށެވެ. އެއީ ފ. އަތޮޅުގައި ސައޫދީން ހިންގަން އުޅުނު ވަރުގަދަ ޕްރޮޖެކްޓްގެ ތެރެއިން އަންނަން އޮތް އެއާޕޯޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް އެހެން ވިދާޅުވިޔަސް، މިދިޔަ އަހަރުގެ ބަޖެޓުގައި ނިލަންދޫގެ ބިން ހިއްކުމާއި އެއާޕޯޓު ހެދުމަށް 171 މިލިއަން ރުފިޔާ އޮތީ ހިމަނައިފަ އެވެ. އެކަމަކު، މިހާތަނަށް މަސައްކަތް ނުފަށާ އިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރައީސް އަބްދުﷲ ޔާމީން ފާހަގަނުކުރެއްވުމުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ހިތްހަމަނުޖެހިވަޑައިގަތެވެ. އެކަމަކު، ފަހުން، ސަރުކާރުގެ ފަރާތުން ޚަލީލަށް "އުންމީދީ" ވާހަކަތަކެއް ލިބުނު ކަން ވަނީ އެނގިފަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓް އެޅުމުގެ މަޝްރޫއު ނުފެށުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ އިދިކޮޅު ފަރާތްތައް ކަމަށެވެ. މި މަޝްރޫއު ފެށު ނަމަ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެކަމަކު، ޚަލީލް ހިތްހަމަޖެހިވަޑައިނުގެން ސަބަބާ ގުޅޭ ގޮތުން އަބްދުއްރަހީމް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާ ވާހަކަ ދައްކައިގެން ރާއްޖޭގައި މި ވަގުތަށް އެއާޕޯޓުގެ މުހިންމުކަން ހުރި ދިމަދިމާލުގައި އެއާޕޯޓުތައް އެޅޭނެ ކޮންމެވެސް ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ވަކި ރަށެއްގެ ނަން ފާހަގަކޮށްފައި ނެތުމަކީ ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތައް ނުހިނގާނެ ކަމުގެ ސިގްނަލެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރިޔާސީ ބަޔާނުގައި ހުންނާނީ ބަޖެޓުގެ ތެރެއިން ކުރަން ރާވާފައި ހުންނަ ކަންކަން... ބޭރުގެ ފަރާތްތަކުގެ އެހީގައި ކުރަން ޖެހޭ ކަންކަން ކުރަމުން ދާނެ. އެއީ އެއްވެސް ހާލެއްގައި ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،" ނިލަންދޫގައި އެއާޕޯޓެއް އެޅުމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވި އެވެ.
"ނިލަންދޫ އެއާޕޯޓު ވިޔަސް، ފެލިވަރު އެއާޕޯޓު ވިޔަސް، އެ ނޫން އެއާޕޯޓެއް ވިޔަސް، އެއާޕޯޓުތައް ހެދުމުގެ މަސައްކަތް އަޅުގަނޑުމެން ޕާޓީން ސަރުކާރާ ވާހަކަ ދައްކައިގެން އެ ކަންކަން ފަހި ކުރެވޭނެ މަގު މި ދަނީ މަސައްކަތް ކުރަމުން،"
އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އައީ ދިވެހި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް މަސައްކަތްކޮށް ދިނުމަށެވެ. އަދި ރައްޔިތުންނަށް ކުރިއެރުންތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަނީ ބާރު ސްޕީޑެއްގައި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެތެރޭގެ ވައިގެދަތުރުފަތުރުގެ ޚިދުމަތް މިހާރަށް ވުރެން ފުޅާކުރުމަށް މި އަހަރު، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވަރުލުގައި އެއާޕޯޓް ގާއިމްކޮށް ނިމެނޭ ކަމަށެވެ. އަދި ހއ. ހޯރަފުށި ކައިރީގައި އެއާޕޯޓެެއް އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮކް
21 March 2018
އަދުރޭ ފެން ދައްކައިފަ މީ އަލިފާނޭ ބުނިޔަސް މަވީ ގަބޫލުކުރަންތަ؟ ނުވާނެ ތިކަމެއް
އީޖޯ
03 March 2018
ޕޕމ ގެ އިސްފަރާތްތަކުން ބޯހަަމަނުޖެހޭ ވާހަކަދައްކާތީ އިނދިކޮޅުފަރާތްތަކުން ޒިންމާ ނަގަންޖެހޭ. ވަރަށް ޕުރެޝަރު ކުރެވޭކަމަށް މިބަލަނީ. ހަމަޖެހޭ އެއްވެސް ވާހަަކައެއް ނުދެއްކޭ..
