އިބޫ ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. މިއީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ފެނުނު މުޅީން ތަފާތު މަންޒަރެއް. - ފޮޓޯ: އެމްޑީޕީ
18 ސެޕްޓެމްބަރ 2018 - 13:05
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ފ. ފީއައްޔަށް އިއްޔެ ވަޑައިގެން އާންމުންނާ ސަލާމް ކުރެއްވުމަށް ފަހު، އިށީންނަވަން ވަޑައިގަތުމާއެކު، އޭނާ އަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގަތީ އެ ރަށުގެ ޖެޓީ ކައިރިން މޫދު ތެރޭގައި ހުރި ސްޓޭޖާއި ޕޯޑިއަމުންނެވެ. ޕޯޑިއަމް ފެނިވަޑައިގަތުމާއެކު، އަރިހުގައި ތިއްބެވި ބޭފުޅުންނަށް "ހާދަ ހިތްގައިމޭ" އިބޫ ވިދާޅުވި އެވެ.
އިބޫ، ފީއަލީ ރައްޔިތުންނާ މުޚާތަބު ކުރެއްވުމަށް ފަޅުތެރޭގައި ސްޓޭޖް ތައްޔާރު ކޮށްފައި ހުރީ ހިސާބުގެ "2" ސިފަވާ ގޮތަށެވެ. އެއީ ރިއާސީ އިންތިޚާބުގައި އިބޫގެ ކެންޑިޑޭޓު ނަންބަރެވެ. ސްޓޭޖަށް ދެވޭ ގޮތަށް ވެލި ބަސްތާ ޖަހައި އޭގެ މައްޗަށް ދޮންވެލި އަޅައިގެން ކުޑަ ފާލަމެއް ވެސް ހެދި އެވެ. އަދި ޕޯޑިއަމް ކައިރީގައި ތާނައިން "ޖަޒީރާ ރާއްޖެ" ޖަހާފައި ހުއްޓެވެ. އިބޫގެ ފަހަތުން ފެންނަނީ ރަށްތަކެވެ.
އިބޫއާއެކު، ވަޑައިގެންނެވި އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވިދާޅުވީ "މި ފަހަރު ޖަޒީރާވަންތަ ސިފައެއް" އެންމެ ބޮޑަށް ފެނުނު ރަށަކަށް ފީއަލި ވާނެ ކަމަށެވެ.
އިބޫ އިއްޔެ ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. ގިނަ ބަޔަކަށް މި މަންޒަރު ކަމުދިޔަ. - ފޮޓޯ: އެމްޑީޕީ
މިއީ މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ފެނުނު އެންމެ ތަފާތު، ބުރަ މަސައްކަތް ފެނުނު ތަނަކަށް ވާނެ އެވެ.
ފީއަލީ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް "މިހާރު" އަށް މިއަދު ވިދާޅުވި ގޮތުގައި، މިއީ 24 ގަޑިއިރުގެ ތެރޭގައި ތިރީހަކަށް މީހުން ކުރި ބުރަ މަސައްކަތެވެ. އަދި މި ތަން ތައްޔާރު ކުރީ ޕާޓީގެ މެމްބަރުންނާއި ހެޔޮ އެދޭ ފަރާތްތަކުން އަމިއްލަ އަށް ހަރަދުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އިބޫ ވަޑައިގަންނަވާ ކަން އެނގުނީ މީގެ ދެތިން ދުވަހެއް ކުރިން. އެއާއެކު، މަސައްކަތް ފަށައިގެން ވަރަށް ގިނަ، ބުރަ މަސައްކަތެއް މި ކުރީ. އެމްޑީޕީ ދެކެ ލޯބިވާތީ ކުރި ކަމެއް މިއީ،" ޖަލީލް ވިދާޅުވި އެވެ.
