ރޮހިންޖާގެ މުސްލިމުން: ރޮހިންޖާ ފަންޑުގެ ބާކީ ފައިސާ މިމަހު ހަވާލުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ.
03 އެޕްރީލް 2018 - 15:43
ރޮހިންޖާ ފަންޑަށް ދިވެހިން ހަދިޔާކުރި 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިން މިހާތަނަށް ހަވާލުނުކުރެވި ހުރި ފައިސާ މި މަހުގެ ތެރޭގައި ހަވާލުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ އަށް ވީނުވީއެއް ނޭނގޭ ކަަމަށް މީޑިއާތަކުން ރިޕޯޓްކުރުމުން، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ މިދިޔަ މަހުގެ ތެރޭގައި އެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ހަގީގަތް ނުބަލައި، މީޑިއާތަކުން ރިޕޯޓްކުރި ކަމަށް ބުނެ މައްސަލަ ވެސް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ.
Mr. Azmat Ulla, Head of Country Office, Bangladesh @Federation @IFRCAsiaPacific visited the @MDVinBGD and handed over the official acknowledgement of receipt to Maldives Ambassador Aishath Shaan Shakir for the donation from Maldives of USD 1,150,000 for the Rohingyas @MDVForeign pic.twitter.com/Ex6oD03DHv
— Maldives Embassy BD (@MDVinBGD) April 1, 2018
ފައިސާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި ފަހުން، އާއްމުވި މައުލޫމާތުތަކުން އެނގުނީ، 18 މިލިއަން ރުފިޔާ އެއްކޮށް ހަވާލު ނުކުރާ ކަމެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ލިއުމުން ދެއްވި ޖަވާބުގައި ވިދާޅުވީ ބަންގްލަދޭޝްގައި ހުންނަ ރާއްޖޭގެ އެމްބަސީން ޓުވީޓްކޮށްފައިވާ އަދަދަކީ ދެ ފަހަރެއްގެ މަތިން ޖަމާކުރި ފައިސާގެ ވާހަކަ ވާހަކަ ކަމަށެވެ. ފުރަތަމަ ޓީޓީގައި 200،000 ޑޮލަރު (ގާތްގަނޑަކަށް 3 މިލިއަން ރުފިޔާ) އަދި ދެ ވަނަ ޓީޓީގައި 950،000 ޑޮލަރު (ގާތްގަނޑަކަށް 14.6 މިލިއަން ރުފިޔާ) ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިން ވަނަ ޓީޓީގެ ގޮތުގައި ފޮނުވާ ފައިސާގެ ސީދާ އަދަދެއް އަދި ސާފުނުވާ ކަމަށާއި ތިން ވަނަ ޓީޓީގެ ކޮޕީ ލިބުނުހާ އަވަހަކަށް ޓްރާންސެކްޝަންތައް އާއްމުކުރާނެ ކަމަށެވެ.
ޓީޓީތަކަށް ބަހާލި ސަބަބެއް ކަމަށް މައުލޫމާތު ލިބިފައި އޮތީ، އޮފިޝަލް ވިދާޅުވި ގޮތުގައި، ބަންގަލަދޭޝް ރެޑް ކްރެސެންޓަކީ [ބޭންކުން] އަލަށް ޑީލް ކުރާ ތަނަކަށް ވެފައި، ރެޑް ކްރެސެންޓުގެ އެކައުންޓަށް ޑޮލަރު ފޮނުވެނީ އެހެން ބައެއް ފަރާތްތައް މެދުވެރިކޮށް ކަމަށް ވާތީ އެވެ.
"ޓްރާނސްފާ ފީގެ ގޮތުގައި އެއްޗެއް ނަގާނެކަން، ނުވަތަ ނޫންކަން އެހާ ތަނަށް ޔަގީންވެފައި ނުވާތީ އާއި ޓްރާންސްފާ ފީެ ގޮތުގައި އެއްޗެއް ކަން ދައްކަން ޖެހިއްޖެ ހާލަތެއްގައި 18.1 މިލިއަން އެއްފަހަރާ ފޮނުވައިފި ނަމަ އެކަމުގެ ސަބަބުން އިތުރު ލަސް ކަމެއް އައިސްދާނެތީ، އެހެންވީމާ ބާކީ ހުރި ފައިސާ 3 ވަނަ ޓީޓީއެއްގައި އެޕްރީލް ފުރަތަމަ ކޮޅު ފޮނުވޭނެ ކަމަށް."
އޭނާ ވިދާޅުވި ގޮތުގައި ރޮހިންޖާ ފަންޑަށް ލިބުނު ހުރިހާ ފައިސާއެއް ބޭންކަށް ޖަމާކުރެވި މިހާރު ހިނގަނީ ބޭންކް ޕްރޮސެސިން އާއި ޓެކްނިކަލް ކަންތަކުގެ މަރުހަލާ އެވެ. ރޮހިންޖާ އަށް ފައިސާ ހޯދަން ހިންގި ހަރަކާތްތަކަކީ ހަމައެކަނި އިސްލާމިކް މިނިސްޓްރީގެ ބައިވެރިވުން އޮތް ހަރަކާތްތަކެއް ނޫން ކަމަށާއި އެއީ ހާއްސަ ކޮމެޓީއަކުން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"ޔަގީންކަން އަރުވަން ބޭނުން ހަމަ އެއްވެސްއިރެއްގަ އެއްވެސް މީހަކު ފަނޑުގެ ފައިސާ އެއް ނަހަމަ ގޮތެއްގައި ބޭނުން ނުކުރާކަމަށް،" އޭނާ ވިދާޅުވި އެވެ.
