އިދިކޮޅު މުޒާހަރާއެއް ކޮންޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަނީ: ހަމަނުޖެހުން އުފައްދަން އުޅުމުގެ ތުހުމަތުގައި އެމްޑީޕީގެ ބައެއް މީހުން އިއްޔެ ހައްޔަރު ކުރިޔަސް، އެއީ ދޮގު ތުހުމަތެއް ކަމަށް އެމްޑީޕީން ބުނޭ --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
09 މާޗް 2018 - 23:05
އެމްޑީޕީއަކީ ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ބާރު އަޅާ ޕާޓީއެއް ކަމަށާއި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ އެ ޕާޓީގެ މެމްބަރުން ހައްޔަރު ކުރަމުންދަނީ ދޮގު ތުހުމަތުތަކެއްގައި ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ހަމަނުޖެހުން އުފައްދަން އުޅޭކަމުގެ ތުހުމަތުގައި އެމްޑީޕީގެ ބައެއް މީހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރަކާއި އެ ޕާޓީގެ ކުރީގެ މަޖިލިސް މެމްބަރަކާއި އެ ޕާޓީގެ އެކްޓިވިސްޓަކު ވެސް ހިމެނެ އެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރަނީ ސުލްހަވެެރި ސިޔާސީ ހަރަކާތްތައް ހިންގަން ކަމަށާއި އެ ޕާޓީން ކުރާ މަސައްކަތަކީ ރާއްޖޭގެ ސިޔާސީ ނިޒާމް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަމަށެވެ. އަދި އެކަމަށްޓަކައި ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ރައްޔިތުންނަށް ފުލުހުން ދޭންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން އެ ޕާޓީ އާއި އެ ޕާޓީގެ މެމްބަރުންގެ މައްޗަށް ދޮގު ތުހުމަތުތައް ކުރަނީ ސަރުކާރުގައި ތިއްބެވި އެކި ފަރާތްތަކުން އެދޭހާ ގޮތަކަށް ކަންކަން ކުރުމަށެވެ. އެފަދަ ކަންކަމުގެ ސަބަބުން ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ގެއްލިފައިވާ ކަމަށާއި ހަމަނުޖެހުން އުފައްދަން އުޅުނު ކަމަށް ބުނެ އެ ޕާޓީގެ މެމްބަރުންގެ މައްޗަށް ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައި އެމްޑީޕީން ގޮވާލާފައިވަނީ އަސާސީ ހައްގުތަކަށް ހުރަސް ނޭޅުމަށާއި ހާލަތާއި ނުބައްދަލު ބާރު ބޭނުން ނުކުރުމަށާއި އެ ޕާޓީގެ މެމްބަރުންނަށް ދޮގު ތުހުމަތު ނުކުރުމަށެވެ. އަދި ހަމަހަމަ ކަމާ އެކު އާންމުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
މިދިޔަ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ސިޔާސީ މަސްރަހު ހަލަބޮލިވުމާ އެކު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ބައެއް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އެހެން ބައެއް ބޭފުޅުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސޭނުބެ
11 March 2018
އެމްޑީޕީއޭ މިކިޔާ ޕާޓީ އުވާލެވޭނެ!! ސަބަބުތައް ބައިވަރު!! އެކަން ކުރެވޭނެ މިހާރު ރާއްޖޭގެ ގާނޫނުތަކުގެތެރެއިން!! އެކަންކުރަން ފަސްޖެހެންޖެހޭ އެއްވެސް ސަބަބެއް ނެތް!! އެހެންވީމަ އެކަންކުރުން އަވަސްކުރަންޖެހޭ!!
ރާއްޖެތެރޭ މީހާ
10 March 2018
އެމްޑީޕީން ދުވަހަކުވެސް މަސައްކަތެއް ނުކުރޭ ސުލްހަވެެރި ސިޔާސީ ހަރަކާތްތައް ހިންގަން އަދި އެމްޑީޕީން ރާއްޖޭގެ ސިޔާސީ ނިޒާމް ހަމަ މަގަށް އެޅުވުމުގެ މަސައްކަތް ކަތެއްވެސް ނުކުރޭ ކުރާ މަސައްކަތަކީ މި ޤައުމުގެ ހަމަނުޖެހުން އެފެއްދުން .
