ރޮހިންޖާ ފަންޑަށް އެމްޑަބްލިޔުއެސްސީގެ މުވައްޒަފުން ފައިސާ ހަދިޔާ ކުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
22 މާޗް 2018 - 10:28
މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވާން އިސްލާމިކް މިނިސްޓްރީން މީގެ ފަސް މަސް ކުރިން ހިންގި ހަރަކާތްތަކުން ލިބުނު 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ބަންގްލަދޭޝް ރެޑް ކްރެސެންޓާ ހަވާލުކޮށްފި ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިޔަންމާގެ ސިފައިން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ލާއިންސާނީ އަނިޔާތަކާ ގުޅިގެން ބަންގްލަދޭޝް އަށް އެތައް ލައްކަ ބަޔަކު ހިޖުރަކުރަމުން ދިޔަ ދުވަސްވަރު އެހީވާން ދިވެހި ރަައްޔިތުން ދިން ފައިސާ އެންމެ ފަހުން ހަވާލުކުރިކަން މިނިސްޓްރީގެ އޮފިޝަލަކު ޔަގީންކޮށްދެއްވި ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައި އޮތީ މިދިޔަ ނޮވެމްބަރު ފުރަތަމަ ހަފުތާގައި އެ ފައިސާ ހަވާލު ކުރާނެ ކަމަށެވެ. ނަމަވެސް އެކަން ނުކުރެވި ގިނަ ދުވަސްތަކެއް މިވަނީ ހޭދަވެފަ އެވެ.
ރޮހިންޖާ ފަންޑުގެ މައުލޫމާތު ހޯދަން އެތައް ގޮތަކުން މަސައްކަތްކޮށްގެން ވެސް ނުލިބުމުން އެ ފަންޑަށް ވީ ގޮތެއް ނޭނގުނު ކަމަށް ބުނެ، "މިހާރު"ގައި ހަބަރެއް ޖެހުމުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަންޑަށް ފައިސާ ދޭނެ ކަމަށް ބުނި ބައެއް ފަރާތްތަކުން އެ ފައިސާ ޖަމާކުރަން މުއްދަތެއް ހޭދަވީ ކަމަށެވެ.
Rohingya Fundah veegotheh neiygunu
The most trusted news source in the Maldives
Mihaaru
ރޮހިންޖާ ފަންޑުގެ މައުލޫމާތު ނުލިބުން--
ރޮހިންޖާ މުސްލިމުންނަށް އެހީވާން ރާއްޖެ ޓީވީން ވެސް ވަކިން ފަންޑު ފޮއްޓެއް ހުޅުވި އެވެ. ދިވެހި ރެޑް ކްރެސެންޓާއި ބައެއް ކައުންސިލްތަކާއި އާންމުން އެ ފަންޑަށް ދިން 500،000 އަށް ވުރެ ގިނަ ޑޮލަރު ބަންގްލަދޭޝްގައި ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމުގެ ހަރަކާތުގައި އުޅޭ ރެޑް ކްރެސެންޓާ މިދިޔަ އަހަރު ވަނީ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިސްލާހު
23 March 2018
މިހިރަ ކޮމެންޓްތަކުންވެސް ޒިޔާދުމެންނަށް ރައްޔިތުންކުރާ އިތުބާރު އެބައެނގޭ ނޫންހެއްޔެވެ. ދީނޭކިޔައިގެން ވާހަކަދައްކަން ލަދެއްނުގަނޭހއްޔެވެ.
jabir ahmed umar
22 March 2018
އެންމެފަހުން ފަހައިގަތީމާތަ ފައިސާ ތިހަވާލުކުރީ! ހިތާމައިގެ ކޮޅެއްވެސްނެތް. ޒިންމާ ދާރުވާން ވެއްޖެނޫންތޯ؟
ބާގިރު
22 March 2018
ޝުޖުރިއްޔާ މިހާރު ނޫސް.
ބަލމަ
22 March 2018
ކޮބަ ހެކި.. ހަވާލުކުރިކަމުގެ ކިޔުން ނުވަތަ ހަވާލުކުރާ ފޮޓޯ.. ޖަމާކުރިކަމުގެ ލިޔުން ކޮބާ... އެހެންނޫނީ ރަމްޒީ ޗެކު ހަވާލުކުރޭ... އަދި ފޮޓޯ ތަކެއްވެސް ނަގާ... މިފަަރު ފޮޓޮއެއްވެސް ނެތީތަ.. "މިހާރު" އަހަރުމެން ރައްޔިތުންނަށްބަލާދޭތި އެބުނާ ޗެކެއް ފޮނުވިތޯ..
ރަށު ސޮރު
22 March 2018
ސުވާލަކީ ކިހާވަރެއްހޭ ހަވާލުކުރީ..
ބްރޯ
22 March 2018
ކޮބާ ހެކި. ހާދަ ހީވެޔޭ މައްސަލަ އޮއްބާލަން އުޅޭހެން!! ?
ނޭގޭ ފަންޑު
22 March 2018
ހަވާލު ނުކޮށް ކޮށްފީމޭ ވެސް ތިޔަ މީހުން ބުނެދާނެ.
އަދަދު
22 March 2018
ކިހާވަރެއްހޭ؟
އެޑަމާ
22 March 2018
ދޮގު ހުސްދޮގު ކަކުގެންދިޔައީ ކިހިނެއް ފޮނުވީ ކަޑުންތަ ނޫމީ މަތިންތަ ނޫނީ ވައިފައިކޮންތަ ޤަބޫލުކުރަންދަތި
އަހާށޭ
22 March 2018
އެފައިސާ ހަވާލުކުރިކަމުގެ ހެކި ދެއްކުން މުހިންމު ކަމުގައި ދެކެމެވެ. އެއީ ކިހާވަރެއްކަމާއި އެޓްރާންސްފަރ ކުރި ކަމުގެ ހެކި ރައިއްޔަތުންނަށް ދެއްކުން މުހިންމު ކަމުގައި އަޅުގަނޑު ދެކެމެވެ.