މިޔަންމާ ސިފައިން ރޮހިންޖާގެ މުސްލިމުންނާ ދެކޮޅަށް އުދުވާނީ ހަމަލާތަކެއް ދީ އެތައް ބައެއްގެ ގެދޮރުގައި ހުޅުޖެހުމުގެ ސަބަބުން، މިދިޔަ އަހަރުގެ ފަހުކޮޅު އެތައް ލައްކަ ބަޔަކު ބަންގްލަދޭޝް އަށް ހިޖުރަކުރި އެވެ. އަދި އެ ހަމަނުޖެހުންތަކުގައި އެތައް ހާސް މުސްލިމުންނެއް ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒް
03 April 2018
މިސަރުކާރުގެ ބާރުގަދަ ބަޔަކު ތިފައިސާތައް އަނެއްކާ ދިރުވާލީކީ ނޫންބާ! މިހާރު ނޫހުން ފިސާރި ރަނގަޅަށް މިކަން ކޮޅެއްގަ ޖެހެންދެކަށް ބަލާދޭތި، ޤައުމުގެ ވަރަށް ގިނަ ރައްޔިތުންވަނީ ތިޔަފަންޑަށް އެހީތެރިކަން ފޯރުކޮށްދީފަ، އެހެންވީމަ ރައްޔިތުންގެ ޙައްޤުގަ މިވެރިން މިދައްކާ ވާހަކަތަކުގެ ދޮގު ތެދެއް ބަލާ ދޭތި، ދެފަހަރު ހަމައަށް އެކައްޗެއް މިވެރިން ނުކިޔާކަން އެބަސާފުވޭ، މަކަރުވަސް ހަމަ ދުވަނީ.
ވާސަރީ
03 April 2018
މީ އެސީސީ ރަނގަޅަށް ހިނގާ ޤައުމެއް ނަމަ ކޯޓު އަމުރުތައް ހޯދައިގެން ތި ތަންތަނަށް ވަދެ މިހާރު ތިކަންކަމުގެ ޙަޤީޤަތް ހޯދާ އިންސާފުގެ ކުރިމަށްޗަށް ގެނެއީސްކަން ކަށަވަރު.
އައިންތު
03 April 2018
އަދި ބާކީ ބައެއްވެސް އުޅޭތަ...އިންސްޓޯލްމެންޓް ދޯ....
އަވަށްޓެރިޔާ
03 April 2018
އަމާނާތަކަށް ޙިޔާނާތް ތެރިވުމަކީ އިސްލާމްދީނުގައި ކޮންކަހަލަ ކަމެއްތޯ؟
amir
03 April 2018
ހަވަލުކުރީ ތިކަމުގައި ބިރުވެތިވާނެކަމަށް ބަަލަގަ ހަލުގައި ޖެހުނު މުސްލިމުންނަށް ކާއެތިކޮޅު ފޯރުކޮއްދިނުމުގެ މަގުސަދުގައި ކަލޭމެން ޕާޓީ ހިންގާކަށެއްނޫން.
ޒިމްޒިމް
03 April 2018
ކޮންމެހެންވެސް މިއަންނަ ހުކުރު ދުވަހު ޙުތުބާގަ ޖެހޭނެ ތިކަމަށް އަލިއަޅުވާލަން..
މޯޑް
03 April 2018
އަދި އަވަހެއްނު! ބަޔަކު ޙާލުގަ ޖެހިގެން ފޮނުވަން ހޯދި ފައިސާ 6 މަސް ވާއިރު އިންސްޓޯލްމެންޓަށް މި ދޫކުރަނީ!
ނެރު
03 April 2018
އަނެންކާ އެލިބުނު ފައިސާ އިން ވިޔަފާރި ކޮށްފަ ލިބޭ ފައިދާ މަހުން މަހައް ފޮނުވަނީބާ
ދަތްނެތްކުއްޖާ
03 April 2018
ވަޒީރު އެވެ. ހެޔޮ ނުވާނެއެވެ. މަނިކުފާނު ވިދާޅު ދެއްވަ ފާނަންތޯ މައްޔިތެއްގެ މައްޗަށް 40 ވީމާ ފާތިޙާ ކިޔަވަން ޖެހޭ މުއްދަތުގައި ނުކިޔަވާ އޭގެ 3 އަހަރު ފަހުން އެ މައްޔިތާގެ މައްޗަށް ފާތިޙާ ކިއެވުންވެސް ހަމަ އޯކޭ ވާނެދޮތަ! އެހެން ކަމަށް ވާނަމަ ތިކަން މަމެންނަށް ވެސް ހަމަ އޯކޭ އޭ ބުނެވޭނީ. ކުރިހާ ކުދިން އަތާއި ނިތްކުރި އަދި ހުރިހާ ގުނަވެއް ބާރަށް ޖަހާ.
އަޒުހަރީ
03 April 2018
ބަލަ ކަތީބާ ރޮހިންޖާ ފަންޑަށް މިވީ ކިހިނެތްތަ؟