އިލެކްޝަންސް ކޮމިޝަނުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކޮމިޝަންގެ ރައީސް ޝަރީފް ވާހަކަ ދައްކަވަނީ: 13 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން ވަނީ ނިންމާފައި -- އަހްމަދު ނިޝާތު/މިހާރު
25 އޯގަސްޓް 2018 - 18:31
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރިސޯޓްތަކާއި ސިނާއީ މަރުކަޒުތަކާއި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަން ނިންމި ތަންތަނުގެ ތެރެއިން 13 ތަނެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމައިފި އެވެ.
ވޯޓު ފޮށި ނުބަހައްޓަން ނިންމީ ނުވަ ރިސޯޓަކާއި ސިނާއީ މަރުކަޒުތަކުގެ ގޮތުގައި ހިމެނޭ ލ. ކައްދޫ އާއި ޅ. ފެލިވަރުގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި ސިންގަޕޫރުގަ އެވެ.
- އަދާރަން ސިލެކްޓް ހުދުރަންފުށި
- ވައްކަރު މޯލްޑިވްސް
- އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް
- އެޓްމޮސްފިއާ ކަނިފުށި މޯލްޑިވްސް
- ކޮކޫން މޯލްޑިވްސް
- ކޮންސްޓަންސް ހަލަވެލި ރިސޯޓް
- އަމާރި ހަވޮއްޑާ މޯލްޑިވްސް
- ކަނުހުރާ
- ރޮބިންސަން ކްލަބް
އިލެކްޝަންސް ކޮމިޝަނުން ބުނީ އެތަންތަނުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ ވޯޓު ފޮށި ބެހެއްޓޭ މިންވަރަށް ރީ ރަޖިސްޓްރީ ވާން ހުށަހަޅާފައި ނުވާތީ ކަމަށެވެ. ރިސޯޓްތަކާއި ސިނާއީ މަރުކަޒުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 100 މީހުން އެތަނެއްގައި ވޯޓުލާން ރީ ރަޖިސްޓްރީކޮށްފި ނަމަ އެވެ. އަދި ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓަނީ މަދުވެގެން 200 މީހުން ރީ ރަޖިސްޓްރީ ކޮށްފި ނަމަ އެވެ.
ވޯޓި ފޮށި ނުބަހައްޓަން ނިންމި ތަންތަނުގައި ވޯޓުލުމަށް ކުރިން ރީ ރަޖިސްޓްރީ ކުރި މީހުންނަށް ދެން ޖެހޭނީ އެހެން ތަނެއްގައި ވޯޓުލުމަށް ރީ ރަޖިސްޓްރީ ކުރާށެވެ. އެ ފުރުސަތު ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ އިއުލާންކުރީ ވަރަށް މަދު ރިސޯޓްތަކެއްގައި ވޯޓު ފޮށި ބެހެއްޓުމަށެވެ. އެކަމަކު ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް ފަހުން ކޮމިޝަނުން ވަނީ އިތުރު ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓާނެ ކަން އިއުލާންކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުނާ
26 August 2018
މުލިއާގެ އެކަނި ވޯޓް ފޮއްޓެއް ބަހައްޓާފައި ނިންމާލުމަށް ފެނޭ.......... އެއީ މިހާރުވެސް މުލިއާގޭގައި ވިއްޔާ އިލެކްޝަން ކޮމިޝަންގެ މަސައްކަތް ހިންގަނީ...... އޭރުން ދަރުބާރު ފެކްޝަންގެ ކުދިން ގޭގައި ސިކުނޑި ބާއްވާފައި ގޮސް ތިކަން ނިންމާލާނެ........
ރާއްޖެ
26 August 2018
މިރާއްގޭގަ އުޅޭ އެއްލައްކަ ބަންގްލަދޭޝް މީހުންނަށާއި 50 ހާސް އިންޑިއާ މީހުންނަށް އެގައުމުތަކުން ވޯޓް ފޮށި ނުބަހައްޓާ، ދިވެހިން މިއީ ފައިސާގިނަވެގެން ކުުރާނެ ކަމެއް ނޭނގިގެން އުޅޭބައެއް. އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަ ކޮއްގެން އުޅޭ މީހުންނަށް އެ ހުރިތަނަކަށް ވޯޓް ފޮށި ގެންދާކަށް ނުޖެހޭ. އެއީ ބޭކާރު ޚަރަދު. ގައުމުގެ ކަންކަމުގަ ބައިވެރިވާން ބޭނުން ނަމަ ރާއްޖެ އައިސް ވޯޓް ދޭން ވީ.
