ކްރިމިނަލް ކޯޓު: އެ މައްސަލާގައި އިތުރު ހަތް މީހަކު ޖަލަށްލާން ވަނީ ކުރިން ވަނީ ހުކުމްކޮށްފައި --މިހާރު ފޮޓޯ
07 އޯގަސްޓް 2016 - 15:11
މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު ދެ މީހަކު ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މިދިޔަ އަހަރު އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލާގައި މީގެކުރިން ހަތް މީހަކު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ. އެކި މީހުންނަށް އައިސްފައި ވަނީ އެކި މުއްދަތުގެ ހުކުމެވެ.
މިއަދު ހުކުމްކޮށްފައި ވަނީ ގ. ފްރެޝްލައިޓް އިބްރާހިމް ރަޝީދާއި ސ. ހުޅުދޫ އޮސްޓްރޭލިއާ، އިބްރާހިމް އިބާދެވެ. މި ދެ މީހުން ޖަލަށް ލިޔަސް އެ މީހުންނާ އެކު ދައުވާލިބުނު ސ. ހުޅުދޫ އިރުވައި، އަހުމަދު އުނައިސްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ވަނީ ހުކުމްކޮށްފަ އެވެ.
އިބާދަކީ ފުލުސް މީހާގެ ހެލްމެޓު ގަދަކަމުން އަތުލައި، ހެލްމެޓުން އޭނާއަށް ހަމަލާދިން މީހާ އެވެ. އިބްރާހިމް ރަޝީދަކީ މަގުމަތީގައި އޮޮތް ކޯނަކުން ފުލުސް މީހާއަށް ހަމަލާދިން މީހާ އެވެ.
އެ މައްސަލާގައި އިތުރު 10 މީހަކަށް ދައުވާކޮށް، އޭގެ ތެރެއިން ހަތް މީހަކު ކުށްވެރިވާތީ އޭގެ ތެރެއިން ހަ މީހަކު ފަސް އަހަރަށް އަދި އެކަކު ހަތް އަހަރަށް ޖަލަށްލާން ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. ބާކީ ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ނިންމައިފަ އެވެ.
މިއަދު ކޯޓުން ހުކުމްކުރީ އެ މައްސަލާގައި ދައުވާ ލިބުނު މީހުންގެ ތެރެއިން މައްސަލަ ނުނިމި ބާކީ ތިބި ތިން މީހުންނަށެވެ.
މޭޑޭ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ދިން ކަން ސާބިތުވެ، އަދާލަތު ޕާޓީގެ ލީޑަރު ޝައިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެ މައްސަލަ މިހާރު އޮތީ އިސްތިއުނާފް މަރުހަލާގައި ހައި ކޯޓުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުބެ
11 August 2017
ފުލުހުންގެ މީހަކުވިޔަސް "ޑިއުޓީން" ބޭރުގައި އާއްމު މީހަކަށް ކުރާ އަނިޔާ އަށް އަދަބު ލިބެންވާނެ. މުޒާހަރާ އަށް ނިކުމެ ކުރިމަތި ލައިގެން ލިބޭ އަނިޔާ އަކީ އޭނަގެ އަމިއްލައަށް ޒިންމާ ނަގަންޖެހޭ ކަމެއް.
ޝުހާދު
08 August 2016
ފެބްރުއަރީ 8ގައި ފުލުހުން އާއްމު ރައްޔިތުންގެ ގައިގާ ފިރުމި މަންޒަރުގެ ފޮޓޯއާއި ވީޑިއޯތައް ދޯ ހުރީ. އިންސާފު ލިބޭނޭ އަދި ކެތްކުރޭ.
ކުޑޭ
08 August 2016
ހަމަލާދިންކަން ސާބިތުވަންޏާ ހުކުމް ކުރަންވީ އެކަމަކު ތިޔަހުކުމް މާ ބޮޑު، ރަނގަޅުވީސް 1 އަހަރަށް ހުކުމް ކުރިނަމަ. ފުލުސްމީހާ މަރެއްވެސް ނުވޭވިއްޔާ
ޢަބްދުﷲނާފިޒު
07 August 2016
އަޅުގަނޑުގެ ދެލޮލުން ވަރައްގިނަ މަންޒަރުތައް ފެނިއްޖެ މިޑިމޮކްރަސީ އައިފަހުން، ހަސަންބޭ އެކަމަކުވާމަށެއް އަދި އަޑެއްނާހަމޭ އާއްމުރައްޔިތަކައް އަނިޔާއެއް ނުހައްގުންދީގެން އެއްވެސްފަރާތަކަށް ސަރުއީ ކޯޓަކުން ހުކުމެއް އިއްވިއަޑެއް، ވެދާނެ ގާނޫނުން އެބާރު ލިބިފަ އޮންނަނީކަމައް...ދޮތަ ފުލުހުން
ފަޒީ
07 August 2016
ހުރިހާ ކަމެއ ރޭވި މީހުން މިހާރު އެ ތިބީ އަރާމުގާ ލަންޑަންގާދޯ. އެ ނިމުނީނު
ސ
08 August 2016
ލަންޑަނަށް ދިޔަކަމުން 12 އަހަރުގެ ހުކުމުން ސަލާމަތް ވީ އަދި އަނިޔާވެރިން ބަލިވެސަ ކުރާނީ ހަމަ އެމީހުން. އަތު ނުޖެހުނީމަ އަސަރު ކުރީ ދޯ.
