އިބޫ ކެމްޕެއިނުގައި ބޭނުން ކުރައްވާ ޕޯސްޓަރު އިއްޔެ އޭނާ ގެއެއްގެ ފާރުގައި ތަތްކުރައްވަނީ: ފުލުހުން ބުނަނީ އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު ހިއްޕުމަކީ ގާނޫނާ ހިލާފް އަމަލެއް ކަމަށް -- ފޮޓޯ / ސޯޝަލް މީޑިޔާ
04 އޯގަސްޓް 2018 - 14:10
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިނުގައި ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު އާންމު ކުރަން ފެށުމާއެކު ގައިދީން ޕްރޮމޯޓް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އިންޒާރު ދީފި އެވެ.
މިއަދު ފުލުހުން ނެރެފައިވާ ބަޔާނެއްގައި ވަނީ ޝަރުއީ ހުކުމެއް ތަންފީޒު ކުރާ ފަރާތްތައް ޕްރޮމޯޓްކޮށް، އެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ނޫސްތަކުގައި ނުޖެހުމަށާއި ސިޔާސީ ޕާޓީތަކުން ވެސް އެފަދަ ފަރާތްތަކުގެ ވާހަކަ ނުދެއްކުމަށް އަމުރުކޮށްފަ އެވެ.
"މިހާރަކަށް އައިސް ޝަރުއީ ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް އެ ފަރާތްތަކުގެ ފޮޓޯ އާއި މައުލޫމާތު ހިމެނޭ ގޮތަށް ތާއީދު ހޯދުމުގެ ގޮތުން ގައިދީން ޕްރޮމޯޓްކޮށް، ގާނޫނާއި ގަވާއިދާ ހިލާފް ހަރަކާތްތަކެއް ހިންގަމުންދާކަން ވަނީ ފާހަގަ ކުރެވިފަ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
އިދިކޮޅު ކެންޑިޑޭޓް އިބޫގެ ކެމްޕެއިނުގައި ބޭނުން ކުރާ ޕޯސްޓަރުތައް އިއްޔެ އާންމު ކުރި އިރު އޭނާގެ އިތުރުން އިދިކޮޅު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރިގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ޝައިޚް އިމްރާން އަބްދުﷲގެ ފޮޓޯ ވެސް ޕޯސްޓަރުތަކުގައި ހިމެނެ އެވެ.
މީގެ އިތުރުން ފުލުހުންގެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނާ ހިލާފަށް އެފަދަ އަމަލުތައް ނުހިންގުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"އަދި މިފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތައް ހޯދައި އެ ފަރާތްތަކުގެ މައްސަލަތައް ބަލައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަން،" ފުލުހުން އިންޒާރު ދީފައިވެ އެވެ.
ނަޝީދު ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރަން އަމުރު ކުރި ކަމަށް ބުނެ 13 އަހަރަށެވެ. ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށް ފަހު ފޯނު ނުދެއްވި މައްސަލައިގައި މައުމޫނަށް ކޮށްފައި ވަނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. ގާސިމްގެ މައްޗަށް ވެސް ހުކުމް ކޮށްފައި ވަނީ ރިޝްވަތު ދެއްވުމުގެ ކުށުގަ އެވެ. އޭނާ އަށް ހުކުމް ކޮށްފައި ވަނީ ތިން އަހަރަށް ޖަލަށް ލުމަށެވެ. އަދި އެއްވުމެއްގެ ތެރެއިިން ޓެރަރިޒަމްގެ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެ އިމްރާނަށް ކޮށްފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަސްލުހާލަތު
05 August 2018
މެޑަމް ފޮޓޯ ޔާމީނު ފޮޓޯއާއެކު ޖަހަނީ އެއީ ރަނިގް މޭޓުތަ ނޫނީ ކެނޑިޑޭޓެއްތަ؟
ހެހެހެ
05 August 2018
ތިޔަ ބުނާ ލީޑުންގެ ފޮޓޯއާއި ވީޑިއޯ އެންމެ ގިނައިން ގެނެސްދެނީ ޗެނަލް 13 އިންނާއި ޓީވީއެމް އިން! އެ 2 ފަރާތް ހުއްޓުވާ އަވަހަށް!
ޖަމީލުބެ
05 August 2018
ޢަދީބު ލީޑަރަކަށް ވީގޮތް ބުނެދޭން އެބަ ޖެެހޭ
ފުލުސް
05 August 2018
ކަޮން ގާނޫނަކުން ބާރު ލިބިގެންތޯ މަނާކުރަން ތިޔަ އުޅުއްވަނީ! ގައިދީއެއްގެ ޕޯސްޓަރެއް ފުޓޯއެއް ތަނެއްގައި ހިއްޕުމަކީ މަނާކަމެއްކަމަށް މި ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ލިޔެފައެއް ނުވެއެވެ.
އެމްޑީޕީ.
05 August 2018
އެމްޑީޕީއިން އިބޫ ބޭނުންމިކެރަނީ މަސައްކަތު މީހެއްގެގޮތުގައި ދީ ؟؟؟؟ ހަހަހަހަހަހަހހހަހަހހަހހަ
ޙުސަންބޭ
04 August 2018
ކޮބާ އަދުރޭ؟ އަވަހަށް ޤާނޫނެއް ފާސްކޮށްލަބަލަ.
ތުއްތުބޭބެ
04 August 2018
އެބޭފުޅުންގެ ފޮޓޯތަށް ރައްޔިތުންނަށް ފެނުމުން އެބޭފުޅުންނަށް ހަމްދަރުދީއައި ލޯބިން އެބޭފުޅުން ސަލާމަތްކުރުމަށް ޖާނާމަލު ދޭނެކަން އެނގޭތީ އެކަމާކަންބޮޑުވަނީ. ރުޅިއައިސްގެން ރައްޔިތުންގެ ދަތްދޮޅި ދުއްވާލުމަށް ބޭނުވިޔަސް އެކަންނުކުރެވޭނެކަން އެނގެތީ ގޮތްހުސްވެގެން އުޅެނީ. ދެން ކުއްލިނުރައްލުގެ ހާލަތު އިޢުލާކުރާނީ.އެއަށް ފަހު 5 އަހަރުވެސް ހޭދަކޮށްފާނެ. ސަރުކާރުހިންގާ ބުއްދިފަސް މަޖުލީހުން ޙާލަތުއްޟުރޫރާގެދަށުން ޤާނުންހަދާ ތަސައްރަފުނުފުދޭ ތަސްދީގެއްކުރަނެ
ވާންނެތިގެން
05 August 2018
އެބޭފުޅުން ގެ ފޮޓޯ ނުޖަހާ ވާންނެތިގެން އެކަން އެކުރަނީ. މައުމޫން އާނުލާ ޔާމިނު އައް ނާދެވުނު ފަދައިން. ނިމޭއިރު އިބޫވެސް ވާނީ ހަމަ ޔާމީނައް. އިންތިގާލީ ހަނދާން ނެތޭނެ. ވަގުތާ ތަނާ ސާއަތާ ދިމާނުވެގެން.
ވވވވބބނހބ
04 August 2018
ފުލުހުންގެ ކެމެރާ ދަގަޑުގަ ބެނާ ދެމީމަ، ނުދަމަން ކުރީ އިއުތިމާސް. މި ފަހަރު ބައެއްގެ ފޮޓޯ ޖެހީމަ މި ފޮނުވާލަނީ އިންޒާރެއް. މި މީހުންގެ ފެންވަރު.
އަބްދުއްލާ
04 August 2018
ލީޑަރުންގެ ނަމުގާ ޖިނާއީ ކުށުގެ އަދަބުގައިވާ ކުށްވެރިންގެ ފޮޓޯ ޖަހާމީހުން ހިފާހައްޔަރުކުރޭ .އަމުރަށް ނުކިޔަމަންތެރިވާނަމަ އިބޫވިޔަސް 5 އަހަރުގެ ހުކުމެއްގެނޭ
މޫސަބޭ
04 August 2018
ޤާނޫނަކުން މަނާނުކުރާ ކަމެއް ފުލުހުނަކަށް މަނައެއް ނުކުރެވޭނެ. އެނިމުނީ.
އަބްދުއްލާ
04 August 2018
ގާނޫނުތަކާ ހިލާފު ވުމާ ފުލުހުންގެ އަމުރުތަކަށް ގޮންޖާލާ ފަރާތްތަކާދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލަން ގާނޫނަށް އިހުތިރާމްކޮށް ގެން ތިބި ބަޔަކު ދިރިއުޅޭ ވެއްޓަކަށް ގައުމު ބަދަލު ނުވަނީސް އިންތިހާބު ބާއްވާކަށް ނުފެނޭ
ދިލް
05 August 2018
ކޮބާ، މީންދުވަހަކު ޤާނޫނު ކިޔާލިންތަ؟ ނޫނީ އެހެން މީހަކު އެ ކިޔާފަ ޚުލާސާއެއް ކިޔައިދިނީތަ؟