ފަސީ
26 August 2018
ބޭރު ގައުމުތަކުގެ މީހުން މިރާއްޖޭގައި ވަޒީފާއަށްއައިސް ތިބޭއިރު އެމީހުންނަށް ޕޯސްޓްމެދުވެރިކޮށް ވޯޓުކަރުދާސްކޮޅު ފޮނުވައިގެންވެސް އެމީހުންގެ ގާނޫނީ ހައްގުތައް ފުރިހަމަކުރުމަށް ފުރުސަތުދޭ. ތިދައްކަނީ ބަންގްލަދޭޝްއާ އިންޑިއާ މީހުންގެ ވާހަކަ. އެމީހުންނަކީ މިރާއްޖޭގެ ކަންކަން ކުރަން މިންއަޅާ މިންގަޑަކަށްވީ ކޮންއިރަކުބާ. ހޫނ. އިދިކޮޅަށް އެއްޗެއް ބުނަން ކޮންމެ އެއްޗަކާވެސް އަޅާކިއިދާނެތާ ދޯ
ބޮޑު ކަކުނި
25 August 2018
އަރަބިކަރައިން 13 ޖަމަލު ގެނެސްގެން ކަތިލަންވީނު
އަދާރަން
25 August 2018
ބޭނުންވާކޮޅަށް ވޯޓު ނުލިބޭނެ ތަންތަން ނިކަން ފަސޭހައިން ކަޓުވާލާނެ!
ރަޖިސްޓްރީ
25 August 2018
މިހާކަށްހާވަރަށް ތަނެއް މިނިވަންވާނީ. ހަމަ ސީދާ ކަނަޑައެޅިގެން ހިސާބު ދިމާ ކުރަން މަކަރު މިހަދަނީ.
ޑިމޮކްރަޓިސްޓް
25 August 2018
ދެން ވޯޓުދިމާވިޔަނުދޭން އެހެންތަނަކަށް ރަޖިސްޓްރީކޮށްބަލަ.. ތިހުރިހާ ހާސަރެއްނުދަމާ.. އެއޮޕްޝަންވެސް އެބައޮތެއްނު..
ދަތްނެތްކުއްޖާ
25 August 2018
ޝަރީފޫ މިއީ ހާދަ ވަރުގަދަ 13 އެކޯ ދޮތަ! ﷲގެ ރަޙުމަތުން މިފަހަރު ރައްޔިތުން ވަރަށް ފޯރިއާއި އެކު ނުކުމެ ތަމެން އެއްލަކިން ގެ އަށް ފޮނުވާލާނެ. އޭގެ ފަހުގައި ތަމެންގެ ހިސާބު ތައް ބަލާ އެކަމާއި މެދު ސަރުކާރުން ގޮތެއް ނިންމާނެ ކަމަށް މަމެން ރައްޔިތުން އުއްމީދުކުރަމު.
ތެރަސް ބަގުޑި
25 August 2018
ސރފ ގެ އަމިއްލަ މުދާހެން ހީވަނީ
ޔާމިން
25 August 2018
ވޯޓްލުމުގެ ހައްގުން ބަޔަކު މަހުރޫމްކުރުވުން މީ އިލެކްޝަންގެ މޮޓޯ އަކަށް ވެއްޖެ ހެން ހީވޭ
ގުއިއްޒު
25 August 2018
ކޮބާ މިސްޓަރ 13. އޭނަ ދޯ ތިގޮތަށް ތި ނިންމީ.
ޖަހޯބަރާ
25 August 2018
އަޖައިބެއްކަހަލަ ކަމެއް ނޫން.. ވޯޓް ފޮއްޓޭ ބާތިލޭ އިނގިލީގެ ނިޝާނޭ ނުކިއާ ފުރަތަމަ ކުރަންޖެހިފަ އޮތްކަން ކޮއްބަލަ. ވޯޓްލިސްޓުން ޕަޒުލް ނުކުޅެ ފުރަތަމަ ވޯޓް ހައްގުވާ މީހުންގެ ލިސްޓް އާއްމު ކޮށްބަލަ.. މި އުޅެނީ މިރާއްޖޭގައި އަލަށް ވޯޓެއްލާން ޖެހިގެނެއްނޫން.. ދިރާސާ ކުރިއިރު ސިންގަޕޯ ކޮޅުންވެސް ވޯޓެއްނުލބޭ ދެން ފޮށި ގެނެސް ބަހައްޓާ ކޮމިޝަނުގައި.. ވޯޓުގަޑުބަޑު ބައިތުލްމާލު ގަޑުބަޑު ޝަަރުުއީީ ނިޒާމް ގަޑުބަޑު ގާނޫނު އަސާސީ ގަޑުބަޑު އަދުލު އިންސާފު ގަޑުބަޑު މުޅިރާއްޖެ ގަޑުބަޑު..