ޕީޕީއެމުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމް ޕީޖީ ލީޑަރު ނިހާން ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
24 ޖުލައި 2018 - 21:21
ރައްޔިތުންގެ މަޖިލީހުން މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާނުކުރައްވައި، އިލެކްޝަންސް ކޮމިޝަން (އީސީ) ދޮށަށް އެއްވާ އިދިކޮޅު މެމްބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް އެ ކޮމިޝަނުން ހޯދަންޖެހޭ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއް ގައި ނިހާން އެހެން ވިދާޅުވިއިރު، އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން އިއްޔެ ވަނީ އެ ކޮމިޝަން ކައިރީގައި މުޒާހަރާ ކޮށްފަ އެވެ. އެ މުޒާހަރާ ގައި ބައިވެރިވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ވެސް ހިމެނެ އެވެ.
އިދިކޮޅު ފަރާތްތަކުގެ އެ އަމަލާ ގުޅިގެން ނިހާން ވިދާޅުވީ، އިިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާ ގުޅޭ ގޮތުން އެ ފަރާތްތަކުން ސުވާލު އުފައްދަމުންދާ ކަމަށެވެ. ނަމަވެސް ފުރުސަތު ލިބުމުން ވެސް، އިލެކްޝަންސް ކޮމިޝަން މިނިވަން ކުރުމަށް އިދިކޮޅު އެއްވެސް މެމްބަރަކު މަސައްކަތެއް ނުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ވިލިމާލެ ދާއިރާގެ މެމްބަރު ނިހާން ވަނީ އިލެކްޝަންސް ކޮމިޝަން ދޮށަށް އެއްވެ "ނާޗަރަންގީ" ކުޅުން ހުއްޓައިލުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލައްވައިފަ އެވެ. އަދި، އެގޮތަށް އެއްވާ މެމްބަރުންނަށް ފިޔަވަޅު އެޅޭނެ ގޮތްތައް ބެލުމަށް ނިހާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.
"އަޅުގަނޑަށް ފެނުނު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންތަކެއް ފޯރީގައި އެ ތަނުގައި [އިސީ ދޮށުގައި] އުޅެނިކޮށް. ގާނޫނީ ވާޖިބު އަދާނުކުރައްވައި އީސީ ދޮށުގައި އެނބުރޭ މައްސަލަ ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައި ކޮންމެ ވެސް ކަހަލަ ރަނގަޅު ފިޔަވަޅެއް އެޅުއްވޭނެ ގޮތްތަކެއް އިލެކްޝަންސް ކޮމިޝަނަށް ވެދާނެ. ކުރެއްވޭނެ ގޮތްގޮތް ހުންނާނެ،" ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑު، ހިތުގެ ހާލިސްކަމާ އެކު އިލެކްޝަންސް ކޮމިޝަނަށް ދަންނަވާލަން، އެ ފިޔަވަޅު ތަކާ މެދު ވިސްނުން ބެހެއްޓުމަކީ އަޅުގަނޑު ވަރަށް އެދޭ ކަމެކޭ މަޖިލީހުގެ މެމްބަރެއްގެ ހައސިއްޔަތުން އަދި ސިޔާސީ ޕާޓީއެއްގައި އިސްކޮށް މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން."
ޕީޕީއެމްގެ ނައިބު ރައީސް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިންސާފުވެރިކަމާ އެކު ރިޔާސީ އިންތިޚާބު ބޭއްވޭނެ މާހައުލެއް ގާއިމް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، މިނިވަން އިންތިޚާބެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އީސީ ދޮަށަށް އެއްވުމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި އެ ކަހަލަ އެއްވުންތައް ބޭއްވުމުގެ ފުރުސަތު އެ ކޮމިޝަނުން ވެސް ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
25 July 2018
ފިޔަވަޅު އެޅުމުގެ ކުރިން ވެރިކަމުގެ ދެފައި ލުއްސާލަނީ! ފިޔަތައް ކޮށައި އަލަކުން އުނދުހުން ނުވާވަރުކޮށްލަނީ!
ފިޔަވަޅު
25 July 2018
އާދީބާ ދުރަށް ފިޔަވަޅު އަލާއިގެން ތހުރި. ކުރިން ހުރީ އޭނާގެ ނޯޝުތެރަށްވަދެ. ވަރަަށް ސަލާމް.
އާދަނު
25 July 2018
އީސީދޮށަށް އެއްވާލެއް މަދީ އަދިވެސް.
ޖާން / ވިލިނގިލި
25 July 2018
އެމްއެމް ޕީއާރސީން ގެއްލުނު ޑޮލަރު ގުނިތަނާއި ޑޮލަރު ގުނަން ދެފައި ވައްކޮށްގެން ތިބިކަމަށް ބުނާ ދެމީހުން ފުރަތަމަ ހައްޔަރުކޮށް ދެއްވާ. މިއީ ޤައުމީ ބޮޑު މައްސަލައެއް. މި މައްސަލަ އަޅައިނުލައި ދޫކޮށްލި އެންމެހާ ފަރާތްތަކަށް އިޙްމާލްވުމުގެ އަދަބުދެވޭނެ.
ފިޔަވަޅު
25 July 2018
ނިހާނު އަށްތަ އިނގެނީ ހަމަ އެކަނި ފިޔަވަޅު އަޅަންޖެހޭ މީހުން..ދައުލަތުގެ ވަޞީލަތްތައް ނުހައްޤުން ބޭނުންކުރާ ޕާޓީތަކަށްވެސް ފިޔަވަޅު އަޅަންޖެހޭ.
ސޮލިއުޝަން
25 July 2018
އަބަދުވެސް ކޮންމެވެސް ފިޔަވަޅެއް އެޅުމުގަ. ނިކަން ފެއާ އިންތިހާބެއް ދީބަލަ އޭރުން އެނގިދާނެ.
ހަލީމާ
25 July 2018
އީސީ އެއީ އެއްވުން މަނާތަނެއްތަ؟ ބާރެއް ލިބޭ އިރަށް ހާދަ ބޮޑާވެގަންނަ ބައެކޭދޯ މިއީ.
ދަތްނެތްކުއްޖާ
25 July 2018
ނިހާނު އާއި އަދިރޭ މިދުވަސް ކޮލު މައިތިރި ވެގެން ތިބުން ބުއްދި ވެރިވާނެ. 23 ސެޕްޓެމްބަރ ގައި އޮންނަ ރިޔާސީ އިންތިޙާބުގެ ނަތީޖާ އަށް ފަހު އެއްޗެކޭ ބުނުން ބުއްދިވެރި. ހުން އައިސް ދާނެ ކަމަށް ރަޖާ ލައިގެން އޮތުމަކީ ބުއްދި ވެރިންގެ ގޮތް. މި ބުނީ ލައްކަ ވާހަކަ.
Aseyla
25 July 2018
ޑޮލަރު ގުނާ ކޮޓަރި ކޮބާތަ ؟.ޑޮލަރު ދިޔަތަނާ ގެންދިޔަ މީހުން ނޭގޭތަ ސީސީ ފުޓޭޖުން .ވަރަށް ސަލާން
ޔެލޯހ
25 July 2018
ހޫންމަހީކުރީނިހާނުއީސީގެރައީސްކަމަށްލީކަމަށް