ޖޯން
28 February 2018
171 މިލިއަން ބަޖެޓް ކުރީވެސް އިދިކޮޅުމީހުން ދޯ. އެހެންވީމަ ޚަލީލު އިދިކޮޅަށް އައުން މާ ލަސްވެއްޖެ.
ކަކުނިބޯ
28 February 2018
އަބްދުއްރަހީމް އެހެން ވިދާޅުވިޔަސް، މިދިޔަ އަހަރުގެ ބަޖެޓުގައި ނިލަންދޫގެ ބިން ހިއްކުމާއި އެއާޕޯޓު ހެދުމަށް 171 މިލިއަން ރުފިޔާ އޮތީ ހިމަނައިފަ އެވެ. މިކަން އެހެން އޮތީ ސައުދީ މުހައްމަދު އައުމުން ހަދިޔާއަކަށް އެއަރޕޯޓް ދިނުމަށެވެ. މހައްމަދު ނައީމާ އެއެއަރޕޯޓް ނުދެވުނީއެވެ. ސަލާމް
މުޙުއްމާ
28 February 2018
މިސޮރު އަގަމަތީ ޓޭޕް އަޅަން ވެއްޖެނުން. ކަލޯ ދެން މާގިނަ ދުވަހެއްނެތް. 2019ގެ ކުރިން މާރުކޭޓްން ގޮޅިއެއް ލިބޭތޯބަލާ،
މަ މިއު މަ
28 February 2018
ލޮލް އަޅަން އުޅެންޏާ ނިލަންދޫ މީހުނެއްވެސް ތިޔަކާ ދެކޮޅެއް ނަހަދާނެ. އެހެންނަމަވެސް އަހަރެން ދެކޭ ގޮތުގަ ނިލަންދޫ ގަ 'އަދި' އެއާޕޯޓް އަޅާކަށް ނުވޭ. ކުރިއަށް އޮތްތަނުގަ އަޅަންޖެހިދާނެ، އެކަމަކު އެއީ ވެސް ތި ތަންތަން ސަރުކާރަށް ތަރައްގީ ކުރެވޭނަމައެއްނު؟ ކިއެއްތަ ސަރުކާރަށް ވަނީ؟ ސަރުކާރޭ މި ކިޔަނީ ހަމަ ޕީޕީއެމް ވިޔަސް އެމްޑީޕީ ވިޔަސް ސަރުކާރަށް މިކަން ނުވާ ވާހަކަ ޕިސް ޕިސް އިންކޮމްޕެޓިބަލް ބައެއް
ޓިނު ޝެއިޙް
28 February 2018
ތިބުނީ ނިލަންދޫ މީހުން ތިހާ ގަޅިވާނެއޭތަ؟
ފިނިފެންމާ
28 February 2018
ބަލަގަ މޮޔަޔާ އިދިކޮޅު މީހުންތަ ވެރިކަމުގައި ތިބީ
އަށްޑޫ މީހާ
27 February 2018
މިހާރު އަދުރޭމެންނަކަށް ނޭގޭ ދެއްކޭ ނުދެއްކޭ ވާހަކައެއްވެސް. އެހެންތާ ވާނީ އޮޑި ފަރަށް އެރީމަ ތިތިބީ ކުއްލި ޝޮކެއްލިބިފައި.
މާހިރު
27 February 2018
ތިވާހަކަ އެއްވެސް ރައްޔިތަކު ޤަބޫލެއް ނުކުރާނެއެވެ. ސަރުކާރުން ކުރާ ޣައިރު ޤާނޫނީ ޢަމަލުތައްވެސް އިދިކޮޅު މީހުންނަށް އެއުޅެނީ ނުހުއްޓުވިގެންނެވެ. އެހެންވީއިރު ކަންކަން ނުކޮށްދީ، އިދިކޮޅު މީހުންގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތެވެ.