ޚަބަރު / ފުލުހުން

ޕޯސްޓްމޯޓަމް ހަދަން ޝާހިދާގެ ހަށިގަނޑު އިންޑިއާއަށް

ނޮޅިވަރަމް ބަނޑަރު ސަރަަހައްދު--

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހދ. ނޮޅިވަރަމުގައި ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނު އެރަށު، ޝާހިދާ އަލީ، 42، ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް މިރޭ އިންޑިއާއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ޝާހިދާގެ ހަށިގަނޑު ގެންގޮސްފައިވަނީ ޓްރިވަންޑްރަމަށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ވޭތުވެދިޔަ އަށް މަހުގެ ތެރޭގައި ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި އުޅުނު ޝާހިދާ ދަންޖެހިފައި ހުއްޓާ ފެނުނު ނަމަވެސް އޭނާ މަރާމެދު ޝައްކުތަކެއް ވަނީ އުފެދިފަ އެވެ.

ޝާހިދާގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި ޝާހިދާ ދަންޖެހިފައި ހުރި ވާގަނޑު އައްސާފައި ހުރީ އޭނާއަށް އެކަން ކުރެވޭނެ ވަރަށް ވުރެ މާ އުހުގައި، މާ ވަރުގަދައަށެވެ.

އާއިލާއިން ބުނާގޮތުގައި އެ ވާގަނޑު 12 ވަރަކަށް ފޫޓު އުސް ވަކަރެއްގައި އައްސާފައިވާއިރު، އެ ވާގަނޑު އައްސަން އަރާނެ ހަރުގަނޑެއް ނުވަތަ ގޮނޑިއެއް ވެސް އެ ތަނުގައެއް ނެތެވެ.

ޝާހިދާ ދަންޖެހިފައި ހުއްޓާ ފުރަތަމަ ފެނުނީ ފަތިސް ނަމާދުން އައިތަނާ އޭނާގެ ފިރިމީހާއަށެވެ. އޭނާ ނަމާދަށް ދިޔަ އިރު ޝާހިދާ އޮތީ ނިދާފައި ކަމަށް އާއިލާއިން ބުނެ އެވެ. މިސްކިތާއި އެ ގެ އިންވެގެން ހުންނައިރު މިސްކިތުގައި އިންދާ ޝާހިދާ ރޯ އަޑު އިވުނު ކަމަށް އޭނާގެ ފިރިމީހާއާ ހަވާލާދީ އެ އާއިލާއިން ބުނެ އެވެ.

އެ މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. ނަމަވެސް ޝާހިދާގެ ފިރިމީހާ އާއި އާއިލާ ބައެއް މީހުންގެ ބަޔާންތައް ފުލުހުން ވަނީ ނަގައިފަ އެވެ.

3 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 50%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ީޯބޯހަލާކު

07 March 2018

އާޢިލާއިން ގަބޫލު ކުރަނީ މަރުވީކަމަށް. ތަހުގީގެއްވެސް ބޭނުމެއްނުވޭ..އަވަހަށް ޖަނާޒާ ބާއްވަން ބޭނުމެއްނުވޭ.. ހިތާމަކުރާތަނެއްވެސް ނުފެނޭ.

The name is already taken The name is available. Register?

މެންޓަލިސްޓް

07 March 2018

އަޅުގަނޑުހިތައް އަރަނީ ސިފައިންގޭގައި އުޅުއްވި މާޝްހޫރު ލަވަކިއުންތެރިޔާ އާތިފް ގެ ހަޑިގަނޑު ކީއްވެތޯ ޕޯސްޓްމޯޓަމް ހަދަން ބޭރަށް ނުގެންދިއައީ ،،،، އޭރުން ގައުމު އެބޭފުޅާގެ އާޢިލާއާޢި ރަހްމަތްތެރީންގެ ހިއްތަށް ސާފްވީހެއްނޫންތޯއެވެ ،،،، މައައްސަލާމާ

The name is already taken The name is available. Register?

ބއހތރމ

07 March 2018

ޕޯސްމޯޓަމް ހެދުމަކީ މައްޔިތާ މައްހެއް ކަޑާލާހެން ކަފާކުދިކުދި ކުރުން މިކަހަލަ ބޭއިހްތިރާމެއް މަސްގަނޑަށް ކުރަންވީ ކީއްކުރަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454