ކޮލަމާފުށީގައި ދަމާފައި ހުރި އެމްޑީޕީ ދިދަތަކެއް: ރައީސްގެ ދަތުރުފުޅާ ގުޅިގެން މި ދިދަތައް ފުލުހުން ވަނީ ނަގާފައި
30 އޯގަސްޓް 2018 - 10:43
ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހައަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި އެ ރަށުން މިއަދު 18 މީހަކު ހަައްޔަރުކޮށްފި އެވެ.
ޕީޕީއެމުން ބުނީ އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން އެ ޕާޓީގެ ޖަގަހައިގައި ހުރި މޮނިއުމެންޓެއް ހަލާކުކޮށް، ދިދަފަތިތައް ބުރިކޮށް، ސާޅީހަކަށް ހޮޅި ދަނޑި ނައްޓާލާފައިވާ ކަމަށެވެ.އެވެ. އަދި ޕީޕިއެމަށް ތާއީދުކުރާ 10 މީހަކަށް އެ ހަމަނުޖެހުމުގައި ގެއްލުންވެ ފަރުވާ ދޭން ވެސް ޖެހުނު ކަމަށް އެ ޕާޓީން ބުނެ އެވެ.
އެ މައްސަލަ ރޭ ޕީޕީއެމުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި މިއަދު ހެނދުނު ހަތަކުން ފެށިގެން މިހާތަނަށް، އެ މައްސަލައިގައި 18 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ޕީޕީއެމްގެ ތުހުމަތުތައް ދޮގުކޮށް، ކޮލަމާފުށީ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އެ ހަމަނުޖެހުމުގައި އެންމެ ފުރަތަމަ ހަމަލާދިނީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ. އޭރު އިދިކޮޅު ކޯލިޝަނަށް ތާއީދު ކުރާ މެމްބަރުން ތިބީ، ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އަންނަ ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ ރަށުތެރޭގައި ބެނާ އާއި ދިދަ ފަތި ދަމަން ކަމަށާއި އެކަމަކު ޕީޕީއެމް ސަޕޯޓަރުން އެކަމަށް ހުރަސް އަޅައި، ބެނާތައް ނައްޓާލި ކަމަށް އޭނާ ވިދާޅުވި އެވެ.
MDP Riyaasee Candidate @ibusolih maadhamaa GA.Kolamaafuttah Vadaigannavaathee MDP ge Kolamaafushee membarun PPM Jagaha Sunnaafathi Kohllun eiee Qabool kureveyne kameh noon. @PoliceMv @ElectionsMv Mi Massala Bahllavaa Fiyavalhu alhuvvaa! @MariyaDidi mee tho Reethi Campaign akee? pic.twitter.com/uF573f7vi8
— Ahmed Nihan (@ahmed_nihan) August 29, 2018
"އަޅުގަނޑުމެން ދިދަ ފަތި ދަމަން ހުރި ތަނުގައި ޕީޕީއެމުން ވެސް ބޭނުންވީ އެކަން ކުރަން. އެކަމަކު އެކަމަށް ދެކޮޅުހެދުމުން، އެ މީހުން ދިޔައީ އަޅުގަނޑުމެންގެ ދިދަ ފަތިތަކާއި ބެނާތައް ނައްޓާލާފައި. އެހާ ހިސާބުން، މަސްރަހު ހޫނުވެ، އަޅުގަނޑުމެންގެ ތެރޭން ބަޔަކު ގޮސް ޕީޕީއެމްގެ ދިދަ ފަތިތަކާ އެއްޗެހި ނައްޓާލީ،" ކައުންސިލްގެ އެމްޑީޕީ މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލަ ޖެހި ހަމަނުޖެހުން ހިނގީ ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ނަމަވެސް، ފުލުހުން ހައްޔަރުކުރީ ހަމައެކަނި އެމްޑީޕީއަށް ނިސްބަތްވާ މީހުން ކަމަށެވެ. އަދި އެ މައްސަލައިގައި ނުހިމެނޭ، އެކަމަކު މަންޒަރު ބަލަން ތިބި މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ކައުންސިލަރު ތުހުމަތުކުރެއްވި އެވެ.
ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ކޮލަމާފުށީގެ ޖަގަހަ އަށް ގެއްލުން ދިނީ އެމްޑީޕީ އަށް ނިސްބަތްވާ ދެބެއިން ކަމަށާއި އޭގެ ތެރެއިން އެކަކީ އެމްޑީޕީގެ ސަރުކާރުގައި ތެލުގެ ނަހަމަ މުއާމަލާތްތަކެއް ހިންގައި މިހާރު ވެސް އެސްޓީއޯ އަށް 1.2 މިލިއަން ރުފިޔާ ދައްކަން ޖެހޭ މީހެއް ކަމަށެވެ.
ޕީޕީއެމް ޖަގަހައަށް ގެއްލުން ދިން މައްސަލަ، ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވެސް ވަނީ ކުށްވެރިކުރައްވާފަ އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެއީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެހެންވެ، ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން މި މަހު ކުރީކޮޅު ކޮލަމާފުއްޓަށް ވަޑައިގަންނަވާތީ، އެ ރަށުގައި ހަރުކޮށްފައި ހުރި އެމްޑީޕީގެ ދިދަތަކެއް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ނަގާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން މައްސަލަ ފުލުހުން ބަލައި، ގިނަ ބަޔަކު ހައްޔަރުކޮށްފައިވާއިރު، އިދިކޮޅުން ހުޅުމާލޭގައި ހަރު ކުރި ޕޯސްޓަރުތަކެއް، ޕީޕީއެމް ސަޕޯޓަރުންތަކެއް ވަނީ ނައްޓާލައިފަ އެވެ. އަދި ހުޅުމާލޭގައި ބޭއްވި ރެލީއެއްގައި ޕީޕީއެމްގެ ސަޕޯޓަރަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް، ލައުޑްސްޕީކަރަކުން ގޮވާފައިވެ އެވެ.
މި މައްސަލަތައް އެމްޑީޕީން ފުލުހުންނަށް ހުށަހެޅި ނަމަވެސް، މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަކުނިބޯ
30 August 2018
ރޮކެޓް ސްޕީޑުގައި އިންސާފުދުވާތަން ތިޔަ ފެންނަނީ އިންސާނީ ހަލޯރަތަށް މާތް ރަސޫލާ ގެންސްދެއްވީ އިންސާފާއި އިސްލާމީޝަރީއަތުގެ ހަމަހަމަ ކަން މިސިފަނެތި އިސްލާމަކާށްވެވޭބާ ....އަދި ވެސް ބުނަނީ އިސްލާމްދީން މި އޮންނަނީ މި ސަރުކާރުގެ ސަބަބުންނޭ މިސަރުކާރެއް ދީނަށް ފުރައްސާރައެއްނުކުރޭ އާއެކެވެ ނުކުރާނެ ނުކުރާނެ ނުކުރާނެ
ޝަހީދު
30 August 2018
މިއިންތިޚާބުން އިދިކޮޅު ބޭފުޅުން ބަލިވާނެކަން އެބޭފުޅުންނަށްވެސް މިހާރު ޔަޤީންވެއްޖެއެވެ. މާޔޫސްވެގެން ގޮތްހުސްވެ ކުރާނެކަމެއް ނޭނގުމުން، ދެން ހަމަނުޖެހުން ހިންގުމާއި ޕީޕީއެމްގެ ޖަގަހަތަކަށް ޙަމަލާ ދިނުމާއި ނޭއްގާނީީ ޢަމަލުތައް ދަނީީ އިތުރު ވަމުންނެވެ. އަދި މިފަހަރު ބާއްވާ އިންތިޚާބަކީ ރަޢީސް ޔާމީނަށް ކާމިޔާބުވާނެ އިންތިޚާބެއްކަން ކަށަވަރުވާތީީ، އިންސާފުވެރި ދެފުށްފެންނަ އިންތިޚާބެއް ނުބޭވެޔޭ ބުނެ ނަތީޖާ ޤަބޫލުނުކުރުމަށް އެވެރިން ދައްކަނީީ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކައެވެ
ގެއްލުނު ވޯޓު
30 August 2018
ދިދަ ފަތި ކެނޑުން އެއީ ޓެރެރިޒަމް ތޯ؟ ތީ ޖޯކެއް މިނިސްޓަރު ވިދާޅުވިޔަސް.
