އިބޫ މިއަދު ދަރަނބޫދު އަށް ވަޑައިގެން، ނުކުޅެދުންތެރިކަން ހުންނަ ކުއްޖެއްގެ ގައިގައި ފިރުމާލައްވަނީ. - ފޮޓޯ: އެމްޑީޕީ
18 ސެޕްޓެމްބަރ 2018 - 11:24
އަންނަ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކީ ސަރުކާރު ގަބޫލު ކުރާ ނަތީޖާއަކަށް ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
ފ. އަތޮޅުގެ ބައެއް ރަށްތަކަށް އިބޫ ކުރެއްވި ކެމްޕެއިން ދަތުރުގައި އެ އަތޮޅު ދަރަނބޫދޫގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މި ފަހަރުގެ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދެއް ނެތް އިރު، ކުރިމަތިވެދާނެ ގޮންޖެހުމަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.
"އިންތިހާބަށް ނުފޫޒު ފޯރުވައި ވޯޓު ގަޑުބަޑު ކުރަން ބަޔަކު އުޅެފާނެ. އެކަމަކު، ރައްޔިތުން ތިބީ އެ އަށް ފުރުސަތު ދޭކަށް ނޫން. ރައްޔިތުން ބޭނުންވާ ގޮތް ނިންމައިގެން ތިބީ،" ވީހާ ވެސް ގިނަ ބަޔަކު ވޯޓުލައި ފޮށިތައް ފުރާލުމަށް އެދިވަޑައިގަންނަވަމުން އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރައްޔިތުން ގޮތް ނިންމުމަށް ލިބޭނެ މުހިންމު ފުރުސަތެކެވެ. އެއީ ވަކި ފަރާތެއްގެ މަޖުބޫރު ކަމެއް ނެތި، ތިމާ އެދޭ ގޮތް ކަނޑައެޅުމުގެ އިހްތިޔާރު ލިބޭނެ ދުވަސް ކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.
"އެ ދުވަހަކީ އަޅުގަނޑުމެން މި ކުރާ އުންމީދުތަކަށް ގޮތް ނިންމޭނެ ދުވަސް،" އިބޫ ވިދާޅުވި އެވެ.
ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ ވޯޓުން މޮޅުވެ، ރައްޔިތުން ބޭނުންވާ އިސްލާހުތައް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ފ. އަތޮޅުގެ ރަށްތަކަށް އިބޫ އިއްޔެ ކުރެއްވި ދަތުރުގައި ވަނީ ފ. ބިލެއްދޫގެ އިތުރުން ދ. މާއެނބޫދޫ މ. ކޮޅުފުށި، މ. މުލައް، މ. ދިއްގަރު، ފ. ފީއަލި، ފ. ނިލަންދޫ، ފ. ދަރަނބޫދޫ އަދި ފ. މަގޫދު އަށް ވަޑައިގެންފަ އެވެ. މިއީ، އިބޫގެ ކެމްޕެއިންގައި މިހާ ގިނަ ރަށްތަކަކަށް އެއް ދުވަހެއްގައި ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މި ނުވަ ރަށަށް ވަޑައިގަތުމުން، އެ ރަށްތަކުގައި ދިރިއުޅޭ އިދިކޮޅު ސަޕޯޓަރުން އިބޫ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރީ
19 September 2018
ޔާމީނު ހޮވިއްޖެއްޔާ ކަލޭމެންވެސް ނުކުރާނެ ގަބޫލެއް. މުޅި ރާއްޖެ ހަލަބޮލިކޮށްލާނެ. ޕީޕީއެމް މީހުން ގަބޫލުނުކުރިޔަސް ނުދާނެ ހުޅުޖަހާކަށް. އީސީގައި ޝަރީފް އިނީމަ މަކަރު ހަދާނެކަން ތިޔަހާ ޔަގީން ވާއިރު ކީއްކުރަން ކުރިމަތިލަނީވެސް އަޅެފަހެ؟ ދިވެހީން ގުނބޯ ހައްދައިގެން އެމީހުންގެ ރަށްރަށުގަ އަޅާފަ ހުރި އިމާރާތްތައް އަނެއްކާވެސް ދިވެހީން އަތުން ފުނޑާ އަންދަން؟
ަަނަމަ
18 September 2018
✔️2
މަރީ
19 September 2018
1 ✔
ހާސަރު
18 September 2018
ހަގީގަތުގައިވެސް ގަބޫލެއް ނުކުރާނެ އެއަށް ވުރެ މާބޮޑުތަނުން އިރާދަކުރެއްވިއްޔާ ޔާމީން ބަލިވާނީ
ކާމިލް74
18 September 2018
ދެން އިބޫގެ ފޭކް ވާހަކަ ގަބޫލު ކުރާނެތަ؟
ަަބޫސް
18 September 2018
ވޯޓްގެ ނަތީޖާ އިއުލާން ކުރާއިރު އިބޫ ބަލިވެއްޖެނަމަ މަނިކުފާން ނަތީޖާ ޤަބޫލްކުރާންތޯ!! ނޫނީ ބަލިވެއްޖެނަމަ މުޅިޤައުމުގަ ހުޅުޖަހާނީތޯ!
ވޯލް
18 September 2018
ޕޕމ ގެ ޝަރީފު އިދެގެން ބާއްވާ އިންތިހާބެއް ރަގަޅެއް ނުވާނެ. ކެމްޕެއިން ފެށިގެން މިއަދާ ހަމައަށް ދެކެންޑިޑޭޓުންގެ މެދުގައި ދައުލަތުގެ މުއައްސަސާތަކުން ކަންކުރަނީ ހަމަހަމ އުސޫލަކުން ނޫން.
މަހަށްދޭދޭ
18 September 2018
ވޯޓްގެ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އިބޫ ބަލިވެެއްޖެނަމަ ތަމެން އެނަތީޖާ ގަބޫލުކުރާނެތޭ އެއީ މަމެން ކޮށްލަން ބޭނުންވާ ސުވާލަކީ ތަމެން 2008 ގައި ހެދި އުސޫލުން ވޯޓް އޮޅުވާލައިފިނަމަ މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ ތަމެން މަހަށް ދާން ޖެހޭނީ އެފަދަ ދަނޑިވަޅެއް ގައި ތަމެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން...
މަރީ
18 September 2018
މަމެންނަށް އިތުޅެނީ އިލެކްޝަން ކޮމިޝަން ހިސޯރުނުކޮށް ވޯޓަކާ ހަމަަޔަށްވެސް ނުދެވިގެން. ދެން ކޮން ވާހަކައެއްބާ؟
ދިވެހި ލޭ.
18 September 2018
"މަހައްދޭ" ކިޔާފަ ކަލޭ މަސްވެރިން ތިޔަ ނިކަމެތި ކުރަނީ... ބަލަގަ މަސްވެރިން ނެތްނަމަ ތިސޮރުގެ އާއިލާއާއި ތޮސޮރު ހުންނާނީ ނުކައި. އަނގަ ފުޅާކޮށްފަ މަސްވެރިންނާ ތިބެހެނީ ބަލަގަ އަރުންނަކީވެސް މިއީ މަސްވެރިއެއްގެ ދަރިއެކޭ. މާފުޅާވެފަ މަހައްދާށޭ ކިޔާފަ މަސްވެރިންނަށް ތިމަލާމަތްކުރަނީ... ތިއީކާކުތަ؟؟؟؟؟ ތިމާވަރުގެ މީހަކު ނެތިގެން ތިއުޅެނީ..... ކިހާ ބޮޑުވެއްޖެކަމެއްމީ....
ްއަފްރާދު
18 September 2018
ސަރުކާރަށް ޤަބޫލު ނުކުރެވޭ ވަރުގެ ވޯޓެއް އިދިކޮޅަށް ލިބިއްޖިއްޔާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ހަމަ ވަގުތުން ވަގުތަށް ބަދަލުގެނެސްގެން އިދިކޮޅަށް ވޯޓް ދިން އެންމެން ކުށްވެރި ކުރަންޖެހޭނެދޯ ! އެއީ ވަކިމީހެއްގެ ޙައްޤެއް ބަޔަކު ލައްވައި ވޯޓްލައިގެން ނިގުޅައިަތުމަކީ ވަރަށް ބޮޑު ޤާނޫނީ ކުށަކަށް ވާނެތީ
ކާސިމް
18 September 2018
އެމް.ޑީ.ޕީ ބޭނުންވާ ގޮތް ނޫންގޮތަކަށް ނިމިއްޖެނަމަ އިންސާފުކަމަށް ޤަބޫލު ކުރާނެ އެއްގޮތެއްވެސް ނޯންނާނެ!
ދަލޭކަ
18 September 2018
އެމްޑީޕީ ވާހަކަ މިވީހާތަނަށް ހުރީ ދިމާއިދިކޮޅަށް ތިހެންބުނެފިތަ ތިކަންވެސް ވާނީ ދިމާއިދިކޮޅަށް. ތިޔާމީހުން ނަތީޖާ ގަބޫލެއް ނުކުރާނެ.
ކަންބޮނޑި
18 September 2018
ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ. އެކަމަކު ކުރާ ހުރިހާކަމެއްވެސް އެނގޭނެ. ޕޕ ކެ އެކްޓިވިސްޓުން ބުނަނީ ހޮވުނަސް ނުހޮވުނަސް ހުވާކުރާނީ ރ.ޔ އޭ.