ރާވެރިބޭ
10 March 2018
އެމްޑީޕީއަކީ ދުވަހަކު ވެސް ސުލްހަވެރި ސިޔާސީ ހަރަކާތްތަކަށް ހިންގަން ބާރު އަޅާ ޕާޓީއެއް ނޫން .
ރާއްޖެތެރޭ މީހާ
10 March 2018
ކޮންތާކު އެމްޑީޕީ އަކީ މި ޤައުމުގެ ހަމަނުޖެހުން އުފައްދާ އައްޕަ .
ޓެލެޓަބީ
10 March 2018
ދެން ކީކުރަންބާ އެއުޅެނީ :) ހީވަނީ ޒުންބާ ކުލާހަކަށް ކުދިންކޮޅު ރެޑީ ވާހެން
ހެހެ
10 March 2018
ބޯގޮވީތަ?
އަބްދުއްލާ
10 March 2018
ގާނޫނުގައިވާ ގޮތަށް ކޯޓަށް ހުށަހަޅައިގެން މިހާރު އެމްޑީޕީ އުވާލުމަށް ސަރުކާރަށް ގޮވާލަން .ގާނޫނާ ތަކުރާރުކޮށް ހިލާފުވަމުންދާކަން މިހާރުވާނީ ސާބިތުވާވަރަށް ހެކި ލިބިފާ.
ޞަހާތު
10 March 2018
މިހާރު މިދަނީ ބަރާބަރަށް އެމްޑީޕީ މީހުން އެއްވެ އުޅެން ބިރުގަންނުވައި ބެހެއްޓިވަރަކަށް ކާމިޔާބީއާއި ހަަމައަށް ދިއުމުގެ މަންޒިލް ފުޅާވެގެން އެބަދޭ. މިހާރު އެއްވަނީ މަދުބައެށް. 2018 ރައީސް ޔާމީން. ކުރިއަށް ބާރަށް
ހުދާ
10 March 2018
ރ.ޓީވީން އިސްލާމީ ގައުމެއްގެ ވެރިންނާ ގުޅުވައިގެން، ފިރުއައުނާ ހާމާނާއި އިލާހުކަމަށް ދައުވާ ކުރި މީހަކާ އިސްލާމީ ގައުމުގެ ހާކިމާއާ އެއްވަރުކޮށްގެން އެފަތުރާ އެއްޗެހި މި ބްރޯޑް ކޮމްއިން ނުބަލަނީތަ؟ މިއަށްވުރެ ފިތުނަ ވެރި ޝައިތާނީ ކަމެއް ބަޔަކު ނުކުރާނެ. އެކަން ހުއްޓުވަންޖެހޭނެ. ގައުމުގެ މުސްލިމުންގެ ތެރޭ އެފަތުރަނީ، އިންސާނުން ހީވެސް ނުކުރާވަރުގެ ނުބައި ނުލަފާ ހިޔާލު. އެކުރާ ކަންކަން ހަމަ މިހާރުން މިހާރަށް ހުއްޓުވާ. ގައުމު އެހަލާކުކުރަނީ.
އަބްދުއްލާ
09 March 2018
އެމްޑީޕީ ން ހިނަގަމުންދާ ހަރަކާތް ތަކަށް ބަލާއިރު ޕާޓީތަކާ ބެހޭ ގާނޫނުގަ ޕާޓީ އުވާލެވިދާނެކަމަށް ބުނާ އެތައްކަމެއް އެޕާޓީން ވަނީ ކޮށްފާ .އަދި އެޕާޓީން މިހާރު މާލޭގެ މަގުތަކުގާ ބާއްވާ މުޒާހަރާތަކުންވެސް އެކަން ސާބިތުވޭ . ގާނޫނުގަ ބުނާގޮތުން ގާނޫނާ ހިލާފު ކަމެއް ކުރުނމަށް ދަވްލަތށް މަޖްބޫރު ކުރުވުމަށް މަސައްކަތް ކުރުމާ ތަކުރާރުކޮށް ގާނޫނާ ހިލާފު ވުމާ ދަވްލަތުގެ އިސްތިގުލާލު ނަގާލަން ގައުމުގެ ހަމަޖެހުންނަގާލަން މަސައްކަތް ކުރުމަކީވެސް ޕާޓީ އުވާލަން ކޯޓް އަމުރު ނެރެވިދާނެ ކަންކަން