ފިލަޔާއި ދަގަނޑު ބޭނުންކޮށްގެން ސްޓޭޖް ހެދި އިރު، މިއީ ރަށުން ލިބެން ހުރި އެއްޗެހި ބޭނުންކޮށްގެން ހެދި ސްޓޭޖެއް ކަމަށް ވެސް ޖަލީލް ވިދާޅުވި އެވެ. މިއީ ރަށުގައި ތިބި އިދިކޮޅު ސަޕޯޓަރުން ތަފާތު ކަމެއް ކޮށްލުމުގެ ގޮތުން ތައްޔާރުކުރި ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ އިއްޔެ އިބޫ ބައްދަލުކުރައްވައި ވާހަކަ ދައްކަވަނީ. - ފޮޓޯ: އެމްޑީޕީ
"ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކުރެވިފައި އެވަނީ،" ޖަލީލް ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވި ގޮތުގައި، އިބޫ ވެރިކަމަށް ހޮވިވަޑައިގެން، ފީއައްޔަށް ވަޑައިގަންނަވާ ނަމަ، "ޖަޒީރާވަންތަކަން ދައްކަން" ތަފާތު ކަމެއް ކުރައްވަން ބޭނުންވާ ކަމަށެވެ. އަދި އިދިކޮޅު ސަޕޯޓަރުން ވެސް ތިބީ ފޯރި އާއި ޖޯޝުގައި މުޅިން ތަފާތު ކަމެއް ދައްކަން ތައްޔާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީގައި 1200 މީހުން ދިރިއުޅޭ ފީއަލީގައި ތިބި އިދިކޮޅު ސަޕޯޓަރުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މިހާތަނަށް ކެމްޕެއިންގައި އެންމެ ހިތްގައިމު މަންޒަރެއް ފެނުނީ ފީއަލިން ކަމަށެވެ. އެހެންވެ، ސްޓޭޖް ތައްޔާރު ކުރުމުގެ މަސައްކަތުގައި ބުރަކޮށް އުޅުނު ހުރިހާ ސަޕޯޓަރުންނަށް އިބޫ ޝުކުރު އަދާކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު
20 September 2018
"އަދި ޕޯޑިއަމް ކައިރީގައި ތާނައިން "ޖަޒީރާ ރާއްޖެ" ޖަހާފައި ހުއްޓެވެ. އިބޫގެ ފަހަތުން ފެންނަނީ ރަށްތަކެވެ." އޭގެ ބަދަލު ފަހަތުން ފެންނަނީ މޫދޭ ނުވަތަ ކަނޑޭ ލިޔުނުނަމަވެސް ކިޔާމީހެއްގެ ހިތައް ފަސޭހަވީސްދޮ؟ ފަހަތުން ފެންނަނީ ރަށްތަކޭ ބުނީމަ މަ ވަރަށް ހޯދައިގެން ފެނުނީ.
އެނގިއްޖެތަ
18 September 2018
ކަލޯމެން ކޮންމެހެން އިބޫ މޮޔަހައްދަން އުޅޭނެކަމެއްްނެތް. ނަންބަރު 2 އޮޔާދާތަން ދެކޭކަށް އަހުރެމެން ބޭނުމެއް ނޫން.
ފަޓޯ
18 September 2018
ހާދަ ރުފިޔާ ގިނަޔޭދޯ މ.ޑ.ޕ މީހުން އަތުގަ
ކަރިޝް
18 September 2018
ޔާމިން ޓީމުގައި ނުތިބޭނެ ކްރިއޭޓިވް ބައެއް ޖަލްސާތައްތައްޔާރުކުރުމުގައިވެސް އެކަން ވަރަށް ސާފުކޮށް އެނގޭ
ކްރިއޭތިވިތީ
18 September 2018
ސަބަބަކީ އެމްޑީޕީގަ އުޅޭނީ އޭލިޔަނުންކަމަށްވާތީ.
ނަން
18 September 2018
ރީޗެއް ނޫން
މެސީ
18 September 2018
ހުން ޖެހުނީމާ އުޅެނީ މޮޔައިން އުޅޭ ހެން.
ށްސް
18 September 2018
ރީތި ސްޓޭޖެއް ހެދުމަކީ ވޯޓް ދޭންޖެހޭ ސަބަބެއް ނޫން
bye23
18 September 2018
މޮޔަ ގަމާރުން އުޅޭ ގޮތަށް ކިބޫ އުޅެނީ..މި މިހާރުވެސް މިއީ އެމީހުންގެ ޕްރޮޕެގެންޑާ މެޝިނެއް
ފާރިޝް
18 September 2018
ޔަގީން ބޮޑު ރާޅުގަނޑެއް އައިސް އިބޫ ތެންމާލާނެކަން.
ކަމަނާ
18 September 2018
ވަރަށް ސަޅި ސްޓޭޖަކާއި ޕޯޑިއަމެއް..