ހާލަތު
07 August 2016
އާންމުންނަށް ހަމަލާދިން ފުލުހުންނަށް މަތިމައްޗަށް ޕޮރޮމޯޝަން.!!
ރަދީފް
07 August 2016
ދެރަކަމެއް. އެއްވެސް ބަޔަކު އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިވެގެންނުވާނެ.އެކުދިން ވެސް އެކުރީ ރަނގަޅުކަމެއްނޫން.ޒުވާނުން އެބަޖެހޭ ޒިންމާދާރު ބައެއްގެ ގޮތުގަތިބެން.ވަޔަލެންސް އުފެއްދުން އެއީ އެއްވެސް ސޮސައިޓިއެއްގަ ބަލައިގަންނާނެކަމެއްނޫން.އެއަމަލަށް ތާއީދުނުކުރަން.ޖަލުގަ ގޮސް ބަންދުވެފަ ތިބުން އެއީ އެބަޔަކަށް އަދި އާއީލާގެ މެމްބަރުންނަށްވެސް ހިތާމައެއް.ފުލުހުންވެސް ރައްޔަތުންގެ މައްޗަށް އަނިޔާވެރިވެއްޖެނަމަ / ވެފައިވާނަމަ އެމައްސަލަތައްވެސް އިންސާފްވެރިކޮއްބާލަ ހުކުމް ކުރަންޖެހޭ.އަބަދު ރުފިޔާގެ އެއްފަރާތްބަލައިގެން އުފެދޭނީ ފިތުނަ.މިސަގާފަތް އުވިގެންނޫންގޮތަކަށް ސްޓެބިލިޓީ ގާއިމްކުރުން އެއީ މުސްތަހީލްކަމެއް.ނިންމާލުމުގެ ކުރިންވެސް ދަންނަވާނީ ފިތުނަ އުފެދެނީ ހަމައެކަނި ޓްވިޓަކުން ނޫން ކަމުގަ.އަޅުގަނޑުމެން އެންމެން މިއީ ސުލްހަޔަށް ލޯބިކުރާ އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރި ބައެއްކަމުގަ ލައްވާށި.އާމީން
އުލިގަ
07 August 2016
ފުލުހުންގެ ތެރެއިން އާއްމުންނަށް އަނިޔާ ދޭ މީހުނަށް ލިބެނީ ޕްރޮމޯޝަން ތޯ
މެންޓަލިސްޓް
07 August 2016
ރަގަޅު އިންސާނަކަށް އަނެއްއިންސާނެއް ހަމަލާދީ ނޫނީ އެހީތެރިކަންބަޔަކަށް އެކަމުގައިދީ ، ނޫނީ ރާވައި ހިންގައިފިނަމަ އަދަބުދޭންޖެހޭނެ ، ނަމަވެސް މިކަމުގައި ދެކޮޅުދިމާނުވާތީވެ ، ފުލުހުންގެ ޔުނީފޯމްއަޅައިގެން ހުރި އިންސާނަކަު އާންމު އިންސާނެއްގެ ގައިގައި ތަޅާމެރިޔަސް އެކަންބަލާނެ ނޫނީ ކުއްވެރިވާނެ ގޮތެއްވެސް ނޯވޭ ، މީގައި މިއުޅެނީ ހަމަ ހުސްއިންސާނުން ،،، އިސްލާމްދީނަކީ އެންމެފުރިހަމަ އެންމެއިންސާފްވެރި ދީން .. އަޅުގަނޑަކަށް ހިއެއްނުވޭ ، ފުލުހުންގެ ޔުނިފޯމްއަޅައިގެން ހުންނަ އިންސާނަކަށް އެހެން އިންސާނަކަށް އަނިޔާކުރުމުގެ ފުރުސަތުއޮންނާނެހެނެށް ، ވީމާ ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ގާޒީންނާއި މަޖިލިސްގައި ތިޔަތިބި ފައިސާގެ އަހުލުވެރިންނާއި ނިކަންވިސްނާލަބަަލަ ، މިއުޅެނީ އިންސާނުންކަން ،، މިއުޅެނީ އެމް.ޑީ.ޕީ ޕީޕީއެމް ފުލުސް ސިފައިން ނޫކަން ،، އެންމެންނަކީވެސް އިންސާނުން ،،، ވަރަށް ސަލާމް ،،،