ކަކުނިބޯ
30 August 2018
މިނިސްޓަރު އެހިންގަނީ ޓެރެރިޒަމްގެ އަމަލެއް އެއީ އެކަމުގެ ބިރު ދެއްކުން
ސަކީނާ
30 August 2018
ދެފަރާތުން ހަމަނުޖެހުން ހިންގީމަ ހައްޔަރުކުރަނީ އެއްފަރާތް. އިންސާފް
ސދމު ގެ އިންސާފު
30 August 2018
ހާދަ ބޭއިންސާފޭ. މާލޭގެ މަގެއްގައި އެމްޑީޕީ އިން ދިދައެއް ދަމާއިރަށް ބުލޫ ޕާޓީ ކުދިން ޔުނީފޯމްގައި އައިސް ނަގާނެ. މިހާރު ރައީސް ޔާމީންވެސް އަތޮޅު ތެރެއަށް ދަތުރުކުރައްވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން. ޔާމީނު ވަޑައިގަންނަވާއިރު ރީދޫކުލަ މުޅިން ފޮހެލުމަށް ބުލޫ ޕާޓީ ޔުނީފޯމް އެޅި ފެކްޝަނުން މަސައްކަތްކުރޭ. މި ވެސް އިންސާފުތަ. ކަރުބުރިކޮށްލަން ގޮވުމުން އަޒްލީން ސީރިއަސް މައްސަލައަކަށް ނުވިއިރު ދެ ޕާޓީގެ ދެމެދު ހިނގި ހަމަނުޖެހުން ޓެރަރިޒަމަށްވެ އެއްޕާޓީގެ ބަޔަކު ބަންދުކޮށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން އަދަބު ދިނުމުން ޞަދޫމު ވެސް ލަދުގަންނާނެ.
މުހައްމަދު ރަޝީދު
30 August 2018
ބިރުދެއްކުމަށް ކުރައްވާ ކަންތްއްތަށް .....
އަލި
30 August 2018
ތީ ބަރަށް އުނދަގޫ ބޮޑުރަށެއް. ރައީސް ވަހީދު ވެރިކަމުގައި މަށަށް ތިރަށަށްދެވުނު. ފަޅަށް ވަދެފައި ފުރަތަމަވެސް އަޅައިގަތީ ފަޅުތެރޭ ދޯނި އަޅަން ވާއަޅާފަހުރިގޮތް. އެހެންދޯންޏެއް ވަދެދާނެތީ ޖާގަނުދޭން ކޮށްފަހުރި ކަމެއްކަމަށްވަނީ. ރަށަށް ފޭބުމާއިއެކު ދެން އިވެންފެށީ “ކާކާ ކާކާ ކާކާ”ގެ އަޑު. ހީވަނީ ވަހީދު ވެރިކަމުގައި ހުރީމަ ލައްވާ އަޑުތަކެއްހެން. ރަށަށް ފައިދާކުރާ މަޝްރޫއެއް ހިފައިގެން ދިޔައީވެސް. ނަމަވެސް ކައުންސިލްގެ އެއްބާރު ލުމެއްވެސް ނެތް. އިނގިފައިވާގޮތުން އެމަޝްރޫއު މިހާރުވަނީ އެއަތޮޅު އެހެންރަށަކަށް ބަދުވެސްކޮށްފައި. ސަބަބަކީ އެއްބާރުލުން ނުލިބުން. ސިޔާސީ ވެގެންގޮސް ހައްދުންނެއްޓިފަ.
ކަކުނިބޯ
30 August 2018
ބަލަ ކާޅު އުޅެންޔާ އެއަޑު ގޮވާނެ އަދި ކާޅުގޮވައިގެންދަންޔާ އެސޮރު ގޮވާނެ ދޯ
ބޮނަކުއާ
30 August 2018
ޕީޕީއެމް އަށް ކަމެއް ވެއްޖެއްޔާ މުއައްސަސާތައް އުުތުރި އަރާނެ.
ދޮންމަނިކު
30 August 2018
ޕުލުހުންނަކީ ޔާމިން ހިމާޔަތްކުރަން ތިބި ބައެއްތަ؟؟ ދިވެހި ފުލުހުންނޭ ނުކިޔައި ޔާމީންގެ ފުލުހުންނޭ ކިޔަންވީ އެއްނު... އެވަރަށް މިގައުމުގެ ކަންތައްތައް ގޮސްފި.. ހިތާމަ ހުރިކަމެއް
އަސްލަމް ރަސީދު
30 August 2018
ފުލުހުންނަކީ ޕީޕީއެމް ގެ ޕަޕެތުން ކަން ޔަގީން ވަނީ މިހެން ވީމައެވެ. ފުލުހުންގެ ބާރެއް ނެތެއް ނޫންތޯ އެވެ.